Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނީއޭ ހިތުގެ މަލާތީ-6

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 6, 2026 5 Mins Read
13 Comments

ނަތާން ދިއުމުން އަލައިކާ ގޯތިތެރެއަށް ވަންނަން ވެގެން އެނބުރިލިއެވެ. އެނބުރިލުމާ އެކީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އަޑު އައީ ތަންކޮޅެއް ދުރުގައި ހުރި ގަސްބޮޑީ ތެރެއިންނެވެ. އަލައިކާ މުޅި ގައިން ހީބިހި ނަގާގެން ދިޔައެވެ. އެއީ އާދައިގެ ކަމެއް ނޫންކަން އެނގެހުރެމެ ވެސް އަލައިކާ ހިގައިގަތީ އަޑުއައި ދިމާއަށެވެ. އަނެއްކާ ވެސް ރުއިލިއެވެ. ކިތައްމެ ބިރެއް ގަތެއްކަމަކު އަލައިކާ ބޭނުންވީ އެއީ ކޯއްޗެއްތޯ ބަލާށެވެ. މިއީ އިންސާނުންގެ ގޮތެވެ. އަލައިކާ ގަސްގަނޑު އެއްފަރާތް ކޮށްލިއެވެ.

*ޕާރޓް-6*

އޮތީ ކުޑަކުޑަ ކަޅު ބުޅަލެކެވެ. އެބުޅާ ލޯބިކަމުން އަލައިކާ އަށް އެއަށް އަތްނުލާ ނުހުރެވުނެވެ. ތިރިވެލާފައި އެބުޅާގައި ގައި މަޑުމަޑުން ފިރުމާލިއެވެ. އިރުކޮޅަކު އެހެން ހުރެލާފައި ދެން އަލައިކާ ވަނީ އެތެރެއަށެވެ. ނައުހާ އޭނާ ދެކެ އެރުޅި އަންނަނީ އޭނާ ޝިފާން ކަމުދާތީ ހެއްޔެވެ؟ އެކަމު ޝިފާން ނައުހާ އާއި ގަޔާނުވާކަމީ އެއީ އަލައިކާގެ ބާރުގައި އޮތް ކަމެއް ނޫނެވެ. ވިސްނުމައް ގެއްލިފައި ހުރެ އަލައިކާ ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ އަށް ނުފެނުނެއް ކަމަކު އަލައިކާ ކޮޓަރި އަށް ވަދެ އެއްޗެހި ބަދަކު ކޮށްހެދީރު ވެސް އޭނާ އާއި ދިމާ އަށް ބަލަހައްޓައިގެން ޒުވާން ފިރިހެނަކު ހުއްޓެވެ. އަލައިކާ ފުނާ އަޅާ ހަދައިގެން އައިސް އެދުގައި އޮށޯތުމާއި އެކީ އެމީހަކު ވެސް އައިސް އަލައިކާ އާއި އެކީ އެދަށް އެރިއެވެ.

ޝިފާން އަށް ހޭލެވުނީ އޭނާގެ ކަރަށް މީހެއްގެ ހޫނު ނޭވާ އެޅެމުންދާ އިހްސާސް ކުރެވޭތީއެވެ. ދެލޯ ހުޅުވާލާފައި އޭނާ ފުރަތަމަ ވެސް ބެލީ ގަޑިން ކިހާރެއްވީ ކަމަށެވެ. ހެނދުނު 6 އެއްޖެހީއެވެ. ޝިފާން އަށް ދެން ވިސްނާލެވުނީ އޭނާ އަށް އޮވެވުނު ގޮތާއި މެދުއެވެ. އައްޒާމް ވަނީ އޭނާގެ ހަށިގަނޑުގައި ބާލީހެއްހެން ބައްދައިލާގެންނެވެ. އައްޒާމް ގެންގުޅޭ ބާލިސް އޮތީ ވެއްޓިފައެވެ. މަޑުމަޑުން އައްޒާމްގެ އަތް ދުރައްލާފައި ޝީފާން އަނެއްކާ ވެސް ބެލީ ނިދޭތޯއެވެ.

