Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ވެވުނީ ލޮތްބޭ – 1 ބައި

twinkle mist Level 1
July 11, 2026 3 Mins Read
1 Comment

މާލެއައް ވާރޭވެހެމުންދިޔައީ ވަރަށް ވެސް ބޯކޮށެވެ. ސޯފާމަތީގައި އިށީންދެގެން އިން އައިރާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ އަތުގައި އޮތް ކުޑަ ފޮޓޯގަނޑެއް ހިފަހައްޓައިގެން އިނދެ ހިތުގެ އުދާސްތައް ބަންޑުން ޖަހަމުންދިޔައެވެ. އެއީ އޭނާގެ ބައްޕަ ރަހްމާންގެ ފޮޓޯގަނޑެކެވެ. ދާދީ ދެންމެގެ ވަގުތެއްގައި އައިރާ އެއައީ ހަމައެކަނި މިދުނިޔޭގައި ހުރި ، ފުރާނަ ފަދައިން ލޯބިވާ އޭނާގެ ބައްޕަގެ ޖަނާޒާއައް ގޮއްސައެވެ. ކުއްލިގޮތަކައް ބައްޕަ ވަކިވެ ދިޔުމުން މީހާ މުޅިން އެކަނިވެ ހިތްދަތިކަން އިންތިހާޔައް ވާންެފެށިއެވެ.
“ބައްޕާ..”
އައިރާގެ އަޑު ނިކުތީ ވަރަށް ވެސް އުނދަގުލުންނެވެ. އޭނާ ބައްޕަގެ ފޮޓޯ ނަގައި، ދެ އަތުން ހިފައިގެން މޭމަތީ ބާއްވައިލިއެވެ.
“ކީއްވެ އަހަރެން އެކަނި ކޮއްލާފަ ދިޔައީ… ދެން ކާކު އަހަރެންގެ ހުރީ… ” ފޮޓުގަނޑުގައި ހިފަހައްޓައިގެން ހުރެ އައިރާ ވާހަކަ ދައްކަމުންދިޔައެވެ.
“އައިރާ..” ސިހިފައި އައިރާ ފަހަތް ބަލާލީ އެހަރުކަށި އަޑު އިވުމުންމެވެ.. އެއީ ސީމާއެވެ.. ކުޑައިރު ހިނގި އެކްސިޑެންޓެއްގައި އައިރާގެ މަންނަ ވަނީ މިދުނިޔެ ދޫކޮއްފައެވެ.. އޭގެ ފަހުން ބައްޕަ އިނީ ސީމާއަށެވެ.. ސީމަާއަކީ އައިރާދެކެ އަބަދުވެސް ރުޅިއަންނަ މީހެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސީމާ އައިރާޔައް އިންތިހާޔައް ނަފްރަތު ކުރެއެވެ.. އެ ހަރުކަށި ބަސް ތަކުންވެސް އައިރާޔައް ހަމައެކަނި ހިމާޔަތްދިނީ އެ ބައްޕައެވެ.. ދެން އެކަމު އެ ހަމަޖެހުމެއް ވެސް ނޯންނާނެތާއެވެ..
” އަދިވެސް ރޮނީތަ..؟ ތި މައިތިރި ވެބަލަ.. ކަލޭހީވަނީ ދުނިޔެ ނިމިގެން ތެޅޭ ހެން.. ކިތެންމެ ވަރެއް ކުރިޔަސް މަރުވި މީހަކު އަނބުރައެއް ނާންނާނެ” އެބަސްތަކުން ހީވީ އައިރާގެ ހިތައް ތޫނު އެއްޗަކުން މީހަކު ހަމަލާދިން ހެންނެވެ… ބައްޕަ މަރުވިޔަސް ސީމާގެ މޫނުމަތިން ކުޑަވެސް މާޔޫސްކަމެއް ފެންނާކައް ނެތެވެ.
“ދައްތާ… ބައްޕައެ ވަކިވެ ދިޔައީ ހަމަ ކުޑަ އިރުކޮޅެއްގެ ކުރިން… މިދުނިޔޭގަ އަހަރެންގެ ހުރިހާ ވެސް މީހަކީ އެއީކަން ދައްތަޔައް ވެސް އެނގޭނެ..” މޭމަތީގައި އޮތް ފޮޓޮގަނޑު އެއްފަރާތްކޮައްލަމުން އައިރާ ބުނެލިއެވެ،

