މުދިންބެ މިސްކިތުން ނިކުމެ ހިނގައިގަތެވ.ެ އެވަގުތު ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް އައިސް އަތުގައި އެ ހިފާލީ ކުޑަކުޑަ އިސްމާއިލެވ.ެ ކޮންމެ ނަމާދަކަށްފަހ،ު އާދަވެގެން ހިނގަމުންދާ
.ކަމެއްކަމަށްވާތ،ީ މުދިންބެގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވ.ެ އަދި އިސްމާއިލުގެ އަތުގައި ހިފާލައިގެން ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ
އިސްމާއިލުގެ އުމުރުން އެންމެ ދިހަ އަހަރެވ.ެ އިސްމާއިލުގެ ބައްޕަ ދުނިޔެއަކު ނެތެވ.ެ ސުނާމީ ކާރިސާގައި ގެއްލުނު ގޮތަށް އަދި އަދަށްދާންދެންވެސް ނުފެނެއެވ.ެ އޭގެފަހުން މިހާރުވީ
ދުވަހެއްވީއެވ.ެ އެކަމެއް ހިނގާ ދިޔައީ އިސްމާއިލުގެ އުމުރުން އެންމެ ދޮޅުއަހަރުގައި ކަމަށްވުމުން ބައްޕަ ނެތުމުގެ އިހްސާސެއް އިސްމާއިލަކަށް ނުކުރެވެއެވ.ެ އިސްމާއިލު ބަލާ ބޮޑުކުރަމުން
އަންނަނ،ީ އިސްމާއިލުގެ މަންމައާއި މަންމަ ފަރާތު އާއިލާއެވ.ެ ސުކޫލަށް ފިޔަވާ އިސްމާއިލު ގެއިން ބޭރަށް ނިކުމެ އުޅެނީ މިސްކިތަށް ދިޔުމަށެވ.ެ އިސްމާއިލު ބަލައި އަދި ގެޔަށް ލައިދީ ހަދާ
.އުޅެނީ އިސްމާއިލުގެ މަންމަ ފަރާތު ބޮޑުބ،ެ ރަށުގެ މުދިންބެއެވެ
އިސްމާއިލުގެ މިޒާޖު ހުންނަ ގޮތުން މާގިނަ ރައްޓެހިންނެއް ނުތިބެއެވ.ެ ނަމަވެސ،ް އަލީ އަދި ހަސަނަކ،ީ އިސްމާއިލުގެ ކިލާސް ދެކުދިންކަމަށްވުމުން ދޭތެރެ ދޭތެރެއިން ހިނގާލަން ދެއެވ.ެ
.އެއީވެސ،ް ހާލަކުން ފަހަރަކުއެވެ
އޭގެތެރެއިން ދުވަހެކެވ.ެ އަސުރު ނަމާދުކޮށްގެން ނިކުތްވަގުތު އަލީއާއި ހަސަނުއައިސް އިސްމާއިލް ކައިރިން ހިނގާލަން ދާން އެދުނެވ.ެ ކައިރީގައި ހުރި މުދިންބެ ކައިރިން ހުއްދަ ހޯދުމަށްފަހު
ތިންކުދިން މިސްރާބު ޖެހީ ރަށުގެ ބޮނބިތަޅާމަގާ ދިމާލަށެވ.ެ ހެޔޮވަރު ވަރަކަށް ވައިޖެހޭ ދުވަހެއްކަމުނ،ް ބައެއް ކުދިވެރިން މަޑިއެރުމަށް ނިކުމެ އުޅެއެވ.ެ އިސްމާއިލްމެން ތިންކުދިންވެސް
.ގޮނޑުދަށުގައި ޖައްސާލައިގެން ތިބެ ކުޅެންފެށިއެވެ
