Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކައެހެނިހެން

އެ ބިރުވެރި ރޭ

Aminathu._ Level 1
June 20, 2026 7 Mins Read
0 Comments

ކިތަންމެ ހިތްފަސޭހަ ދަންވަރެއް ވެސް ، ނާމާން ، ބިރުވެރި ، ހިތުން ފިލައިގެން ނުދާވަރުގެ ވޭނީ ރެއަކަށް ބަދަލު ވެގެން ގޮސްފާނެއެވެ. މީހާގެ އިތްފައިތެރިކަން ނަގާލާ ، ބޮޑު ލަދެއްގެ ތެރެޔަށް ވެއްތިގެން ދެއެވެ. އެއްވެސް ކުށެއް ނެތި އެތައް ބައެއްގެ ނަފްރަތާއި ރުޅިވެރިކަމާ ކުރިމަތި ލާން ޖެހިދާނެއެވެ.
މީހުން ބުނާތީ އަޑު އަހަމެވެ. އެކަކަށް ގެއްލުމެއް ދީފިއްޔާ އޭގެ ބަދަލު އެ ގެއްލުން ދޭ މީހާއަށް ލިބޭނެއެވެ.އެހެންނަމަވެސް އޭގެ ބަދަލުގައި ގެއްލުމެއް ލިބުމުން އެކަމުގެ ވޭން ތަހައްމަލުކޮށް ، އެންމެ ފަހުން އެހެން މީހުންނަށް ގެއްލުން ދީ ހަދަން ފަށައެވެ. ނަމަވެސް ، އެއީ މިކިޔާ ޑިޕްރެޝަނެއް ނޫނީ ނަފްސާނީ ބައްޔެއް ނޫނެވެ . އެހެން ދިމާވާން ޖެހުނީ ދެންތިބި މީހުން  އަލާނުލަ ބަލަން ތިބުނުމުގެ ސަބަބުންނެވެ .
“ޝައުފާ!” އަހަރެން ސިއްސައިގެން ދިޔައީ އަހަރެން ނަމުން މީހަކު ބާރަކަށް ގޮވާލުމުންނެވެ . އަހަރެންނާ ދާދި ކައިރީގައި ހުރި ރުކެއް ކައިރިންލާފައި ހިނގާފައި އެއަންނަނީ ހުނޫއެވެ . ހުނޫއަކީ އަހަރެން އެންމެ ޅައިރުއްސުރެ ފެށިގެން އަހަރެންގެ ގާތް އެކުވެރިޔާއެވެ . އަހަރެން ކައިރިޔަށް އައިސް އަހަރެން އިން ބެންޗުގައި އޭނާ ވެސް އިށީނެވެ .
“ޝައުފާ…ކީއްވެތަ އަބަދު ތިހެން ތި ހުއްނަނީ މިހާރަކަށް އައިސް ؟ ތީ ގައިމު ޝައުފާ ކުރިން އިންނަ ގޮތެއް ނޫނެއްނު ؟”
ކުރިމަތީ ހުރި މޫދުގައި ކުދިންތައް ސަކަރާތް ޖަހާތަން ބަލަން އިނދެ ، އޭނާ އެ ސުވާލު ކުރިއެވެ . ތެދެކެވެ . މިއީ އަހަރެން އުޅޭ ގޮތެއް ނޫނެވެ .އަހަރެން މީ ކުރިން ވަރަށް ސަކަރާތް ޖަހަން އުޅުނު ވަރަށް އަނގަ ގަދަ ކުއްޖަކީމެވެ . އެހެންނަމަވެސް ، އޭގެ ޖަވާބު ދޭނެހާ ހިތްވަރެށް އަހަރެން ގަޔަކު ނެތެވެ .
“ކަމެއް ނުވޭ!އަބަދު ނުވާނު ސަކަރާތް ވެސް ޖަހާކަށް…ބައެއް ކަންކަން ޖެހޭނު މަދުމަދުން ބަދަލުތައް ވެސް ގެންްނަން…”
އެއީ މުޅިން ދޮގެކެވެ . އަހަރެންނަކަށް ހަގީގަތެއް ކިޔައެއް ނުދެވޭނެއެވެ .އަހަރެންގެ ދު ވަނީ ކަސޮތޮޅު އަޅުވައި ބަންދުކޮށްފައެވެ.
