ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…
ވާހަކައިގެ ހުރިހާ ލޯބިވާ ކިޔުންތެރިންނަށް…
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އައްސަލާމު ޢަލައިކުމް އަދި އަޅުގަނޑުގެ ވާހަކަތަކަށް ލޯބިކުރައްވާ ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ލޯބިވެތި ސަލާމެއް ރައްދުކުރަމެވެ. އަޅުގަނޑު މިއަދު މި ސިޓީ މެދުވެރިކޮށް މި އަންގާލަނީ، ކިޔުންތެރިންނަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބިދާނެ ފަދަ ޚަބަރެއް ކަމުގައި ވިޔަސް، މިއީ މިވަގުތު ކަންތައްތައް ހުރިގޮތުން ނިންމަން ޖެހުނު ނިންމުމެކެވެ. އެގޮތުން، “މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް..” މި ވާހަކަ މިހާތަނަށް އެސްފިޔަ ވެބްސައިޓުގައި ޝާއިޢުކުރަމުން އައި ނަމަވެސް، މިއަދުން ފެށިގެން މި ޕްލެޓްފޯމްގައި މި ވާހަކަ ކުރިއަށް ގެންދިއުން ހުއްޓާލަން ނިންމާފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.
ނަމަވެސް، ވާހަކައިގެ ކިޔުންތެރިންނަށް އޮތް އުފާވެރި ޚަބަރަކީ، މި ވާހަކަ ހުއްޓުމެއްނެތި “ފިޔަ އޮންލައިން” ވެބްސައިޓުގައި “ކަލާޔަށްޓަކައި ހަމަހިމޭންވީ” މި ނަމުގައި މިހާރުވެސް ކުރިއަށްދާ ކަމެވެ. ފިޔަ އޮންލައިންގައި މިހާރު މި ވާހަކައިގެ 108 އެޕިސޯޑު ވެސް ވަނީ ކިޔުންތެރިންނާ ހަމައަށް ގެނެސްދެވިފައެވެ. އެހެންކަމުން، ވާހަކައިގެ ބާކީ ބައިތައް ފުރިހަމަކުރައްވަން ބޭނުންފުޅުވާ ހުރިހާ ކިޔުންތެރިންވެސް “ފިޔަ އޮންލައިން” އަށް ޒިޔާރަތްކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
އަޅުގަނޑާއި ކިޔުންތެރިންނާ ދެމެދު އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށާއި، ވާހަކައިގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ލިންކުތައް ވަގުތުން ވަގުތަށް ހިއްސާކުރުމަށްޓަކައި އަޅުގަނޑު ވާހަކަތަކަށް ހާއްސަ ވައިބަރ ކޮމިއުނިޓީއާއި ގުޅިލެއްވުން އެދެމެވެ. އަދި އަޅުގަނޑުގެ ވާހަކަތަކަށް ޙާއްސަ ފޭސްބުކް ޕޭޖަށްވެސް ފޮލޯކޮށްލެއްވުން އެދެމެވެ. މި ވަގުތަށް އެންމެ ރަނގަޅު އަދި އެންމެ ފަސޭހަ ގޮތަކީ މިއީ ކަމަށް ފެންނާތީ، ވާހަކައިގެ ކުރިއަށް ހުރި އެޕިސޯޑުތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވައިގެން އަޅުގަނޑުގެ ވައިބަރ ކޮމިއުނިޓީއާ ގުޅިލެއްވުން އެދެމެވެ.
ކިޔުންތެރިން މިހާތަނަށް އަޅުގަނޑަށް ދެއްވި ބޮޑު ތަރުހީބާއި، ބަހައްޓަވައިދެއްވި ގާތްކަމާއި ލޯތްބަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުންގެ ފަރާތުން މިފަދަ އެއްބާރުލުމެއް ލިބިގެންދިއުމެވެ. އަޅުގަނޑުގެ މި ނިންމުމާމެދު ކިޔުންތެރިންގެ ފަރާތުން އޯގާތެރިކަމާއި ކެތްތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.
ވައިބަރ ކޮމިއުނިޓީ ލިންކު: ކޮމިއުނިޓީ
ފޭސްބުކް ޕޭޖް: ވާހަކަ ބައި ރިވަރ ރައިޓްސް
އަދިވެސް އެއް ފަހަރު، ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!