ސައި ތައްޔާރު ކުރަން އިން ޝަބާގެ ސިކުނޑިތެރޭ އަދިވެސް ގުގުމަމުން ދަނީ އަލައިކާ އޭނާ އަށް ކިޔާދިން ވާހަކަ ތަކެވެ. އަލައިކާ އަށް ވެސް އޭތި ގޯނާ ކުރަނީއެވެ. އެކަމި އެއީ ކީއްވެ ހެއްޔެވެ؟

“ކޯއްޗެއް ހަދާނީ މިއަދު..؟” ބަދިގެޔަށް ވަދެގެން އަންނަމުން އަނާ އަހާލިއެވެ. ޝަބާ ދިޔައީ ސިއްސައިގެންނެވެ.

“މަސްހުނި ކޮޅެއް ހަދާލަން ހިގާ ދޯ..” ޝަބާ އަސަލަމާރިން ކޮޕީ ފަތްކޮޅެއް ނަގަމުން ބުނެލިއެވެ. އަނާ ވެސް އެއްބަސް ވިއެވެ.

އައްޒާމް ފެންވަރައި ހަދައިގެން ނުކުތީރު ޝިފާން އިނީ ކޮޓަރި ސޯފާގައެވެ. އޭނާ އިނީ ފޯން ހިފާގެންނެވެ.

“އޭ ބްރޯ.. މަ ބޭނުން ވަނީ އަލައިކާ އާ އަދި ވެސް ކުޑަކޮށް ކޮލޯސް ވާން..” ޝިފާން ބުނެލިއެވެ. އައްޒާމް އޭނާ އަށް ކުރަންވި ކަންތަށް ކިޔާދޭނެއެވެ.

“ކަލޭ ތިހެން ބުންޔަސް މާ ލަދުން އުޅެންޔާ ކޮންކަމެއް ވާނީ.. ތި ނިކަން އަބަދު އެކުއްޖަ އާ ވާހަކަ ދައްކަބަލަ..” އައްޒާމް ބުނެލިއެވެ. ޝިފާން ވިސްނާލިއެވެ. އާއެކެވެ. އޭނާ އެހާ ގިނައަކުންނެއް އަލައިކާ އަކަށް ވާހަކަ އެއް ނުދައްކައެވެ. އޭނާ އަލައިކާ އާއި ވަހަކަ ދައްކަނީ ވެސް ކޮންމެ ހެން ވާހަކަ ދައްކަން މަޖުބޫރު ވީމައެވެ. މިއަދު ތަންކޮޅެއް ގިނައިން އަލައިކާ އަށް ވާހަކަ ދައްކަން ޝިފާން ނިއްމިއެވެ. ހެނދުނުގެ ސައިބޯން އައިރު އަލައިކާ ފެންނާކަށް ނެތެވެ. އަލައިކާ ވެސް އަނާ މެންނާއި އެކީ ސައިބުއި ކަމަށް ހީއްކޮށް ޝިފާން އެހިޔާލު ދޫކޮށްލީއެވެ.

ދެމީހުން ވެސް ސައިބުއިގެން ނުކުތީ ގޯތިތެރެއަށެވެ. އޭރު ޖޯލީގައި އޮށޯވެލައިގެން އަލައިކާ އޮތެވެ. އޭނާ އޮތީ ހިނިތުންވެލާގެންނެވެ. އަަލައިކާގެ މިހިނިތުންވުން ފެނިފައި ޝިފާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާ އަށް ވެސް ހެވުނެވެ. އިތުރު އެހެން ހިޔާލަކާއި ނުލާ ޝިފާން ގޮސް އަލައިކާ ކާރީ އިށީންދެލިއެވެ. ޝިފާން އިށީންކަމެއް ނޭނގެ އަލައިކާ ތެދުވެގެން ގޮސް ގޭތެރެއަށް ވަނެވެ. ޝިފާން އިނީ ބަހެއް ނުބުނެވިފައެވެ. އަނެއްކާ އޭނާ އަށް އަލައިކާ ނުރުހޭ ކަމެއް ކުރެވުނީ ހެއްޔެވެ؟ އޭނާ އައިރަށް އަލައިކާ އެދިޔައީ ކީއްވެހެއްޔެވެ؟

