Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސިއްރު ކައިވެނި – 3

leafy Level 210 Stories100 Login
June 21, 2026 4 Mins Read
0 Comments

މަލްޝާއަށް ހޭލެވުނީ ފިރެހެންވަންތަ އަޑެއް ގޮވާ އަޑު އިވިގެންނެވެ. “އޭތް ކިހިނެތްތަވީ؟” މަލްޝާގެ ނިތްކުރީގައި އަތްލަމުން ޒަޔާން ސުވާލުކުރިއެވެ. “ކީކޭ؟” ކިޔާ އެއްޗެއް ރަނގަޅަށް އަޑު ނީވޭތީވެ، މަލްޝާ ސުވާލުކުރިއެވެ. އިރުކޮޅަކުން ހަމަޔަކަށް އެޅުމުން މަލްޝާ މުށިތަކުމަތިން ކޮޅަށް ތެދުވެ، ސާފުކުރަން ގެންގުޅުނު ފޮތިކޮޅު ހިފައިގެން އެ ކޮޓަރިން ދުވެފައި ނުކުތެވެ. ޒަޔާން ހުރީ މަލްޝާއަށްޓަކައި ހާސްވެފައެވެ. ނަމަވެސް އެގޮތަށް އެއްޗެކޭ ނުބުނެ މަލްޝާ ދިޔުމުން ޒަޔާން ރުޅިއައެވެ. މަލްޝާ ކޮޓަރިއަށް ވަދެ މޫނުގައި އަތް އަޅައިގެން ހުއްޓެވެ. މަލްޝާއަށް ޒަޔާންގެ ފިރިހެންވަންތަ މޫނު ފެނުމުން ގަތް ލަދުން ދުވެފައި އައީއެވެ. ރިހިނާ ސުވާލު ކުރިއެވެ. “ކީތްވީ މިހާރު؟” މަލްޝާ އަދިވެސް ވިސްނަމުން ދިޔައީ ޒަޔާންގެ ބަރު ރީތި އަޑަށެވެ. “ޒަޔާން…” އެހާ ރީތި އަޑެއް އޭނާއަކަށް ނީވެއެވެ.

“ތި ޚިޔާލީ ދުނިޔެއިން އަރައިގަނޭ! އަހަރެމެން ކޮންމެ މީހަކަށްވެސް އިނގޭނެ ޒަޔާން ނުލިބޭނެކަން.” ރިހިނާ ކުޑަކޮށް ހީލަމުން ބުންޏެވެ. މަޑުމަޑުން އަމިއްލަ ކޮލުގައި ޖެހުމަށްފަހު މަލްޝާ ފުން ނޭވާއެއްލިއެވެ. ޚުދު އޭނާވެސް ރިހިނާ ބުނި ބަސް ގަބޫލުކުރެއެވެ. އެހެންނޫނަސް އެއްކަލަ ކަރުދާހާއި، އެ މެދުއުމުރުގެ މީހާ ހަނދާންވެ، މަލްޝާއަށް ހުއްޓުންއެރިއެވެ. ފާހާނާއަށްވަދެ މޫނުދޮވެލައިގެން، ނިކުމެ މަސައްކަތަށް އެނބުރި ނިކުތެވެ. އަތުގައި ފެން ފޮތިގަނޑު އޮތްނަމަވެސް، ފެން ބާލިދީ ޒަޔާންގެ ކޮޓަރީގައި ބަހައްޓާފައި އާދެވުނުކަން ހަނދާންވީ ދެނެވެ. މަލްޝާ އެނބުރި ރިހިނާ ގާތަށް ދިޔައެވެ. “ރިހިނާ، އާދެބަލަ ޒަޔާންގެ ކޮޓަރިން ފެން ބާލިދީ ނެރެދެން.” އާދޭސްކުރާ ރާގެއްގައި މަލްޝާ ބުންޏެވެ. “މިގަޑީ ނުދެވޭނެ އަހަންނަކަށް. އަހަރެން މިހާރު މިދަނީ ބަދިގެއަށް މެންދުރު ކެއުން ތައްޔާރުކުރަން.” ރިހިނާ އެހެން ބުނުމަށްފަހު ބަދިގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

