Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ޝައިތާނުންގެ ކޮޓަރި

EXO
EXO Level 210 Stories100 Login
March 4, 2026 4 Mins Read
7 Comments

ލަވަޔާ މިޔުޒިކްއަކީ ހަރާމް އެއްޗެއްކަން އެނގޭއިރުވެސް އެކަން ކުރާ މީހުން މަދެއްނޫނެވެ. ސްޓޭޖްތަކުންނާ ޝޯތަކުގައި ޒުވާނުން އަވަދިނެތި މިދަނީ ހަލާކުވަމުންނެވެ. އެންމެ ފަހަށް ކެފޭތަކުންފަށައިގެން ގޭގެތެރެއަށްވެސް މިވަނީ ލަވާޔާ މިޔުޒިކްވަދެ އަލާވެފައެވެ. ރައްޓެހިންނާ ރަހުމަތްތެރިން އެއްތަންވެލަން ޝައިތާނާގެ ކޮޓަރިޔެއްގައި މަޖާނަގާ ލަވަކިޔަމުންދަނީ އެއްވެސް ބިރެއް ފިކުރެއްނެތިއެވެ.

އެހެން ރޭތައް ފަދައިން މިރޭވެސް ފެންވަރާލާ ރީތިވެލައިގެން އަޝްފާ އިނީ އޭނާގެ ރައްޓެހިން ގުޅަންދެންނެވެ. ފޯނުން މިރޭ ކިޔާނެ ލަވަޔެއް ހޯދަމުންދިޔައެވެ. އޭނާ ބޭނުންވާ ލަވަ ފެނުމުން ކުޑަކޮށް ކިޔާލުމަށްފަހު ސޭވްކޮށްލިޔެވެ. އިރުކޮޅަކުން އޭނާގެ ރައްޓެހިން ގުޅުމުން ގެއިން ނުކުތެވެ. ބަލާ އައިސް ތިބީ އެކުވެރިން އުމަރުއާ، ފިރާޝް އަދި ރަހްމާއެވެ. އެންމެ އެއްކޮށް އެމީހުން އާންމުކޮށް ކޮފީބޯ ކެފޭއަށްދިޔައެވެ. އަޝްފާމެންގެ ގުރޫޕް ފެނުމާއެކު ތަނުގައި ހުރި ވެއިޓަރު އައިސް ހުރިހާ ކަމެއް ހަމަޖައްސާލާދިނެވެ. ވަގުތުން ކަރޯކޭ ކޮޓަރި ހަމަޖައްސާ އެމީހުން ވެއްދުމަށްފަހު ކޮފީއާ ކާނާ ގެނެސްދިނެވެ. އެރޭގެ މަޖާގަނޑުތެރޭގައި ގޮސް މެންދަމުން އަލިވެ ދޭއްޖަހާފިޔެވެ. ހުރިހާ އެންމެން ކަރޯކޭއިން ނުކުތެވެ. އަދި އިތުރު ކޮފީއެއް ނަގައިގެން ޖައްސާލިޔެވެ.

ފިރާޝް : އޭ އަޝްފާ މިރޭ ހާދަ ރީއްޗޭ އެނގޭ ލަވަކިޔާލިލެއް

އަޝްފާ : ސާބަސް ފިރާޝް މަ ވަރަށް ޕްރެކްޓިސްކޮށްފަޔޭ އައީ

އުމަރު : މިހާރު މީނާއަށް ޝޯތަކަށްވެސް އެރޭނެ

ރަހުމާ : އާނ ޔަގީން

ފިރާޝް : އޭ އަޝްފާ އެބައިނޭ ހިޔާލެއް

އަޝްފާ : ކޮބާ؟

ފިރާޝް : ހިނގާބަލަ އެންމެން ލާރިލައިގެން ކަރޯކޭ ސިސްޓަމެއް ގަނެފަ ތިގެޔަށް ލަމާ.

އަޝްފާ : ތިކަންވެސް ވެދާނެ. އެކަމު ބައިންދަންޖެހޭނީ ސިޓިންރޫމްގަ. މަންމަވެސް ވަރަށް ފޮރި ހުންނާނެ ލަވަކިޔަން