އަލައިކާ އައިސް ސޯފާގައި އިށީންދެލިއެވެ. އޭނާ އަށް ކަމެއްވިހެނެއް ވެސް ހީނުވެއެވެ. ހެވިލާގެން ހުރެ ފޯނާ ކުޅެމުން ދިޔައިރު ހީވަނީ އެހެން މީހެއްގެ ބާރުގެ ދަށުގައި އިންނަ ހެންނެވެ. މެންދުރު ނަމާދު ބަންގި ގޮވުމުން އަލައިކާ ދިޔައީ ވުޟޫ ކުރާށެވެ. ނަމާދުކޮށް ޤުރުޢާން ކިޔަވާކަށް ޝަބާ އެއް ބުނާކަށް ނުޖެހެއެވެ. އަމިއްލަ އަށް ފެނިގެން އަލައިކާ އެކަން ކުރާނެއެވެ. އެއީ އަލައިކާގެ ކިބައިގައި ހުރި ވަރަށް ރަގަނޅު ސިފައެކެވެ. ވުޟޫކޮށްގެން ނުކުމެ އަލައިކާ މޫނުފޮހެން އިންދައި ގައިގައި ހޫނު ވައިރޯޅި އެއް ބީހިލިއެވެ. ތެޅިގެންފައި އަަލައިކާ އަށް ބަލާލެވުނީ ފަހަތެވެ. އެއީ އޭނާ އަށް ހީވި ހީވުމެއް ހެއްޔެވެ؟ ހަމަ ވެދާނެއެވެ. އަވަހަށް ނަމާދުކޮށްލައިގެން އަލައިކާ އަނެއްކާ ވެސް ކޮޓަރިން ނުކުންނަން އުޅެނެވެ. ދޮރުހުޅުވާލާފައި އެޅުނީ އެއްމެ ފިޔަވަޅެކެވެ. އެފަކީރު އެއޮށް ބިންމައްޗަށް ވެއްޓުނީއެވެ. ހޭހުސް ވެގެންނެވެ. އެމަންޒަރު ފެނުނީ ޒިއާމް އަށެވެ. ކުޑަ ކުޑަ ޒިއާމް ހިގާލާފައި އައިސް އަަލައިކާ އަށް ގޮވަން ފެށިއެވެ.

“ދޮންތީ..؟ ދޮންތީ..؟” އަލައިކާ ގުޑިއެއް ވެސް ނުލިއެވެ. އަލައިކާ ބަހެއް ނުބުނެ އޮންނަން ފެށުމުން ޒިއާމް އަށް ރޮވެން ފެށުނެވެ. ފުރަތަމަ މަޑުމަޑުން ރުއިލާފައި އެކުއްޖާ ބާރަށް ރޯން ފެށިއެވެ.

“ޒިއާމްތަ އެރޮނީ..؟” ސިޓިން ރޫމްގައި އިން އައްޒާމް އަހާލިއެވެ. ޝިފާން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އައްޒާމް ދިޔައީ ޒިއާމް ހޯދާށެވެ. ކޮޓަރިތަށް ހުންނަ ގޯޅިގަނޑަށް ދެވުނީރު އަލައިކާ އުޅެނީ ޒިއާމް މަސަލަސް ކުރުމުގައެވެ.

“ކިހިނެއްވީ..؟” އައްޒާމް އައިސް އަލައިކާ ގާތުގައި ހުއްޓިލަމުން އަހާލިއެވެ.

“ދެއްމެ ވެއްޓުނީ.. އެހެންވެ ރޮވުނީ.. ދޯ ދޫނީ..” އަލައިކާ ޒިއާމްގެ ބޮލުގައި ފިރުމާލާމުން ބުނެލިއެވެ. އެފަކީރު ހީވަނީ ބިރެއް ފެނިގެން ރޮމުންދާހެންނެވެ. އަލައިކާ އަށް ބަލަހައްޓައިގެން ހުރެ ބާރަށް ރޮމުން ދިޔައިރު ހީވަނީ އެހެން މީހުންނަށް ނުފެންނަ އެއްޗެއް އެސޮރަށް ފެންނަ ހެންނެވެ.