ހަދާނެގޮތް ހުސްވެ، ޒަޔާން ކޮޓަރިން ނުކުންނާނެ އިރަކަށް މަލްޝާ އިންތިޒާރު ކުރަމުން ދިޔައެވެ. ޒަޔާންގެ ކޮޓަރި ކައިރީގައިހުރި ކުރެހުންތަކުގެ ވަށައިގެން ފޮޅާކަމަށް ހެދިހުއްޓެވެ. ފާރުތަކުގެ ބޮޑުބައި ސާފުކުރި އިރުވެސް، ޒަޔާން ކޮޓަރިއަކުން ނުނިކުތެވެ. ވަރަށް މަޑުމަޑުން ޒަޔާންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. މަލްޝާއަށް އަމިއްލައަށް މޮޔަހެން ހީވިއެވެ. ޒަޔާން އޮތީ ދެފައިދަމައި ނިދާފައެވެ. ހިންޏަކަށްވެސް އަޑުނީވޭ މިންވަރުން މަލްޝާ ކޮޓަރިއަށްވަދެ، ފެން ބާލިދީ ނެގިއެވެ. އަދި ހަމަ އެ ހިނގުމުގައި ކޮޓަރިން ނުކުންނަން ދިޔައެވެ. މަލްޝާއަށް ލިބުނީ ސިހުމެކެވެ. ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. ދެންމެ އެނދުގައި ހަމަޖެހިލައިގެން އޮތް ޒަޔާންހުރީ އޭނާގެ ފަހަތުގައެވެ. “ހާދަހާ ހަޔާތްކުޑައޭ! ކަލެއަށްޓަކާ ހަމްދަރުދީވުމުންވެސް، ދުވެފަ! ގޮސް ފިލީ.” މަލްޝާގެ ކަންފަތުގައި ޒަޔާންގެ އަޑު މިހާރު ބިރުވެރިވެގެން ދިޔައެވެ. ކުއްލިއަކަށް މަލްޝާގެ ނޭފަތް ހިރުވާ ފާޑެއް ވިއެވެ. އަދި ކައިރީގައިހުރި ޒަޔާންއާ ދިމާއަށް ކިނބިއްސެއް އެޅުނެވެ. ޒަޔާންގެ ގަންޖުފަރާހުގައި މަލްޝާގެ އަނގައިން ނުކުން ރޯގާގަނޑު ހުއްޓެވެ. މަލްޝާއަށް ކުރެވުނު ކަންތަކުގެ ބޮޑުކަމަށް ލޯ ބޮޑުކޮށްލެވުނެވެ. “މާފުކުރޭ. އެއީ އަހަންނަށް އޮޅިގެން.” އާދޭސްކުރާ ރާގުގައި މަލްޝާގެ އަތުގައި އޮތް ފޮތިކޮޅަކުން ޒަޔާންގެ ހެދުމުގައިހުރި ރޯގާތައް ފުހެދިނެވެ. ޒަޔާން އެއްޗެކޭ ނުބުނެ ފަކުރުން ހުއްޓެވެ.

ފެން ބާލިދީ ހިފައިގެން މަލްޝާ ޒަޔާންގެ ކޮޓަރިން ނުކުތީ ލަދުންނެވެ. މަލްޝާ ނިކުންހެން ޒަޔާން ލައިގެންހުރި ގަންޖުފަރާސް ދާވަށިގަނޑަށް އެއްލާލިއެވެ. މަލްޝާ ލަސްނުކޮށް، ފޮތިގަނޑު ސާފުކުރަން ދިޔައެވެ. މަލްޝާއަށް މިފަހަރު ހަސަންބެގެ ފަރާތުން އިންޒާރެއް އަންނާނެކަމާމެދު ޝައްކެއްނެތެވެ. އޭނާ ބިރުންހުރެ ހިނގެނީވެސް އެހާ ލަހުންނެވެ. ކުއްލިއަކަށް މަލްޝާ ކެއްސައިގަތެވެ. އަތުގެ ނުފުށުން އަނގަމަތި ނިވާކުރިއެވެ. ކެއްސުންގަނޑު ދިއުމާއެކު އަވަސް އަވަހަށް މަލްޝާ ބާލިދީ ހިފައިގެން ސާފީންގެ ކޮޓަރިއަށް ދިޔައެވެ. އޭރު ފިހިގަނޑު ހިފައިގެން ކުނިކަހަންހުރި ފައިޒާ ސުވާލު ކުރިއެވެ. “މަލްޝާ؟ އަތުގައި ތިހުރީ ކޮން ލެއެއް؟” މަލްޝާއަށް އަތުގެ ނުފުށަށް ބަލައިލެވުނީދެނެވެ. އެއީ އޭނާ ކެއްސަން އަނގަ ދިމާކުރި ތަނެވެ. ފުދޭވަރަކަށް ލޭ ހުއްޓެވެ. ލޭ ފެނުނުހެން މަލްޝާގެ ހެއަށް ގޮތަވާން ފެށިއެވެ. ހިފައިގެންހުރި ބާލިދީއާއެކު މަލްޝާ މުށިތައް މައްޗަށް ވެއްޓުނެވެ. މަލްޝާ ވެއްޓެން ދިޔަތަންފެނި ފައިޒާ ދުވެފައި އައެވެ.

