އިއްތިފާގެއް
ވާހަކަ: އިއްތިފާގެއް
ވަޒީފާ ނިންމާފައި އިންޖީނުގެއިން ނިކުމެެ އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށްށެވެ. މާލޭގައި ހުރެފަ ދޮންބެ މިކޮޅަށް އައިފަހުން ސައިކަލު އަހަރެންގެ އަަތުޖެހޭ ކަމަކަށް ނުވެއެވެ. މީހަކު ޑުރޮޕެއް ކޮއްލަދެން ނެތިއްޔާ އަހަރެން އުޅެން ޖެހޭނީ ފައި މަގުގަ ހިނގައިފައެވެ .
އާދައިގެ ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު ވަށައިގެންވާ މާހައުލަށް ސަމާލުކަން ދެވުނެވެ.
ދަން ގަޑިޔަކަށް ވުމުން މަގުމަތި ވަނީ އަމާންވެފައެވެ. ރަށް އެއްކޮށް ނިދާފައިވާ ކަހަލައެވެ. މެދުކެނޑުމެއްނެތި އިވެމުން ދިޔައީ މަގުގެ އެއްް ފަރާތުގައި ހެދިފައި ހުރި ހުއި ގަސްތަކުން ފަނި ފަކުސާ ގޮވާ އަޑެވެ.
ހިތުގައި އުފެދިފައި ހުރި ބިރުވެރިކަން ހަމަޔަކަށް އަޅުވައިދެމުން ދިޔައީ މަގުގެ އެއް ފަރާތުގައި ހުރި ހޮޅި ބުރިތަކުގެ އައްޔެވެ. ހިނގަމުން ދަނިކޮށް ޖީބުގައި އޮއް ފޯނު ރިންގުވާފެށިއެވެ. ބިރުގެންފާ ހުރުމުން އަހަރެންނަށް ލިބުނީ ސިހުމެކެވެ. ދެވަނަ ސިކުންތުގައި ފުންނޭވާއެއްލަމުން ފޯނުނަގައި ބަލައިލީމެވެ. ގުޅަނީ އަހަރެންގެ އެކުވެރި ޒައިން އެވެ. އޭނާ ނުވަގުތަކު ގުޅުމުން ކީއްކުރަން ބާވެއޭ ހިތަށް އަރާފާ ކަންފަތުގައި ފޯނު ޖައްސާލީމެވެ. “ހަލޯ…”.
ގިނައިރެއް ނުވެ އެކޮޅުން ވާހަކަ ދެއްކިއެވެ. ޒައިން އެދުނީ ކޮފީ އަކަށް ގެވަޅު ހިސާބު ކެފޭ އަށް އައުމަށްށެވެ. އަތުކުރީގަޑިއަށް ބަލައިލި އިރު 11 ޖަހައިފިއެވެ. ފައިމަގުގަ ހިނގަން ދުރުހިސާބަކަށް ވުމުން ސައިކުގައި ބަލާ އައުމަށް ބުނެފަ ފޯނުކަަނޑާލީމެވެ.
އެއިރު އަހަރެންނަށް ވަނީ ސުކޫލާ ކައިރިއަށް އާދެވިފައެވެ. އެހިސާބު އެއީ އާބާދުވެފައި ހުރި ސަރަހައްދެއް ކަމުން ފަނިފަކުސާގެ އަޑެއް ނީވެއެވެ. ހަމަޖެހިލަން ދޫކޮށްލި ނޭވާ އުފުރި އެރީ އިވުނު ގަދަފަދަ އަޑަކުންނެވެ. އެއްޗެއް ގޮވި އަޑެވެ.އެއާއިއެކު އިވުނި ގައިން ހީބިހި ނަގުވާލާ ފަދަ ބިރުވެރި ހުނުމެއްގެ އަޑެވެ. ގައިގާ ހުރިހާ ލޯތްޔެއް ކޮޅަށް ޖެހުނު އިރުުު އަޑު އައިކަމަށް ލަފާކުރެވުނު ދިމާލަށް ބެލުނެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. ސުކޫލު ހޯލުތެރެއިން އަރައިގަތީ އަލިފާންގަނޑެކެވެ. އާދަޔާ ހިލާފު އަވަސް މިނެއްގައެވެ. ބަލާކަށް ނުހުރެ އަހަރެން ސުކޫލާއި ދިމާލަށް ދުއްވާގަތީމެވެ. މި ވަނީ ސަހަލު ކަމެއް ނޫން ކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އެދިޔަ ގޮތަށް ގޮސް ސުކޫލުގެ ފާރު މަތިން އަރަން އުޅެނިކޮށް އިވުނީ މީހެއްގެ ރުއިމާއި އާދޭހުގެ އަޑެވެ. އަހަރެން ހަރަކާތްތައް އަވަސްކޮށްލީމެވެ. ފާރަށް އަރަނިކޮށް އެ މީހަކުގެ ވޭނީ ހަޅޭކުގެ އަޑު ވަރަށް ގަދަޔައް އިވުނެއެވެ.