އެވީ ކިހިނެއް ހެއްޔެވެ؟ ދެންމެ އަލައިކާ ހޭނެތިގެން ވެއްޓުނީ އެއް ނޫންހެއްޔެވެ؟ ދެން އެކަމު މިހާރު އެހުރީ ކުރިންހެން ހެޔޮ ހާލުގައެވެ.

މެންދުރުވެސް އާދައިގެ ގޮތަކަށް ގޮސް ހަވީރުވެ އިރޯއްސިއްޖެއެވެ. މިއަދު ޝިފާން އަކަށް ހަމަ އެއްގޮތަކަށް ވެސް އަލައިކާ އަކަށް ވާހަކަ އެއް ނުދެއްކެއެވެ. ހަވީރު ވެސް އަލައިކާ ކޮޓަރިން ވެސް ނުނުކުމެއެވެ. އެކަމު އައްޒާމް ވާހަކަ ދެއްކުމުން އޭނާ އައްޒާމް އަށް ވާހަކަ ދައްކައެވެ. ޝިފާން އޭނާ ކާރީ އިނެއްކަމަކު ހީވަނީ ނެއތް މީހެއް ހެންނެވެ. ހީވަނީ އަލައިކާ އަށް ޝިފާން ނުފެންނަ ހެންނެވެ. އެކަމާއި ޝިފާން ވަރަށް ހާސްވިއެވެ. އަލައިކާ އޭނާ އަށް ނުރުހެނީ ހެއްޔެވެ؟ އެކަމު ނައުހާ ބުނެފައިވަނީ އަލައިކާ އޭނާ އަށް ވަރަށް ރުހޭ ކަމަށެވެ.

“ކޮން ހިޔާލަކަށް ގެއްލިފަތަ ތީނީ..؟” ޒިއާމް ނިދުމުން ކުޑަ އެނދަށް ޒިއާމް ލާފައި ޒިޔާން އައިސް ޝަބާ ކާރީ އެނދުގައި އިށީން ދެލިއެވެ. މަޣްރިބް ނަމާދު ކުރިގޮތަށް ޝަބާ އެއިނީ ހިޔާލަކަށް ގެއްލިފައެވެ. އޭނާ އެއިނީ ވަރަށް ހާސްވެފައިކަން އެމޫނު މަތިން އެނގެއެވެ.

“އަލައިކާ އަށް އޭތި ދިމާކުރަން ފަށާފި..” ޝަބާ ޒިޔާންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. ޒިޔާންގެ މޫނުމަތި ކުލަވަރު އެކީހެން ބަދަލު ވިއެވެ.

“ކިހިނެއްވީ..؟” ޒިޔާން އަހާލިއެވެ. ޝަބާ އޭނާ އަށް އަލައިކާގެ އުޅުމަށް އައިސް ހުރި ބަދަލުގެ ވާހަކަ އާއި އެދުވަހު އަލައިކާ އޭނާ ނަމާދަށް ހުއްޓައި ކިޔާދިން ވާހަކަ ޒިޔާން އަށް ކިޔާދިނެވެ.

“އަހަރެންނަށް ފެންނަނީ އަވަހަށް ފަރުވާ ކުރަން.. ކަންތަށް މާގޯހު-” ކުއްލިއަކަށް އިވުނީ އެއްޗެހި ތަކެއް ތަޅައިގެން ދިޔަ އަޑެވެ. ޝަބާ އާއި ޒިޔާން ވެސް ދިޔައީ ސިއްސައިގެންނެވެ. ދެމީހުން ވެސް ދެމީހުންގެ މޫނަށް ބަލާލާފައި އަވަހަށް ނުކުތެވެ. އޭރު އަނާ އާއި ޝާއިންގެ އިތުރަށް ޝިފާން އާއި އައްޒާމް ވެސް ތިބީ ނުކުމެއެވެ. އެއްމެން އެއްމެންގެ މޫނަށް ބަލާލީ އެއީ ކޮން އަޑެއްހޭ އަހާ ފަދަ ގޮތަކަށެވެ.