މަލްޝާއަށް ހޭއެރިއިރު ބާއްވާފައިއޮތީ ހަސްފަތާލުގައެވެ. އޭނާގެ ލޯ ހުޅުވާލިހެން ޒަޔާންގެ އަޑު ކަންފަތުގައި ޖެހުނެވެ. “ކޮބާ ތިވަރު ނުވަނީސް އަހަރުމެންނަށް އަންގަން ޖެހޭނެއެއްނު!!” މަލްޝާއަށް ތެދުވެވޭ ވަރުވުމުން އެނދުގެ އެއް އަރީގައި އިށީނެވެ. ވަރަށް ބަލި ރާގަކަށް މަލްޝާ ބުންޏެވެ. “އަހަރެންގެ ކޮއްކޮއެއް މި ހަސްފަތާލުގައިވަނީ އެޑުމިޓު ކުރެވިފައި ވާނެ. އެންމެ ރަނގަޅުތަ ކޮއްކޮ ގާތަށް ދިޔަޔަސް؟” ޒަޔާން ހިތްހަމަނުޖެހިފައި ބުންޏެވެ. “ތިހާ ބަލިއިރުވެސް އަމިއްލަ ނަފުސަށް އަޅައިނުލާ އުޅޭ މީހަކު އަދި މިދުށީ. ހެޔޮ ދިޔަޔަސް. އެކަމު ހަސްފަތާލުން ނިކުންކަން އެނގިއްޖެނަމަ، އަހަރެންގެ ބައްޕަ ފަހެއްނުޖެހޭނެ އަދަބެއް ދޭކަށް.” އިސްދަށަށް ޖަހާލުމާއެކު، އާނއެކޭ ބުނެ މަލްޝާ އެ ކޮޓަރިން ބޭރަށް ނުކުތެވެ. އަދި އޭނާގެ ކޮއްކޮ ބާއްވާފައިވާ، ކޮޓަރިއަށް ދިޔައެވެ.

