Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 16

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 3, 2026 5 Mins Read
12 Comments

ނިދިނިދި އޮތް ރީމަށް ލޯ ހުޅުވާލެވުނީ ވަރަށް ބޯކޮށް ވާރޭ ވެހޭ އަޑަށެވެ. ރީމް އޮތީ އެނދާ ދިމާލުން ވާގޮތަށް ތިރީގައި ގޮދަޑިއެއް އަޅައިންގެނެވެ. ލިޔަމް އާއި ޝިޔާމް ނިދަން އޮތީ އެ ރޫމްގައި ހުރި ކުއީން ސައިޒް އެނދުގައެވެ.

ލޯ ހުޅުވާލުމަށް ފަހު ރީމް ފުރަތަމަ ވެސް ބަލައިލީ ނިދާފައި ތިބި ދެކުދިންނަށެވެ. އެއަށް ފަހު ކައިރީގައި އޮތް ފޯނު ނަގާ ބަލައިލީ ގަޑި ބަލައިލުމުގެ ނިޔަތުގައެވެ. އޭރު އަމީލުގެ ތިން މިސް ކޯލް ފެނި ވަގުތުން ރީމް ގުޅާލިއެވެ.

“ކޮބާ؟ މިންހާ ދިޔަތަ ކުދިން ހަވާލު ކުރަން؟… މިންހާއަށް ވާހަކައެއް ނުދެއްކޭނެއްނު؟ މަ ބުނީމޭ ކުދިން ހަވާލުކޮށްލާފަ އަންނާށޭ..” ހިތްހަމަ ޖެހިފައިވާ ކަން ފާޅު ކުރަމުން އަމީލު ވާހަކަ ދެއްކިއެވެ.

************

“މިންހާ ކަންތައް ކުރީ އަމީލު ބުނި ގޮތައް.” ހިތުން ހިތްހަމަ ނުޖެހިފައި އިނަސް ރީމް ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.

“އަހަރެން ފޮނުވާނަން ލާރި… ކުދިންގެ ކަންކަން ހަމަޖައްސާލަން.. ލޯބީ..! ހުރިހާ ކަމެއް ރަނގަޅުތަ؟” އާމިރުގެ ގެއިން ބޭރުގައި ހުރި ޖޯއްޔެއްގައި އޮށޯއްވެ އޮވެ އަމީލު ބުންޏެވެ.

“ހުރިހާ ކަމެއް ކިހިނެއް ރަނގަޅު ވާނީ؟” ފޫހި ގޮތަކަށް އޮށޯންނަމުން ރީމް ބުނެލިއެވެ.

“ހެހެ… އާނ އިނގިއްޖެ ތި ވީގޮތް؟ ތިއުޅެނީ މިދުވަސްކޮޅު އަހަރެން ނެތީމަ ދޯ؟” އަމީލު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

“ދެން ނިދަނީ އިނގޭ..” ވާހަކަ ދައްކަން ފޫހިވެފައި އޮވެ ރީމް ބުނެލިއެވެ.

“އައްދެ… ހާދަ އަވަހަކަށް؟ އެހެންޏާ އަހަރެން ނުގުޅައިން ހުންނާނީ… ދެން ގުޅިއްޔާ ފޯނު ބާއްވާލެއް އަވަސް ވެފަ ހުންނަނީ ވެސް. އެކަމު މިރޭ ހާދަ ތަފާތޭ..! ކިހިނެއްތަ ވީ އަނެއްކާ؟” އަނެއްކާ ވެސް ރީމްގެ ފަރާތުން އަމީލުއަށް ފާހަގަވީ ތަފާތު ގޮތެކެވެ.

“ދެން ފަހުން ދޯ؟ ކޮންމެ ވާހަކައެއް ކިހިނެއް ފޯނުން ކިޔާނީ؟ އެހެން ނޫނަސް ހުންނާނެ ދޯ ދިމާވެގެން ދައްކާ ކަހަލަ ވާހަކަ ވެސް..” ރީމް ބޭނުންވަނީ ފޯނު ބާއްވާށެވެ.

