Skip to content
އެސްފިޔަ

ފުޓުބޯޅަ ދަނޑުން ފެށުނު ލޯބީގެ ބަގީޗާ

Listen to this story Audio · 3:57 Powered by Esfiya Voice
0:00 3:57

އަޒްޔާނަކީ ފުޓްސަލް ދަނޑުތަކުގައި ފާހަގަކޮށްލެވޭ ހުނަރުވެރި، ހަލުވި ކުޅުންތެރިއެކެވެ. މާލޭގައި ބާއްވާ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގައި އޭނާގެ ކުޅުން ފެނިފައިވާ ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރެއެވެ. މިފަހަރު އޭނާ ރަށަކަށް ދިޔައީ އެ ރަށުގައި ބޭއްވުނު ބޮޑު ފުޓްސަލް މުބާރާތެއްގައި ކުޅުމަށެވެ. އެއީ ރީތި ގޮނޑުދޮށްތަކެއް އޮންނަ، މީހުން ހިތްހެޔޮ ރަށެކެވެ.

މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗު އޮތް ރެއެވެ. ދަނޑު ވަށައިގެން ގިނަ އަދަދެއްގެ ބަޔަކު ސަޕޯޓުކުރަން ތިއްބެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި، އަޒްޔާން ޖެހި މޮޅު ގޯލާއެކު މުޅި ދަނޑު ގުގުމާލިއެވެ. ނަމަވެސް އުފާފާޅުކުރުމުގެ ތެރޭގައި، އަޒްޔާންގެ ލޮލުގައި އަޅައިގަތީ ސަޕޯޓަރުންގެ ތެރޭގައި ވަރަށް މަޑުމައިތިރިކޮށް ހުރި އަންހެން ކުއްޖެކެވެ. އެއީ މައިޝާއެވެ.

މައިޝާއަކީ ރީތިކަން ހުސްކޮށްލައިގެން ހުރި ހޫރުޕަރީއެކެވެެ. އެރަށައްދާ ކޮންމެ މީހަކުވެސް މައިޝާ ފެނިފާ އޭނާގެ ރީތިކަމަށް ތައުރީފުކުރެއެވެ. މައިޝާގެ ރީތި ކަމުގެ ސަބަބުން އެރަށު އަންހެން ކުދިންގެ ހަސަދަވެރިކަމުގެ ލޯތައް ހުންނަނީ މައިޝާ އަށް އަމާޒުވެފައެވެ. މިކަމަށް މައިޝާގެ އެއްވެސް ފަރުވާލެއްނެތެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކާވެސް އޭނާ ބައްދަލުކޮށްލަނީ ވަރަށް ހިތްހެޔޮ ހިނިތުންވުމަކާއެކުއެވެ. އޭނާ މުބާރާތަށް ދިޔައީ އޭނާގެ ދޮންބެގެ

ކުޅުން ބަލާލުމަށެވެ. އަޒްޔާނަށް މައިޝާގެ ސާދާކަމާއި، އޭނާގެ މޫނުމަތިން ފެންނަން ހުރި ހިތްހެޔޮކަން ވަރަށް ކަމުދިޔައެވެ.

މެޗު ނިމިގެން ޓީމުތައް ދަނޑުން ފޭބި ވަގުތު، އަޒްޔާންގެ ފައިގެ ކުޑަހުޅަށް ކުޑަ އަނިޔާއެއް ވިއެވެ. އެ ވަގުތު ފަސްޓް އެއިޑް ދިނުމުގައި އެހީތެރިވެދޭން އުޅުނު ވޮލަންޓިއަރުންގެ ތެރޭގައި މައިޝާ ހުއްޓެވެ.

“ވަރަށް ބޮޑަށް ތަދުވޭތޯ؟” މައިޝާ ވަރަށް އަދަބުވެރިކަމާއެކު އަހާލިއެވެ.