އިރު ތިރިވ،ެ މުޅި އުދަރެހަށް އޮރެންޖު ކުލައެއް ވެރިވެއްޖެއެވ.ެ ކުޅިވަރުގައި ޖެހިފައިތިބިލެއް ފޯރިގަދަކަމުނ،ް ވަގުތު ދިޔަގޮތްވެސް އިސްމާއިލާއ،ި އަލީ އަދި ހަސަނަކަށް ނޭނގުނެވ.ެ އޭރު އެތާ
ކުޅެން ތިބި އެހެން ހުރިހާ ކުދިން އިރު އޮއްސުމުން ގެޔަށް ގޮއްސިއެވ.ެ އެވަގުތ،ު އެ ތިން ކުދިން ހޭވެރިކަންވީ މަޤުރިބް ނަމާދަށް ގޮވުމުންނެވ.ެ އިސްމާއިލް އަވަސް އަވަހަށް ތެދުވެ ގައިން ވެލި
ފޮޅާލައި ދުއްވައިގަތެވ.ެ ގެޔާ ދިމާލަށެވ.ެ ނަމާދަށް ދިޔުމަށެވ.ެ ނަމަވެސ،ް އިސްމާއިލުގެ ހުރަހަކަށްވ،ީ އަލީއާއި ހަސަނެވ.ެ އެކި އެކި ވާހަކަ ދައްކައިގެން އިސްމާއިލް މަޑުކުރުވިއެވ.ެ އަދި
.ހިނގާފައި ގެޔަށް ދިޔަކަމުގައި ވިޔަސް ލަސް ނުވާނެ ކަމުގައި ބުނެގެން މަޑު މަޑުން ތިން މީހުން ހިނގައިގަތެވެ. އޭރު އެ މަގުވަނީ ވަށައިގެންވާ ގަސްތަކުގެ ހިޔަނިންނާއި ރޭގަނޑުގެ އަނދިރިކަމުން އިންތިހާއަށް އަނދިރިވެފައެވ.ެ އިސްމާއިލް ކިތަންމެ ބިރު ގަތްނަމަވެސ،ް އަލީއާއި ހަސަނު ބިރު ނުގަންނާތީ
އިސްމާއިލުވެސް ބިރު ނުގަންނަ ކަމަށް ހެދިގެން ހިނގަމުން ދިޔައެވ.ެ ގަހެއްގެ އޮފިގަނޑެއް އަތު ޖެހުނަސް ޖަހާލަމުނ،ް ބިންމަތީ ކާއްޓެއް ކުރޮޅިއެއް އޮތަސް ބޯޅައެއްހެން ޖަހާ އެއްކައިރި
ކުރަމުން ތިންމީހުން ކުރިޔަށް ދިޔައީ ދުނިޔެމަތީގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވ.ެ އަލީއާއި ހަސަނު ކަންތައް ކުރާގޮތް ބަލަމުން އިސްމާއިލުވެސް އެކުދިންހެން ކޮންމެ އެއްޗެއް ފެނުނަސ،ް
ފައިން ޖަހަމުން ދަނިކޮށް ކުއްލިއަކަށް ވަލުތެރެއިން ބުޅަލެއް ގޮވައިލި އަޑު އިވުނެވ.ެ އެކަމާ އަޅާ ނުލާ ކުރިޔަށް ދަނިކޮން “އިސްމާއީލ..ް” އޭ ބުނާ އަޑު އިވުނެވ.ެ ބިރުވެރި އަޑަކުންނެވ.ެ
.އިސްމާއިލުގެ ހިތް ބިރުގަންނަން ފެށިއެވ.ެ އަދި ހިނގުން ބާރުކޮށްލިއެވ.ެ އެހެން ކުދިންނަށް އެއަޑު އިވުންހެނެއް ހިއެއްނުވެއެވ.ެ ސަކަރާތްޖަހަމުން ކުރިޔަށް ދާތީއެވެ
އިސްމާއިލުމެން ގެޔަށް ދެވެން އޮންނަ މަގާ ހަމައަށް އެރިތަނާހެން ކަޅު ބުޅަލެއް މަގު ހުރަސް ކޮށްލިއެވ.ެ އަދި މަގުގެ މެދުގައި ހުއްޓިލިއެވ.ެ އެ މަންޒަރު ފެނުނީ އިސްމާއިލަށް އެކަންޏެވ.ެ އެ