“އަނެއްކާ މިންހާ….؟ އޯކޭ އަޅާނުލާ.. ދެން އަހަރެން ގޮސްފަ ދޯ” އަމީލު ބުނަން އުޅުނު ވާހަކަ އޮޅުވާލި އެވެ.

“މިންހާ ކީއްވީ؟” ޝައުގުވެރި ގޮތަކަށް ރީމް އަހާލިއެވެ.

“އުހުން… ކަމެއް ވީކީ ނޫން.. އެކަމު ވާހަކަ އެއް ބުނަން ބޭނުން.. ދަރިން ގާތު މިންހާގެ އެއްވެސް ވާހަކައެއް ނާހާތި.. ރީމް އެއްވެސް ވާހަކައެއް އެކުދިން ގާތު ދައްކައިފިއްޔާ ދެން އޭރުން މާ ރަނގަޅެއް ނުވާނެ ކަން ހަނދާން ކުރާތި..! އެހެން ވީމަ ހަމަ ބުނެލީ… އަނެއްހެން ކަމެއް ވީކީ ނޫން.” އަމީލުގެ ނުރައްކާތެރި ރަނގަބީލުގެ އިންޒާރުން ރީމްގެ ހިތަށް ހީވީ އެއްޗެއް ހަރާލިހެނެވެ.

ދަންވަރުގެ އެވަގުތުގައި ވެސް ނަޝާޔާގެ މަސައްކަތަކީ އާންމުކޮށް ދަންވަރު އޭނާ ކުރާ ސިއްރު މަސައްކަތެވެ. ކައިރީގައި ‘ޑައިރީ’ ބައިންދައިގެން އެޔާއި ވާހަކަ ދައްކަނީއެވެ. މިރޭ ވެސް ނަޝާޔާ އާއި ‘ޑައިރީ’ ވަށައިގެން ވަނީ ކުދިކުދި ކަރުދާސް ކޮޅުތަކެވެ. ކޮންމެ ފަހަރަކު ވެސް އެ ބޭނުން ކުރާ ކަތުރުގެ އިތުރުން ލިޔަން ގެންގުޅޭ ގަލަންތަކާއި ފަންސުރުތައް މިރޭ ވެސް ހަމަ އޭގެ ޒިންމާ އަދާކުރަމުން ދިޔައެވެ.

ނަޝާޔާގެ ރޭގަނޑުގެ ނިދި މަހްރޫމް ކުރަނީ އެފަދަ ގޮތަކަށެވެ. އޭނަ އެންމެ ލޯބިވާ ‘ޑައިރީ’ އާއި އެކުގައެވެ. އެއީ ނަޝާޔާގެ ސިއްރުތައް ހިފަހައްޓާ, ހިއްސާކުރާ ބައިވެރިޔާއެވެ. އެންމެ ގާތް ގުޅުމެއް ބާއްވާ ނަޝާޔާގެ ބެސްޓް ފްރެންޑަކީ ވެސް އެއީއެވެ.

ރީތި ރަން ދޯދިތަކުން ހެނދުނަކަށް އަލި ވެލަމުން އައިއިރު އިނާޔާ އާއި މިންހާ އިނީ ކާރުގައެވެ. ޝަރާގެ ހިޔާވައްސަށް ދިއުމަށްޓަކައެވެ. އޭރު ގަޑިން ހަތް ގަޑި ބައިވަނީއެވެ. އެހެން އިން އިރު، މިންހާގެ ހިތުގައި އުފެދިފައި ވަނީ ނުތަނަވަސް ކަމެވެ. ދަރިންނާއި މެދު ވިސްނޭތީއެވެ. އެހެނަސް އެހެން ގޮތެއް ނެތެވެ. އަމީލުގެ ރުންކުރު ކަމާއި ގަދަ ރުޅީގެ ސަބަބުން ރަށުގައި އުޅޭ އާއިލާގެ މަދު މީސްކޮޅު ވެސް މިންހާއާ އަނގައިން ބުނަން ޖެހިލުން ވެއެވެ.