އަހަރެންނަށް ހަށިގަނޑަށް ލެވުނީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭނގުނެވެ. ފާރުމައްޗަށް އެރޭތޯ ބެލީމެވެ. ފާރުގައި އަތް އަޅުވާލަ އެތެރެއަށް ބޯދިއްކޮއްލާ ބަލާލި ތަނާ ލިބުނީ ސިހުމެކެވެ. ގަޔާއި ދިމާލަށް ފުންމައިގެން އައީ ބޮލުގައި ދެދަޅުލައިފައި ހުރި ކަޅު ހިޔަންޔެއް ކަހަލަ އެއްޗެކެވެ. ހިތް މޭފަޅާފައި ނިކުތް ކަހަލައެވެ.
ބިރުންގޮސް ހަޅޭއްލަވައިގަނެވުނީ އެހެންނެއް ބަލާފައެއްނޫނެވެ. އެއާއިއެކު ފާރުގައި ހިފަހައްޓައިގެން އޮތް އަތް ދޫކޮށްލެވިއްޖެއެވެ.
ނަތީޖާ އަކަށްވީ ބެލެންސް ކަޓައިގެން ފާރުމަތިިން ސޮއްސާލުމެވެ. ވަރަށް ބާރަށް ގޮސް ތަނެއްގައި ޖެހުނު ކަމުގެ އިޙްސާސް ކުރެވުނުވެ. ދެންވީގޮތެއް ނޭންގުނެވެ.
ލޯ ހުޅުވާލުމާ އެކު ފެނުނީ ހުދުކުލައިގެ ސީލިންގެކެވެ. ވިސްނާލެވުނީ އޮއެވުނު ތަނާއިމެދުގައިއެވެ. ސިކުނޑި ގަބުވެފައި ހުރުމުން ވިސްނުމަކަށް ކަމެއް ނައެވެ. ގައިމަތީގައި ވަނީ ހުދު ފޮތި ގަނޑެއް އަޅާފައެވެ. އިރުކޮޅަކު އެހެން އޮވެފައި ދެކޮޅަށް ނަޒަރު ހިންގާލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިރީ ގޮނޑިއެއްގައި އިން ދޮންބެއެެވެ. އަހަރެން ލޯހުޅުވައިގެން އޮތްތަން ފެނުމުން އަވަހަށް ގޮނޑިން ތެދުވެ އެނދާއި ކައިރިވެލިއެވެ. އަހަރެންގެ ބޮލުގައި ފިރުމާލަމުން ހާލު ރަނގަޅުތޯ އެއްސެވެ. އަހަރެން އާއެކޭ ބުނެ ފުއްދާލީމެވެ. މިވަނީ ކިހިނެއްހޭ އަހާލާމުން ހަށިގަނޑު ހިއްލާލެވޭތޯ މަސައްކަތް ކުރީމެވެ. އަތްތިލައަށް ވާނެއް ވެގެން ބަލައިލި އިރު އަތަށް ހުރީ އައިވީ ގުޅާފައެވެ. އެހެންކަމުން މި އޮވެވުނީ ހަސްޕަޓާލުގައި ކަން މޭރުންވިއެވެ. އަހަރެން ދެން ބަލައިލީ ދޮންބެ އައްށެވެ. ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލީމެވެ. ދޮންބެގެ ފަރާތުން ފެނުނު ހިމޭން ކަމުން އަހަރެންނަށް ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން ލަފާކޮށްލަން އެނގުނެވެ. އަހަރެން ދޮންބެ ކައިރީގައި އަހާލައިގެން ވެގެން އުޅުންފިލުވޭތޯ މަސައްކަތް ކުރީމެވެ. ދޮންބެ ބުނީ ވެގެން އުޅޭގޮތް ނޭންގޭ ކަމަށެވެ. އަހަރެންގެ ޒަމީީރަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އިތުރަށް އަހަން ބޭނުންނުވީ ދޮންބެގެ މަޒާޖު ރަނގަޅަށް އެނގޭތީއެވެ.