ކޮއްކޮގެ އަތުގައި ހިފާލަމުން މަލްޝާ ބުންޏެވެ. “ކޮއްކޯ. ހިއްވަރުކުރޭ. އިރާދަ ކުރެއްވިއްޔާ ހޭލެވޭނެ.” މަލްޝާގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ޓަސްކިޔާ ހުޅުވުނެވެ. ނުޒުހާ ހުރިތަން ފެނުމާއެކު މަލްޝާ ކަރުނަތައް ފުހެލުމަށްފަހު، ކޮޅަށް ތެދުވިއެވެ. “މިހިރަ ނުލަފާ އެއްޗެއް!! ކޮންތާކު ތެޅި އަރުވާފަ ތިއައީ؟ މަގޭ ފިރިމީހާ މަރާލީ ކަލޭ ދޯ؟” ނުޒުހާ ހިނގަމުން އައިސް މަލްޝާއާ ކައިރިވިއެވެ. “ކަލެއަށް ގުޅާގުޅާ ޚަބަރެއް ނުވޭވިއްޔަ. ޔަގީން ފިރެހެނަކާއެއްކޮށް ގޮސް ފިލައިގެން ދޯ ތިއުޅެނީ؟” ނުޒުހާގެ ރުޅި ފުރިގެން ބަންޑުންވެދިޔަ ކަހަލައެވެ. “ވާހަކަދައްކަބަލަ! އަދި އެބަހުއްޓެއްނު، އަނގައިންވެސް ނުބުނެ.” ނުޒުހާ ހަޅޭއްލަވައިގަތެވެ. “ކަލޭ ތިހެން ޝައިރާ ކައިރިއަށް އަންނަނަމަ، މަގޭ އަތަށް އެއް މިލިޔަން ރުފިޔާ ގެނޭ. ކަލޭގެ ބައްޕަވެސް އައީކީ ނޫންވިއްޔަ.” ނުޒުހާ މަލްޝާގެ މޫނުމަތީގައި ޖެހިއެވެ. މަލްޝާ އެ ކޮޓަރިން ނުކުންނަން އުޅުނުހެން، އޭނާގެ ބުރިކަށީގައި ނުޒުހާ ކޮޅުފައިން ޖަހާ ވައްޓާލިއެވެ. މަލްޝާ ދޮރާ ދިމާއަށް މޫނުވަތަށް ޖެހުނެވެ. އެދިޔަ ބާރުމިނުގައި ދޮރު ހުޅުވި ބޭރުގައިވާ ތަޅުންގަނޑަށް ވެއްޓުނެވެ.

ޒަޔާން މަލްޝާއަށް ދޭންޖެހޭ ބޭސް ހިފައިގެން ދޮރު ކައިރީ ހުއްޓެވެ. އޭނާއަށް މަލްޝާ އަންނަތަން ނުފެނުމުން އެތެރެއަށް ވަނެވެ. އޭރު ވަރަށް ގިނަ މީހުން ކޮޓަރިއެއްގެ ދޮރު ވަށައިގެން އެއްވެފައި ތިއްބެވެ. ޒަޔާންއަށް ދޮރު ކުރިމަތީ އިށީންދެ އިން މަލްޝާ ފެނުނީ ދެނެވެ. އަވަހަށް އެ ދިމާއަށްގޮސް މަލްޝާ ދަމާފައި އެތަނުން ދުރަށް ޖެހުނެވެ. ނުޒުހާ ބާރަށް ބުންޏެވެ. “މަ ރަނގަޅެއްނު. ފިރިހެނަކާއެއްކޮށް ގޮސް ފިލައިގެން އެ އުޅެނީ.” އޭރުވެސް މަލްޝާގެ ނޭފަތުން ލޭތައް ފައިބަމުން ދިޔައެވެ. ނިތްކުރީގައިވާ ތެޔޮހަންގަނޑު ގޮސް ލޭ ކުލަ ހުއްޓެވެ. ބޭސްއަޅާ ކޮޓަރިއަށް ގެންދިޔުމަށް މަލްޝާ އަތުގައި ހިފައިގެން ޒަޔާން ދިޔައެވެ.

އިރުއޮއްސެން ދިޔަހެން ހަސްފަތާލުން ނުކުމެވުނެވެ. މަލްޝާ އަނގައިންވެސް ނުބުނެ ކާރުގެ ފަހަތު ބަޔަށްވަދެ އިށީނެވެ. ޒަޔާން ކާރުގެ ކުރީބަޔަށް އަރާ ދުއްވާލިއެވެ. ކާރުބާރުބޮޑު މަގުތަކުން ދުއްވާފައި ގެއަށް ދިޔައެވެ. ކާރު ހުއްޓާލެވުމާއެކު، މަޑު އަޑަކުން ޝުކުރިއްޔާއޭ ބުނުމަށްފަހު މަލްޝާ އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. “ކޮންކަހަލަ މީހެއްތަ އެއީ؟” ޒަޔާންއަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ. އޭރު ބޭސްކޮތަޅު ހިފައިގެން މަލްޝާ ކޮޓަރިއަށްވަދެއެވެ. ރިހިނާ ފާހާނާއިން ނިކުތެވެ. “މާތްކަލާކޮ. މޫނަށް ކިހިނެތްވެފައި ތިހުރީ؟” ރިހިނާ ސިއްސައިގެންގޮސް ސުވާލު ކުރިއެވެ. “ކޮންތާކު އުޅެ އުޅެފަ ތިޔައީ މިހާރު؟” ރިހިނާ މަލްޝާއާ ގާތްވަމުން ސުވާލުކުރިއެވެ. މިއަދު ހިނގި ހާދިޘާތައް މަލްޝާއަށް އެނގުނު މިންވަރަކުން ބުނެދިނެވެ. “އަދި ފައިޒާވެސް ބުންޏޭ، ޒަޔާން މަލްޝާ އުރާލައިގެންނޯ ކާރަށް ގެންދިޔައީ.” ރިހިނާ އެ ވާހަކަތައް އަޑުއެހުމަށްފަހު، އިތުރުކޮށްލިއެވެ. “މިރޭ ކޯއްޗެއް ހަދަނީ؟” މަލްޝާ އިސްތަށިގަނޑުގައިވާ ދަތިތައް ނައްޓަމުން ބުންޏެވެ. “މިރޭ… ހަނާކުރި ގެރިމަހާއި، ރަތްމަހު ގަރުދިޔައާއި، ތަރުކާރީ ސުރުވާ ތައްޔާރުކުރަން ޖެހޭނެ. ދެން ރޮއްޓާ، ބަތާއި، ޕާޕަރުވެސް.” ރިހިނާ ހަނދާން ކުރަމުން ލިސްޓު ކިޔާލިއެވެ.