“ކޮންކަމަކާ ވިސްނަނީ؟” ދެތިން ފަހަރަކު މިންހާގެ މޫނަށް ބަލައިލުމަށް ފަހު އިނާޔާ ސުވާލު ކުރިއެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި މިންހާ ބޯހޫރާލިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނާފަދަ މާނައިގައެވެ. އިނާޔާގެ ސާފު ހިތުން އެކަން ގަބޫލު ކުރަން ބޭނުން ނުވިޔަސް އިތުރު ސުވާލެއް ކުރަން އިނާޔާ ބޭނުން ނުވީއެވެ. ފަހަރެއްގައި ވެސް ކާރު ދުއްވަން އިން މީހާއަށް އިވޭ ވަރަށް އެއްވެސް ވާހަކައެއް ހިއްސާކުރަން މިންހާއަށް އުނދަގޫ ވެދާނެ ކަމަށް ވިސްނާފައެވެ.

އެހެން ދުވަސް ތަކާއި ޚިލާފަށް މާ ކުރިން މިއަދު ރީމް ހޭލިއެވެ. ޒިންމާގެ ދަށުގައިވާ ދެކުދިންގެ ކަންކަން ހަމަޖެއްސުމަށް ޓަކައެވެ. ލިޔަމް ކޮންމެސް ވަރަކަށް ރީމްއާ ވާހަކަ ދެއްކިޔަސް ޝިޔާމް ގިނަ ފަހަރަށް ރީމްއާ ވާހަކަ އެއް ނުދައްކައެވެ. އެހެނަސް، އެކަމާ މާބޮޑަށް ރީމް އަޅައެއް ނުލައެވެ.

ހެނދުނުގެ ސައި ބުއިމަށް ގެސްޓް ހައުސްގެ ގްރައުންޑް ފްލޯގައި ތިބިއިރު ރީމް ކޮންމެސް ވަރަކަށް އެކުދިންނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“މަންމަ މިއަދު ޑޮކްޓަރއަށް ދައްކަން ދާނެ… މެންދުރު ގަޑީގަ. ހީވަނީ ނިމުނީމަ އިނާޔާ ދައްތަ ފޯނުން ގުޅާނެހެން.” ދެކުދިންނާ ދިމާލަށް ހިނިތުން ވެލަމުން ރީމް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ދައްތައަށް އިނގޭ ތިކުދިން ތި ތިބީ މަންމައާ ބައްޕަ ނެތީމަ ވަރަށް ދެރަ ވެފަކަން.. އެކަމު ޖެހޭނެއްނު ދޯ ހިއްވަރު ކުރަން.. މަންމަ އެހާ ބަލިވެގެން ދިޔައިމަ.” ސައި ބޯން އިނދެ ރީމް އަނެއްކާ ވެސް ބުނެލިއެވެ.

ލިޔަމް ނިތް އަރުވާލިއެވެ. އެހެންނަމަ ވެސް ޝިޔާމްގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް ނުލިބުނެވެ. ދެކުދިންގެ މިޒާޖު ކޮންމެސް ވަރަކަށް ދަސްކުރަން ރީމް ބޭނުން ވީއެވެ. ދައްކަމުން ދިޔަ ވާހަކަ ތަކަށް އެއްވެސް ވަރަކަށް އެކުދިން އެއްޗެއް ނުބުނުމުން ރީމް ބޭނުންވީ މޮޅު ގޮތަކަށް ވާހަކަ އޮޅުވާލާށެވެ.

“ހިނގާ މެންދުރު ކައިގެން އައިސް ކްރީމް ބޯން ދާން.. ދައްތައަށް އެންމެ މީރީ ވެނީލާ އައިސް ކްރީމް.” މޫނު މައްޗަށް ތުއި ގޮތެއް ހަދާލަމުން ރީމް ބުނެލިއެވެ.