“އެހެންނުވާނެ…ޝައުފާ ދެން ބުނެބަލަ! ކިހިނެތް ތަ ވި ؟ އެއްވެސް ސަބަބެއް ނެތި ތިހާ ބޮޑެތި ބަދަލުތަކެއް ނާންނާނެ ! ތީ ދެން ޝައުފާ ދަންނަ މީހެއްވެސް ޝައުފާ ބުނެގެން ގަބޫލުނުކުރަނެ ވާހަކައެއް….މަށަށް ކިޔާދީބަލަ އެހެން މިހަކަށް ނުކިޔާދިނަސް !”
“އަޅެ އަހަރެން ނުހަދަމޭ ދޮގެށް! އަހަރެން ކަމެށް ވެއްޖެއްޔާ ހުނޫ ކައިރި ނުބުނެ ހުންނަންތަ ؟ ނޫނެއްނު ! އަހަރެން ނުކުރަމޭ އެއްވެސް ކަމެއް ސިއްރެ”
އަހަރެންނަސް ބުނެވުނީ އެވަރަށެވެ . ހުނޫއަށް މީހަކު ގުޅީއެވެ . އޮފީހުގެ ސެކެޓްރީ ކަމުން ދާން ޖެހުނީއެވެ . އޭނާ ދިޔުމުން އެއްގޮތަކުން ބޮލަށް ފަސޭހައެވެ . އިތުރަކަށް ސުވާލެއް ނުކުރާނެއެވެ . އެލެންނަމަވެސް އެނާއަށް އަހަރެން އެ ވާހަކަތައް ކިޔާދީފިނަމަ އޭނާވެސް  އަހަރެން ދެކެ ފޫހިވުމަކީ އެއްވެސް ޝައްކެ ނެތް ކަމެކެވެ .
އަހަރެން ގެޔަށް ދިޔައީ މެންދުރު ބަންގި ގޮވަން ފެށުމުންނެވެ . ގެޔަކީ އަހަރެން ހިތުން ނާމާން ،އަނިޔާވެރި ، ބިރުވެރި ތަނެކެވެ. ގެއިން ބޭރަސް ގޮސް ގެޔަށް އަންނަ އައުން ވަނީ އަހަރެންގެ ހިތުގެ ހިނގުން އަވަސްވާ ވަގުތަކަށެވެ . އަބަދުވެސް އަހަރެން ހިތުގައި އޮންނާނީ ދެން ވާނީ ކީތް ބާއޭ ދެން ހަދާނީ ކިހިނެތް ބާއޭ އެވެ . ގެޔަށް ވަނުމެކޭ ބިރުވެރި ހާއްޔަކަށް ވަނުމެކޭ ތަފާތެއް ނެތެވެ .
ކަން ދިމާކުރިގޮތުން ، މަންމަ ހުރީ ފާހަނާގައި ފެންވަރާށެވެ . އަހަރެން ވަގުތުން ދިޔައީ ކައިގެޔަށެވެ . ކާއެއްޗެއް ހުރިތޯއެވެ. ނަސީބަކުން ބަތްކޮޅަކާއި ރިހާކުރުކޮޅެއް ހުއްޓެވެ . އަހަރެން ބަތް މޮޑެގެން ސިއްރު ސިއްރުން ގޮސް އަހަރެން ކޮތރިއަށް ވަނީމެވެ. އަދިވެސް މަންމަ ހުރީ ފާހަނާގައެވެ . ކޮޓަރިއަށް ވަނުމުގެ ކުރިން އަހަރެން ފައިވާން ކޮޓރިއަށް ވެއްދީމެނެ. އެއީ ، އަހަރެންގެ ފައިވާން ބޭރުން ފެންނަން ހުރެއްޖެއްޔާ ކޮތަރިޔަށް އައިސް ހަމަލާއެއް ދޭނެ ކަމާމެދު ޔަގީން ވާތީއެވެ . ބަތް ކެއުމަށް ފަހު އަތް ދޮވެފައި ގޮސް އްނދުމަތީ އޮށޯވެލީމެވެ . ފިކުރެއްގެ ފުން ކަނދުގައި އޮއްވައި އަހަރެންނަ ނިދުނެވެ .
“މަންމާ!”އަހަރެންނަ ހަޅޭލަވައި ގަނެވުނީ އަހަރެންގެ ގަޔަށް ފެން އެއްޗެށް އޮއްސާލުމުންނެވެ . ހީވީ ގަނޑު ފެން ގަނޑެއްގެ ތެރެޔަށް ވެއްތުނު ހެންނެވެ . ހޭވެރިކަންވެ ރަނގަޅަށް ލޯ ހުޅުވާލި އިރު ކުރިމަތީ ހުރީ މަންމައެވެ . އަހަރެންގެ ހިތް ތެޅެންފެށީ ގައިން ބިރެއްގެ ސަބަބުންނެވެ . މަންމަގެ މޫނުމަތިން ފެންނަ ކުލަވަރު ރީއްޗެއް ނޫނެވެ . ރުޅި އައިސް މީހާ ހުރީ ރަތްވެފައެވެ .
