Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ގުދަން ކޮޓަރި..

_Have Fun_ Level 1
July 3, 2026 3 Mins Read
0 Comments

އައްސަލާމް އަލައިކުމް.. ވަރަށް ވަރަށް ގިނަ ދުވަހަށް ފަހުގައި އަޅުގަނޑު މިވަނީ އަނެއްކާ ވެސް ވާހަކަ ލިޔަން ފަށާފައެވެ. ކިތައްމެ ޝަކުވާ އެއް ވެސް ހުންނާނެ އެވެ. އާދެ އަޅުގަނޑު ފުރަތަމަވެސް ބުނެލާނީ އަޅުގަނޑު ތިޔަ ހުރިހާ ކިޔުންތެރިން މަތިން ވަރަށް ބޮޑަށް ހަދާންވިއެވެ. އަޅުގަނޑު އާމުކޮށް ވާހަކަ ލިޔާ އެކައުންޓް އަށް ލޮގިން ނުވެވުމުގެ ސަބަބުން އަޅުގަނޑުގެ ވާހަކަ ތަކަށް ވަނީ ނިމުމެއް އާސްފައެވެ. ނަމަވެސް އަނެއްކާ އަޅުގަނޑު މިފަށައިގަންނަނީއެވެ. ކުރިން މުޒޯ އައިޑީގައި ހުރި ވާހަކަތައް މެދުކެނޑިފައިވީ ހިސާބުން އަނެއްކާ ލިޔަން މިފަށަނީ މި އައިޑީގައެވެ.

****************************

އެ ދުވަސް އަނބުރާ އަންނާނެ ނަމައެވެ. ކިތައްމެ ވަރަކަށް ރޮއި ހިތާމަކުރިއަސް ދެން އެކަމެއް ބަދަލެއް ނުވާނެއެވެ. ހިތުގައި މިއަޅާ ވޭނަކަށް ލިޔެއް ނުލިބޭނެއެވެ. އެއީ އަހަރެންގެ ކުށެއް ނޫންކަމަށް ކައިރީގައި ހުރެ ބޭބެ ބުނަމުން ދިޔަ ނަމަވެސް އަހަރެންގެ ސިކުނޑިޔާ ހަމައަކަށް އެއަޑެއް ނުފޯރައެވެ.

އެއީ މީގެ ތިން ހަފްތާ ކުރިއެވެ. އަހަރެން ދިރިއުޅެމުން ދަނީ ބޭބެ އާއީ އެކީގައި ބޭބެގެ އެޕާޓްމެންޓްގައެވެ. މަންމަ އާއި ބައްޕަ އުޅެނީ ވަކިންނެވެ. ބޭބެގެ އޮންނަނީ އެއްމެ ގަވައިދެކެވެ. ގުދަން ކޮޓަރިއަށް ވަދެގެން ނުވާނެއެވެ. އަހަރެން އެކަމަށް އެއްބަސްވީމެވެ. ގުދަން ކޮޓަރި ހުންނަނީ އަހަރެންގެ ކޮޓަރިއާއި ޖެހިގެންނެވެ. ކޮންމެ ރެއަކުވެސް އަހަރެން ނިދަން އޮންނައިރު ގުދަން ކޮޓަރީތެރެއިން އަޑުއަޑު އިވޭނެއެވެ. ވައްތަރީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑަކާއެވެ. އަނެއްބައިފަހަރު ހޭއަޑުވެސް އިވިދާނެއެވެ. ކޮންމެއަކަސް މިސަބަބަށްޓަކައި އަހަރެން ބިރުގަންނަން ފެށިއެވެ. އެކަމަކު އެވާހަކައެއް ބޭބެކައިރިއަކު ނުބުނަމެވެ.

އެއްރޭގެ ދަންވަރެވެ. އަހަރެން ކޮޓަރިން ނުކުތީ ބަނޑުގައި ރިއްސާތީ ބޭސް ގުޅައެއް ބަލައެވެ. ބޭސް ކައިގެން އައިސް ކޮޓަރި ދޮރުމައްޗަށް އެރުމާއި އެކު ގުދަން ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތީ ބޭބެއެވެ. އަހަރެން ހައިރާން ވިއެވެ. ބޭބެ މިތަނަށް ވަންނަންވީ ކީއްކުރަން ހެއްޔެވެ؟ ހިތަށް ނުބައި އެއްޗެހި ވެރިވާން ފެށިއެވެ. އަނެއްކާ އެތާ ތެރޭގައި ބޭބެ އަންހެން ކުއްޖެއް ހައްޔަރު ކޮށްގެން އުޅެނީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ބޭބެ އެހާ ނުލަފާއެއް ނޫނެވެ. އަހަރެންނަށް ބަލައި ނުލާ ބޭބެގޮސް ބޭބެގެ ކޮޓަރިއަށް ވަނެވެ. އަހަރެން ބޭބެ އާއި ސުވާލެއް ނުކުރަމެވެ.