“މަށަށްވެސް ތިކަން އެނގޭ. އެކަމަކު މިހާރު ރުއިމައްވުރެއް މުހިއްމު ކަންތައް އެބަހުރި ކަލޭ ތައްޔާރުވާންޖެހޭ..”
އެވަގުތު އައިރާ ހައިރާްނެ ސީމާޔާއި ދިމާއައް ބަލާލިއެވެ.. ” ކޮން ކަމެއްތަ؟…”
ސީމާ އޭނާގެ ބޭގުން ލިޔުމެއް ނަގައި ޓޭބަލު މަތީ ބާއްވައިލިއެވެ. އަދި ބުނެލިއެވެ.. ” ކަލޭގެ ކައިވެނި.”
އެ ބަސް އަޑުއިވުނު އިރު، އައިރާގެ ހިތް ހުއްޓުނު ހެންހީވިއެވެ.
“ކީކޭ… ދައްތާ.. ބައްޕަ އެ ނިޔާވީ ދެންމެ.. އަހަރެން ކިހިނެތް ތިހާ ބޮޑު ކަމެއް ކުރާނީ ކުއްލިޔަކައް… އަހަރެން ވަގުތް ބޭނުން..” އައިރާ ބުނެލިއެވެ.
” މީ އަމްޖަދުގެ ދަރި އާޔަން.. ކަލޭ އިންނާނީ އޭނަޔާ.. އިނދެގެން ވެސް ދެމީހުން ދަސްކުރެވޭނެ.. އެހެން ނޫނަސް މިހާރު މިގެޔަކު ކަލެޔަކައް ޖާގައެއް ނެތް..” އައިރާގެ އިސްތަށިގަނޑުގައި ހިފައި ފަހަތައް ކޮއްޕާލަމުން ސީމާ ބުނެލިއެވެ.. އެޔައްފަހު އެތަނުން ހިނގައްޖެއެވެ..

————————————————————————————————————————————————

-އާޔަން-

“ޑޭޑް.. އަހަންނަކައް މި ކައިވެންޏެއް ނުކުރެވޭނެ.. އަހަރެން ލޯބިވަނީ ހަމްނާދެކެއޭ.. އެންޑް އައި ކާންޓް މެރީ ސަމްވަން އައި ޑޮންޓް އީވެން ނޯ.. ޑެޑް ޕްލީސް ..” އަޔާންގެ އަޑުން އެގޭތެރެ މުޅިން ގުގުމާލިއެވެ،
“ދަރިފުޅަ..ހަމަޖެހިފަ އިށިންދެބަލަ.” އަމްޖަދު ބެލީ އާޔަން ހަމަޔަކައް އެޅުވޭތޯއެވެ.
ނޫން! އަހަންނަކައް ހަމައެއް ނުޖެހެވޭނެ ޑެޑް. އެ އައިރާޔައް އެހެން މީހަކު ހޯދާ.. އަހަރެންގެ ލައިފްގަ އޭނަޔަކައް ނެތް ޖާގައެއް.”
“ދަރިފުޅާ… ވިސްނަން މަސަތްކަތް ކުރެބަލަ.. ރަހްމާންބެޔަކީ ނުލާހިކު ރަނގަޅު މީހެއް.. އަދި ބައްޕަގެ އެންމެ ގާތް އެކުވެތިޔާވެސްމެ.. ރަހްމަާންބެ ނެތްތާކު އައިރާ ވަރަށް އެކަނިވެރިވާނެ.. ބައްޕަ ބޭނުން އެކުއްޖާޔައް އެހީވާން.. ރަހްމާންބެ ނެތްދުނިޔެއަކު އަމިއްލަ ދަރިޔެއްހެން ބަލައިދޭން ބައްޕަ އޮންނާނީ ވައުދުވެފަ.. އެ ވައުދު ބައްޕަ ފުއްދާނަން…” އަމްޖަދު ބުނެލިއެވެ..
“ނޫން.. އެހީވަންޏާ ފައިސާ ދޭ! ގެޔެއް ދޭ! އެކަމަކު އަހަރެން ގެ ލައިފް ރުއިން ކޮއްނުލާ.. އަހަރެން ލޯބިވަނީ ހަމައެކަނި ހަމްނާދެކެ.. އިތުރު މީހަކައް ޖާގައެއް ނުދެވޭނެ!” ބޮލުގައި އަތް ކާތާލަމުން އާޔަން ބުނެލިއެވެ.
“އާޔަން ތިވަރު ކޮއްފަ ތިހުރީ މި ބައްޕަގެ ދެއަތުން.. ބުނިހާ ކަމެއް އަދި ބޭނުންހާ ހުރިހާ އެއްޗެއް ހޯދައިދީގެން.. މިވީހާދުވަހަކު ދަރިފުޅަކައް އެއްވެސް ކަމަކައް ދައްޗެއް ވެފައެއް ނޯންނާނެ.. އަދި މަންމައެއް ނެތަކަަސް ދަރިފުޅަކައް އެއްވެސް ކަމެއް އުނިވެފައެއް ނުވާނެ.. މިއަދު ދަރިފުޅު ގެ ކާމިޔާބީއަކީ މިބައްޕަގެ ބުރަ މަސަތްކަތުން ލިބިފަ ހުރި އެއްޗެއް.. އާޔަން މިކައިވެނި ކުރަން އެއްބަސް ނުވެއްޖިއްޔާ ސީއީއޯގެ މަގާމުން ވަކިވާން ތައްޔާރުވެގެން އަންނާތި.. މީ ބައްޕަގެ އެންމެ ފަހުގެ ނިންމުން.. ތި ހަމްނާ ދޫކޮއްލާ.. އެއީ ރަނގަޅު ކުއްޖެއް ނަމަ ބައްޕަ ރުހި ގަބޫލު.. އެކަމް އެކުއްޖާގެ ގޮތް ބައްޕަ ދަންނަ ވަރަކައް އާޔަންއަކައް ނޭގޭނެ..” ސޯފާއިން ތެދުވެ ހިނގައިގަންނަމުން އަމްޖަދު ބުނެލިއެވެ.

