Skip to content
އެސްފިޔަ

އަހަރެންގެ ހަޔާތް-1

Listen to this story Audio · 3:50 Powered by Esfiya Voice
0:00 3:50

ފަތިހުގެ ހިތްފަސޭހަ ވަގުތެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް އަހަރެންގެ މަންމަ އަހަރެންނަށް ފަތިސް ނަމާދަށް ގޮވިއެވެ. އަހަރެން ތެދުވެ ނަމާދުކުރަން ތައްޔާރުވީމެވެ. އަދި ނަމާދުކޮށް އަވަދިވެގެން މަންމަ ކައިރިއަށް ބަދިގެއަށް ދިޔައީމެވެ. މިއަދުވެސް މަންމަ ފެށީ އަހަރެން އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. މަންމަގެ އެވާހަކަތައް އިތުރަށް އަޑު ނޭހުމަށް އަހަރެން ދިޔައީ ކޮޓަރިއަށްށެވެ.
ކޮޓަރިއަށް ވަދެ ބާލިސް ދަށުން އެ ފޮޓޯގަނޑު ނެގީމެވެ. އެ ފޮޓޯގަނޑުގައި އެވަނީ އަހަރެންގެ އެންމެ ލޯބިވާ ކައިލް އެވެ. މި ފޮޓޯ ފެނުމާއެކު އަހަރެންގެ މާޒީގެ ސަފުހާތައް އުކެންފެށިއެވެ. އެއީ މީގެ 15 އަހަރު ކުރިއެވެ.