“ލިޔަމް ބޭނުމީ ޗޮކްލެޓް އައިސް ކްރީމް. ދައްތައަށް އިނގޭތަ އައިސް ކްރީމް ކެންޓީނަށް ދާން..؟ މަންމަ ބުނި ދައްތަ ތީ މިރަށު މީހެއް ނޫނޭ.” ސޭނޑްވިޗެއް ކާން އިނދެ ލިޔަމް ވާހަކަ ދެއްކީ އޭނާގެ ކުޑަކުޑަ އަޑުންނެވެ.

“ޝިޔާމް ކާނީ ކޮން ވައްތަރެއް؟… ދައްތައަށް ހީވަނީ ޝިޔާމަށް މީރު ވާނީ ސްޓްރޯބެރީ ހެން..” ޝިޔާމްގެ ހަމަ ހިމޭން ކަން ފޫއަޅުވާލަން މަސައްކަތް ކުރަމުން ރީމް ބުނެލިއެވެ.

މަޑުމަޑުން އިން ޝިޔާމް މިފަހަރު ވެސް އެއްވެސް އެއްޗެއް ނުބުންޏެވެ. ސޭންޑްވިޗްގެ އަރިމަތިން އެތިކޮޅެއް ކާލުމަށް ފަހު ސައި ނުބޯން އިނީއެވެ.

އިނާޔާ އާއި މިންހާ ގެއަށް ވަނުމަށް ދޮރު ހުޅުވާ ދިނީ ޝަރާއެވެ. ޝަރާ ހުރިގޮތުން އެހުރީ ނިދަން ލީ ހެދުމުގައި ކަން ބަލާ މީހަކަށް އެނގޭނެއެވެ. ވަންނަންވީ ކޮޓަރި ދެއްކުމަށް ފަހު ޝަރާ ދިއުމުން އިނާޔާ އާއި މިންހާ ކޮޓަރިއަށް ވަދެ ހަމަޖެހިލިއެވެ.

“މިންހާ!.. މިގޭގެ ކަންތައްތައް އަހަރުމެންގެ ކަންތައްތަކާ ވަރަށް ތަފާތު ވެދާނެ.. މިގެއަށް މެހެމާނަކު އަޔަސް ސައިޔާއި ކެއުން ކޮންމެ ފަހަރަކު ތައްޔާރު ކޮށްފައެއް ނޯންނާނެ.. އެކަމު އަހަރުމެން އަމިއްލައަށް ކައްކައިން ކެޔަސް ޝަރާ އެއްވެސް މައްސަލައެއް ނުޖައްސާނެ.” އިނާޔާ ކިޔައިދެމުން ދިޔައެވެ.

“ދެން އުޅޭނެ ޝަރާގެ ދަރި.. އެއީ ނަޝާޔާ.. ބަނޫން ކުރިން ވަރަށް ފޯރި ހުންނާނެ މާލެ އަންނަން. އެކަމު ފަހުން ފަހުން ނަޝާޔާ އެއްވެސް ވަރަކަށް ބަނޫންއާ ވާހަކަ ދައްކައެއް ނޫޅޭ. އެހެންވެ އެންމެ ފަހު ފަހަރު ވެސް ބަނޫން ބޭނުންވި ވަރަށް އަވަހަށް ރަށަށް ދާން.” އިނާޔާ ކުރު ތަޢާރަފެއް ދިނެވެ.

މަޑު މައިތިރި މިންހާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުމެކެވެ. މާބޮޑަށް އިނާޔާ ދައްކާ ވާހަކައަށް ސަމާލުކަން ނުދެވެނީ މިންހާގެ ސިކުނޑީގައި ދަރިންނަށްޓަކާ ކުރާ ފިކުރީ ހަނގުރާމައިގެ ބާރު ގަދަ ކަމުންނެވެ.

އަވަސް އަވަހަށް ރީތި ވެލައިން ޝަރާ ނުކުތީ އިނާޔާ މެން ތިބި ކޮޓަރިއަށް ދިއުމަށެވެ. ގެއަށް އަލަށް އައި މެހެމާނަކީ ކާކުތޯ އޮޅުން ފިލުވާލާ އެކުވެރި ވެލުމުގެ ބޭނުމުގައެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު އެތެރެއަށް ވަދެ ވަރަށް ރަނގަޅަށް މިންހާއާ ދިމާލަށް ޝަރާ ބަލައިލިއެވެ.

