Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 20

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 14, 2026 5 Mins Read
13 Comments

ހަވީރުގެ ވަގުތެވެ. ހިތްފަސޭހަ މަންޒިލެކެވެ. ޖެހެމުންދާ ފިނި ވައިގެ ތެރޭގައި ރީމް އިނެވެ.  ދެކުދިން ގޮވައިން ޕާކުގައެވެ. އެ އުފާވެރި ހަވީރުގެ ހިތްގައިމުކަން ހޯދަމުން ދިޔަ އެހެން ކުދިންނާ ބަލާއިރު ޝިޔާމްގެ ހަރަކާތްތައް ފެންނަނީ ވަރަށް މަދުންނެވެ. ހަލަބޮލި އެ މާހައުލުގައި ދުވެ ސަކަރާތް ޖަހަމުންދާ އެތައް ކުދިންގެ ތެރެއިން ޝިޔާމްގެ އެ ހިމޭންކަން ފާހަގަ ވާވަރު ވެއެވެ. އެއިން ކޮންމެ ކަމަކަށް ވަރަށް ޝައުގުވެރި ކަމާ އެކު ބަލަން އިން ރީމް ސިއްސައިން ދިޔައީ ޖިންސްގެ ފަހަތު ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ.

“ހަލޯ..! ރަށުގެ އެއްވެސް ވާހަކައެއް ކިޔާތަ؟” އެކޮޅުން ވާހަކަ ދެއްކީ އަމީލެވެ.

“ރަށުގަ؟… ކިހިނެއް އަހަންނަށް އިނގޭނީ؟ ރަށުގަ ދެން އެކި ވާހަކަ ކިޔާ މީހުން އުޅޭނެއްނު… ކޮންކަހަލަ ވާހަކަ އެއް ތިބުނީ؟” ހުރިހާ ޝައުގުވެރި ކަމެއް ފޯނަށް ދެމުން ރީމް ބުނެލިއެވެ.

“މި ބުނީ މިންހާއޭ ކިޔައިން އެއްވެސް އެއްޗެއް ކިޔާހޭ؟… އެހެން ނޫނީ މަށޭ ކިޔައިގެން އެއްޗެއް ކިޔާތަ؟” އަމީލުގެ ހަރުކަށި ސުވާލު އަމާޒު ކުރީ ސީދާ ރީމަށެވެ.

*************

“އަމީލު…! މިހާރު އަމީލުގެ ވާހަކަތައް ހުންނަ ގޮތުން…” ރީމް ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ އަމީލުގެ އަޑު އިވުމުންނެވެ.

“މަގޭ ވާހަކައޭ… މަ ވާހަކަ ދައްކާއިރު ވަކި ތަފާތު ކޮން ގޮތެއް ހުރީ؟.. ރީމް ވެސް ޖަވާބު ދޭނީ މަ ކުރާ ސުވާލަށް.. ކޮންމެހެން މަށާ ބެހޭ ގޮތުން އެހެން މީހުން މަށަށް އަންގަން ޖެހޭ ވާހަކައެއް ނޯންނާނެ.” ރީމް ދެކެ ހިތްހަމަ ނުޖެހިފައި ހުރެ ފުރަތަމަ ފަހަރަށް އަމީލު ވާހަކަ ދެއްކިއެވެ.

“އަހަރެން އަޑެއް ނާހަން އެއްވެސް ވާހަކައެއް.. އަނެއްކާ ކަމެއް ވީތަ؟” ރީމްގެ ޖަވާބު ފުރިހަމަ ވުމާއިއެކު ވަގުތުން އަމީލު ފޯނު ކަނޑާލިއެވެ.

އެއާއި އެކު ވަގުތުން ރީމް ގުޅާލީ އިނާޔާއަށެވެ. ކުއްލިޔަކަށް އަމީލު ރުޅިއައީ ކީއްވެތޯ ބަލައިލުމުގެ ބޭނުމުގައެވެ. މިންހާ މާލޭގައި ހުއްޓާ ރަށުތެރޭގައި އަޑެއް ފެތުރެންވީ ކީއްވެ ބާއެވެ؟ އަމީލު ވެސް ރަށުން ބޭރުގައި ހުއްޓާ އަމީލުއޭ ކިޔައިން ރަށު ބަޔަކު ދައްކަން އޮންނާނީ ދެން ކޮން ވާހަކައެއް ބާއެވެ؟

“އިނާ..! މި ގުޅާލީ ވާހަކައެއް އަހާލަން އިނގޭ… އަމީލު އެބަ އުޅޭ ވަރަށް ރުޅިގަދަ ވެގެން. މަށަށް ގުޅާފަ ބުނީ މިންހާއާ އަމީލުއާ ތެރެއިން އެއްވެސް މީހެއްގެ ވާހަކަ ރަށުގަ އެބަ ދެކެވޭހޯ؟… އަހަންނަކަށް ނޭނގެ ކީއްވެން ބުނި އެއްޗެއް ކަމެއް. ކިހިނެއްތަ ވެގެން އެ އުޅެނީ؟” ހާސްވެފައި އިން ރީމް ފުލުފުލުގައި ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނާޔާ އިނީ މިންހާ ގާތުގައެވެ. އޭރު އިނާޔާގެ ފޯނު އޮތީ ސްޕީކަރާށް ލާފައެވެ.

“ރީމް ނާހަންތަ؟ ތި ސުވާލު ރީމް ކުރިނަމަ އަމީލުގާތު؟” އިނާޔާ ދިނީ ރީމްގެ ހިތް މަރުވާ ފަދަ ޖަވާބެކެވެ.

“އިނާ..! އަހަރެން ކިހިނެއް އޭނައާ ވާހަކަ ދައްކާނީ؟ ހާދަ ވަރުގަދަ ރުޅިއެކޭ އައިސްފަ ހުރީ؟ މަ ދުވަހަކު ވެސް ހިއެއް ނުކުރަން އަމީލު އެއީ އެހާ ރުޅިގަދަ މީހެއް ކަމަށް.” ހައިރާން ވެފައި އިނދެ ރީމް ބުނެލިއެވެ.

“އަދި ތި ފެނުނީ ތަންކޮޅެއް.. ދެން ފެންނާނީ ބާކީ ހުރި ކަންކަން. މިހާރު އެ އުޅެނީ އަމީލުގެ ކުޅަނދުރު ހަތާއަށް ރަށު މީހުން އޮށްގާ އުކާނެތީ.. އުކާވަރު ވީމަ އޮށްގާ ވެސް އުކާނެ… އެކަމު މިފަހަރު ކުޅަނދުރަށް ލާހިކެއް ނޫން މީހެއް ގަޔަށް ކަށި ޖަހާކަށް.” އަމީލު ރުޅި އައިސްފާ ވާކަން އެނގި އިނާޔާ ބުނެލީ ޖޯޝާއި ފޯރީގައެވެ.

“އިނާ…! މަށަކަށް ނޭނގެ ތި ކިޔާ އެއްޗެއް.. އަޅެ ބުނެބަލަ.. ކީއްވެގެންތަ އެއުޅެނީ؟” ޝައުގުވެރިކަން ހުރި ވަރުން ރީމްގެ ކެތްތެރިކަން ވަނީ ކޮޅުން ލާފައެވެ.

“ވެގެން އުޅޭ ގޮތަކީ…. މިންހާ މާލެ އެއައީ ވަރި ވާން ފޯމު ލާފަ. މިހާރު އަމީލަށް ކޯޓަށް ކިޔައިފި. އެހެންވެ އެކަމާ ރުޅި އައިސްގެން އެއުޅެނީ…” ކަން ވީގޮތް އިނާޔާ ކިޔައިދިނެވެ.

“އޯހް!… އެހެންތަ؟ މިންހާ ތިނެގީ ލައިފްގަ ވަރަށް ބޮޑު ޑިޒިޝަންއެއް.. އޭނަ ކައިރިން ސަލާމަތް ވެވޭނީ ވަރަށް ހިތްވަރު ގަދަ ވީމަ.. އަހަރެން ބުނާނީ މިންހާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނީ އެކަމުން ސަލާމަތް ވެގެންނޭ. މަވެސް އޭނަ ގާތުން ސަލާމަތް ވާން މިހާރު އެބަ ވިސްނަން.” ބެންޗުން ތެދުވެ ހިނގައި ގަންނަމުން ރީމް ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ސިޓިންގ ރޫމާއި އިން ވެގެން ހުރި ބަދިގެ ބައިގައި އިނާޔާ އުޅުނީ ނޫޑްލްސް ސޫޕް ކެއްކުމުގެ މަސައްކަތުގައެވެ.