“ބަލާބަލަ ނިކަން ، ކިހާ އަރާމު ދޯ ؟ ހިނގާނެ ވަރަކަށް ހިނގާފައި އައިސް އަހަރެން ކާންވެގެން ބަހައްޓާފަ ހުރި ބަތްކޮޅު ކައިފަ އަރާމުކޮށް ނިދާލަން މިއޮތީ! އަދި އަހަރެންނަށް ފިލަން ވެގެން ގެޔަށް އައިސް ފައިވާން ވެސް ކޮތަރިޔަށްލާ ފޮރުވައިގެން މިއުޅެނީ!”
މަންމަ ހަޅޭ ލަވަމުން ދިޔައިރު ހީވީ އަހަރެންގެ ކަންފަތުގައި ގާގަނޑަކުން ތަޅާހެންނެވެ . ބައެއް ފަހަރު ސިކުނޑީގައި ތޫނު ދިލަގަނޑެއް ނަގާހެން ވެސް ހިވެއެވެ . އެއްޗެހި ގޮވާ ވަގުތު އަހަރެންނަކަށް ހިރިލަން ވެސް ނުކެރެއެވެ . ގަންނަ ބިރެއްގެ ބޮޑު ކަމުންނެވެ .
“ކަލޭ ކޯންޗެއްތެ ބަލަން ތިހުންނަނީ ދެލޯ ބޮދު ކޮއްގެން ؟ ދާން އުޅޭ ކައްކަން. މަގޭ ކާނެ އެއްޗެއް ނެތޭ ކަލެޔާ ހެދީ!”
މިހެން ބުނުމާއެކު މަންމަ އައި ގޮތަށް އައިއްސަ އަހަރެންގެ އިސްތަޝިގަނޑުގައި ހިފާއްޓާފައި ނަގާ ދޮރުމައްޗަށް ހޫރާލިއެވެ . އަހަރެންގެ ނިތްކުރި ޖެހުނީ އެތާ ކައިރީގައި ހުރި ކަނބަޑެއްގެ ކަނެއްގައެވެ.
“އައްދޯތް!!”
ވީ ތަދުން އަހަރެންނަށް ރޮއެ ގަނެވުނެވެ . ނިތްކުރިން ލޭ ފައިބާކަން އެނގުނީ އަހަރެންގެ ކޯތާފަތުން ލޭ ފައިބާގަތީމައެވެ . ކުރިޔަށްވުރެ ބާރަށް  އަހަރެންނަށް ރޮއެގަނެވުނެވެ . ލޭފެނުމުން އެ ބިރުވެރި ރޭގެ މަތިން ހަނދާން އައު ވެގެން ދިޔައެވެ .         *****
އަހަރެން ގެޔަށް އައި އިރު މަންމަ ނެތެވެ. ނިދަންވަނީ ކަންްނޭނގެއެވެ. އަހަރެން ހުނޫ އާއެއްކޮ ބޭރަށް ދިޔައީ އޭނާ އާދޭސް ކުރުމުންނެވެ. ހަވީރު ދިޔަގޮތަށް އާދެވުނީ 10 ޖަހާ ބޮޑުވި ފަހުންނެވެ. ރަށުތެރޭގައި ހިނގުމަށް ފަލު ވާރޭ ވެހުމުންވިއްސާރައާއި ވެސް ތެމުނީމެވެ. ގެޔަށް އައި އިރުވެސް ވާރޭ ނުހުއްޓައެވެ. ގެޔަށް ގޮސް ވެސް އެތައް އިރެށް ވަންދެން ބޭރުގައި ދެމީހުން ސަކަރާތް ޖަހަން ތިބީމެވެ. މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. އެހެންނަމަވެސް މީހަކު ފާރަލާ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އެންމެ ފަހުން 11 ޖަހަން އުޅެނިކޮށް މާ ލަސް ވެއްޖެ ކަމަށް ބުނެ ހުނޫ ދަނީއޭ ބުނެ އޭނާ ގެއަށް ދާން މިސްރާބު ޖެހިއެވެ. އިރުމަތި ފަރާތުގެ މަގު ނިމޭކޮޅު ކަންމަތިން އަނބުރާލިތަން ބަލަން ހުރެފައި އަހަރެން ވެސް ވަނީ ގެޔަށެވެ.