އެރޭޭގެ ގާގްގަނޑަކައް އެގާރަ ޖެހިފަހުން އާޔަން ބެލްކަންޏައް ނިކުމެލީ ކުޑަކޮއް ހަމަޖެހިލުމަށެވެ. އޭރު ކުޑަކޮއް ވާރޭވެސް ވެހެއެވެ.. އެވަގުތު އޭނާގެ ފޯނައް ހަމްނާ ގުޅާލިއެވެ…

“އަޔާން… ބައްޕަ އެދައްކަނީ ތެދު ވާހަކައެއްތަ؟.. މުޅި އޮފީހުގަ އެވާހަކަ”
“އާނ. ޑެޑް އަދިވެސް އެ ނިންމުމުގައި ހުރީ.”
“ދެން ކީއް ކުރާނީ؟”
“އައިހޭވްޓު މެރީ ހާރ.. އެކަމް މެރީ ކުރިޔަސް އައި އޮންލީ ލަވް ޔޫ އިނގޭ.. އެ އައިރާޔާ ކައިރިވެސް ނުވާނަން.. ޓްރަސްޓްމީ.. ހަމައެކަނި ޑެޑް ހިތްހަމަޖައްސައީދޭން.. އިނގޭ ދޫނީ..” ހަމްނާ ހަމަޔަކައް އެޅުވުމައްފަހު އާޔަން ފޯނު ބޭއްވިއެވެ.. އަދި ހިތާއި ހިތުން ބުނެލިއެވެ..
” އައި ވިލް މޭކް ޔުއާރ ލައިފް އަ ލީބިން ހެލް އައިރާ.. މަގޭ ދިރިއުޅުން ހަރާބުކޮއްފަ ކަލޭއަކައް ސަލާމަތެއް ނުވެވޭނެ..” އަތް މުތްކަވާލަމުން އާޔަން ބުނެލިއެވެ..

————————————————————————————————————————————————
އެ ރޭ އައިރާ އުޅުނީ ނުނިދިގެންނެވެ.. ސީމާ ކައިވެނީގެ ލިޔުން ޓޭބަލު މަތީ ބާއްވައިފައި ނިދާށް ދިޔައެވެ.
އައިރާ މަޑުން އެ ލިޔުން ނަގައި ބަލައިލިއެވެ.
“އަޔާން އަމްޖަދު…”
ނަން ކިޔުނު ވަގުތު އޭނާގެ ހިތް އަނެއްކާ ވެސް ހުއްޓުނެވެ. އެއީ ނޭނގޭ މީހެކެވެ. ދެކިފައި ވެސް ނެތް މީހެކެވއ. އެކަމަކު ދެން އޭނާއަކީ އައިރާގެ ހަޔާތް މުޅިން ބަދަލުކުރާނެ މީހާއެވެ. އެވަގުތު ބޭރުން ވާރޭ ވެހޭ އަޑު އިވެމުން ދިޔައެވެ. އެ އަޑާ އެކު، އައިރާގެ ކަރުނަ ވެސް ހުއްޓުމެއް ނެތި އޮހޮރެންފެށިއެވެ..

Share Article

Follow Me Written By

twinkle mist

Level 1

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (19)

Previews
July 11, 2026

މި ލޯތްބާއި ތި ވަޢުދު (19)

One Comment

  1. Aami says:
    July 12, 2026 at 12:16 am

    Varahreethivaanehenheevey

Comments are closed.



All Right Reserved!