އެވަގުތު މިންހާގެ މިސްރާބު ހުރީ ނަޝާޔާގެ ކޮޓަރިއާ ދިމާލަށެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ބަލައިލި އިރު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކޮޓަރީގެ ހުދު ހުދު ފާރުގައި އެއް ކޮނޑު ޖައްސަލައިން ލެނގިލައިން އިނދެ ހަމަ އެ ފާރުގައި ނަޝާޔާ ކުރަހަނީއެވެ.

މިންހާ ދޮރު ހުޅުވާލިކަން ނަޝާޔާއަށް އެނގުނުހެން ހިއެއް ނުވެއެވެ. ވެދާނެއެވެ. އެހާ ޝައުގުވެރި ކަމާއެކު އެމަސައްކަތުގައި އިނީމަ ކަންނޭނގެއެވެ. ހަވާލާފައިވާ ބުޅި އިސްތަށިގަނޑާއި އެކު ނަޝާޔާގެ މޫނު ކޮންމެސް ވަރަކަށް މިންހާއަށް ފެނުނެވެ. އެ ދޮން މޫނުގެ ސަބަބުން އޭނާއަކީ ރީތި ކުއްޖެއް ކަމުގައި ވިޔަސް އެ މޫނުން ފެންނަމުން ދަނީ ނުފިލާ ހުންނަ މައުސޫމީ އަސަރެވެ. އެ އުމުރުގެ އެހެން ކުދިންގެ ފަރާތުން ނުފެންނަ އެކަނިވެރި ކަމާއި އެކަހެރި ކަމެވެ.

މިންހާ އެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އަޑަށް ސިއްސައިން ގޮސް ނަޝާޔާ ބަލައިލިއެވެ. މުށިތައް މަތީ، އަތުރާފައި ހުރި ކުލަ ފަންސޫރުތައް ކައިރިގައި އަތުގައި އޮތް ފަންސޫރާއި ރަބަރު ބާއްވާލުމަށް ފަހު ނަޝާޔާ ފާރުގައި ލެނގިލައިން އިށީންދެ ހަމަޖެހިލިއެވެ. އެއަށްފަހު ވަރަށް ފުންކޮށް މިންހާއާ ދިމާލަށް ބަލައިލިއެވެ.

މިންހާ އެތެރެއަށް ވަނުމަށް ފަހު ދެތިން ފިޔަވަޅެއް ކުރިޔަށް އަޅާލަމުން މުޅި ކޮޓަރި ތެރެއަށް ވަށައިން ބަލައިލިއެވެ. ކޮޓަރިގައި ވަނީ ރީތި ހުދު ފާރުތަކެވެ. އެއް ބިތުގައި ހުސް ހުދު ކުލައިގެ ތިން ދޮރުފަތްލީ އަލަމާރި އަކާއި ކުޑަކުއްޖަކާ ގުޅޭ ފަދަ ރީތި ޑްރެސިންގް ޓޭބަލެކެވެ. އޭގެ އިތުރުން ތަންކޮޅެއް ދުރުގައި ހުރީ ބައެއް ކުލަ ފަންސޫރާއި ފޮތް އަތުރާފައިވާ ހަރުގަނޑެކެވެ. ފާޚާނާ އާއި ދިމާ ބިތުގައި ހުރި ކުއީން ސައިޒްގެ އެނދުމަތީ ހަތަރު ބާލީސް އޮތެވެ. އެނދުގައި ބައިންދާފައި އިން މުށި ކުލައިގެ ބޮޑު ބެއަރ ހީވަނީ މިންހާއާ ދިމާލަށް ބަލަން އިން ގޮތުން އަނގައިން ބުނެފާނެހެނެވެ.

މުޅި ކޮޓަރިއަށް ނަޒަރު ހިންގާ ލުމަށް ފަހު މިންހާ ގޮސް އިށީންދެލީ ނަޝާޔާ ގާތުގައެވެ. ނަޝާޔާ އިންހެން މިންހާ ވެސް ފާރުގައި ލެނގިލީ އެއްވެސް ހިނިތުން ވުމެއް ނެތި ނަޝާޔާއަށް ބަލައިވެސް ނުލައެވެ. މިންހާ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވީ ނަޝާޔާ އިސްވެ ވާހަކަ ދައްކާތޯއެވެ. ފާރުގައި ބޯ ޖައްސާލުމަށް ފަހު މިންހާ ދެ ލޯމަރާލިއެވެ. މިންހާގެ މޫނު މަތީގައިވާ ހާސްކަމާއި ހިތާމައިގެ އަސަރު ނަޝާޔާއަށް އިހްސާސް ކޮށްދިނުމުގެ ގޮތުންނެވެ.