ބުޅަލުގެ ދެލޯހުރީ ދިއްލިފައެވ.ެ އަނގައިގެ ދަތްތައް ވަނީ ނިކުމެފައެވ.ެ އިސްމާއިލަށް ބަލަން އޮތްގޮތުން ދެންމެ ދެންމެ އިސްމާއިލާ ދިމާލަށް ފުއްމައިގަނެދާނޭ ހިތަށް އަރަމުން ދިޔައެވ.ެ
ބަލާކަށް ނުހުރެވުނެވ.ެ ގުންފައި ޖަހާފައި ގެޔާ ދިމާލަށް އިސްމާއިލު ދުއްވައިގަތެވ.ެ އައްޔާއި ހަސަނަށް ބެލުމެއްނެތިއެވ.ެ އިސްމާއިލަށް ދުއްވައިގަތީ ކީއްވެގެންކަން ނޭނގޭތީ އަލީ އަދި
.ހަސަނުވެސް ދުއްވައިގަތެވ.ެ އަވަހަށް ގެޔަށްދެވެނީ ކާކަށްތޯ ބަލަން ހެދި ގޮތެއްކަމަށްބަލައެވެ
އިސްމާއިލް ފެންވަރައިގެން ނިކުމެ މިސްކިތަށްދާން ނުނިކުމެ ގިނައިރުވުމުނ،ް އިސްމާއިލުގެ މަންމަ އާބިދާ ކޮޓަރިއަށްވަދެ ދޮރު ހުޅުވާލިއިރު ކަމަކު ދާކަށްނެތެވ.ެ އިސްމާއިލު އޮތީ ހުން އައިސް
ރަތްވެފައެވ.ެ ތުރުތުރު އަޅަމުންދިޔައިރ،ު ކޮންމެވެސް އެއްޗެއް މަޑުމަޑުން ކިޔާހެން ހީވެގެން އާބިދާ ލެފިލިއެވ.ެ “އެ ބުޅ…ާ ކަޅު ބުޅ….ާ ދެލ…ޯ މަންމ…ާ ބުޅާ” ތުރުތުރުއަޅާ އަޑަކުން
.އިސްމާއިލް ކިޔަމުން ދިޔައެވެ
އާބިދާވަރަށް ކަންބޮޑުވިއެވ.ެ އަވަސް އަވަހަށް އިސްމާއިލް އުރާލައިގެން ބާރުބާރަށް ހިނގާފައި މަރުކަޒަށް ދިޔައެވ.ެ އަދި އެވަގުތު ހުރި ޑަކްޓަރަށް ދެއްކިއެވ.ެ ވަގުތުން އިސްމާއިލް
އެނދުމަތިކުރުމަށް އިރުސާދު ދިނުމުން މަރުކަޒުގައި މަޑުކުރިއެވ.ެ މަރުކަޒުގައި އުޅެނީ އެންމެ ޑަކްޓަރަކާއ،ި ނަރުހެކެވ.ެ ޑަކްޓަރު ބެލުމަށްފަހ،ު އެއީ އާދައިގެ ހުމެއްކަމަށް ބުނުމުން އާބިދާއަށް
.ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވ.ެ އޭރު މުދިންބެވެސް އައިސް މަރުކަޒަށް ވަދެއްޖެއެވެ. މުދިންބެ އައިސް އިސްމާއިލު ބާއްވާފައިއޮތް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވ.ެ އޭރުވެސ،ް އިސްމާއިލްގެ ހުމަކަށް ބަދަލެއް ނާދެއެވ.ެ ކިޔަމުން ދިޔަ ގިލަންފައްޗަކަށްވެސް ބަދަލެއް
ނާދެއެވ.ެ އެއްވާމެއްގައި ކިޔަމުންދިޔައެވ.ެ އެމަންޒަރު ފެނިފައި މުދިންބެ އިސްމާއިލްގެ ނިއްކުރީގައި އަތްލިއެވ.ެ އަދި ކޮންމެވެސް އެއްޗެއް ކިޔަން ފެށިއެވ.ެ ނިތްކުރީގައި އަތްބާއްވާލައިގެން