އާދައިގެ މަތިން ކޮންމެ ރެއަކުވެސް އެކޮޓަރީތެރެއިން އަޑުއަޑު އިވޭނެއެވެ. އަހަރެންގެ ބިރު ކުޑަވެ، އެއަޑުތަކަށް ހޭނެން ފެށިއެވެ.

އެއްރޭ ދަންވަރު އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ނަމުން ގޮވާތީއެވެ. ފުންމައިގެން ތެދުވެ ދެކޮޅު ހޯދައިލީމެވެ. އެއްވެސް މީހަކު ނެތެވެ. ދޮރު ދަށުން އަލި ނުވާތީ ބޭބެ ވެސް ނިދަން ވަނީކަން އެނގެއެވެ. އަނެއްކާ ވެސް އިވުނެވެ.

“މައިހާ.. މައިހާ.. މައިހާހާ..” އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކިތައްމެހާވެސް ބިރުގަތެވެ. މީހާ ދާހިއްލަން ފެށިއެވެ. ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. އެރެޔަކު ދެން އަހަރެންނަކަށް ނުނިދުނެވެ. އެހެން ރޭތަކެކޭ އެއްފަދައިން 3 ޖެހީރަށް އެއަޑުތައް ހުއްޓުނެވެ.

އަނެއްދުވަހު ކޮލެޖަށް ދިޔުމުގެ ކުރިން ބޭބެ ގާތުގައި ރޭގެ ހާދިސާ ކިޔާދިނީމެވެ. ބޭބެގެ ޖަވާބު ކުރެެވެ.

“އެއީ މައިހާ އަށް ހީވާ ގޮތް.. އަޅާނުލާ..” އަހަރެން ދެރަވިއެވެ. ފާޅުގައި ގުދަން ކޮޓަރިން އަޑުއަޑު އިވޭކަމީ ދޮގެއް ނޫނެވެ. ނަމަވެސް ބޭބެ އިޅެނީ އެކަން ހިންދާލާށެވެ. ފަހަކުންނެއް އަހަރެން އެވާހަކައެއް ނުދައްކަމެވެ. ބޭބެ އަޅާ ނުލާތީއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އަހަރެންނަށް ގޮވާ އަޑާއި އަންހެން ކުދިން ހޭއަޑު އިވޭނެއެވެ.

އާދައިގެ ދުވަހެކެެވެ. އަހަރެން ކޮލެޖްއިން އައިރު ބޭބެ އެއް ނޫޅެއެވެ. އަހަރެން ކޮޓަރިދޮރުމައްޗަށް އަރާފައި ގުދަން ކޮޓަރިއަށް ބަލާލީމެވެ. އެދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހަރެން ބޭނުންވީ އެތަނަަށް ވަދެ ބަލާށެވެ. އެކަމު ބޭބެ އޮތީ މަނާކޮށްފައެވެ. އެރަގަނޅުވާނެއެވެ. އެއްފަހަރު ވަދެލިއަސް ބޭބެއަކަށް ނޭނގޭނެއެވެ. އަހަރެން ގުދަން ކޮޓަރިއަށް ވަނީމެވެ. މުޅިތަން އޮތީ އަނދިރި ކޮށެވެ. ބޮކި ދިއްލާލަން ސުވިޗް ޖައްސާލުމުން ވެސް ބޮތްކެއް ނުދިއްލުނެވެ. އަހަރެން އަނދިރީ ތެރެއަށް ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ތަނުގެ ހާލަތު ފެނި އަހަރެން ހައިރާންވިއެވެ. މިތަން އޮންނާނެ ގޮތާއި އަސްލު މިތަން އޮތްގޮތް ވަރަށް ތަފާތެވެ. ހާސްބައި ތަފާތެވެ. މުޅިތަނުގައި ހުރީ ވީޑިއޯ ޓޭޕްތަކެވެ. ދެތިން ކެމެރާއެއް ވެސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަނެއްކާ މިއީ ކޮންއެއްޗެހިތާކެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކުރިއަށް ފިޔަވަޅެއް އެޅުމާއި އެކީގައި ރިކޯޑިން އެއް ފެށިގެން ދިޔައެވެ.