“އިނާ!.. މީ އަސްލު ކާކު؟ ކޮންއިރަކު މީނަ ގޮވައިން ޑޮކްޓަރަށް ދަނީ؟” އެނދުގައި އިސްޖަހާލައިން އިން މިންހާ ފެނި ޝަރާ ސުވާލު ކުރިއެވެ.

“މީ މިންހާ.. މަގޭ ބެސްޓް ފްރެންޑް. އަހަރުމެންގެ އެޕޮއިންޓްމަންޓް އިނީ މިއަދު މެންދުރު އެކެއްގަ. ދެން ސްކޭންއަކާ އެއްޗިސް ހަދާފަ…. ދައްކާފައެއްނު ދާން ވާނީ..” އިނާޔާ ވާހަކަ ކިޔައިދިނެވެ.

“އާނ. މަގޭ މައްސަލައެއް ނެތް އެއްކޮށް ނިންމާފަ ދިޔަސް.. އެހެންވީމަ މި ހަފްތާ މަޑު ކުރާނަން ދޯ؟… މަށަށް ރަނގަޅު އިނާ މި ހަފްތާގަ މަޑުކޮށް ދިނިއްޔާ… ކަމެއް ވެސް އެބައިނޭ” ކުރިން ފަހަރެކޭ އެއްގޮތަށް ޝަރާގެ އާދޭސްތައް އަނެއްކާ ވެސް ފެށިއެވެ.

“ޝަރާ..! އަނެއްކާ ވެސް… މަ ކިހިނެއްތަ ދެން ތިހެން ބުނާހާ އިރަށް ބުނާހާ ދުވަހެއް ވަންދެން މާލޭގަ ހުންނާނީ؟ މިދިޔަ ފަހަރު ވެސް ތުރުކީ ވިލާތަށް ގޮސް ކަލޭ ނައިސްގެން އެންމެ ފަހުން އަނެއްކާ މަންމަމެން ގެންނަން ޖެހުނީ… ދެން މިފަހަރު އަނެކާ ކޮން ކަމަކު؟” މޫނުމަތީގެ ތާޒާކަން ގެއްލުވާލަމުން އިނާޔާ ބުނީ ފޫހި ރާގެއްގައެވެ.

“ޕްލީޒް އިނާ… މިފަހަރު އެކަނި… އަހަރެން އަންނާނަން ދެ ދުވަހަކަށް ވިޔާމްއާ އެކީ ރިޒޯޓަށް ގޮސްލާފަ..” ޝަރާ ބޭނުންވާ ގޮތް ބުންޏެވެ.

“ޝަރާ..! ދެން ތި އުޅުން ހުއްޓާލާނީ ކޮން އިރަކުން..؟ ގެއަށް ހަމަ މީހަކު އަންނަ އިރަށް، އަބަދު ތި ހުންނަނީ ކޮންމެސް ދިމާލަކަށް ގޮސްގޮސް. ތިހެން ނޫޅެ ނަޝާޔާއަށް ވެސް ވިސްނާލަން ވާނެއްނު.” އިނާޔާގެ އަޑަށް ޝަރާ ދެބުމަ ކައިިރި ކޮށްލިއެވެ.

“ދަރިން ލިބުނަކަސް ނުޖެހޭ ކޮންމެހެން އަހަރުމެންގެ އުފާތައް ގުރުބާން ކުރާކަށް. ނަޝާޔާއަކީ ކިޔަވާ ކުއްޖެއް. މިކަހަލަ ކަންކަމުގަ ނަޝާޔާ ގޮވައިން ދެވޭނީ ސްކޫލް ނޯންނަ ދުވަސްކޮޅެއްގަ. އެކަމު މިދެން އަހަރުމެން ދެމީހުން ވަރަށް ދުވަސް ކުރިން ރާވާފަ އިން ޓްރިޕެކޭ… ޕްލީޒް އިނާ…” ޝަރާ އެކި ކޮޅުތައް ދައްކަމުން އާދޭސް ކުރިއެވެ.