އިނދެ ކިޔަވަމުން ދިޔަ ވަރަކަށް އިސްމާއިލުގެ ގޮވުންތައް ދިޔައީ ބާރުވަމުންނެވ.ެ ހަށިގަނޑަށް އެކި ގޮތްގޮތްވަމުން ދިޔައެވ.ެ އެއްލި އެއްލި ޖެހޭ ފަހަރުވެސް އާދެއެވ.ެ މި މަންޒަރު ބަލަން ހުރި
.އާބިދާއަކަށް ކެތެއް ނުވިއެވ.ެ “މުދިންބ..ޭ ކިހިނެތް ތިހަދަނީ އަހަރެންގެ އިސްމާއިލަށ…ް ” ރޮއެގަނެފައި އާބިދާ މުދިންބެއާ ދިމާލަށް ބުންޏެވެ
އާބިދ…ާ އިސްމާއިލް މިތާ ބާއްވައިގެން ރަނގަޅެއް ނުވާނ..ެ މީ ބޭހަކުން ރަނގަޅުވާނެ ކަމެއްނޫނ.ް އެހެންނަމ،ަ އަހަރެން ކިޔަވަން ފެށީމަ އެފާޑަކަށް ނުތެޅޭނ.ެ މީ އެހެން ކަމެއ.ް ހިނގާ”
އިސްމާއިލް ގޮވައިން އަވަހަށް ގެޔަށްދާނ.ް” ކިޔަވަން އިން މުދިންބެ ކިޔެވުން ހުއްޓާލުމަށްފަހ،ު ބުންޏެވ.ެ އެހެން ބުނުމާއެކ،ު އާބިދާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެއްޖެއެވ.ެ ހާސްކަމާއި
ބިރުވެރިކަން ފެންނަން ފަށައިފިއެވ.ެ ވާނީވެސް އެހެންތާއެވ.ެ ހުރި ހަމައެކަނި ދަރިފުޅު ކުރިމަތީ އޮވެގެން މޮޔަ ގޮވަނީއެވ.ެ އޮތީ ހުންއައިސް ރަތްވެފައެވ.ެ މަޔަކަށް އަސަރުކުރާނީ އެހާވަރަށެވ.ެ
.އާބިދާގެ ބަޑިފަޅައިގެން ދިޔައެވ.ެ އިސްމާއިލަށް އަޑުން އަޑުނަގައި ގޮވަން ފެށިއެވެ
ލައްކަ މަސައްކަތަށްފަހ،ު އާބިދާ މަސަލަސް ކުރުމަށްފަހު މަރުކަޒުން ހުއްދަ ހޯދައިގެން މުދިންބެގެ އެދުމުގެ މަތީން އިސްމާއިލް ގެޔަށް ބަދަލު ކުރިއެވ.ެ އިޝާ ކޮށްލައިގެން އަންނާނެކަމަށާއި
.އަންނަން ވާއިރަށް އިސްމާއިލް ބޮލަށް ފެންއަޅައިގެން ފެންވަރުވާލުމަށް ބުންޏެވ.ެ ނަމަނަމަ އުޑު ފެންނަ ހިސާބަށް ނުނެރުމަށް އެދުނެވެ
އިޝާ ނަމާދުކޮށް އަވަދިވެގެން މުދިންބެ ދިޔައީ އިސްމާއިލް ކައިރިއަށެވ.ެ އޭރު މުދިންބެ އެދުނު ގޮތަށް އާބިދާވަނ،ީ އިސްމާއިލް ފެންވަރުވާފައެވ.ެ ހުންވެސް ކުރިޔަށްވުރެ މަޑުހެން ހީވެއެވ.ެ
އެހެންނަމަވެސ،ް އިސްމާއިލް ކިޔަމުންދާ ކިޔެވެއްޔަކަށް ބަދަލެއް ނާދެއެވ.ެ ބައެއް ފަހަރު ކޮޓަރި ފެންލައިޓާއި ދިމާލަށް އިނގިލި ދިއްކޮށްފައި ރޮއެވެސް ގަނެއެވ.ެ އާބިދާވެސް ބިރުން
