Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ތަދު!

shizashahuzad Level 1
May 15, 2026 One Min Read
1 Comment

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އަހަރެންގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލުމަށް ކޮޓަރީގެ ކަނަކަށް ޖެހިލީމެވެ.މިއަދުވެސް އަހަރެންގެ ހިތަށް ވެރިވެފައި ވަނީ މާޔޫސްކަމާއި ނުތަނަވަސް ކަމެވެ.އަހަރެންގެ ހަޔާތުގައި އެހެން މީހުންނާ ހިއްސާ ނުކުރާ ކިތަންމެ ސިއްރެއް ވެސް ހުއްޓެވެ.އުމުރުން 13 އަހަރުން ފެށިގެން އަހަރެން އުޅެމުން އައީ ވަރަށް ވެސް ހިތްދަތި ދިރިއުޅުމެއްގައެވެ.އެހެންކަމުން ގޭތެރެއިން ނުލިބުނު އުފާ އަހަރެން ހޯދަމުން އައީ ބޭރު ތެހެރެއިންނެވެ.މަދަރުސާ އަށް ދާ ދުވަސްތަށް މަދުވެ ރައްޓެހިންނާ އެކީ ބޭރުތެރޭ ހޭދަ ކުރާ ވަގުތުތަށް ގިނަވިއެވެ.އާއިލާ އާ ދުރުވިއެވެ.ރައްޓެހިން ޖަހާަ ސަކަރާތްތަކުގައި ބައިވެރިވަމުންގޮސް އެންމެފަހުން މަސްތުވާތަކެތީގެ ޝިކާރައަކަށް އަހަރެން ވެއްޖެއެވެ.މަސްތުވާ ތަކެތި ގަނެވިއްކުމާ އޭގެ ބޭނުންކުރުން އެއީ އަހަރެންގެ ހޮބީ އެވެ.

އޭގެ ތެރެއިން ރެއެކެވެ.މަސްތުވާތަކެތީގެ ޑީލް ހެދުމަށް އަހަރެންގެ ރައްޓެއްސަކު އަހަރެން ކައިރީވެސް ދާން ބުންޏެވެ.ނަމަވެސް ވިއްސާރަ އާ ހުރެ އަހަރެންނަށް ދެވޭ ގޮތެއް ނުވިއެވެ. އޭގެ 20 ވަރަކަށް މިނެޓް ފަހުން އެކުވެރިޔާ ގުޅާފައި ބުއިން ޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލަ އެވެ.އަހަރެން އަވަސްވެގަތީ ސިއްޙީ މަރުކަޒާ ދިމާލަށް ދިޔުމަށެވެ.އަހަރެންގެ ގުރޫޕުގެ ކުއްޖެއް ކަމަށްވާ ކިޔާން ޑްރަގް އޯވަރޑޯޒް ވެގެން ވަނީ ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ.ވަގުތު ފާއިތުވީއެވެ.ތައުބާގެ ދޮރު ބަންދުވިއެވެ. އެވަގުތު އަހަންނަށް އެއްޗެއް ވިސްނެން ފެށިއެވެ.

ކިޔާން އަށް މިއަދު ތައުބާގެ ދޮރު ބަންދުވީއެވެ.ކުރިން ލައި އުޅުނު ރީތި ހެދުމުގެ ބަދަލުގައި މިއަދު އެޅުނީ ހުދު ފޮތޮކޮޅެކެވެ.ކުރިން ޖަހައި އުޅުނު މީރުވަސް ދުވާ ސެންޓްގެ ބަދަލުގައި މިއަދު ލެވުނީ ކާފޫރެވެ.ކުރިން ނިދައި އުޅުނު އަރާމު އެނދުގެ ބަދަލުގައި މިއަދު ޖެހުނީ ސަންދޯކެވެ.އަހަރެންނަށް އަދިވެސް ތައުބާ ވުމުގެ ފުރސަތު އެބައޮތެވެ.ދެން ނިމިދާނީ އަހަރެން ކަމެއް ނޭނގެއެވެ.

އަހަރެންނަށް ބާރަށް ރޮއެ ގަނެވިއްޖެއެވެ.ކޮންމެ ދުވަހަކު ކޮޓަރީގެ ކަނެއްގައި އިނދެގެން އަބަދަ އަބަދުމެ އެކަމާ ވިސްނަމެވެ..އުމުރަށް ވެސް އެ ތަދު އަހަރެންގެ ހިތުގައި ބިންވަޅު ނެނގިފައި ހުރެ އެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކަ އެކެވެ.ލިޔުމުގައި ހުރެދާނެ ކުށްތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ.

Share Article

Follow Me Written By

shizashahuzad

Level 1

Other Articles

Previous

ޖަވާހިރުގެ ބާރު 2 – 6

Next

ނޭދެން ވަކިވާކަށް 13 ވަނަ ބައި

Next
May 15, 2026

ނޭދެން ވަކިވާކަށް 13 ވަނަ ބައި

Previews
May 14, 2026

ޖަވާހިރުގެ ބާރު 2 – 6

One Comment

  1. Anonymous says:
    May 16, 2026 at 6:05 pm

    R

Comments are closed.



All Right Reserved!