“އަހަހަހަހަހަހަ..” އެއީ އަލައިކާގެ އަޑެވެ. އަނެއްކާ އިވުނީ ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑެވެ. ޝަބާ ދިޔަ ގޮތަށް ގޮސް ތަޅުގައި ހިފާ ދޮރުހުޅުވަން އުޅުނެވެ. ދޮރު ހުރީ ތަޅުލާފައެވެ.

“ދަރިފުޅާ.. އަލައިކާ.. ދޮރު ހުޅުވަބަލަ.. އަވަސް ކުރޭ..” ޝަބާ އަށް ރޮވޭ ގޮތް ވިއެވެ. އަލައިކާ އަށް މި ދިމާވަނީ ކޮންކަންތައްގަނޑަކާ ބާއެވެ. އަނާ ވެސް އަލައިކާ އަށް ގޮވާފަ ދޮރު ހުޅުވުމަށް އެދި އާދޭސް ކުރަނީއެވެ. ޒިޔާން ދިޔައީ ތަޅުދަޑި ފަތި ހޯދުމަށެވެ. ޝިފާން އާއި އައްޒާމް ތިބީ ވާނުވާ ގައެވެ. އެދެކުދިންނަށް ވެސް ކަމެއް ގޯސް ވެއްޖެކަން އެނގެއެވެ.

“އަން މިއޮށްތީ ތަޅުދަނޑި..” ޒިޔާން އައިސް ޝަބާ އަތަށް ދަޅުދަނޑި ފަތި ދިއްކޮށްލިއެވެ. ޝަބާ އަވަހަށް ދޮރު ހުޅުވާލިއެވެ. އެއްމެން ވެސް ވަނެވެ. ޝިފާން އާއި އައްޒާމް ވެސް މަޑުކޮށްލީ ކޮޓަރި ދޮރުމަތީއެވެ.

ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. އަނާ ލައިޓް ދިއްލާލިއެވެ. އެއްވެސް އެއްޗެއް ވެއްތިފައެއް ވެސް ނެތެވެ. ހުރިހާ އެއްޗެއް ވެސް ހުރީ ތަރުތީބުންނެވެ. އެއް ވެސް އެއްޗެއް ގުޑިލައިފަކާ ވެސް ނެތެވެ. އަލައިކާ ކޮބާ ހެވެ؟ އަލައިކާ އެއް ފެންނާކަށް ނެތެވެ. އެއްމެންގެ ހިތްތަކުގައި ބިރުވެރިކަމުގެ ހުޅުކޮޅު ރޯވިއެވެ.

“އަލައިކާ.. ދަރިފުޅާ..؟” ޒިޔާން ގޮސް ފާޙަނަ ބެލިއެވެ. އެއް ވެސް މީހަކު ފެންނާކަށް ނެެތެވެ. އެއްމެން ވެސް އަލައިކާ އަށް ގޮވަމުން މުޅި ކޮޓަރި ތެރެ ހޯދަން ފަށާފިއެވެ.

“ޝަބާ ދައްތާ..؟” އައްޒާމްގެ އަޑަށް އެެއްމެން ވެސް އެދިމާއަށް ބަލާލިއެވެ. އޭރު އައްޒާމް އާއި ޝިފާން ތިބީ ހުއްޓުން އަރާފައެވެ. ދެލޯ ބޮޑުވެފައެވެ. އެދެކުދިންގެ ކަޅި ސީދާ ވެފައިވަނީ އެއްދިމާ އަކަށެވެ. އެއްމެން ވެސް ބަލާލިއެވެ. އޭރު އަލަމާރި މަތީ އަލައިކާ އިނީ އިށީންދެލައިގެންނެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ޝިފާން އަށެވެ. އަލައިކާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ކޮލުގަވެސް ވަކީގެ ނިޝާންތަށް ފެންނަން ހުއްޓެވެ. އަލައިކާގެ ކަޅުކުލައިގެ ކަޅިވަނީ މަޑު ރީންދޫ ކުލައަކަށް ވެފައެވެ.

