Skip to content
އެސްފިޔަ

ގުނަވަންތަކުން ކިޔާލަދިން….

 

ކަލާދެކެ ވެވުނު ލޯބިންނޭ ގުނަވަން އެތައް ކިޔާލަދިނީ

(ފައި މަގޭ ބުރިކޮށްލަބަލަ) ދާނޭ ކަލާ ހޯދަން މަގޭ

ކަލާދެކޭށެ މިގޮތަށް ތަކުރާރުވާނެ އެތައް ކަމެއް މިއީ

(އަތް މަގޭ ގެންގޮސްލަބަލަ) މަ ކުރާނެ މެސެޖު ޔަގީނޭ

ކަޅިވާ ލޮލުން ވިދުމެއް ތެދޭ ނުފިލާނެ ތި ރީތި މުނީ

(ލޯ މަގޭ ވަކިކޮށްލަބަލަ) މަ ބަލާނޭ ކަލާގެ ސޫރައަށް

ހިތް މަގޭ ޗިސްޗިސް ކުރަން ނޫޅެ ދާށޭ މާހިފީ

(ހިތް މަގޭ ނަގާލަބަލަ) ލޯބި ގިނައިން ވާނޭ

ހިތުގައި ރިއްސާތީ ވަރުވަރުން އަދު ތެޅިއުޅޭތީ

(މޭ މަގޭ ގެންދެބަލަ) ފަޅާލައިގެން ވިޔަސް ހެޔޮއޭ

ހީލިޔަސް އެތަކެއް ކަމެއް މަޖުބޫރުގައި ދިރިވީ

(ކަރު މަގޭ އަނބުރާލަބަލަ) ކޮޅު ކޮޅަށް މަބަލާނެޔޭ

8 ޖުލައި 2026

 

ޅެމުގެ ޖުމްލަ މާނަ

ކަލާދެކެ އަހަރެން މިވާ އިމެއްނެތް ލޯބި ކިޔާދޭން މި ދޫ މިވަނީ ނުކުޅެދިފައެވެ. އެހެނަސް މި ހަށިގަނޑުގައިވާ ގުނަވަންތައް ސިފަކޮށްދެއެވެ.  ކަލާ ހޯދަން ދެފައި ބުރިކޮށްލިޔަސް ދާނެއެވެ. މަގުމަތީ ފިރުކިފަވިޔަސް ކަލާ ކައިރިއަށް ދާނެއެވެ. މި އިޝްޤީ ހަޔާތެއް ހެއްޔެވެ؟ އާނއެކެވެ. ދިރިއުޅުމުގައި ކަލާއަށްޓަކައި  އެތައް ޤުރާބޭނެއް ތަކުރާރުކޮށް ވާނަމެވެ. އެއްފަހަރުން ނިންމައެއް މިކަންކަން ނުލެވޭނެއެވެ. އަބަދުވެސް ހިނގަމުން ދާނެއެވެ. ހިތުގެ އަޑުވިޔަސް ފޮނުވުން ހުއްޓައެއް ނުލެވޭނެއެވެ. ކަޅި ހުއްޓިފައިވި ދެލޮލުން ފެންނަށް ލޯބީގެ ވިދުމަކީ ތިއެވެ.

 

ފަނޑުވުމެއް ނެތް ތި ރީތި ޝޫރައާއި މޫނު ހިތަކުން ފިލައިގެންނުދާނެއެވެ. އަހަރެންގެ ދެލޯ ކޮނެލައި ވަކިކޮށްލިޔަސް ހެވެ. މިހިތުގެ ލޮލުން ބަލާނީ  ތި ޝޫރައެވެ.  އާދެހެވެ. ހަމައެކަނި ކަލާއަށެވެ.  އޭ މަގޭ ލޯބިވާ މާހިފީއެވެ!  ދިޔަޔަސް މި ބަލިކަށި ހިތް އަހަރެންގެ ޗިސް ޗިސް ކޮށް ނުލާ ދާށެވެ. ކަލާ އަހަރެންގެ މޭ ފަޅާލާއި ހިތް ނަގާ ބަލާށެވެ. އޭގާ ވާނީ ކަލާއަށް ބޯކޮން އޮތް ތެދުވެރި ލޯތްބެވެ.  ހިތުގައި ކަލާގެ ހަނދާންތަކުން ހާދަ ރިއްސައެވެ.  މިއަދު އަޅާވޭނުގައި ހިތް ނުހަނު ބާރަށް ތެޅިފޮޅެނީއެވެ.  ކެތްނުވެގެން އަހަރެންގެ މޭ ފަޅާލާފައި ނެގިޔަސް ޝަކުވާއެއް ނެތެވެ. ހަމަ އެގޮތްވެސް ހެވެ. އެންމެންނަށްވެސް ފެންނާނީ ހިނިތުންވެފައިވާ އަހަންނެވެ. ބޭރުފުށުން ހިނިތުންވެގެން  ހުއްޓަސް އެއީ ލައްކަ ހިތްވަރެވެ. އެތައް މަޖުބޫރީއެއް އެ ހިނިތުންވުން ފަރުދާކޮށް ކަސްފުކޮށް ވަނީ ފަސްދަށުލާފައެވެ. ކަރު އަނބުރާލައި ހަށިގަނޑު މަރާލިޔަސްހެވެ. އަބަދުވެސް އަހަރެން ކޮޅު ކޮޅަށް ކަލާ ހޯދާނެއެވެ.