ރަހުމާ : މާރަނގަޅަކަށްނު މި ވީ. ޙަރަދުވެސް ކުޑަވާނެ

އުމަރު : އޭ ދެން ކަރަންޓްބިލޯ؟

އަޝްފާ : އެ ބަހާލާނީ ހަ ހަ

ކޮފީ ނިންމާލުމަށްފަހު އަޝްފާ ގެޔަށްދިޔައެވެ. އެއިރު ގަޑިން ތިނެއް ޖަހާފިޔެވެ. ގޮސް ގެޔަށްވަދެ ނިދަން ޖައްސާލިޔެވެ. ނަމަވެސް ނުނިދާ ބޭނުންވީ އިތުރު ލަވަތައް ފޯނުން ބަލަންށެވެ. މިހެން އޮއްވާ ފަތިސްނަމާދު ބަންގި ދީފިޔެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު އަޝްފާގާތަށް ނިދިއަންނަންފެށިޔެވެ. އިރުކޮޅަކުން އަޝްފާގެ ދެލޯމެރި ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު އަޝްފާ ތެދުވިގޮތަށް ފެންވަރާލައިގެން ރަހްމަތްތެރިންނާއެކު ކަރޯކޭ ސިސްޓަމް ހޯދުމަށް ނުކުތެވެ. އެތައް ތަނަކަށް ދުއްވައިގެން ކަރޯކޭ ސިސްޓަމެއް ހޯދާފިޔެވެ. އެ ސިސްޓަމް ގެޔަށް ގެނެސް އަޝްފާ ކޮޓަރިޔަށްލުމަށްފަހު އަޝްފާގެ މަންމަ ގެނެސް އެ ދައްކާލުމުން މަންމަ ވަރަށް އުފާވިޔެވެ. އަދި އެރޭ ކަރޯކޭ ޖައްސަންވާނެކަމަށް ބުނެލިޔެވެ. ނަމަވެސް ބައްޕަ ނުރުހޭ ކަމެއް ކަމުން ބައްޕަ އައުމުގެ ކުރިޔަށް އެކަން ހުއްޓާލަންވާނެކަމަށް ބުނިޔެވެ. އަޝްފާގެ ބައްޕައަކީ ވަރަށްވެސް ދީންވެރި މީހެކެވެ. މީހުންގެ އިހްތިރާމްއާ ލޯބި ލިބިފައިވާ މީހެކެވެ. އަޝްފާގެ ބައްޕަ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައެވެ.

ރޭގަނޑު 8 ޖެހުމާއެކު ގޭތެރޭގައި ކަރޯކޭގެ ކުޅިވަރު ފަށައިފިއެވެ. މަންމަވެސް އަޝްފާވެސް ފޯރިނަގާފައި ލަވަކިޔަނީއެވެ. ފިރާޝްމެން ތިބީ އަތްޖަހާށެވެ. ފަހަރަކު މީހަކު މަންމައާއެކުވެސް ލަވަކިޔާލަމުންދިޔައެވެ. މިހެން ގޮސް އެރޭ ދިޔަގޮތްވެސް އެމީހުންނަށް ނޭނގުނެވެ. ހުއްޓާލަން އެނގުނީ ފަތިސްނަމާދު ބަންގީގެ އަޑަށްށެވެ. މިގޮތަށް ޖެހިގެން އައި ދުވަހުވެސް ކަންތައް ކޮށްފިޔެވެ. އެންމެ ފަހަށް މަންމަގެ ރައްޓެހިންވެސް ގެޔަށް ގެނެސް ކަރޯކޭ ޖައްސަންފެށިޔެވެ. އަޝްފާމެންނަށް ފުރުސަތެއްލިބޭ ގޮސް ނުވެއެވެ. އެހެންކަމުން މަންމައަށް ގެ ދޫކޮށްލާފަ އެމީހުން އަނެއްކާވެސް ކެފޭއަށްދާންފެށިޔެވެ. މިރެޔަކީ އަޝްފާގެ އުފަންދުވަހުގެ ރެޔެވެ. އެހެންކަމުން ކަރޯކޭގާ އަވަދިނެތި ވަގުތުތައް ހޭދަކުރަމުންދިޔައެވެ. އަޝްފާ ލަވަކިޔާ ނިންމާލުމަށްފަހު އިށީންދެ އިން ވަގުތު އާދަޔާ ޙިލާފަށް ކަރޯކޭ ކޮޓަރި ހޫނުވާންފެށިޔެވެ. އިރުކޮޅަކުން މީހާ ދާހިއްލާ ފޯވާންފެށިޔެވެ. އެއިރުވެސް ފިރާޝްމެން ދިޔައީ ލަވަކިޔަމުންނެވެ. އަޝްފާގެ ވަގުތު އަނެއްކާވެސް ޖެހުމުން ލަވަކިޔަން އެރިޔެވެ. ލަވަ ކިޔަމުން ފޯރީގަ ގޮސް ކަރޯކޭ ކޮޓަރިތެރެޔަށް ނަޒަރު ހިނގާލެވުނު ވަގުތު ބިރު ހަލާކުވާވަރުވިޔެވެ. ކޮޓަރީގެ ސޯފާތަކު ތަރުހީބުދޭން އާދަޔާޙިފު ބިރުވެރި ސިފަޔެއްގައި ތިބި ބަޔަކު ފެނުނެވެ. އެމީހުންގެ ލޯތައްވަނީ ރީނދޫކުލައިން ދިލިފައެވެ. އެމީހުންގެ އަތާ ފައިގެ އިނގިލިތައް ދިގެވެ. އަޝްފާ ލަވަކިޔުން ހުއްޓާލުމަށްފަހު ބޭރަށް ދުއްވައިގަތީ ހަޅޭއްލަވަމުންނެވެ. އަޝްފާ ފަހަތުން ފިރާޝްމެންވެސް ނުކުތެވެ.