ފަތިހު ފަތިހާ ތެދުވެ ސްކޫލަށްދާން އަހަރެން ތައްޔާރުވީމެވެ. މިއީ އަހަރެންގެ ފަހު އަހަރެވެ. ކާމިޔާބު ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވީ ވަގުތުކަން މަންމަމެން ވިސްނައިދެމުން ދިޔައެވެ. އަހަރެންވެސް މަންމަގެ އުންމީދުތައް ފުރިހަމަ ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ. އަހަރެންނަކީ މާގިނަ އެކުވެރިން ތަކެއް ގެންގުޅޭ މީހެއް ނޫނެވެ. ނަމަވެސް އަބަދުވެސް ކައިލް އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ކައިލް އަކީ ރަށުގައިވެސް ހުރި އެންމެ ރީތި ފިރެހެން ކުއްޖާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ޒުވާން އަންހެންކުދިން ހިތްކިޔާނެ ހުރިހާ ސިފައެއް ކައިލްގެ ހުރެއެވެ. އަހަރެންނަށް ކައިލް ކަމުދަނީ އޭނާގެ ސިފަ ރީތިވީމަކާނޫނެވެ. އަބަދުވެސް ކައިލް އަކީ ހިތްހެޔޮ އެހެންމީހުންނަށް ވަރަށް އިހުތިރާމް ކުރާ ކުއްޖެކެވެ. ނަމަވެސް އަހަރެންގެ ފަދަ ނިކަމެތި އަންހެން ކުއްޖެއް ކައިލް ފަދަ ތަނަވަސް އަދި އެހާމެ ރީތި ކުއްޖަކާ އެކުވެރިކަން ބޭއްވުމަކީ އެހެން އަންހެން ކުދިން އަހަރެންނަށް ނަފްރަތުކުރާ ސަބަބެކެވެ. ނަމަވެސް ޅަފަތުގާވެސް ކައިލް އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.
މިއަދު އޭނާ އާ ދުރަށްދަނީ ވަކި ކިހިނެއް ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުންދަނީ ނުހަނު ހަލުވި ދުވެލީގެއެވެ. ކައިލް އާއި އަހަރެންގެ ބައްދަލުވުންތައް ވެސް ވަނީ އިތުރެވެ. ދެމީހުން ހިތުގައިވެސް އެކަކު އަނެއްކަކަށް ހާއްސަ ސަމާލުކަން ދެވިފައި އޮވެއެވެ. ނަމަވެސް އެކުވެރިކަމަށް ބުރޫއަރާފާނެތީ އަހަރެމެން އެ ހާއްސަކަމާމެދު އިތުރު ވާހަކައެއް ހިއްސާއެއް ނުކުރަމެވެ. ނަމަވެސް އަހަރެން އަބަދުވެސް ކައިލްއަށް އިންތިޒާރުކުރަމެވެ. ކައިލް ފެނުނީމަ އުފާވެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ އަތިރިމަތީ ހުރި ޖޯލިފައްޗެއްގައެވެ. އަހަރެން ލޮލުގައި އަޅައިގަތީ ކައިލް އެވެ. ނަމަވެސް އޭނާ އަންނަނީ ދުވެފައެވެ. ކޮންފަދަ ހަބަރަކާއެކު ކަމެއް ވިސްނާލަންވެސް ނޭނގުނެވެ. ފުންނޭވާ އެއް ލުމަށް ފަހު ކައިލް ވާހަކަ ފެށިއެވެ.
“އަހަރެން މާދަމާ ފުރަން ޖެހޭ ފަސް އަހަރު ދުވަހަށް ރާއްޖޭން ބޭރަށް. ދެމީހުންގެ މުސްތަގުބަލަށް ވިސްނާފައި އިތުރަށް ކިޔަވަން ބޭނުންވާތީ.”
އެހާ ގިނަ ދުވަހަށް އެހާ ދުރަށް ކައިލް ދާތީ އަހަރެން ވަރަށް ދެރަ ވިއެވެ. ނަމަވެސް މިއަދަކީ އަހަރެން އެހާމެ އުފާވި ދުވަހެކެވެ. ކައިލް އަހަރެން ދެކެ ލޯބިވާ ވާހަކަ ފުރަތަމަ ފަހަރަށް ބުނުމުންނެވެ. އަހަރެންވެސް ކައިލްއަށް އިންތިޒާރުކުރާނަމޭ ބުނީމެވެ. އަދި ކައިލް ދެކެ ލޯބިވާ ވާހަކަ ވެސް ބުނީމެވެ. ކައިލްގެ ޖީބުން ފޮޓޯގަނޑެއް ނަގާފައި އެ ފޮޓޯގަނޑު ދެމުން ބުންޏެވެ. “އަހަރެންގެ ހަނދާނަކަށް މީތި ބާއްވާތި. އަދި ދުވަހަކުވެސް މި ފޮޓޯގަނޑު ގެއްލުވާ ނުލާތި”. އަހަރެން އެ ފުޓޯގަނޑަށް ނަޒަރު ހިންގާލީމެވެ. އެއީ އަހަރެމެން ދެމީހުން ނާސަރީގައި އުޅެނިކޮށް ސުކޫލުގެ ކޮންމެސް މުދައްރިސެއް ނަގާފައިވާ ފުޓޯއެކެވެ.

އަހަރެންވެސް ގަބޫލުކުރަމެވެ. ކައިލް ކިޔަވާ މޮޅު މީހަކަށް ވީމަ އެންމެ އުފާވެސް ވާނީ އަހަރެންނެވެ. އެކި ވަޢުދުތަކާއި ހުވާތައްކޮށް ކައިލް ފުރާފިއެވެ.

ނުނިމޭ
މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ! އަދި ރަނގަޅު ކޮށްލަން ޖެހޭ ކަންތައްތައް ފާހަގަކޮށްލުން އެދެން! ހުރިހާ ކުދިންވެސް ކިޔާލާފައި ކޮމެންޓެއް ކޮއްލަށްޗޭ!
ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެ ކަމަށް އުންމީދުކުރަން.😊

Comments (27)

  1. Gurrly currly

    Maashaa allah mi part vx varah varah reethi…
    When next part??
    Keep going….