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވޭތުވެދިޔަ ދެތިން ހަފްތާގައި އަޅުގަނޑަށް ވާހަކައާއި އެއްޗެހި ނުގެނެސްދެވުނީތީ މާފަށް އެދެމެވެ.  ސަބަބު އަޅުގަނޑުގެ ގުރޫޕުގައިވެސް ވާނީ ހިއްސާކޮށްލާފައެވެ. ހަފްތާއެއްގެ ތެރޭގައި އެނބުރި ލިޔުންތެރިކަމާއެކު އާއެކޭ ލޯބިވޭ ވާހަކައާއެކު ބައްދަލުކޮށްލާނަ މެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ކުރުވާހަކަތައް ޅެންތައް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.  ކުރިއަށް އޮތް ތިން ދުވަހު އަޅުގަނޑު ވަރަށް ބުރަ ވާނެއެވެ. އެއްޗެއް ނުގެނެސްދެވުމަކީ އެކަށޭނަ ކަމެކެވެ. އަޅުގަނޑު މިދުވަސްތަކުގައި މިދާނީ ކެއްކުމައި ގުޅޭ ކޯހެއް ފުރިހަމަ ކުރަމުންނެވެ.  ނިމުންހާ އަވަހަކަށް ބައްދަލުކޮށްލާނަމެވެ. އަދިވެސް އެއްފަހަރު ނިހާޔަތަށް މާފަށް އެދެއެވެ.

އަމާނެއްތެރި ލިޔުންތެރިއަކަށް ވަމާހެވެ. އުފާވެރި ލިޔުންތެރިންގެ ދުވަހަކަށް އެދެމެވެ!

 

 

Comments (7)

  1. Inernu_27

    Vrh rythi MA<3 💓😊
    Haadha dhuvaheh kohlaafa 😩

    1. Isnaa
      Inernu_27

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ވަރަށް ދުވަސްވެއްޖެ ދޯ
      ނިހާޔަތަށް މާފަށް އެދެން ވޭތުވެދިޔަ ދުވަސްތަކުގައި ނުގެނެސް ދެވުނީތީ. އެދުވަސްވަރުގެ ގޮތުން ނުގެނެސްދެވުނީ އިނގޭ ޤަބޫލުކުރެވޭނެ ކަމަށް އުންމީދުކުރަން
      🫶❤️😊🥀🥰

  2. Shaba_17

    Awwn Vrh Reethi MA! 😍
    Happy writer’s day my dear author ✨💗

    1. Isnaa
      Shaba_17

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ވަރަށް ދުވަސްވެއްޖެ ދޯ
      ނިހާޔަތަށް މާފަށް އެދެން ވޭތުވެދިޔަ ދުވަސްތަކުގައި ނުގެނެސް ދެވުނީތީ އެއްޗެއް! އުފާވެރި ލިޔުންތެރިންގެ ދުވަހަކަށް އެދެން
      🫶❤️😊🥀🥰

  3. Shaba_17

    It’s ok dear take your time 😊💗

  4. Gurly curly

    Maashaa allah vrh chr. reeethi……
    Ufaaveri liyuntheringe dhuvahakah edhen..

    1. Isnaa
      Gurly curly

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ވަރަށް ދުވަސްވެއްޖެ ދޯ
      ނިހާޔަތަށް މާފަށް އެދެން ވޭތުވެދިޔަ ދުވަސްތަކުގައި ނުގެނެސް ދެވުނީތީ އެއްޗެއް! އުފާވެރި ލިޔުންތެރިންގެ ދުވަހަކަށް އެދެން
      🫶❤️😊🥀🥰

Comments are closed.