ފެންވަރައިގެން  އާދައިގެ މަތިން ޓީޝާޓަކާއި ސޯޓުކޮޅެއް ލައިގެން އަހަރެން ނިދަން ހަމަޖެހިލިމެވެ. އެނދުމަތީގައި ޖައްސާލި ކަމެއް ނެނގެއެވެ. ކައިރީގައި ހުރި އަލަމާރި ތެރެއިން ނުކުތީ ބިޔަ މީހެކެވެ. ލައިގެން ހުރި ކަޅު ކޯޓެއް ފަދަ ފޭރާމުން އަނދިރި ގަނޑުގެ ތެރޭ ހިޔަންޏެއް ހުރި ހެންނެވެ. ދެވަނަ ސިކުންތެ ނުބަލާ އައިސް އަހަރެން ގައި މައްޗަށް އަރައިގަތެވެ. އަހަރެންނަށް ހަޅޭލަވަން ފެށުނީ ސަލާމަތް ކުރުމަށް އެދިއެވެ. އެމީހާ އަހަރެން އަތާފައި ބަނދެ އަހަރެން ހައްޔަރު ކުރިއެވެ. އަހަރެން ލައިގެން ހުރި ޓީޝާޓު ވިދާލާ ސޯޓު ނަގާ އެއްލާލިއެވެ. އޭނާ ވެސް ލައިގެން ހުރި ފޭރާން ބާލާ އެއްލާލިއެވެ. އޭނާ އަހަރެންގެ އިތްފަތްތެރިކަން ނަގާލިއެވެ. އެތަށް އިރެއް ވަންދެން އޭނާ ހުއްޓެވެ. އޭނާ ދަމުން ދިޔައީ އަހަރެންނާ ދިމާލަށް އެއްވެސް މީހެއް ގާތު މިވާހަކަ ބުނެގެން ނުވާނެ ކަމަށް ބުނެ އަމުރު ކޮށްފައެވެ.
އަހަރެންނަށް ހޭވެރިކަން ވީއިރު އެނދުގައި ބައިވަރު ލޭ ހުއްޓެވެ. އަހަރެންގެ ގައިގެ އެކި ތަންތަނުން ވަނީ ނޫފައިގެން ގޮސްފައެވެ. އަހަރެންގެ ހަށިގަނޑު ވަނީ ވަރުދެރަވެ ގުޑާލަން ނުކުރޭ ފަދަ ހާލެއްގައެވެ. އެހާވެސް އަހަރެންގެ ގައިގަ ރިއްސައެވެ.
އޭގެ ފަހުން ހަފތާއެއް ވަންދެން އެމީހާ އާދެއެވެ. ހުރިހައި އެންމެން ނިދާ ފަހުންނެވެ. އަހަރެން އޮންނަނީ ހިރި ވެސް ލާން ނުކެރިފައެވެ. އެމީހާ އައިސް ބޭނުން ފުދުމުން ދަނީއެވެ. ކޮންމެ ރެއަކު ވެސް އެންމެ ފުރަތަމަ ރޭ ފަދައިން އެ އަމުރު ކުރެއެވެ.
ފަހަކުން އެނާއެއް ނާދެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ކޮންމެ ރެއަކު ވެސް އަހަރެން އިންނަން ޖެހެނީ ބިރެއްގެ ތެރޭގައެވެ. ކިރިޔާ އަޑެއް އިވުނަސް އަހަރެން ސިހެއެވެ.
*****
އަހަރެންނަށް ހޭލެވުނު އިރު ވަށައިގެން އޮތީ ހުދު ފާރެކެވެ. އަހަރެން މަރުވީ ބާވައޭ ހިތަށް އެރިއެވެ. އެހެންނަމަވެސް ދޮރު ހުޅުވުމަށްފަހު ވަދެގެން އައި ނަރުސް ކުއްޖާ ފެނުމުން އަހަރެން އޮތީ ސިއްހީ މަރުކަޒުގައި ކަން އެނގުނެވެ. އޭނާ އަހަރެން ލޯހުޅުވިތަން ފެނުމުން ހިނިތުން ވެލިއެވެ. އޭނާ އަހަރެން ގާތު މިހާރު ރަނގަޅުހޭ އެހުމުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.