އެވަގުތު އެންމެ ހަގައް ހުންނަ ކޮއްކޮ އައިސް ވޯޑަށް ވަންތަންފެނުނެވެ. އަހަރެން ބަލައިލުމުން އޭނާގެ މޫނުން ފެނުނު މޯޅިކަމުން ކަމެއްގޯސްކަމަށް އަހަރެންގެ ހިތް ބުނެލި އެވެ. އެއާއިއެކު ދޮންބެގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އަހަރެންގެ ހީ ޔަގީނަށް ބަދަލުވި އެވެ. ޔަގީނުންވެސް ކަމެއް ވެއްޖެއެވެ. އަހަރެން އިނީ ދަނޑިވަޅަކަށް ބަލަންށެވެ. ދޮންބެ ފާހަނައެއްކުރަން ދިޔަގަޑި ބަލާފަ ގެނައި މެންދުރުގެ ކޮއްތު ނިންމާލުމަށްފަހު ކޮއްކޮ ކައިރީ އަހައިފިމެވެ. އަހަރެންގެ ސުވާލު އަމާޒުމުން އޭނާ މަޑު ފުއްކޮޅަކަށްވިއެވެ. ބަހެއް ނުބުނެ ހިމޭންވެފައި ކަމަކާއި ވިސްނާ ފާޑަކަށް އިނީއެވެ. ތިއްތި އަހަރެންނަށް މައާފު ކުރޭ… އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…… އޭނާގެ އިރުކޮޅަކުން ފެށީ ރޯންށެވެ. އޭނާ ދެއްކި ވާހަކައިން އަހަރެންނަށް ޖެހުނީ ބޯ ގާނަންށެވެ. ގާތުގައި އުޅޭ ބޮޑުވި އިރު ވެސް ދުވަހަކުވެސް ރޯތަން ފެނިފައި ނުވާ ކޮއްކޮ ރޯ މަންޒަރު ފެނުންމުން އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ . ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަން އަހަރެންގެ ވިސްނުމަށް ނަގައި ގަނެވުނެވެ.
ދެން….. ކިހިނެކޯ މިވީ އަހަރެން އެހީމެވެ. އޭނާ ގިސްލަމުން ކިޔައިދިނީ މޮޅިވެފައި އިނދެއެވެ. އަހަރެން ފެނުނީ އެކްސްޓްރާ ކިލާސް ނިންމާފައި ގެއަށް އަންނަނިކޮށް ސުކޫލު ފާރުކައިރިންނެވެ. ކުއްލިއަކަށް ފެނުނު އަލިފާންގަނޑާއި އިވުނު ހުނުމުގެ އަޑަށް އެދިމާލަށް ދަނިކޮށް އިއްތިފާގަކުން ދިމާވިީ އަހަރެން ފާރުމަތިން ސޮއްސާލި ވަގުތާއި އެވެ. އަހަރެންނަށް ފަރުވާ ދެވުނީ ކޮއްކޮ އެތާ އެވަގުތު ހުރިކަމުންނެވެ. އަހަރެންނަށް ފުންނޭވާއެއްލެވުނެވެ. އަހަރެން އަނިޔާތަކުގެ ވާހަކަ ބުނުމުން ބެޑްޝީޓް ކަހާލައި ނަޒަރެއް ދިނީމެވެ. ކަމަކުދާކަށް ނެތެވެ. އަހަރެންގެ ކަނާއަތު ފައިގެ ދުވަސް އޮތީ ގޮއްސައެވެ. ކަކުލު ހުޅު ގައި ބޭސް އަޅާފައި އަދި ފައިގައި ވަނީ ޕޯލްސްޓަރު އަޅާފައި އެވެ. އަހަރެންގެ ހިތް ފޮތިފޮތި ވެގެން ދިޔައިރު ބަޑިފަޅައިގެން ދިޔައީ އިހްތިޔާރަކުނޫނެވެ. އަހަރެންގެ ކުޅިވަރުގެ ކެރިއަރު ކަފުން ކުރެވުނީ ކަމަށް ނިންމުނެވެ. ހުރިހާ އުއްމީދުތަކެއް ހަފުސްވީއެވެ.