މިންހާގެ ހިމޭންކަން ފެނި ނަޝާޔާ ހައިރާން ވިއެވެ. ދެ ބުމަ ކައިރި ކޮށްލަމުން ޝައުގުވެރި ކަމާއެކު މިންހާގެ މޫނަށް ބަލައިލިއެވެ. އޭރު މިންހާގެ ލޮލުން ލަސް ލަހުން ވެއްޓެމުން ދިޔަ ފުރަތަމަ ކަރުނަ ތިކި ފެނި ނަޝާޔާގެ ކުޑަކުޑަ އަތް ތިލައިން މިންހާގެ ކޯތާފަތުގައި ފިރުމާލީ އެ ކަރުނަ ތިކިތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.  އެ ކުޑަކުޑަ އިނގިލިތައް ބީހިލި ކަމުގެ އިހްސާސާއި އެކު މެރިފައިވާ މިންހާގެ ލޮލުގެ އެސްފިޔަތައް އިތުރަށް ތެޅިލިއެވެ.

“ދައްތާ!… ކީއްވެ ރޮނީ؟” ލޯބި ގޮތަކަށް މަޑުމަޑުން ވާހަކަ ދައްކަން ނަޝާޔާއަށް މަޖުބޫރު ވިއެވެ. އެ އަޑަށް މިންހާ ލޯ ހުޅުވާލިއެވެ.

“ކޮއްކޯ….! އިނގޭތަ؟ ކޮންމެ މީހެއް ވެސް ދެރަވާ ކަންކަން ހުންނާނެ.. އުފާވާ ކަންތައްތައް ވެސް ހުންނާނެ. އެކަމު ކޮންމެ ފަހަރަކު ދެރަވެގެން އަހަރުމެން އެކަނި އިނދެ މާގިނައިން ރޮވެނީ ދޯ؟” މިންހާ ބަލައިލީ ނަޝާޔާގެ މޫނަށެވެ.

“ދައްތަ ކީއްވެ ރޮނީ؟.. ދައްތަގެ މަންމަ ވެސް  ނަޝާޔާ މަންމަ ގޮތައް އުޅޭތީ ދެރަ ވަނީތަ؟” ނަޝާޔާގެ ވާހަކައިން ހީވީ ނިވިފައިވާ ބައްތި އަކަށް އަލިކަމެއް ލިބުނު ހެންނެވެ.

“ކޮއްކޯ؟.. އެކި މީހުން ދެރަ ވާނީ އެކި ކަންކަމާ… ބައެއް މީހުން މީރު ކާއެއްޗެއް ނުލިބިގެން… ބައެއް މީހުން އެމީހުންގެ ދަރިފުޅުމެން ބުނާގޮތް ނުހަދާތީ… އަނެއްބައި ކުދިން ދެރަ ވަނީ މަންމަ މެން އަޅާ ނުލާތީ… ދެން ވެސް ބައެއް މީހުން އެގޮތަށް އެކި ކަންކަމާ ދެރަވާނެ. ކުޑަކުދިން ނޫނަސް ބޮޑެތި މީހުން ވެސް ދެރަވާ ކަހަލަ ކަމެއް ވިއްޔާ ރޮވޭނެ.” މިންހާ ދުރު ދުރުން ވާހަކަ ދެއްކީ މަގްސަދެއްގައެވެ.

މިންހާގެ ވާހަކަތަކުން ނަޝާޔާއަށް އިސްޖަހާ ލެވުނެވެ. އެދައްކާ ވާހަކައަކީ ތެދެއްކަން ނަޝާޔާއަށް ގަބޫލު ކުރެވުނީ ކަންނޭނގެއެވެ.

“ދެން ދައްތައަށް ކިހިނެއްވީ؟ ތިހާ ބޮޑު ކުއްޖެއް އެހާ ގިނައިން ރޯތީ ނަޝާޔާ ވަރަށް ދެރަވޭ..” މިންހާގެ ލޮލަށް ބަލައިލަމުން ނަޝާޔާ ބުންޏެވެ.