ފިރާޝް : އޭ އަޝްފާ ކިހިނެއްވީ ހަމަޖެހިބަލަ

އަޝްފާ (ބިރުން ތުރުތުރުއަޅާ ހާލުގައި) މަ ދެން ދުވަހަކުވެސް މިތަނަށް ނާންނާނަން

ރަހުމާ : ކިހިނެއްތަ ވީ؟

އަޝްފާ : ކަލޭމެންނަށް ނުފެނޭތަ؟ އެތަނުގައި ތިބި އެއްޗެއްހިތަކެއް

އުމަރު : އެއްޗެހިތަކެކޭ؟

އަޝްފާ : އާނ ބިރުވެރި އެއްޗެހިތަކެއް. މަ ދެން ނާންނާނަން

އުމަރު : އަޝްފާ. ހިނގާ ދެން ގެޔަށް ދާން މިރޭ. މާ ބޮޑަށް ވަރުބަލިވީކަންނޭނގެ

އަޝްފާ ގެންގޮސް ގެޔަށް ލާފައި އޭނާގެ އެކުވެރިންދިޔައެވެ. ފެންވަރާލައިގެން އަޝްފާ އޮށޯތީ ނިދޭތޯއެވެ. ނަމަވެސް ނިދޭ ގޮތެއްނުވިޔެވެ. ފެންނަނީ އެމަންޒަރެވެ. މިކަމުގެ ތެރޭގައި ދެދުވަސްވީފަހުން އަޝްފާ ކުޑަކޮށް ހަމަޔަކަށް އެޅެމުންދިޔައެވެ.

އެއްރެޔެއްގެ މެންދަމެވެ. އަޝްފާއަށް ހޭލެވުނީ ހޫނުވާތީއެވެ. ހޭލެވުން އިރު މުޅި ގޭތެެރެ އޮތީ ކަނު އަނދިރީގައެވެ. ކަރަންޓެއް ނެތެވެ. ނަމަވެސް އަޝްފާގެ ކަންފަތުގައި މަންމަގެ އަޑު ޖެހެމުންދިޔައެވެ. މަޑުމަޑުން ފޯނުން އަލިކޮށްގެން މަންމަޔަށް ގޮވަމުން ފޭބިއިރު މަންމަ ހުރީ ކަރޯކޭ މައިކް ހިފައިގެން ސިޓިންރޫމްގަ ލަވަކިޔަންށެވެ. ކަރަންޓެއް ނެތަސް ކަރަންޓްދީގެން މަސައްކަތްކުރާ ކަރޯކޭ ސިސްޓަމްވަނީ ދިއްލިފައެވެ. މަންމަ ލަވަކިޔަމުދަނިކޮށް އަޝްފާ އައިސް މަންމައާ މުހާތަބު ކުރުމުން ޖަވާބެއް ނުދީ ލަވަކިޔަމުންދާތީ ކަންބޮޑުވާންފެށިޔެވެ. އިރުކޮޅަކުން މަންމަގެ އަޑު ފަހަތުން އެހެން އަޑުތަކަކުންވެސް ލަވަކިޔަމުންދާ އަޑު އިވެންފެށިޔެވެ. އަޝްފާ ބިރުން މަންމަ އަތުން މައިކް އަތުލަން މަސައްކަތްކުރުމުން މަންމަ އަޝްފާ ކޮއްޕާލުމަށްފަހު ލަވަކިޔުން ކުރިޔަށް ގެންދިޔައެވެ. އެންމެ ފަހު ފަހަރަށް އަޝްފާ މަސައްކަތް ކުރުމުން އަޝްފާގެ އަތުގައި މަންމަ ހިފާ ރުޅިވެރިކަމާއެކު މަންމަ ލަވަކިޔަން ބެހެއްޓުމަށްބުނެ ކޮއްޕާލިޔެވެ. މިހިސާބުން އަޝްފާ ތެދުވެގެން ގޮސް މަންމަ ކުރިމައްޗަށް ހުއްޓުމަށްފަހު މަންމަގެ މޫނަށް އަލިކޮށްލިޔެވެ. އެހިސާބުން މަންމަގެ ބިރުވެރި މޫނު ފެނިގެންދިޔައެވެ. ކޮލުގައި ވަނީ ވަކިދަމާފައެވެ. އެއް ކަންފަތުގެ ފޫޅުވަނީ ބުރިވެފައެވެ. އިސްތަށިގަނޑުވަނީ ހާވާލާފައެވެ. ދެލޯވަނީ ބޮޑުވެފައެވެ. އަނގައިން ހޯސްލާފައިދަނީ ލޭފައިބަމުންނެވެ. އަޝްފާ ބިރުން ދުވަމުން ގޮސް ކޮޓަރިޔަށްވަދެ ތަޅުލިޔެވެ. އަދި ފިރާޝްމެންނަށް ގުޅަ ހުރިހާ އެއްޗެއް ކިޔާދިނެވެ. މަންމަ ސަލާމަތްކޮށްދިނުމަށް އާދޭސްކުރަންފެށިޔެވެ. ބޭރުގައި ހުރި ބައްޕައަށްވެސް ވެގެން އުޅޭގޮތް އެނގުމަށްފަހު ކެތްތެރިކަމާއެކު ކޮޓަރީގައި އެނބުރެންފެށިޔެވެ. އިރުކޮޅަކުން ދޮރުގައި މީހަކު ޓަކިދޭ އަޑު އިވުނެވެ. ބައެއްފަހަރު ދޮރުގައި ވަކިދަމާލާ އަޑުވެސް އިވެއެވެ.