.އިސްމާއިލްގެ ގައިގައި ބައްދާލައެވެ
މުދިންބެ ވަދެ އިސްމާއިލްކައިރިން އާބިދާ ދުރުކުރިއެވ.ެ އަދި ފެންތައްޓެއް ގެނައުމަށް އެދުނެވ.ެ އަދި ފެންތަށި ގެނައުމުން އިސްމާއިލުގެ ހަށިގަނޑު ތެދުކޮށްލިއެވ.ެ އަދި އުއްޑުން ބާއްވައި
ބޯލާކޮޅުގައި ގޮނޑިއެއް ބެހެއްޓުމަށްފަހު އިށީނެވ.ެ އަދި އިސްމާއިލުގެ ބޮލުގައި މުދިންބެ ކަނާތު އަތް ބާއްވާލައި ކިޔަވަން ފެށިއެވ.ެ ކިޔަވަން ފެށުމާއެކު ކުރިންވީހެން ބާރުބާރަށް އިސްމާއިލް
ތެޅެންފެށިއެވ.ެ އަދި ގޮވާ ގޮވެލިތައް ބާރުވެ ކިޔާނުކިޔާ އެއްޗެއް ސާފު ނުވާހައި ހަލުވިވެސް ވެއްޖެއެވ.ެ ބާރުގަނޑެއް އިސްމާއިލްގެ ހަށިގަނޑަށް އައިސް ދެފައި އުކަންފަށައިފިއެވ.ެ ހީވަނީ
.ކޮންމެވެސް އެއްޗެއްގައި ފައިން ޖަހަން މަސައްކަތް ކުރާހެނެވެ. ނިކަން ބުނެބަލ.ަ ކަލޭ މި ކުޑަ ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ވަނީ ކީއްވެ؟ މި ކުއްޖާ ކޮން ކަމެއް ކޮށްގެންތަ؟ ޖަވާބު ދީބަލަ؟” މުދިންބެ ކިޔަވަން އިން އެތި ހުއްޓާލުމަށްފަހ،ު އިސްމާއިލްގެ
ހަށިގަނޑުގައި ބާރަށް ހިފަހައްޓަމުން ބާރަށް ބުންޏެވ.ެ އޭރުވެސ،ް މިވެގެން އުޅޭގޮތެއް އިސްމާއިލްގެ މަންމަ އާބިދާއަކަށް ނޭނގެއެވ.ެ “ކަލޭ ބުނާނީތ…ަ ނޫނީ ކަލޭގެ ދުވަސް ދުއްވާލާނީތަ؟”
.އިހުނަށްވުރެ ރުޅިވެރިކަމާއެކު މުދިންބެ ބުންޏެވެ
އަހަރެނ…ް އޭނާއަކަށް ކަމެއް ނުކުރަނ….ް އޭނާ އަހަރެންނަށް ގޯނ…ާ ކުރ…ީ އޭނާ އަހަރެންގެ ގައިގާ ކޮޅުފައިން ޖެހ…ީ” އަޑު ނިކުމެގެން އަންނަނީ އިސްމާއިލުގެ އަނގަތެރެއިން ކަމަކު އެއީ”
.އިސްމާއިލްގެ އަޑެއް ނޫނެވ.ެ އެ އަޑުގައިވަނީ ބިރުވެރިކަމާއި ނާމާން ކަމެވ.ެ ބަރު އަޑެކެވ.ެ ބައެއް ފަހަރު މާދުރުން އަންނަ އަޑެއްހެންވެސް ހީވެއެވެ
.ގޯނާ ކުރަން ކީއްތަކުރ…ީ މި ކުއްޖާވެސް ގަސްތުގައެއް ގޯނާއެއް ނުކުރާނ..ެ ކަލޭ ކޮންތާކު ކީއްކުރަން ހުއްޓަތަ ގޯނާ ކުރީ؟” މުދިންބެގެ ސުވާލުތައް އޮއްސާލިއެވ.ެ ރުޅިވެރިކަމާއެކުއެވެ”