“ދައްތައަށް ވެސް އެކަނި ވީމަ ރޮވެނީ… ކޮއްކޮ ވެސް ބޮޑު ވީމަ ވިސްނޭނެ, ބޮޑެތި މީހުން ރޮނީ ކީއްވެކަން…. ރަށުގަ އުޅޭއިރު ކޮންމެ ދުވަހަކު ވަރަށް ގިނައިން އެކަނި ހުރެ ރޮވޭ. ކޮއްކޯ! އައިޑިއާރ އެއް ދީފާނަންތަ؟ އެކަހަލަ ގަޑީގަ ދައްތަ ކިހިނެއް ހަދާނީ؟” ލޮލުން ވެއްޓެމުން ދިޔަ ކަރުނަ އަތުގެ ނުފުށުން ފުހެލާ، ނަޝާޔާއަށް ބަލައިލަމުން މިންހާ އަހާލިއެވެ.

މިންހާގެ ސުވާލު އިވުމާއި އެކު ނަޝާޔާ ބަލައިލީ އެނދުގައި އިން އޭނާގެ ‘ޑައިރީ’ އަށެވެ. އެއީ އަބަދުވެސް ނަޝާޔާގެ ހިތާމައިގެ ވަގުތު ތަކުގައި އެންމެ ގާތުގައި ހުންނަ މިތުރެވެ. ހިނދުކޮޅަކަށް ހުއްޓިފައިވާ ނަޝާޔާގެ އެ މައުސޫމީ ނަޒަރު މިންހާގެ ލޮލުގައި އަޅައިގަތެވެ. އެއާއި އެކު މިންހާ ވެސް އެއަށް ބަލަން އިނެވެ.

“ކޮއްކޮ ވެސް ބައެއް ފަހަރަށް ރޮންތަ؟” ކަރުނަ ފުހެލަމުން މިންހާ އަހައިލިއެވެ.

“ހޫމް…” އާނއެކޭ ބުނުމުގެ ގޮތުން ދެ ބުމަ ހިއްލާލަމުން ނަޝާޔާ އަޅުވާލި ކުރު ރާގެކެވެ.

“ދެން ކިހިނެއް ހަދަނީ؟ ކޮން ކުއްޖަކާ ވާހަކަ ޝެއަރ ކުރަނީ؟” މިންހާ އަހާލީ ނަޝާޔާގެ ލޮލަށް ބަލަން އިނދެއެވެ.

އެއްވެސް އެއްޗެއް ނުބުނެ އިން ނަޝާޔާގެ ނަޒަރު ދެވަނަ ފަހަރަށް ވެސް އަމާޒުވީ ‘ޑައިރީ’ އަށެވެ. ކަމެއް ސިއްރު ކުރާކަން މިންހާއަށް ޔަގީންވި ހިސާބަކީ އެއީ އެވެ. ނަޝާޔާގެ ނަޒަރު އިރުއިރު ކޮޅާ އެ ބެއަރ އަށް ހުއްޓެންވީ ސަބަބެއް މިންހާއަކަށް ނޭނގެއެވެ. މިންހާގެ ސިކުނޑިއަށް އުނދަގޫ ވަމުން ދިޔައެވެ. އެ ބެއަރއާ ނަޝާޔާގެ އޮތީ ކޮންފަދަ ގުޅުމެއް ބާއެވެ؟

ކުއްލިޔަކަށް ތެދުވެގެން ގޮސް ނަޝާޔާ އެނދަށް އެރިއެވެ. ‘ޑައިރީ’ ނަގާ ވަރަށް ބާރަށް ބައްދާލުމަށް ފަހު ދެލޯ މަރާލިއެވެ. އަދި ދެތިން ފަހަރަކު ވަރަށް ލޯބިން އެޔަށް ބޮސްދިނެވެ. އެއީ ނަޝާޔާ އޭތި ދެކެވާ ލޯބީގެ ފުރިހަމަ ރަމްޒެކެވެ.

“މީ ނަޝާގެ ‘ޑައިރީ’…” މެޔާލާ ބޮނޑި ކޮށްލަމުން ނަޝާޔާ ބުނެލިއެވެ.

މިންހާ ތެދުވެގެން ގޮސް ނަޝާޔާގެ އެނދުގައި އިށީނެވެ. އެއަށް ފަހު ވަރަށް ލޯބިން ނަޝާޔާގެ ހަރަކާތްތަކަށް ބަލަން އިނެވެ. މަޑުމަޑުން މިންހާ އެ ބެއަރގެ ބޮލާ ދިމާލުން ކެހެރި ގަނޑުގައި ފިރުމާލިއެވެ.