މަލްޝާ ތައްޔާރުވުމަށްފަހު، ބަދިގެއަށް ދިޔައެވެ. ބައެއް ނޯކަރުން މޫނުގައި އަޅާފައިހުރި ބޭސްގަނޑުތަކަށް ބަލާފައި މަލްޝާގެ ފަހަތުގައި ވާހަކަދައްކަން ތިއްބެވެ. މަލްޝާ ސަމާލުކަންދެމުން ދިޔައީ ކެއްކުމަށެވެ. ނަމަވެސް މިރޭ އަމުދުން އޭނާއަށް ބެލުންތައް ގިނައެވެ. މަލްޝާ ހުރިހާ ކެއްކުމެއްގައި ބައިވެރިވެ ރިހިނާއާއި ފައިޒާއަށް އެހީތެރިވިއެވެ. ރޭގަނޑުގެ ކެއުން އަވަސްކޮށްފައިވާތީވެ، އިޝާއަށް ބަންގިގޮވިއިރު ހުރިހާ ނޯކަރުން ފެންވަރަން ކޮޓަރިތަކަށް ވަނެވެ. މަލްޝާ އެކަނިމައި އެކަނި ބަދިގެތެރެ ސާފުކުރަން ހުއްޓެވެ. އޭނާ މޫނުމަތީ ބޭސްގަނޑު ހުރުމުން ބޭރަށް ނުނިކުންނަށް އިސްވެހުރި ނޯކަރަކު ބުނުމުންނެވެ. އައިސް އަލަމާރިއަށް ބާކީހުރި ފިޔާއާއި، ލޮނުމެދުކޮޅުލައި ދޮރުލައްޕާލުމަށްފަހު ފަހަތަށް އެނބުރިގަތް ވަގުތު ޒަޔާން ފެނުމުން މަލްޝާ ސިހިގެން ފަހަތަށް ޖެހެވުނެވެ. ޒޔާންހުރީ އެހާވެސް ކައިރީގައެވެ. ކަބަޑުގައި ޖެހުމުގެ ކުރިން ޒަޔާން މަލްޝާގެ އަތުގައި ހިފިއެވެ. “މިތާ ކީތްކުރަނީ؟” މަލްޝާ މަޑުމަޑުން ސުވާލު ކުރިއެވެ. “މީހުން ޝުކުރު އަދާކުރާ ގޮތްތަ އެއީ؟” ޒަޔާންވެސް ކޮށްލީ ސުވާލެކެވެ. “ދެން… ކިހިނެތް ޝުކުރު އަދާކޮށްދެންވީ؟” މަލްޝާ ސުވާލުކޮށްލިއެވެ. ޒަޔާން މަލްޝާގެ ބޮލު ފަހަތުގައި ހިފާ ގާތްކޮށް ބޮސްދިނެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (14)

Previews
June 20, 2026

މި ލޯތްބާއި ތި ވަޢުދު (14)



All Right Reserved!