    1. Raya.aaaaa
      Gurrly currly

      Thank you so much 🥹
      IA mirey noony maadhan aneh part up kohlaanan

  2. Anonymous

    Levender copy kurani 🙄🙄🙄🙄🙄
    ma reethi vhk e vs nun

    1. Raya.aaaaa
      Anonymous

      Thank you

    2. Raya.aaaaa
      Anonymous

      Ei alhugandu amihla ah liyefa in vhk eh…🥲

  3. Shaba_17

    First story aa balaafa vrh rythi MA 💗
    You are so talented keep going
    Keep shining you can do it IA ☝🏻❤️
    Ly and Tc 💕

    1. Raya.aaaaa
      Shaba_17

      Thank youuuuuuu 🫶🏻
      Lym and u also tc 🫀🥹

  4. Gurll_17

    What a beautiful masterpiece 😍
    Hope to read more stories from you 💗
    I really appreciate your hard work keep it up ✨
    Lysm ❤️

    1. Raya.aaaaa
      Gurll_17

      Thank youuu gurll_17 so much 🥹🫶🏻….. IA mirey noony maadhan aneh part kiyaalan libeyne….
      Lym🫀🫶🏻

  5. Nuha.aaaaa

    Vrh rythi story eh MA! 😍💯
    Can’t wait nxt part ah when nxt?
    Lysm and tc 💕💯

    1. Raya.aaaaa
      Nuha.aaaaa

      Thnks nuha.aaaaa 😊🤍
      IA mirey noony maadhan aneh part kiyaalan libeyne
      Inthizaaru kohla !
      Lym and u also tc my dear 🫀🫶🏻

  6. Ziyern_17

    Aww story vrh rythi MA 🤗
    Keep going keep it up
    When’s next? Waiting for the next part

    1. Raya.aaaaa
      Ziyern_17

      Thank youuuuuuu yern 🫶🏻😊
      IA mirey noony maadhan up kohla dheynan!

  7. Eddie

    Mi vareh neiy hama 🔥
    Well done 👏 waiting for the next part

    1. Raya.aaaaa
      Eddie

      Thank youuu Eddie for you support…🥹… I really appreciate it 🫶🏻
      IA mirey noony maadhan kiyaalan libeyne 😊
      Inthizaaru kohla!

  8. Eddie

    Inthizaaru ga hama meendhy

    1. Raya.aaaaa
      Eddie

      Eheheh Okey 🤭

  9. Ikaan_22

    MA vrh vess rythi vhk…..☺️💕
    Kon irakun dhn in part up kurany!!
    Soo curious ingey…. Lysm 💗✨

    1. Raya.aaaaa
      Ikaan_22

      Thank youuuuuuu so much ikku 🥹….. IA mirey noony maadhan aneh part kiyaalan libeyne 😊
      Inthizaaru kohla!…. Lym 🫀🫶🏻

  10. Un_known

    MA vhk vrh reethi💗
    When’s next?
    Keep going 🙌🏻

    1. Raya.aaaaa
      Un_known

      Thank youuuuuuu so much un_known 🥹🫶🏻….. IA mirey noony maadhan aneh part kiyaalan libeyne 😊
      Inthizaaru kohla!

  11. Slivia

    Wow So so interesting thriller
    Keep it up❤️
    When’s next?
    Btw, Raya Are you Nuha’s sis?

    1. Raya.aaaaa
      Slivia

      Thank youuu so much Slivia🥹🫶🏻
      IA mirey noony maadhan aneh part kiyaalan libeyne…. inthizaaru kohla! 😊
      Which nuha? 🤭
      And what happened ?

    2. Slivi
      Slivia

      Comment kohffa in Nuha.aaaaa

    3. Raya.aaaaa
      Slivia

      Noon kihineh v ehn thi buni…. Ei I ge vrh close friend eh 😊

  12. Mrs.Black

    MA..The best ever!!
    Keep it up 💪🏻❤️ May Allah bless you on the hardwork IA, One-day you shall became the most intelligent Author ever.😊✨
    Lysm & Tc Darl

    1. Raya.aaaaa
      Mrs.Black

      Awwwwn 🥹…
      Thank youuuuuuu so much Mrs.black …🫶🏻😊
      Mi comment kiyaalaafa vrh ufaa vehjje 😀
      Lym and u also tc dear 🫀🫶🏻

Comments are closed.