އަހަރެން ނިތްކުރި އެހާ ބޮޑަކަށް ފަޅައިގެން ގޮސްފައެއް ނެތެވެ. އަހަރެން ދުށުމަށް ހުނޫ ކޮންމެ ދުވަހަކުވެސް އަހަރެން ގާތަށް އަދެއެވެ. އޭނާ ނެތް ވަގުތުތަކުގައި އަހަރެން އޮންނަން ޖެހެނީ އެކަންޏެވެ. ހަފްތާއެއްގެ ތެރޭ އަހަރެން ރަނގަޅު ވުމުން ޑޮކްޓަރު ލަފާދިނީ ގެޔަށް ގޮސް އަރާމު ކުރުމަށެވެ.
އަހަރެން ގެޔަށް ދިޔަ މަގުމަތީ ހުރިހާ އެންމެން ތިބީ އަހަރެންނާ ދިމާލަށް ބަލާށެވެ. ހީވަނީ އަހަރެންމީ ނުދަންނަ މީހެއް ހެންނެވެ. ގެޔަށް ދެވުނީ ނަސީބަކަށެވެ. ދޮރުމަތީ މަންމަ ހުރީ އެއްއަތުން އުނަގަނޑުގައި އަތްވިއްދާލައިގެންނެވެ. ހީވާގޮތުން އެހުރީ އަހަރެންގެ އިންތިޒާރުގައި ކަންނޭނގެއެވެ. ކަންދިމާކުރި ގޮތުން އަހަރެން ހިތަށް އެރީ ރަނގަޅަށެވެ. ދޮރު ކައިރީގައި ގޮސް ހުއްޓުނު ތަނާހެން އަހަރެންނާ ދިމާލަށް އެއްޗެހި ގޮވައި ގަތެވެ.
“ބަލާބަލަ ހުންނަ ގޮތް ކުޑަ ކަން ! ބޭރުގައި އުޅޭނެހާ ތާކު އުޅެފައި އައިސް އަދި އެވަރު ނުވެގެން އަހަރެންގެ ގެޔަށް އައިސް މީހުން ވައްދައިގެން ނާޗަރަންގީ ކުޅުނީއޭ ! ކަލޭ ހިތަކަށް ނާރާތަ އަހަރެން ގަންނާނެ ލަދެ ؟ ކަލޭ ހީކުރީ ދޯ ފަޅާ ނާރާނޭ ؟ މިގޭގަ ކަލޭ އެންމެ ހިނދުކޮޅަކަށް ވެސް ހުއްނާކަށް އަހަރެން ގަބޫލެއްނޫން ! ހަމަ މިހާރު މިގެއިން ދާން އުޅޭ !”
އަހަރެންގެ ލޮލުން ކަރުނަ ފައިބައި ގަތީ ނުހިފެއްތިގެންނެވެ. ވީ ދެރައަށް ވުރެ އައި ރުޅި މާ ބޮޑެވެ. އަހަރެން ސިއްހީ މަރުކަޒުން ނިކުއިން ވަގުތު މީހުން ބެލި ސަބަބު މި އެނގުނީއެވެ. މިހާރު މުޅި ރަށުގައި އޮތީ އެވާހަކައެވެ. ހަމަ ޔަގީނުން ވެސް އެ ވާހަކަ އެ ރަށުގައި ފެތުރީ އެ ނުލަފާ މީހާއެވެ.
އަހަރެން ދިޔައީ ހުނޫގެ ގެޔަށެވެ. ހުނޫއަށް ވެސް މިހާރު އޮންނާނީ އެވާހަކަ އެނގިފައެވެ. އާނއެކެވެ. އޭނާއަށް އަހަރެން ފެނުމުން ރޯން ފެއްޓިއެވެ. ރަނގަޅަށް ވީ ގޮތް ކިޔައިދޭން އޭނާ އެދުނެވެ.
“އެއީ އަހަރެން ގަބޫލު ކުރާނެ ވާހަކައެއް ނޫން ! އެކަމަކު އެކަމުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް…އެހެންނޫނީ ޝައުފާ ތިހާ މަޑު މަޑުންނެއް ނުހުންނާނެ !”