“އަސްތަޣްފިރުއްﷲ.. އަލޫކާ ދަރިފުޅާ..؟” ޝަބާ އަށް އަނގަމަތީ އަތް އަޅައި ރުއި ގަނެވުނެވެ. އައްޒާމް އާއި ޝިފާން އަށް ތިބެވުނީއެވެ. އަނާ އަރިއަޅާލިއެވެ. ޝާއިން އޭނާ ނުހިފޭއްޓިނަމަ އަނާ ވެއްޓޭނެކަން ގައިމެވެ. އަނެއްކާ ވެސް އަލައިކާ ބާރު ހިނިގަނޑެއް ޖަހާލިއެވެ. ޝަބާ އަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އަލައިކާ އަށް މިވީ ކިހިނެއް ހެއްޔެވެ؟ އޭތި އަލައިކާގެ މައްޗަށް ބާރު ފޯރު ވަނީއެވެ.

“ދަރިފުޅާ އަވަހަށް ފާބޭ.. މީމަންމައޭ.. ހެޔޮނުވާނެ.. ޒިޔާން ކަމެއް ކޮށްބަލަ ދޯ..” ޝަބާ ޒިޔާންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ. ޝާއިން ކުރުސި ކިޔަން ފެށިއެވެ. ނަމަވެސް އެޔަކުންވެސް އަލައިކާ އަކަށް އަސަރެއް ނުކުރިއެވެ. އޭނާ އަަނެއްކާ ވެސް ފެށީ ހޭށެވެ.

“ތިޔަކުންނެއް މަށަކަށް އަސަރެއް ނުކުރާނެ..” އަލައިކާ ފުންމާލިއެވެ. ޝަބާ އަށް ހަޅޭ ލަވައިގަނެވުނެވެ. އައްޒާމް އާއި ޝިފާން އަށް ވެސް ދުއްވައިނުގަނެވުނީ ކިރިޔާއެވެ. އަލައިކާ އިސް އުފުލާލާފައި ޝަބާ އާއި ދިމާއަށް ބަލާލިއެވެ.

“މަންމާ.. އަހަރެން ސަލާމަތް ކޮއްދީ..” އެހެން ބުނި ގޮތަށް އަލައިކާ ހޭހުސް ވެގެން ދެމުނެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 22

Next

ހަގީގަތަކީ ކޮބައިހޭ؟…9

Next
April 7, 2026

ހަގީގަތަކީ ކޮބައިހޭ؟…9

Previews
April 6, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 22

13 Comments!

  1. Sheex says:
    April 6, 2026 at 11:41 pm

    V.V.V REETHI MA ❤️❤️💛
    WHATTTTT RLLY ALOO JINNI MOYAVEETHA EVES FIRIHEN EHCHEH 🧚
    OMG!!! V GINA MEEHUN KIYAA ADU IVEY BLACK BULHALUGA AYNULAASHEY BUX ITS A CERTAIN EYTHI JINNI AKAH VAANE YEY🐈‍⬛
    SHEEX AH HAMA ASLUVES IMAGE KOHLEVUNU ALOO HURI GOY🧟‍♀️🧟‍♀️🧟‍♀️
    SHEEX AH VES V GINAIN HEEVEY MEEHAKU ULHEYHEN KAIREEGA EKAMU DHUVAHAKUVES MOONEH NUDHEKEN BUT FENNU BODY EKANI🧍
    OMGGGGG CAN’T WAIT FOR THE NEXT PART? 😽
    GL ON UR STUDIES 🫰
    TC & LYSM MUXO🥰

    1. _MuXo_ _MuXo_ says:
      April 7, 2026 at 7:50 pm

      Happy to see your comment Sheex 🥰
      Yeah.. Alaika jinni moyavee dhw
      Yess.. i also hear that 🤚
      Reallyyy??? 💀
      Next part ah ves ehaa dhigu inthizaareh kuraakah nujeheyne IA ✨
      Yeah.. Hope so.. 😭
      You also take care, lots of love from me too 💋💙
      Also really sorry for the late reply 😭