އަހަރެނ….ް އަހަރެން ކޮންމެ ދުވަހަކުވެސް އިރުފުހޭ ވަގުތު މަގުމަތީ އޮންނަނ.ް އަރާމު ކޮށްލަނ…ް ކާއްޓަކަށް ވެގެން އޮއްވަ އަހަރެންގެ ގައިގަ މިސޮރު ކޮޅުފައިން ޖެހ…ީ އެހެން އޮތެއްކަމަކު”
.ނުޖެހޭނެ ޖަހާކަށ..ް މިސޮރު ދުލެއް ނުކުރާނަނ…ް އަހަރެންނަށް ކުރި އަނިޔާ ކުރާނަނ…ް” އިސްމާއިލުގެ އަނގައިން ބޭރުވަމުން ދިޔައެވ.ެ ހުއްޓެމުންނެވ.ެ ކުކުރަމުންނެވެ
ތީ އެސޮރުގެ މައްސަލައެއް ނޫނ.ް ކަލޭ ކީއްވެ އެތާ އޮންނަންވ…ީ އެހެންނޫނަސް ކާއްޓެއްގެ ސިފައިގާ ކަލޭ އޮންނާކަށްވެސް ނުޖެހެއެންނ…ު އިސްމާއިލް ކީއްވެތަ އެގަޑީ އެގޮތަށް ބިންމަތީ”
.އޮންނަ އެއްޗިއްސުގަ ފައިން ޖަހަނ…ީ ކީއްވެ އެގަޑީ މިސްކިތަށް ނުގޮސް އެތަނަށް ދިޔައީ؟” މިފަހަރު މުދިންބެގެ ސުވާލުތައް ދެމީހުނަށް އަމާޒުކުރުވިއެވެ
އަހަރެންނަށް މާފުކުރ..ޭ އަހަރެން ދެން ދުވަހަކުވެސް އެގޮތަށް އެކަންތަކެއް ނުކުރާނަނ..ް ރައްޓެހިންގެ ބަހަށް ހެއްލިގެން އަހަރެންނަށް އެތަނަށް ދެވުނ…ީ އަދި އައި މަގުމަތީގަ ޖެހުނު”
ސަކަރާތުގެ ތެރެއިން ބިންމަތީ އޮތް ކާއްޓެއްގައި ޖެހުނ…ީ އެއްވެސް ހާލެއްގަ މީހަކަށް ގެއްލުން ދިނުމުގެ ނިޔަތެއްގައެއް ނޫނ…ް” ރޮމުން ރޮމުން އިސްމާއިލް ބުނަމުން ދިޔައެވ.ެ އޭރު
.އިސްމާއިލްގެ ހުންގަނޑުވެސްވަނީ މައިތިރި ވެފައެވެ. އެންމެ ރަނގަޅ…ު އިސްމާއިލް އަށް ކުރެވުނީ ކުށެއ.ް އެކުށް އެސޮރު ގަބޫލުކޮށްފ.ި ދެންވެސް ކަލޭ އިސްމާއިލް ހަށިގަނޑުން ނުނިކުންނާނަންތަ؟ ނޫނީ ގަދަކަމުން ނެރެންވީތަ؟ އަހަރެން ނެރެން
އުޅެފިނަމ،ަ ކަލޭ ގެ ދުވަސްދިޔުމަކީ އެކަށީގެންވާ ކަމެއ.ް ހަދަންވީގޮތެއް ކަލޭ ނިންމާ!” އިންޒާރު ދެމުން މުދިންބެ ބުންޏެވ.ެ މުދިންބެ ވާހަކަދައްކާ ވަގުތު ފިޔަވާ ދެން ހުރިހާ އިރަކު ކޮންމެވެސް
.އެއްޗެއް ކިޔަވައެވ.ެ ދޭތެރެ ދޭތެރެއިން ފެން ތައްޓަށް ފުމެލާފައި އިސްމާއިލްގެ ގަޔަށް ފެން ބުރުވާލައެވެ
ނޫނ…ް ނޫނ.ް ތިހެން ނުހަދ..ާ އަހަރެންނަށްވެސް ކަންތައް ކުރެވުނީ ގޯސްކޮނ..ް އަހަރެންވެސް އެހެން އެތާނގަ އޮވެގެން ނުވާނ.ެ އެކަމަކު މިއުޅޭ ކުދިން ކައިރީ ބުނޭ ދެންވެސ،ް އެއްޗެއް”