އޭނާ އަހަރެންނަށް އިތުބާރު ކުރާކަން އަހަރެންނަށް ޔަގީންވިއެވެ.އަލިފުން ޔާއަށް އަހަރެން އޭނާއަށް އެރޭގެ އެވާހަކައައި އޭގެ ފަހުން ވެސް ހަފްތައެއް ވަންދެން އެމީހާ އައި ވާހަކަ ކިޔައިދިނީމެވެ. ހުނޫ ހުރީ ބަސް ހުއްޓިފައެވެ. ވާނީ ވެސް އެހެންތާއެވެ. އެހެންނަމަވެސް ހުނޫގެ ވެސް ސުވާލަކީ މިކަން މިހެން ދިމާވާން ޖެހުނީ އަހަރެންގެ ކޮން ކުށެށް އޮވެގެން ހެއްޔެވެ ؟
  އަހަރެންގެ މިޒާޖަށް އަނެއްކާވެސް އެތައް ބަދަލުތަކެއް އައެވެ. މިފަހަރު މިއީ އަހަރެން ގަސްތުގައި ގެނައި ބަދަލުތަކެެކެވެ. ކުރިން ލާފަދަ ކުރުތާ ލުމުގެ ބަދަލުގައި އަހަރެން ލާ އުޅެނީ ގަޔަށް ބާރު ނޫނީ ނިވާކަން ކުޑަ ހެދުމެވެ. އަހަރެންނަކީ މިހާރު އޭރު މީހުންނަށް ފެނުނު ‘ އަހްލާގު ރަނގަޅު ހިތްހެޔޮ ‘ ޝައުފާއެއް ނޫނެވެ. އަހަރެންމީ އަހަރެންގެ މަންމަ ބުނި ފަދައިން ގޮތްކުޑަ ނުލަފާ މީހަކީމެވެ. ރުފިޔާ ހޯދަނީ އަންހެނުން ފިރިހެނުންނަށް ރެގަނޑަށް ވިއްކައިގެންނެވެ.
ހުނޫ އަހަރެން އެ އަމަލަށް ވަރަށް އެއްޗެހި ގޮވާ ހަދައެވެ. އަހަރެންނަށް އެގޮތަށް ކަންތައް މެދުވެރިވުމުން އެހެން މީހުންނަށް އޭގެ ބަދަލު ދޭކަށް ނުވާނެ ކަމަށް ބުނެ ނަސޭހަތް ދޭނެއެވެ. އެމީހުންނަށް އަހަރެން ދެކެ ކުށަކާނުލާ ހަގީގަތް ބަލާނުލާ އެއްޗެހި ގޮވާ ހެދުމުން އޭގެ ބަދަލު މާތްالله ދެއްވާނެކަމަށް އޭނާ ބުންނެވެ. އަހަރެންނަށް ވެސް އެވަރު އެގެއެވެ.
މިހާރު ރަށުތެރެއިން އަހަރެން ފެންނަ އިރަށް އެއްބައި މީހުން އެއްޗެހި ގޮވާއިރު އަނެއްބައި މީހުން އަހަރެންގާތު މިހެން ނޫޅުމަށް ރޮއެ އާދޭސް ކޮއް ހަދަައެވެ. ކުރިން އަހަރެންނަކ ީކިހާ ރަނގަޅަށް އުޅުނު ކުއްޖެއްކަމަށް ކިޔާ ހަދައެވެ. އެކަމަކު އަހަރެން ދެނީ އެންމެންނައް ވެސް އެއް ޖަވަބެކެވެ.
“ހުމ…އެއީ ކުރިއެއްނު ! މީ މިހާރެއްނު ! ކަލޭމެން އަމިއްލައަކަށް ނުން އަހަރެން ކުށެށް ނެތް އިރު ވެސް އަހަރެން ނުލަފާ ، ގޮތްކުޑަ މިހަކަށް ހެދީ ދޯ ؟ އެހެންމަ މިހާރު އަހަރެން މިހެން އުޅުނަސް ކަލޭމެންނަށް ކީތް ؟”
އަހަރެން ގޭން ނުކުތީއްސުރެ މަންމަ ލޮލުން ވެސް ނުދެކެމެވެ. ކޮބާތޯ ބަލާކަށް ބޭނުމެއް ވެސް ނޫނެވެ.މަންމައަށްވެ ހުރެ އަހަރެންނަށް އިތުބާރު ނުކޮށް  އަހަރެން އެއްލާލީމަ އަހަރެން ވެސް މަންމަ ދޫކޮއްލީއެވެ.