އެހެނަސް ކުރާނެ ކަމެއް ނެތެވެ. ރަނގަޅުވާން ލައްކަ ދުވަސް ނަގާނެއެވެ.
އަހަރެން ގެއަށް ދޫކޮށްލުމުން އުޅެން ޖެހުނީ ދަނޑިގަނޑެއްގެ އެހީގައި އެވެ. ފައިތިލަވެސް ޖައްސަން އޮތީ ޑަކްޓަރު މަނާކޮށްފައެވެ. ކިތަންމެ ހަލާކު އުޅުނު ކަމުގައިވީނަމަވެސް ވަޒިފާއަށް ދިޔައީމެވެ. ރައްޓެހިންނާއި އެކުވެސް އޮތް ގުޅުންވެސް ކޮންމެވެސް ގޮތަކުން ކުރިޔަށް ގެންދިޔައީމެވެ. އެހެންނަމަވެސް ޖިންނީގެ ކަންތައް ހަނދާނުގައި ތާޒާކަމާއި އެކު ހުއްޓެވެ. އެކަމާއި ހެދި އަނދިރި މަގަކުން ހިނގުމަކީ މިހާރު އަހަރެންނަށް ލާހިކު ކަމެއް ނޫނެވެ.
ސުކޫލުގެ ހަފްތާ ބަންދު އައިސް ޖެހުނީއެވެ. މިފަހަރު ކަންދިމާވިގޮތުން ކޮއްކޮގެ ޕޭރެންޓު މީޓިންއަށް ދާން ޖެހުނީ އަހަރެންނަށްށެވެ. ދޮންބެ އެއިރު ރަށަކު ނެތެވެ. މަންމަވީ ހާވާދު ކަންކަން ތަނަކަށް ގޮހެވެ. އެމަންކުރާނެ އެހެންމީހަކާ ނެތުމުން އަހަރެން ދިޔައީމެވެ . ހުރިހާ ޓީޗަރުންގެ ވާހަކަ ހުރީ އެއް މިސްރާބަކަށްށެވެ. ކުލާސްތަކަށް ދޭތެރެއިން ނާންނަ ވާހަކައިން ފެށިގެން އަޙްލާގު ރަނގަޅުކުރަންޖެހޭކަމުގެ ވާހަކައެވެ. ނަގައިފަ ހުރި ޓެސްޓުތަކުގެ ނަތީޖާތަށް ހެއްކަކަށް ފުދެއެވެ. އެތާ ހޭދަވި ވަގުތުތަކުގައި ބޯމަތީ ހިލަގަނޑެއް ބާއްވާފަ އޮތް ކަހަލައެވެ. އަހަރެން އެހެން އިނދެފައި ބޭރަށް ނިކުތީ ފޯނުކޯލެއް އައުމުން މުހިންމުކަމަށް ހަދާފައި އެވެ. ބޭރަށް ނިކުތުމަށްފަހު ފޯނު ކަނޑައިލީމެވެ. އަވަސް ގޮތަކަށް ހިނގައިގެންފީމެވެ. އެއްކަލަ އިރު ޖިންނި ފެނުނު ދިމާލަށްށެވެ. އެތަން ވަނީ ތަޚުގީގަށް ޓޭޕް އަޅާ ބަންދުކޮށްފައެވެ. ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަށް ނަޒަރެއް ދީފައި ގޮސް އަހަރެން ވަނީ އެތަނުގެ ތެރެއަށްށެވެ. ފޯނުގެ ފުލެޝްލައިޓް ދިއްލައިގެން އެތަން ބަލަން ފެށީމެވެ. އެތަން ވަނީ ހުޅުހިފާފައެވެ. ރޯވެ އަނދާފަ ހުރި ގަހުގެ ފަތާއި ގޮފި ނޫން އެއްޗެއް ނުފެނެއެވެ. އަހަރެން ދެލޯ ހޯދަމުން ދިޔައީ އެހެންކަހަލަ ކަމެއް ފާހަގަވޭތޯއެވެ. އެދުވަހު ކުލާހަށް ނުދާއިރު ކޮއްކޮ އަށް އަހަރެން އެދުވަހު ސުކޫލުން އެފެނުނީ ކީއްވެބާއެވެ؟. ހިތްސުވާލުތަކުން ތަކުން ފުރެމުންދިޔައިރު އޭގެ ޖަވާބު ނިހާނު އަވަހަށް ލިބިއްޖެއެވެ. ރަށުގައި މި ހިނގާ ޖިންނި ކުޅިގަނޑުގެ ހަގީގަތް ވެސް އެނގުނީ އެވަގުތުއެވެ. މިއީ ކުދި ވެރިންގެ ކަމެކެވެ. ކުޅިވަރަކަށް ވެގެން ރަށުގައި ޖިންނި ހެދިގެން މީހުން ބިރުގަންނަ ވަނީއެވެ. އަހަރެން އަތުގައި އޮތް ގޮވައިފަވާ ސެންޓުފުޅިއަށް ބަލައިލީމެވެ. އެކަހަލަކަމެއް ކުރާނެ އެކަކު އަހަރެންނަށް އެނގި ޔަގީން ވެސް ވެއްޖެއެވެ.
އަަހަރެން ގެއަށް ގޮސް ކޮއްކޮއާއި ސުވާލުކުރީ އާއިލާ އެންމެންގެ އެއްކޮށްފައި އެއެންމެންގެ ކުރިމަތީގައި އެވެ. އޭނާ ފުރުތަމަހަމަ ރެކެން އުޅެފައި ވެސް ކުށަށް އިއުތިރާފް ވިއެވެ. މަޖަލަކަށް ކުރަން ފެށި ކަމަކުން އެފަދަ ނަތީޖާއެއް ނިކުންނާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. އެކަންކުރާ މީހުންނާއި ކުރިޔަށްދާ ގޮތް ވެސް ކިޔައިދީފައި އަދި އެކަމަށް ބޭނުންކުރާ އެއްޗެހި ހަވާލުކުރި އެވެ .
އަހަރެން އޭނާއަށް މަޢާފު ކުރީ އެކަހަލަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެފައެވެ. ސިޔާސަކަމަކުން ނިކުންނަ އާޙިރު ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އާއިލާ އެހެންމީހުން ވެސް ނަސޭހަތްތެރިވިއެވެ. ކިޔެވުމަށްށާއި އަޙްލާގަށް ހެޔޮބަދަލެއް ގެނައުމަށް ބާރު އަޅާ ހިތްވަރު ދިނެވެ.
ކޮއްކޮ އެންމެންގެ ނަސޭހަތްތައް އަޑުހައި ކަންކަމަށް އެއްބަސްވި ގޮތުން އަހަރެންނަށް ޔަގީންކަން ލިބި ލިބުނު ހިތްހަމަޖެހުން ލިބުނެވެ.
ދިމާވި ކަންތައް އަހަރެން ކަމާބެހޭ ފަރާތްތަކަށް އެންގީމެވެ. އެމީހުން ޒިންމާދާރު ކަމާއިއެކު ކުރިޔަށްގެންދިޔަ މަސެއްކަތުން ސިޔާސަ ކުދި ވެރިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެވުނެވެ. އެއާއިއެކު ރަށުގައި ހިނގަމުންދިޔަ ޖިންނީގެ ކުޅިވަރަށް ނިމުމެއް އައީއެވެ.
-ނިމުނީ-
3 Comments!
Comments are closed.

How old are you Juss asking story very nice
20 years old
This story is really nice. Sifa koh dheefa hurileh ves v salhi hama. Hama lolah fennahen heevanii.