Skip to content
އެސްފިޔަ

އަންހެން ކުއްޖެއްގެ ދުލުން

މިޔަދު އަހަރެން ގެ އުއްމީދުތައް ފެނައް ވެގެން އެ ދިޔައީ އެވެ އަންނަ މަހު ގައި އަހަރެންގެ މައިންބަފައިން ކައިވެނި ކުރަން ހަމަ ޖައްސާފިއެވެ . އަހަރެން ގެ ކުށަކީ ކޮބާ ހެއްޔެއެވެ . އަހަރެން ލޯބިވާ މީހަކާ އެކު ދިރިއުޅެން ބަހައްޓާބަލާށެއެވެ . އަހަރެން ގެ އެންމެ ލޯބިވާ އެއްފަރާތާ ކައިވެނި ކުރުމުގެ ފުރުސަތު އަހަންނަށް ދީބަލާށެއެވެ .  އެތަކެއް އުއްމީދު ތަކާ އެތަކެއް ހުވަފެން ތަކެއް ބަރުބާދު ތި ކުރަނީ ކީއްވެގެން ހެއްޔެއެވެ .

ކޮންމެ ދުވަހަކު ވެސް އަހަރެން އެކަނިމާ އެކަނި މި ނިދަނީ ރޮމުން ކަން އިގޭ ހެއްޔެއެވެ . އެކަން އަހަރެންގެ މައިންބަފައިން ނުވިސްނެން ވީ ކީއްވެގެން ބާވައެވެ . އަހަރެން މިޔަދު މާޔޫސް ތި ކުރުވަނީ ކީއްވެގެން ހެއްޔެއެވެ .

އަހަރެންނަކީ ވެސް އިންސާނަކީމެއެވެ . އަހަރެން ވެސް އެތަކެއް އިހުސާސްތަކަކާއި އެތަކެއް އުއްމީދު ތަކެއް އެބަހުއްޓެއެވެ . އަހަރެންނަށް އޯގާތެރިވާނޭ ފިރިހެނެއް އެބަ ހުއްޓެއެވެ .

ލޮއިއްބާ އަޅާލުން ، އޯގާތެރި ކަމާއި ކުލުނުން ފުރިގެންވާ ފިރިހެނެއް އަހަރެންގެ ދިރިއުޅުމަށް އައިސްފާ ކަމުގެ އިހުސާސް ކުރެވެއެވެ . މާޒީ އަކީ މާޒީ … އަބަދު ވެސް އަހަރުމެން މަސައްކަތް ކުރަމުން މި އަންނަނީ އުފާވެރި ދިރިއުޅުމެއް ފެނޭ ތޯއެވެ .  އެތަކެއް އުއްމީދު ތަކެއް ފެންނަން ހުރީމައެވެ .  މާދަމާ ވެސް އަހަރެންގެ މައިންބަފައިންނަށް އަހަރެން އިންނަ ފިރިހެން މީހާ ގޯސް ވެގެން އެ މީހާ ދުރު ކޮއްލާ އެއްލާ ލާނެ ކަން އަހަންނަށް ކަށަވަރުވެއެވެ .

އަހަރެންގެ ކުރިމަގު ތި ބަނަ ކުރަނީ ކޮއް ކަމެއް އޮވެގެން ހެއްޔެއެވެ . އަހަރެން ގެ ކުށަކީ ކޮބައިކަން ބުނެދީބަލާށެއެވެ.

ބައްޕާ ! މަންމާ ! އަހަރެންނަށް މާފް ކުރާށެއެވެ . އަހަރެންނަށް މި ކަންތައް ތައް ކުރެވެން ނެތް ވާހަކަ ހިތާމަ އާ އެކު ބުނެލަމެއެވެ . އަހަރެން އަބަދުވެސް ބަލަމުން އަންނަނީ އަހަރެންނަށް އުފާވެރި ކަމެއް ލިބުމަށެއެވެ . އަހަރެންނަށް ހިތް ހަމަ ޖެހުމަށެއެވެ . އެކަމަކު މަންމަ މެން ތި ކުރަނީ މުޅިން ވެސް އަހަރެން ހިތްދަތިވާ ކަން ކަމެއެވެ . އަހަރެން ނުރުހުމުގައި ތި ކައިވެނި ކުރުމުގައި އަހަންނަށް އޮތީ ކޮން އުފަލެއް ހެއްޔެއެވެ . އަހަރެންނަށް އެއްވެސް އުފަލެއް ނެތެއެވެ . މިއީ ކުރީޒަމާނެއް ނުމެ ނޫނެއެވެ .

އަހަންނަކީ ކުޅޭ ކުޅޭ ބުދެއް ނުމެ ނޫނެއެވެ . އަހަރެންގެ ވެސް އިހުސާސް ތަކެއް އެބަހުއްޓެއެވެ ނަމަވެސް އަހަރެންނަށް އެއްވެސް އުފަލެއް ނެތެއެވެ .

ނިމުނީ