އަޒްޔާން މައިޝާގެ މޫނަށް ބަލާލިއެވެ. “ނޫން، މާ ބޮޑު ކަމެއް ނޫން. ޝުކުރިއްޔާ،” އަޒްޔާން ޖަވާބުދިނެވެ. އެއީ އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖެހިގެން އައި ދުވަސްތަކުގައި، އަޒްޔާން މައިޝާއާ ބެހޭގޮތުން މަޢުލޫމާތު ހޯދިއެވެ. އޭނާއަށް އެނގުނު ގޮތުގައި މައިޝާއަކީ ދީނީ ކަންކަމަށް ފަރުވާތެރި، ރަށުގެ އެންމެންގެ އިހުތިރާމް ލިބިފައިވާ ކުއްޖެކެވެ. އަޒްޔާންގެ ހިތުގައި މައިޝާއަށްޓަކައި ޚާއްސަ ޝުޢޫރުތަކެއް އުފެދެން ފެށިއެވެ.

މުބާރާތް ނިމި، އަޒްޔާންގެ ޓީމަށް ތަށި ލިބުނު ނަމަވެސް، އޭނާގެ ހިތް އޮތީ އެ ރަށުގައެވެ. މާލެ ދިއުމުގެ ކުރިން އޭނާ މައިޝާއާ ބައްދަލުކޮށް އޭނާގެ ހިތުގެ ވާހަކަ ބުންޏެވެ. “މައިޝާ، އަހަރެން މި ރަށަށް އައީ ފުޓްސަލް ކުޅެން. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ހަޔާތުގެ ދަނޑުގައި މައިޝާއަކީ އަހަރެންގެ ބައިވެރިޔާއަށް ހަދަން،” އަޒްޔާން އިޚްލާސްތެރިކަމާއެކު ބުންޏެވެ.

މައިޝާ އިސްދަށަށް ޖަހާލިއެވެ. އޭނާއަށްވެސް އަޒްޔާންގެ އަޚުލާގާއި، އޭނާގެ ހީވާގިކަން ކަމުދިޔައެވެ. “އަޒްޔާން، ތިޔަފަދަ ކަމެއް ނިންމޭނީ ދެ އާއިލާގެ ރުހުމާއެކު،” މައިޝާ މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.

އަޒްޔާން މާލެ ގޮސް، އޭނާގެ މައިންބަފައިން ގޮވައިގެން އެ ރަށަށް އައެވެ. މައިޝާގެ އާއިލާއާ ބައްދަލުކޮށް، ދެ ފަރާތުގެ ރުހުމާއެކު ކައިވެނީގެ ކަންތައް ހަމަޖެހުނެވެ. އަޒްޔާންގެ މައިންބަފައިންނަށްވެސް މައިޝާގެ ހުރި ރީތި ސިފަތަކާއި ދީންވެރިކަން ފެނި، އެއީ އަޒްޔާނަށް އެންމެ އެކަށީގެންވާ ކުއްޖާކަން ގަބޫލުކުރެވުނެވެ.

މަސްތަކެއް ފަހުން، އެ ރަށުގެ އަތިރިމަތީގައި ހިތްގައިމު ކައިވެނީގެ ހަފުލާއެއް ބޭއްވުނެވެ. ފުޓްސަލް ކުޅެން ދިޔަ ދަތުރަކީ އަޒްޔާންގެ ހަޔާތުގެ އެންމެ ބަރަކާތްތެރި ދަތުރަށް ވެގެންދިޔައެވެ. މިއަދު އަޒްޔާން އާއި މައިޝާ އުޅެމުންދަނީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، އިސްލާމީ ރީތި އުސޫލުތަކުގެ މަތީގައި އުފާވެރި ދިރިއުޅުމެކެވެ. މިއަދު އަޒްޔާން އަކީ މައިޝާގެ އަނބިމީހާއެވެ.

 

މިވާހަކަ ވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން! 🥰

އަޅުގަނޑު ވާހަކަ ލިޔަންފެށި މިދަތުރުގައި އަޅުގަނޑުގެ ވާހަކަތަކަށް ކޮމެންޓު ކުރައްވާ އަދި އަޅުގަނޑަށް ސަޕޯރޓް ދެއްވާ ހުރިހާ ކުދިންނަށް ވަރަށް ލޯތްބާއެކު ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން!