އަހަރެންނަށް ކުއްލިއަކަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑު އިވިގެންނެވެ. ހުއްޓުމެއް ނެތި ބާރަށް ޓަކިޖަހާއިރު ހީވަނީ ތަނެއްގައި ރޯވެގެން އުޅޭ ހެންނެވެ. ލޯ އުނގުޅަމުން ފައި ކާއްތަމުން ދޮރު ކައިރިޔަށް ގޮސް ފުން ނޭވާއެއް ލާފައި ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ހުނޯއެވެ. އޭނާގެ މޫނުމަތި ވަނީ ދަލުން ފޯވެފައެވެ.
“ޝައުފާ ! އަހަރެންނަށް އެނގިއްޖެ އެރޭ ޝައުފާއަށް އެހެން ހެދީ ކާކުކަން ! އެމީހަކު އަމިއްލައަށް އެއްބަސް ވެއްޖެ !”ވަރަށް ބާރުން ހުނޫ ވާހަކަ ދެއްކިއެވެ.
“ބަލާބަލަ އެފް.ބީ !” އަނެއްކާ ވެސް ހުނޫ ބުންޏެވެ.
އަހަރެން ދުވެފައި ގޮސް އެނދުމަތީ އޮޔް ފޯނު ނަގާ ފޭސްބުކަށް ވަނީމެވެ. ހޯމް ޕޭޖް މާވަރަށް ހާވަން ނުޖެހުނެވެ. އެއީ ޒުވާން ފިރިހެން ޖުއްޖެކެވެ. ހީވާގޮތުން އަހަރެންނަށް ވުރެ ތަނކޮޅެ ދޮށީ މީހެކެވެ.
“މީތަ ؟ ” އަހަރެން އެނބުރުނު އިރު ދާދި ކައިރީގައި ހުނޫ ހުރުމުން އަހާލީމެވެ. އޭނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން އެ ވިޑިއޯ އހަރެން ޕްލޭ ކުރީމެވެ.
“އަހަރެން މި ވީޑިއޯ މި ހަދަނީ ކުށެއްނެތް މީހަކަށް އަހަރެންގެ ފަރާތުން ގެއްލުމެއް ލިބިފައިވާތީ….އޭނާގެ ނަމަކީ ފާތުމަތު ޝައުފާ….މީގެ 2 މަސް ވަރު ކުރިން ރަށުތެރޭގައި އެ ފެތުރުނު ވާހަކައިގެއެއްބައި އެއީ ތެދު ވާހަކައެއް…އަހަރެން އެ ވާހަކަ ކިޔައިދޭނަން…އަހަރެންނަކީ ޝައުފާ މަންމަގެ ހަމައެކަނި ހުރި ފިރިހެން ދެބެންގެ ދަރި..އަހަރެން މިރަށަށްް އައީ ޝައުފާ މަންމަގެ އެދުމަކަށް..އެދުވަހު ގެޔަށް ދިޔަ އިރު ޝައުފާ ވީ އޭނާގެ ރަޓެއްސްކާއެކު ބޭރައް ގޮއްސަ. އަހަރެންގާތު ބޮޑު އަގެއް ދީފައި ޝައުފާ މަންމަ ބުނީ ޝައުފާގެ އިތްފަތްތެރިކަން ނަގާލަން.. އަދި އެއްވެސް މީހެއްގާތު ނުބުނުމަށް ޝައުފާއަށް ަމުރުކުރަން ބުނި.. އަހަރެންގެ ނުބައިކަމުން އެތައް ރެއަކު ޝައުފާއަށް އުނދަގޫ ކުރަން ދެވުނު. އަހަރެން އެންމެ ކުދަ އިރުވެސް ދެކެން ޝައުފާ މަންމަ ޝައުފާއާ ދޭތެރޭ ކަންތައްކުރާ އިހާނެތި ގޮތް….ކުރާ އަނިޔާ…..އޭރު އަހަރެން ޝައުފާ މަންމަ އެ ފައިސާގައި ހިފުނީ އަހަރެން ޝައުފާއާއި ގަޔާވާތީވެ….އެހެންނަމަވެސް ފަހުން އަހަރެންނަށް ވިސްނުނީ މި ކުރެވެނީ ރަނގަޅު ކަމެށް ނޫންކަން…އެހެންވެ އަހަރެން މިރަށުން ފޭބީ….އަނެއްކާވެސް އަހަރެން މިރަށަށް މި އައީ  ޝައުފާގާތު މައާފަށް އެދެން…..އެހެންނަމަވެސް އަހަރެން ބޭނުންވީ ހުރިހާ އެންމެނަށްވެސް ޝައުފާގެ ކުށެށް ނެތްކަން ސާބިތުކޮށްދޭން…އަހަރެންނަށް މައާފުކުރޭ ޝައުފާ ! އަހަރެންނަށް އެނގޭ އަހަރެންނަށް ކުރެވުނީ މައާފު ކުރެވޭ ވަރުކަމެއް ނޫންކަން ވެސް…އެހެންނަމަވެސް އަހަރެނގެ ކުށް އަހަރެން ގަބޫލުކޮށްފިން !”