ބިރުވެރި އަޑަކުން : ދަރިފުޅާ. ލަވަކިޔާލަން ނުކުމެބަލަ. މަންމަގެ ލޯބިވާ ދަރިފުޅާ ލަވަކިޔަން އާދޭ

އަޝްފާ : ނުދާނަން. ކަލޭ ތިއީ މަގޭ މަންމައެއް ނޫން

ބިރުވެރި އަޑަކުން : (ބާރަށް ދޮރުގައި ގޮއްމުކަވާފައި ޖަހަމުން) ކަލޭ ޖެހޭނީ ނުކުމެ އަހަރުމެންނަށް ލަވަކިޔާދޭން. ކަލޭގެ ސަބަބުން އަހަރުމެން މިގެޔަށް މިއައީ ކަލޭ ލަވަކިޔާލެއް ރީތިކަމުން. ނުކުމޭ ހަމަ މިހާރު. ނުކުންނާށޭ.

އަޝްފާ : ނުނުކުންނާނަން. ދާންއުޅޭ.

މިހެން ކަންތައް ގަނޑުގައި އުޅެނިކޮށް ފަތިސްނަމާދު ބަންގިދިން އަޑު އިވިއްޖެއެވެ. ކުއްލިޔަކަށް ހަމަހިމޭންކަން އަތުވެއްޖެއެވެ. ކަރަންޓްވެސް އަތުވެއްޖެއެވެ.

ޖެހިގެން އައި ދުވަހު އަޝްފާގެ ބައްޕަވެސް އަތުވެއްޖެއެވެ. މަންމަ ރަނގަޅު ކުރުމަށް ރުގްޔާގެ  މަސައްކަތްފެށިޔެވެ. މަންމަ ރަނގަޅުވުމުން ގޭތެރެޔަށް ފެންކިޔަވާ މުޅުގޭތެރެޔަށް ޖެހިޔެވެ. އެޔަށްފަހު ބަގަރާ ސޫރަތް ހަތްދުވަސްވަންދެން ޖެހިޔެެވެ. އެ މުއްދަތުތެރޭގާ ކަރޯކޭ ސިސްޓަމް ހަލާކުކޮށް އެއްލާލިޔެވެ. ދިމާވި ބިރުވެރި ކަންތަކުން އަޝްފާ ފިލާވަޅު ނަގާ ލަވަކިޔުން އެއްކޮށް ހުއްޓާލިޔެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރުމަށް ބައްޕައަށް ވައުދުވިޔެވެ. މިއަދު އަޝްފާ ގެނޭ ބަދަލްގެ ހެޔޮ ކަން އޭނާއަށްދަނީ ފެންނަމުނެވެ. ލަވަޔާ މިޔުޒިކް ނުލާ ދިރިއުޅުން އޭނާއަށް ވެފައިވަނީ ހިތްފަސޭކަމަކަށްށެވެ.