“މަށަކަށް ނޭނގެ ބުނާނެ އެއްޗެއްް.. މީ މަގޭ ދަތުރެއް ނޫން. މި އައީ މިންހާ ދައްކަން.. މިންހާ ބޭނުން ވާނީ ނިމޭ އިރަށް ރަށަށް ދާން. އޭނަ ވެސް މާލެ އެ އައީ ދެކުދިން ދޫކޮށްލާފަ… އެވެސް ނުދަންނަ މީހެއްގެ އަތްމައްޗަށް..” އިނާޔާ ބެލީ ޝަރާގެ އެ އެދުމަށް އިންކާރު ކުރެވޭތޯއެވެ.

“މިންހާ!…. ހެލޯ!…. ކޮންމެސް އެއްޗެއް ބުނެބަލަ.. އޯކޭ ދޯ އަހަރެން ރިސޯޓުން އަންނަން ދެން މިގޭގަ މަޑު ކުރަން.” ޝަރާ ބުނީ ވަރަށް އުންމީދާއި އެކުގައެވެ.

އެއްފަހަރު ޝަރާއަށް ބަލައިލުމަށް ފަހު އަނެއް ފަހަރު އިނާޔާއަށް ބަލައިލަމުން މިންހާ އިސްޖަހާލިއެވެ. އެއަށް ދޭނެ އެއްވެސް ޖަވާބެއް ނެތް މިންހާގެ ދޫ ޚަރަކާތް ކުރާނީ ކިހިނެއް ހެއްޔެވެ؟… މިންހާ އަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ބާރު ނެތް އަންހެނެއް ކަން ޝަރާއަށް ބުނެދޭން މިންހާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ޝަރާގެ އެ ނިންމުމަށް މިންހާ އާނއެކޭ ބުނެ ބޯ ޖަހާލައިފި ނަމަ އަމީލުގެ ބާރު ދައްކާލާނެ ކަން މިންހާއާ އިނާޔާއަށް އެންމެ ރަނގަޅަށް އިނގެއެވެ. އެއީ އިނާޔާ ވެސް މިފަހަރު ޝަރާއަށް އިންކާރު ކުރާ އެންމެ ބޮޑު އެއް ސަބަބެވެ.

“އޭތް… ހައި…! ވާހަކަ ދައްކަބަލަ.. އޯކޭތަ އިނާއާ ދެމީހުން މަޑު ކޮށްލަންވީނު މިގޭގަ؟” މިންހާގެ އަތުގައި ހިފާ ތަޅުވާލަމުން އަނެއްކާ ވެސް ޝަރާ ބުނެލިއެވެ.

މިފަހަރުވެސް ކަންތައްވީ ޝަރާ ހީކުރި ގޮތަކަށް ނޫނެވެ. މިންހާ އަކީ ބޮޑު އަންހެނެކެވެ. އިނާޔާއާ ޝަރާގެ ކުރިމަތީގައި މިންހާ ވާހަކަ ނުދައްކާ ހިމޭނުން އިނުން ވެގެން ދިޔައީ ޝަރާއަށް މުޅިން އާ ކަމަށެވެ. މީގެ ކުރިން ޝަރާއަށް ފެނުނީ ނަޝާޔާގެ އެ މައިތިރި މިޒާޖެވެ. އެހެނަސް ޝަރާގެ ވިސްނުމުގައި ނަޝާޔާއަށް އެހެން ވަނީ އޭނާއަކީ އެއްޗެއް ނުވިސްނޭ ކުޑަކުއްޖަކަށް ވާތީއެވެ. މިންހާގެ މި ހިމޭން މިޒާޖު ފެނި ޝަރާގެ ދެ ބުމަ ކައިރި ކޮށްލަމުން ކޮޓަރިން ނުކުމެގެން ދިޔައީ މިންހާގެ ފަރާތުން ޖަވާބެއް ނުލިބި އާޝޯޚު ވެގެނެވެ.