ފެންނައިރަށް ބޯޅައަކަށް ހަދައިގެން ނުތަޅަނ.ް އަދި އަމުދުން އެވަގުތަކީ އަހަރުމެން އެންމެން ރަށުތެރޭގަ ފިނިބުރު ޖަހަން ނިކުންނަ ވަގުތ..ު ނުލަފާ އެއްޗަކާ ޖެހުނީމަ އަހަރެން މިހެން
ދޫކޮށްލިޔަސ،ް އޭރުން އުނދަގޫވާނ.ެ” އިސްމާއިލުގެ ހަށިގަނޑަށް ވަދެފައިވާ ޖިންނި މަޑުމަޑުން ބުނަމުން ދިޔައެވ.ެ އިސްމާއިލް މެދުވެރިކޮށެވ.ެ އަދި އެހެން ބުނެފައި ބާރުގަނޑެއް އައިސް
.އަތްފައި ރޫރޫ އަޅުވާލާފައި އިސްމާއިލްގެ ހަށިގަނޑު މައިތިރި ވެއްޖެއެވ.ެ އޭރު ހުންގަނޑުވެސް ފިލައިފިއެވ.ެ ހުމުގެ އެއްވެސް އަސަރެއް އިސްމާއިލްގެ ނެތެވެ
އާބިދާއަށް އެނގިއްޖެދޯ މިވީގޮތް؟” ހިފައިގެން އިން ފެންތަށި އާބިދާއަށް ދިއްކޮށްލަމުން މުދިންބެ ބުންޏެވ.ެ “ދެންވެސް ދަރި ނަމާދަށް ދިޔަސ،ް ކޮންމެ ތާކަށް ދިޔަސ،ް ދަރި ގެޔަށްނައިސް”
ލަސްވާނަމަ ހޯދަން ދާންވާނ.ެ އަމުދުން އިރުފުހޭ ވަގުތަކ،ީ ނާމާން ވަގުތެއ.ް ދަރީން އުޅޭ ގޮތާ އުޅޭ ރަހުމަތްތެރީން ބަލަން ވާނ.ެ ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ކުއްޖެއްގެ ވިސްނުން
ބަދަލުވެދާނެކަން ޖެހޭނެ ގަބޫލު ކުރަނ.ް މިވެސް ލިބުނު އިބުރަތެއްކަމަށް ބަލަންވާނ.ެ ނަސީބު ރަނގަޅުކަމުން މިފަހަރު މި ޖެހުނު އެއްޗަކީ ތަންކޮޅެއް ޅަ ޖިންނިއެއ.ް އެހެން ނޫންނަމ،ަ
.ކޮންމެފަދަ ގޮތެއްވެސް ވުން އެކަށީގެންވ.ޭ” އެހެން ބުނެފައ،ި އިސްމާއިލްގެ މޫނުގައި ދޮނެއް ދިނުމަށްފަހު ނިކުމެގެން ދިޔައީއެވެ
މަންމ..ާ އަހަރެންނަށް މާފުކުރ…ޭ އަހަރެން ދެން ދުވަހަކުވެސް އިރުފުހޭ ވަގުތު އެގޮތަށް ތަންތަނަށް ސަކަރާތް ޖަހާކަށް ނުދާނަން” އާބިދާގެ ގައިގާ ބާރަށް ބައްދާލަމުން އިސްމާއިލް”
. ބުނެލިއެވެ
ނީމުނީ
One Comment
Comments are closed.

.މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. މިސްޓޭކޫ ހުރެދާނެ, އޭކަމަށް ނިހާޔަތަށް މާފަށް އެދެން…. ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެކަމަށް އުނމީދު ކުރަން