“ޑައިރީ’ އޭ….؟ ހާދަ ރީތި ނަމެކޭ… ދައްތަ ބައްދާލަން ދޭންވީނު.” ލުއި ހިނިތުން ވުމަކީ އެކު މިންހާ ބުނެލީ އުންމީދުގައެވެ.

ވަގުތުން ނަޝާޔާ އެ ބެއަރ މިންހާއަށް ދިނެވެ. މިންހާ ވަރަށް ވިސްނުންތެރި ކަމާއެކު އޭގައި ބައްދާލިއެވެ. އެއާއި އެކު މިންހާއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ހިނިތުން ވެފައިވާ އެ މޫނުން ކުއްލިޔަކަށް ފެންނަމުން ދިޔައީ ދެބުމަ ކައިރިވެލި ތަނެވެ. މިންހާގެ ވިސްނުމަށް އުނދަގޫވި ކަންތައް އެއްފަރާތް ކުރަމުން އަނެއްކާ ވެސް ހިނިތުން ވެލައިން އިނދެ ބެއަރ ނަގާ އެނދުގައި ބައިންދާލިއެވެ.

“ކޮއްކޮ ދެން މިންހާ ދައްތަ ގައިގަ ބައްދާލަން ވީނު…. އޭރުން ދައްތަގެ ކުދިން މަތިން ދައްތަ ވަރަށް ހަނދާން ވާނެ.” މިންހާގެ އެ އަޑަށް އިޖާބަ ދެމުން ނަޝާޔާ ވެސް ބައްދާލިއެވެ.

ނޫޑްލްސް ކައްކާފައި އިނާޔާ އެންމެ ކުރިން ބެލީ ނަޝާޔާ ކޮބައިތޯއެވެ. ނަޝާޔާގެ ކޮޓަރި ދޮރު ހުޅުވާލުމާ އެކު ފެނުނު މަންޒަރުން އިނާޔާއަށް ހައިރާންކަން ލިބުނެވެ.

– ނުނިމެ-

މިއީ ޤައުމީ ދުވަހާއި ގުޅިގެން ކިޔުންތެރިންނަށް ފޮނުވާލި ތަހުނިޔާއެއް އިނގޭ. އުންމީދު ކުރަން މި ހަދިޔާ ކަމުދިޔަ ކަމަށް. 🇲🇻

ވާހަކަ ކިޔާލީތީ ހުރިހާ ކިޔުންތެރިންނަށް ޝުކުރު ބަރުތީލަ ކުރަން. 😃❤️

 

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އާއެކޭ ލޯބިވޭ… ފަންސާސްއަށްވަނަބައި (ވާނުވާ ނޭނގޭ ކަންތައްގަނޑު)

Next

ގާތުގާ… 46

Next
August 14, 2026

ގާތުގާ… 46

Previews
August 13, 2026

އާއެކޭ ލޯބިވޭ… ފަންސާސްއަށްވަނަބައި (ވާނުވާ ނޭނގޭ ކަންތައްގަނޑު)

13 Comments!

  1. Toy. D says:
    August 14, 2026 at 11:45 am

    Vara reethi ❤️😊

    1. Shaleen says:
      August 14, 2026 at 12:09 pm

      Hi Toy. D
      Ufaaaaaa vejje ingey thihaa kudakuda jumla akunves APPRECIATE kolleema.
      Thank you so muchhhh
      Luv you
      ❤️❤️❤️

  2. Shaba_17 says:
    August 14, 2026 at 12:06 pm

    Mi part ves vrh Reethi MA 💗
    Nashaya and Minha ge scene kiyaalaafa vrh dhera vehjje 😭 Alhey Efakeerah Ehen nuhadhaga 💔💔 vrh kamudhey suprise 😍… Waiting for the next part When’s next? 😎

    1. Shaleen says:
      August 14, 2026 at 12:16 pm

      Thankwwww Shaba_17 ❤️❤️❤️
      Yeah, Minha and Nashaaya 😭
      Efakeerumen varah haaluga dhww
      Surprise kamudhiyaima ves lakka ufaavejje ingey.
      Next part Monday ga in sha allah