~ޝަބާ~

Comments (19)

  1. Alaika_22

    Yeyeyey I’m first….
    Mysha 18 aharu nuvanees kaiveni kuree tha thi…😂…. Thihen ulheykah nuvaane ey….
    Mi story vess vrh rythi MA 💕😊
    When’s nxt story…..
    Lysm and tc siss 💗💌

    1. Shaba_17
      Alaika_22

      Yayy you first hehe 😅 Arn dhw hahaha
      Thank youuu sm for ur support 🤗
      It means a lot to me 💕
      Next story already published
      Lym u also tc 💞

  2. Anonymous

    azyaan aki maisha ge ANBI meeha?

    1. Shaba_17
      Anonymous

      My bad hehe sorry 🙏😭

  3. Gurrly currly

    Maashaa allah mi stry vx vrh vrh reethi…
    Ekm maisha akee ingey azyan ge anbimeeha…
    When’s your next story ?

    1. Shaba_17
      Gurrly currly

      Thank youuu sm for ur support 🤗
      It means a lot to me 💕
      Ohhhh sorry it’s a mistake thank you for telling me
      It’s Already uploaded

  4. Eddie

    Wow Wow It’s amazing Girll….. 😍
    Hama Mi vareh neh… Adhi mihaathanah kee ehme Reethi vhk… Hama I aa vrh gulhey gothah liyefa Hury vs MA 💗 bunaane ehcheh vs Neynge 😀… Ly, and tc 💗✌🏻

    1. Shaba_17
      Eddie

      Awwn Thank youuu sm Eddie 💕
      Your comment made my day for real 💖
      Vrh Ufaavehje adhi mihaathanah kee ehme rythi vhk kan engunyma.. I akah vx Neynge bunaane ehcheh Mi comment kiyaalaafa 🤗… Lym U also Tc 💗

  5. Shaba_17

    🚨 Heyy My Dear readers 🚨
    Miadhu Axyern aky Maisha ge anbimeeha eve ❌. It’s a mistake… Miadhu Axyern aky Maisha ge firimeehaa eve ✅

  6. Aami

    Varahreethi

    1. Shaba_17
      Aami

      Thank youuu 💕

  7. Anonymous

    Kon fadha reethee Vaahaka eh 🎉🎊🌺🌻🥀
    I appreciate your hard work don’t stop writing ☺️

    1. Shaba_17
      Anonymous

      Awwn Thank youuu sm 💕
      I will not stop IA ☝🏻❤️ I’ll try my best

  8. Gurll_17

    Vrh lwbi hama 💯 eh
    Keep it up ✨ ✨ ✨

  9. Shaba_17

    Awwn Thank youuu vrh Ufaavehje 😍❤️

  10. Mysha

    Awww Haadha cute eyy Alhey hehe 🙈
    I ehaa avahah marry kuru v dhw thi 😅
    You are so talented MA ✨
    Lysm and Tc my loving author 💗

    1. Shaba
      Mysha

      Awwn Vrh cute dhw 😍
      Arn u marry kuru v Mi hama 😃
      Thank youuu sm it means a lot to me 💕
      Lym u also Tc My 🥀🖤

  11. Black

    MA…❤️🎉
    Congrats! on the performance Shaba✨💕
    Mi story kiyaafa Feel vehjje Shaba’s progress wide koh update wamun Dhaakan..
    Make it brighter 💕✨
    Don’t stop until you’re satisfied…
    Ly..Tc Angel
    Recommend nudhewunehkamaku Daily Sha’ba ge tale eh wihyyer kiyaalann ingeyy… Don’t worry!!
    Vee varaknn support libeyne by my side ☺️🥀

    1. Shaba
      Black

      Happy to know that you enjoyed 🥰
      Awwn thank you so much for your support
      It means a lot to me 💌
      IA I’ll not stop I’ll try my best to improve day by day
      It’s ok my dear 😉
      Lym u also tc 😘💌

Comments are closed.