Skip to content
އެސްފިޔަ

ނަސީބުގެ ކުށެއްބާ؟

Listen to this story Audio · 1:27 Powered by Esfiya Voice
0:00 1:27

“މިރޭ މަރުވިޔަސް ރޫޙު އަންނާނޭ”

ޅެން: ނަސީބުގެ ކުށެއްބާ؟

ވަކިވާން ޖެހުމީ ނަސީބުގެ ކުށެއްބާއޭ ހިތަށްއަރަނީ

ވަކިވީ ހަނދާން ނުފިލާ ހުރުމުން ހިތަށްއަރަނީ

ޝަކުވާގެ އެކި ޚިޔާލު އާވިޔަސް ކޮންމެ ރެޔަކު

ޝަކުވާމި ހަޔާތުގެ ދެން ނީވުމޭ އެދެނީ

ރިދަން އުޑު ހެކިދެމިން ދެއްކި ހިތި ދުވަހާ

ރިދަން ފެން ކުލަތަކުން އުތެރޭ ލޭ ފައިބާނީ

ޒަހަރު ލިބިލިބި މަށައް މިއޮތީ އަބަދުމެ ރުއިން

ޒަހަރު އުދަވީ ތަރި އުޑުން ދިރިއުޅުން ވިސްނާނީ

ޔަޤީންކަން ގެއްލި މާޔޫސްވީ އަޅާ މުޅި ދުނިޔެމަތިން

ޔަޤީނާ ގާތަށޭ ތެދެކޭ މިތާގައި ކަނު ލޯބިވާނީ

ލިބޭ އަނިޔާ އެތައް ނެތޭ ސަލާމަތް ފެންނަން

ލިބޭ ގޯނާތަކުން ރޮވިރޮވި ދިއުން އަދި ފެންނާނީ

ހިނގުން މިހިތުގެ ވަޔާއެކު ދުވޭ ދެކޮޅަން

ހިނގާ ގިނަގުނަ ކަމެއް ބޮލުގައި ވަޅުޖެހި ވާނީ

ދިހުން ދީ ސަބުނަމުގެ ތިކިތައް ނެތޭ ފަރުދާވެވެން

ދި ހާލުން ރޫޅި ސިކުނޑި އޮޔާ އާނއޭ ބެހޭނީ

އަނދާ އަޅިއަށް ވެގެން ދިޔައީ އެކީ މުޅިތަން

އަދުން ހުލި އުފެދި ލޮލާއި މޫނުން ފެނުނީ

ކަމުން ދިރިހުރި ފުރާނަ މަގޭ ތިހިތް ފުރުނަސް

ކަމުންކީ ވަދާޢުގެ ހިތި ސަލާމުގެ ޅެމެއް ލިޔެވުނީ

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

މި ޅެމުގެ މާނަ ކިޔުންތެރިންނާއި ހަވާލުވެ. އަޅުގަނޑު މަޑުކޮށްލާ ނަމެވެ. އެގޭ ކުދިން ބުނެލައްޗެވެ. އަޅުގަނޑުގެ މި ޅެންވެސް ރީތި ވާނެ ކަމަށް އުންމީދުކުރަމެވެ.