އެ ހިސާބުން އޭނާ ވިޑިއޯ ނިންމާލިއެވެ. އެއީ އާއިލާ މީހެއްކަން އަހަރެންނަ އެނގުނީ އޭނާ ބުނީމައެވެ. އާއެކެވެ. އޭނާ އެކުރީ މައާފު ދެވޭނެ ވަރުގެ ކަމެށް ނޫނެވެ.އެހެންނަމަވެސް އޭނާ ކުށް ގަބޫލުކޮށްފިކަން އަހަރެންނަށް އެނގުނެވެ. އަދި އެދުވަހު އެ ވާހަކަ ރަށުގައި ފެތުރީ މަންމަ އަމިއްލައަށް ކަން އަހަރެންނަ ޔަގީންވިއެވެ.
އަހަރެން ބޭނުންވީ ތައުބާވާށެވެ. އަހަރެންނަށް ވެސް މި އުޅެވުނު ގޮތާ މެދު ދެރަވިއެވެ.އެއްވެސް ކުށެއްނެތި އަހަރެން ވެސް އެތައް އަންހެން ކުދިންގެ ދިރިއުޅުން ހަާކުކޮށްލީމެވެ. އަހަރެން ތައުބާ ވާން ބޭނުންވާކަމަށް ހުނޫގާތު ބުނީމެވެ. އޭނާ އުފަލުން ފުންމަން ފެށިއެވެ. އަދި އަހަރެންނަށް ނަމާދު ކުރާނެ އެއްޗެހި ދިނެވެ.
އަހަރެން الله ހަޟްރަތަށް ދުއާކޮށް ފާފަ ފުއްސްވުމަށް އެދުނީމެވެ. ދުވަހަކު ވެސް އެ ފާފަ ނުކުރާނަން ކަމަށް ބުނެ ތައުބާ ވީމެވެ. އެދުވަހުން ފަށައުގެން އަހަރެން ބަރާބަރަށް ނަމާދު ކުރަން ފެށީމެވެ. ގުރުއާން ވެސް ކިޔަވަމެވެ. ކުރިން ހެދުން އަޅާގޮތަށް ކުރުތާ ލާން ފެށީމެވެ. އެހެންނަމަވެސް ، ހުނޫ ލާކަހަލަ ރީތި އަބާޔާ ލާހިތުން އަބާޔާ ވެސް ގަނެ ލާން ފެށީމެވެ.
އަހަރެންނަށް މަންމަ ދެނެއް ނުފެންނާނެއެވެ. އެ ވިޑިއޯގެ ސަބަބުން މަންމަ ފަލީހަތްވެ ބޭޒާރު ވީއެވެ. އަހަރެން ލިބެން ބޭނުންވި މަންމަގެ ލޯބި ލިބެނީ އަހަރެންގެ ފިރިމީހާގެ މަންމަގެ ފަރާތުންނެވެ. އަހަރެންގެ ފިރިމީހާއަކީ އަހަރެންނަށް މާތްﷲ ދެއްވި ނިއުމަތެކެވެ. އޭނާއަކީ ގުރުޢާން ހިތުދަސް ހާފިޛެއްގެ އިތުރުން އިމާމެކެވެ.
އެ ބިރުވެރި ރެޔަކީ އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެކެވެ. އެރޭގެ ފަހުން އެތައް ހިތްދަތި ކަންކަމަކާ ކުރިމަތި ލާން ޖެހުނަސް މިއަދު އަހަރެންނަށް އޭން އެއްވެސް ދެރައެއް ނުލިބެއެވެ. އަދި ، ވަރަށް ގިނަ ބަޔަކަށް އެކަމުން އިބްރަތެއް ވެސް ހާސިލްވެގެން ދިޔައެވެ. އަހަރެން ވެސް މެއެވެ…

Share Article

Follow Me Written By

Aminathu._

Level 1

Other Articles

Previous

ޒާޔާ – 2 (ހަތްވަނަ ބައި)

Previews
June 20, 2026

ޒާޔާ – 2 (ހަތްވަނަ ބައި)



All Right Reserved!