ދެކުދިން ގޮވައިން ގޮސް އަތިރިމަތީ ޖޯލީގައި އޮތް ރީމް ވިސްނަމުން ދިޔައީ ހިނގަމުންދާ ހަޔާތަށް އަންނަން އުޅޭ ތޫފާނާއި މެދުގައެވެ. ޖެހެމުންދާ ފިނިފިނި ވައިގެ ތެރޭގައި އޮތް ކަމުގައި ވިޔަސް ރީމްގެ ހަށިގަނޑުގައި ހިނގަމުން ދަނީ ހޫނު ލެއެވެ. އަމީލުގެ ކައިރިން ސަލާމަތް ވާން ވިސްނުން ނޫން އެހެން ކަމެއް މިހާރު ރީމްގެ ސިކުނޑިއަކު ނުވެއެވެ.

– ނުނިމެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ނޭދެން ވަކިވާކަށް 28 ވަނަ ބައި

Next

ހިޔަނި – 7

Next
August 3, 2026

ހިޔަނި – 7

Previews
August 2, 2026

ނޭދެން ވަކިވާކަށް 28 ވަނަ ބައި

12 Comments!

  1. Black says:
    August 3, 2026 at 5:02 am

    Wow 😨 Me First!
    MA…Mi part vx Vvv Gud & Beautiful!!
    You’re my fav Author 😍✨
    Keep it up!Dear ❤️
    Curiously waiting for next part….

    1. Shaleen says:
      August 3, 2026 at 7:56 am

      Yess first libunee dho🥇
      Thanks bodu bodukoh
      And Hama v shukuru, komme part akah thihen comment kuraatheeve.
      Shaleen emme ufaavane comment kureema.
      Comment libuneeyaa dhen v hihvaru libey.
      Ehenve Black ah hithuge fun minun shukuru…
      Next part Thursday ga ingey. In sha allah

  2. Black says:
    August 3, 2026 at 5:04 am

    Incredible!!! MA…This part vx very good 💯
    Keep the hardwork up!!✨
    IA You’re always with us…
    Anyways When’s next???❤️Ly Tc Darl ✨❤️

    1. BLack says:
      August 3, 2026 at 5:15 am

      Oh sorry!! I didn’t mean it!!

    2. Shaleen says:
      August 3, 2026 at 7:57 am

      Thanks thanks Black for the lovely comment.
      Thanks for supporting ☺️
      Next part Thursday ga in sha allah

  3. Annie says:
    August 3, 2026 at 5:04 am

    Pending ga thw?

    1. Shaleen says:
      August 3, 2026 at 8:00 am

      No dear
      Next part kiyaalan libeyne Thursday ga in sha Allah.
      Dhen comment kolleema v ufaavejje
      V bodah thanks

  4. Your fav Bestie says:
    August 3, 2026 at 5:13 am

    Varah Reethi

    1. Shaleen says:
      August 3, 2026 at 8:02 am

      Hi. Comment libuneethee v ufaavejje. Varah bodukoh shukuriyyaa.
      Thursday ah inthizaaru kurahchey.
      Dhen huri parts ves reethivaanee kamah ummeedhu kuran.

  5. Shaleen says:
    August 3, 2026 at 7:58 am

    @Black “Didn’t mean it???

  6. Lilly says:
    August 3, 2026 at 11:29 am

    Varah reethi mi part VX , Masha’ Allah. when next??

    1. Shaleen says:
      August 3, 2026 at 12:20 pm

      Hi 👋
      V ufaavejje.
      Alhamdh lillah
      Thihen comment libuneema adhi hageegee ufaaverikan liyuntherin ah libeynee.
      Happpppppyyy🎉🎉🎉
      Next part Thursday ga ingey.
      Stay waiting

Comments are closed.

Next Episodeހިމޭން 17←


All Right Reserved!