  2. Alaika_22 says:
    April 6, 2026 at 11:53 pm

    Owwh muxo alaika salaamai kohdheythi 😭😭
    Kon ehcheh baa shaba ah undhagoo kohfa mihr alaika ah undhagoo kurany eyy
    Muxo aloo nukiyaa alai kee dhaane tha ? If u don’t mind 😩
    Mi part vess vrh rythi MA 💗!
    Curiously waiting for the next part……
    When’s nxt????????
    Lysm and tc my love 😘✨

  3. Black Heart says:
    April 7, 2026 at 5:35 am

    MA….The beat everrr 🥀🩶OMG-:) What the hall you did to Alai???Alheyy
    Black ge Furaana halaaku nukuraathi🧡 …
    Aloo???? U Alai ah kameh nukuraathi!!!
    Shifaan ge ehnoan Alaii akee I ge Alaiii mi eee
    Shaba X Ziyaan…Thi haa fidhi nuveba…YOU BOTH SHOULD SAVE UR BELOVED DAUGHTER….💙💙
    Muxoo,Alheyyy U ge horror tale dhw miee…
    Curiously waiting for next part 🩶🩶🩶
    Lysm & Tc 🎀🥀
    When’s next????✨✨
    Study well,

    1. Princess_112 says:
      April 7, 2026 at 3:31 pm

      Omg might part vas vehicle reethi
      Muxo alike salaam kohdeythi alikaa a kee sifaan get loobi Veriyaa
      Lysm & TV 🎀🥀
      Hope u get full in ur test ✨

    2. _MuXo_ _MuXo_ says:
      April 7, 2026 at 7:58 pm

      Thank you 🥰
      IA alika salaamah vaane ✨
      Love you more 💙
      Me too 😭

    3. Black Heart says:
      April 7, 2026 at 6:19 pm

      You copied me!!😭😭😭😭 Jk to you
      Who re u??? cmnt kiyaafa frnd waan hihwehjje!☺️

    4. _MuXo_ _MuXo_ says:
      April 7, 2026 at 7:53 pm

      Hehe.. Glad you liked this part aswell 🥰
      IA alaika akah kameh nuvaane ✨
      Yeah.. Chill dude I will not do anything bad to her 😭
      Hehe.. She is all your 🤣
      Exactly Black Heart
      Love you more, you also tc 💋💙
      Next part ves maadhigu inthizaarakaa nulaa kiyaalan libeyne IA ✨
      You too.. 🤗

  4. Shaba_73 says:
    April 7, 2026 at 7:27 am

    Mi part ves vrh Reethi MA 💗 !
    Waiting for the next part When’s next?
    Lyy and tc 🖤

    1. _MuXo_ _MuXo_ says:
      April 7, 2026 at 7:55 pm

      Glad you liked this part shaba 🤗
      Next part hama v avahah IA 💙
      Love you too, You also tc 💋✨

  5. Un_known says:
    April 7, 2026 at 3:25 pm

    Masha Allah mi part vx vrh reethi 🤩 💯
    Vhk dhaagoii vrh reethi…
    Alaii salaamaiy kohdhehcheyy muxo…
    Black cats ge bai aima Kuda koh jehilun vejje….
    I really love cats…vrh Ginain feney 😐
    Vrh curious vejje..
    When’s next????
    Luv your tales…
    Keep it up👏🏻
    Alhuganduge support IA muxo ah abadhu vx libeyne…

    1. _MuXo_ _MuXo_ says:
      April 7, 2026 at 7:57 pm

      Awwn, really happy to see your comment Un_Known 🥰
      Glad you like the story
      IA alaika mikamun salaamah vaane ✨
      Oohh.. A cat lover
      Next part dhen in vhk liyelaafa dhw
      Thank you for letting me know that I have got your full support darls 😭💙
      Sorry for the late reply 😔

  6. Anonymous says:
    April 10, 2026 at 10:07 pm

    Kn irakun vhk thah upload kurany 🙄

Comments are closed.



All Right Reserved!