  • – ނިމުނީ –
  • ލޮބުވެތި އަޙުންނާ އުޙްތުންނޭވެ. ކަރޯކޭއަކީ ޝައިތާނާގެ ވަރަށްވެސް ނުރައްކާތެރި ހަތިޔާރެކެވެ. އޭގެ އަވައިގާ ޖެހުމުން ސަލާމަތްވާ އުނދަގުލެވެ. އެތައް ބޭކާރު ޙަރަދެއް ކުރެވެއެވެ. މާތްވެގެންވާ ރަމަޝާން މަހުވެސް މި ކުޅިވަރުގައި އެތައް ބަޔަކުވަނީ ޖެހިފައެވެ. މިއީ ތިބާގެ ފަހު ރަމަޝާން މަހަށްވެސް ވެދާނެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މާތް ﷲ ތިބާއަށް ތެދުމަގު ދައްކަވާ ސާބިތުކަން ދެއްވާށެވެ.

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 48

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-17

Next
March 4, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-17

Previews
March 4, 2026

އެދިގެން ކަލާ ލިބޭތޯ 48

7 Comments!

  1. Jwsnsnkwkw says:
    March 4, 2026 at 3:06 pm

    Listening to kpop is also haram? I js wanna know ingey!

    1. no name says:
      March 4, 2026 at 4:32 pm

      Yes eii haram kameh. Lava yaa music aky islam dheenu ga huhdha kameh noon 😊
      Narrated Abu ‘Amir or Abu Malik Al-Ash’ari:
      “The Prophet ﷺ said: There will be among my followers people who will consider as permissible illegal sexual intercourse, silk, alcohol, and musical instruments.”
      (Sahih al-Bukhari, Hadith 5590)

      From Abu Hurairah:
      “The Messenger of Allah ﷺ said: From among my Ummah there will be people who will permit zina, silk, alcohol, and musical instruments, and the singing girls.”
      (Sahih Muslim, Hadith 1675)

      Abu Hurairah reported:
      “The Messenger of Allah ﷺ said: There will be among my Ummah people who allow themselves zina, silk, alcohol, and musical instruments.”
      (Sunan Abu Dawood, Hadith 4460)

      Al-Muwatta (Imam Malik)

      Malik reported:
      “Yahya related to me from Malik from Nafi’ that Abdullah ibn Umar said: The Prophet ﷺ said: The people of my Ummah will consume musical instruments and drink wine, and Allah will turn them away from His path.”

      Mee some hadith alhugandu internet in howdhalafa. Dhen prophet saw k pop ey seedha nubunane dhw eyru nei ehcheh v ma. But k pop myhun ves use kurey dhw musical instruments and music. Eii islam dheenu ga huhdha kameh noon. Plus imam abu hanifa, imam malik and imam Ahmed bin hanbal RA ves eii huhdha kameh noon kamah bunelafa iny. I mean music dhw. But some islamic scholars bunefa innany MUSICAL INSTRUMENTS nulaa music huhdha ey including imam shafi’i RA. But if they use musical instruments haram vane. Dhen some scholars instruments nulaa okay vane ey bunefa inas enme ramgalhu gothaky ehves varakah music nubelun bcuz islam dhynuga kudakoh ves eythi haram iyya use nukurun enme rangalhy. But e kujjeh ge choice eh dhw eii. Anyways mee alhugandah libunu informations. Thi kujja ah mi information in beynun vaa answer libunu kamah alhugandu unmeedhu kurany 😊

    2. no name says:
      March 4, 2026 at 4:38 pm

      Alhugandu dhin javab ehen fahuge scholars ves bunalafa hury. (Pending ga kanneynge iny alhugandu dhenme kuri comment) And thi kujja seedha javab beynumuyya fiqh scholar eh kairy ahalun enme ramgalhu vany.

    3. Unme_Hareem says:
      March 4, 2026 at 5:29 pm

      Jwsnsnkwkw 🙈🥀
      You’re unknown But Let me tell you!
      Listening to Kpop is Haram in Islam Cxx Our prophet Has also Haram for it!
      My Islam teacher also told Song and Music is Haram in Islam!! Listening or joining also be a part of that!🖤🥀
      Hope You ‘ll Get a good Review!
      🖤🖤🖤

  2. Jwsnsnkwkw says:
    March 4, 2026 at 4:42 pm

    Do I listen to kpop?

    1. Jwsnsnkwkw says:
      March 4, 2026 at 4:42 pm

      u*

  3. Jim says:
    March 4, 2026 at 7:49 pm

    I’m like a kpop stan not a kpop listener.. So like will it still do??😭😭

Comments are closed.



All Right Reserved!