  3. Shaba_17 says:
    August 14, 2026 at 12:17 pm

    Wlcm 🙌🏻

    1. Shaleen says:
      August 14, 2026 at 1:14 pm

      😊😊😊😊

  4. Lily says:
    August 14, 2026 at 12:23 pm

    Lily ah hama inthizaaru kurevenee minhaa aa viyaam gulheyne dhuvahakah
    Minhaa kahala cute kuhjaku gulhuvan vaaanee viyaam kahala rangalhu meehakaa
    Vrh reethi ingeyy mi vaahaka ves <3

    1. Shaleen says:
      August 14, 2026 at 1:17 pm

      Hi Lily..
      Minhaa and wiyaam gulheynebaa ? 🤔
      Gulhuneeyaa varah rangalhu dho?
      Nugulhuneeya dhen jeheynee mivvaahakaige 2 vana baeh create kuran dho.
      Nooni dhen kommes gothakah Goss vaahaka nimeynee.
      Kommes eh gothei vaane vaahaka nimen dho.
      Vaahaka reethi kamah buneleema nikah ufaa vejje. Thanks ❤️❤️❤️
      Luv yu

    2. Lily says:
      August 14, 2026 at 7:47 pm

      Yes shaleen sis beynun gothakah ninmaalaanee
      Handhaan eba huri dhw alhugandu??
      Comment nukurevunas kiyan abadhu ves

  5. Gurrly currly says:
    August 14, 2026 at 12:41 pm

    Heyy shaleen siss..
    I’m really really sorry for not replying last 2 eps….I was really really buxy at school… ekm hama 2 eps vx kiyaalin… adhi kiriyaa madu madun buxy kan filamun mi dhanee 😭😭😭…. next week nimuneema aslu free vaanee.. dhn miadhu hithah eree vaguthu kolheh hoadhaigen comment eh kohllan vehjeyy….
    I feel bad shaleen sis comment ehge inthizaaruga hunna iru kiyaalaafa comment eh nukohleveythee….
    Anyways stry hama superb 💯…. neiyy hama bunaane ehcheh vx… minhaa and viyaam gulhey than balan alhugandu vx beynumee lily buni gothah… ameel and shara hama same…. thafaathu gothakah ekm dhe meehun vx aniyaa dhenee… i’m proud of u minhaa.. u ah form Alan keruneema divorce vaan….
    Next part ge inthizaaru ga….
    SHALEEN SIS AH QAUMEE DHUVAHUGE THAHUNIYAA ARIS KURAN
    LOVE YOUUUUU 😘🥰
    KEEP SHINING & TAKE CARE

  6. Shaleen says:
    August 14, 2026 at 1:26 pm

    Varah miss vi ingey Gurrly currly mathin.
    V vess inthizaaru kurevunu.. comment libey kudhinge comment nulibi vanyaa, v miss vey asluves.
    Ekam v ufaavejje thihaa BZ koh ulhemun dhen miadhu Hama vaguthukolhei nagaigen shaleen ufaa kolleema. ❤️😊
    Yeah aniyaage haalin thafaathu gothakah mi aniyaathah mi dhenee dho. Society ga kankan Hama hingaa kommes varakah mihenves dho.
    Vaahaka ‘SUPERB’ Ooooo 😯😯😯 buneleema haadhahaaaavaa ufaalekey mioh vee.
    Minha varah hihvaru gadha vejje dho.
    Next part Monday ga ingey in sha Allah.
    U ah ves Thahuniyaaaaa……..
    Luv yu
    ❤️❤️❤️

  7. Shaleen says:
    August 14, 2026 at 8:16 pm

    @Lily
    Yesss handhaan ebahuri Hama.
    Shaleen handhaanvey comment kuraa hurihaa kudhin.
    Lily mathinves v miss vey comment nulibenya

  8. Black says:
    August 14, 2026 at 9:14 pm

    MashaAllah❤️ Shaleen’s tales I rlly appreciate hama but Alhugandhu mi dhuvaskolhu buxy vyma alsu type kuraane chance ah nulibey…
    Btw Keep it up the hardwork!✨
    Minnu ehaalaaigen ulhenyy keykuran divorce paper file up koh avahah divorce vy that bastard would ever ruin that innocent Reem’s life too…
    Minnu…Haadha hihvvaru gadha eyy Nash ah vx support dheyvihyya she’s actually amazing in character but that Gang ruin her life❤️❤️
    Sorry dear ❤️….full-support nudhiney they…eh ep ah kurihyya aneh ep ah nuvveyy so sorry❤️
    Anyways, Happy Gaumee’day to you⭐🩷
    When’s next? 😘 & Take care bbg

Comments are closed.



All Right Reserved!