ހާޔް ގައިޒްޒް.. މީ މިންހާ.. މީ މައިހާ.. މިއަދު މިއުޅެނީ ކުކީޒް ހަދަން…” އެއީ އަހަރެންގެ އަޑެވެ. އެކަމު ފުރަތަމަ އެވާހަކަ ދެއްކީ ކާކު ހެއްޔެވެ؟ އަހަރެންގެ ހިތުތެރޭގައި އެތަކެއް ސުވާލެއް އުފެދޭން ފެށިއެވެ. ވީޑިއޯ ޓޭޕްތަށް އަހަރެން ބެލީމެވެ. އަހަރެން ހުރީ އަދި ވެސް ވާނުވާގައެވެ. އެހެން ވީޑިއޯ އެކެވެ. އަހަރެންނާއި މިންހާ ތިބީ ޒިޕްލައިން ކުރާށެވެ. ކެމެރާ ފަހަތުގައި ވާހަކަދައްކަމުން ދިޔައީ ބޭބެއެވެ. ކުއްލިއަކަށް މިންހާ ވެއްޓުނެވެ. ދެން ކެމެރާ ވެއްޓުނީއެވެ. އަހަރެން އިނީ ބަލާށެވެ. މީހުންގެ ހަޅޭކާއި ރުއިމުގެ އަޑު އިވެން ފެށިއެވެ.

އަހަރެން ސިހުނީ ބޭބެ އަހަރެންގެ ނަމުން ގޮވާ ލުމުންނެވެ. ތެޅިގެންފައި އެނބުރުނީމެވެ. ބޭބެގެ މޫނުމައްޗަކު ރުޅި ވެރި ކަމެއް ނެތެވެ. ފެންނަން ހުރީ ހަމްދަރުދީއެވެ. ބޭބެ އައިސް އަހަރެން ކާރީ އިށީންދެ އެ ބޭބެގެ މެޔާލައި އަހަރެން ބޮނޑިކޮށްލިއެވެ. ހުއްޓާލާށޭ ކިޔައި ބޭބެ ވާހަކަދެއްކުމުން އަހަރެންނަށް އެނގުނީ ރޮވެމުން ދާކެމެވެ. ބޭބެ އަހަރެންނަށް ކިޔާދިނެވެ. މިންހާ އަކީ އަހަަރެންގެ އެއްމާބަނޑު (ޓްވިން) ދައްތައެވެ. މިންހާ އާއި އަހަރެން އުޅެބޮޑުވީ އެއްކޮށެވެ. ދެމިތުރުން ހެންނެވެ. އަހަރެމެން ދެމީހުން ޒިޕްލައިން ކުރަނިކޮށް މިންހާ ވެއްޓި މިދުނިޔެއާއި އަލްވަދާއު ކިޔެވެ. މިސަބަބަށްޓަކައި މަންމަ އާއި ބައްޕަ އެއްޗެހިކިޔަނީ އަހަރެންނަށެވެ. އެމީހުން ބުނަނީ މިންހާގެ މަރުގެ އަސްލަކީ އަހަރެން ކަމަށެވެ. މިންހާގެ މަރުގެ ސަބަބުން އަހަރެންނަށް ވަނީ ވަރަށް ބޮޑަށް އަސަރް ކޮށްފައެވެ. އެހެންކަމުން ޑަކްޓަރަށް ދައްކައި ތެރަޕީ ނަގައި އަހަރެންގެ ހަޔާތަށް ރުޖޫޢަވީ މާމަ އާއި ބޭބެގެ އެހީގައެވެ. ކޮންމެ ރެއަކު މިއިވޭ އަޑުތަކަކީ ބޭބެ މިގުދަން ކޮޓަރީތެރޭ ވީޑިއޯ ކްލިޕްތަށް ބަލާއަޑެވެ. އަހަރެންގެ ސިކުނޑީގައި އެހަދާންތަށް ނެތީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ބޭބެ އެހާދިސާ ހަދާންހުރުމުން އަދިވެސް އެއުޅެނީ މިންހާގެ ހަދާންތަކުން ދުރައް ނުދެވިގެންނެވެ.

މާޒީގެ ފުން ކަނޑުން އެއްގަމަށް އަރަން އަހަރެންނަށް މަޖުބޫރުކުރުވީ ބޭބެ އެވެ. އަހަރެން ހުއްޓުން އަރައިފައި އިންނަތާ މިހާރު ފަސް މިނެޓް ވެދާނެކަމަށް ބޭބެ ބުންޏެވެ. ކޯތާފަތްމަތީ ފިރުކެމުން ދިޔަ ކަރުނަތަށް ފުހެލާފައި އަހަރެން ތެދުވީމެވެ. އަހަރެންނަށް ކުއްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. އެދުވަހު މައިރީން އާއި އެއްކޮށް ނުދިޔަނަމަ، މިއަދުވެސް މިންހާ އިންނާނީ އަހަރެން ގާތުގަ ހުންނާނެެވެ. އެކަމު ނަމައަކުން އެއްވެސް ކަމެއް ނުވާނެއެވެ. އަހަރެންގެ ހިތުގައިވާ ބުރައަށް ލުއެއް ލިބިދާނެކަމަކަށް އަހަރެން ހިތަކަށް ނާރަމެވެ.

ނިމުނީ…

Share Article

Follow Me Written By

_Have Fun_

Level 1

Other Articles

Previous

ލޯބި-21

Previews
July 3, 2026

ލޯބި-21



All Right Reserved!