Skip to content
އެސްފިޔަ

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

އައްސަލާމް އަލައިކުމް ވަރަހް މަތުއްﷲ ވަބަރަކާތުހް..!

އެއްމެހާ ކިޔުންތެރިންގެ ހާލުކިހިނެއް ހެއްޔެވެ؟ އަޅުގަނޑު އުންމީދު ކުރަނީ ހުރިހާ ކުދިންގެ ހާލުވެސް ރަގަނޅު ވާނެ ކަމަށެވެ. އަޅުގަނޑު ހާލު އަލްހަމްދުﷲ ރަގަނޅެވެ.

ހުރިހާ ކިޔުންތެރިންގެ ހިތުގައިވެސް އެތަކެއް ޝަކުވާ އެއްވާނެކަން ޔަޤީނެވެ. އަޅުގަނޑު ވާހަކަ ނުލިޔާތާ 2 ހަފްތާ ވެދާނެއެވެ. އެކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. އަޅުގަނޑު ވާހަކަ ނުލިޔެ ދުވަސްކޮޅެއް ހޭދަށް ކޮށްލަން ޖެހުނު ގޮތް ބުނެދޭނަމެވެ.

ސްކޫލު ހުޅުވުނު ފަހުން އަޅުގަނޑު އުޅުނީ ވަރަށް ބިޒީކޮށެވެ. ގޭގަ ހަދަން ދޭފިލާވަޅުތަކާއި ދަސްކުރަން ދޭ ފިލާވަޅުތަށް އެހާގިނައެވެ. އަޅުގަނޑު ހީއްކުރީ އަޅުގަނޑަށް ވާހަކަވެސް ލިޔެވޭނެ ކަމަަށެވެ. ނަމަވެސް ވަގުތެއް ނުވެއެވެ. ދެވަނަ ހަފްތާގައި ފެށުނީ އެކްސްޓްރާ އެވެ. 6:45 ސްކޫލަށް ގޮށްސައި 12:50 ގެޔަށް އަންނަ ގޮތަށް އަނެއްކާ ތެޅި ފޮޅިގެން 1:55 ސްކޫލަށް ދާން ޖެހެއެވެ. ދެން އެދާގޮތަށް އާދެވެނީ 3:30 ގައެވެ. އާސަ ފިލާވަޅު ހަދަން އިށީންނަ މީހަކު މޭޒުކާރިން ތެދުވަން މިޖެހެނީ 8 ޖަހާއިރުއެވެ. ދެން ފޮތް ކިޔައިގެން ވީ ނިދާށެވެ. މިއީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ.

މިހާ ބުރަކޮށް މަސަށްކުރަމުން ވެސް އަޅުގަނޑު ދިޔައީ ވީވަރަކުން ވާހަކައިގެ ތަންތަން ކޮޅު ލިޔަމުންނެވެ. އެހެން ގޮސް އެއްދުވަހަކު އަޅުގަނޑު ލެޕްޓޮޕް އިން ލޮގް އިން އެއް ނުވެވުނެވެ. އެއީ ކީއްވެ ކަމެއް ޙުދު އަޅުގަނޑަކަށް ވެސް ނޭނގެއެވެ. އަރަނީ ޕާސް ނުބައިކަމަށެވެ. އެތަކެއް ފަހަރު ޖަހައިގެން ވެސް ނުވިއެވެ. އަޅުގަނޑު މިއީ 3 އައިޑީ ގެންގުޅޭ ކުއްޖެކެވެ. އެއިން އެކަށްޗަކަށްވެސް ލޮގް އިން އެއް ނުވެވުނެވެ.

އެއްމެފަހުން އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ދައްތަ އެޑްމިން އަށް އީމެއިލް އެއް ލިޔުނެވެ. އެޑްމިންގެ އެހީ އާއިއެކީ އަޅުގަނޑު އާ ޕާސް އެއް ހެދީމެވެ. ނަމަވެސް ދެން ވީގޮތެއް އެނގޭހެއްޔެެވެ. ދެދުވަސް ވެސް ނުވެއެވެ. އަނެއްކާ އެ ޕާސް އަކަށް ލޮގް އިން އެއް ނުވެއެވެ. އަނެއްކާ އިއްޔެ އެޑްމިން ލައްވާ އާ ޕާސް އެއް ހެދީމެވެ. ހިތަށް އަރާނެއެވެ. މުޒޯ އަށް ހަމަ ސާބަހެވެ. މިފަހަރު ލޮގް އިންވެވުނު ފަހަރު އަޅުގަނޑު ތިޔަ ކުދިންނަށް ލިޔުންކޮޅެއް މިލިޔަނީ މަޢާފަށް އެދުމުގެ ގޮތުންނެވެ.

މި ބަންދު ތެރޭގައި އިންޝާﷲ ކޮންމެ ދުވަހަކު ބަޔެއް ކިޔާލަން ލިބޭނެއެވެ. އަޅުގަނޑު ވަރަށް މަސަށްކަތް ކުރާނަމެވެ. ދެން ތިޔަ ލޮބުވެތި ކިޔުންތެރިން މިގޮތަށް ސުވާލު އުފެދިފައި ދުލެއް ނޮކޮށްލާނަމެވެ. އަދިވެސް އެއްފަހަރު ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ.

“އެކުގައިވާނަން-31” ޕާރޓް ފަހަރެއްގާ މިއަދު ނުވަތަ މިއަދުގެ ވަގުތެއް ނޫނީ މާދަން ވެސް ނުކުމެދާނެއެވެ. އަޅުގަނޑު ލިޔެލާނަމެވެ.

ޝޫކުރިއްޔާ!!

Comments (7)

  1. Sheex

    It’s OK _MuXo_ I forgive you 🥰
    It’s okay we understand you ☺️
    sheex menves midhuvas kolhu school ga miulhanee hama thigothah😪
    ehme ralhagu marks test thakun hoadhan massahkay kurey 📑
    DW u can do IT IA 💜
    Tysm 4 telling us
    GL🍀
    Ly💛

  2. Alaika_22

    It’s Okey my dear… ☺️
    I ah heevi ey u kommes Kameh veema ey story nuleveny…..
    And tysm v goi bunela dhineema… 🤗❤️
    Lysm and Tc my dear ☺️🖤

  3. Shaba_73

    It’s okkk Gurll I understand 🤗
    Same here shaba ves school week eh veema e week ga vrh buxy koh miulhunee… Work ves Vrh gina hama thi fadha haaleh ga mi ulhuny… Adhi Tution ah ves dhamun
    Kiyevumah bodah focus kohleema rangalhu vaane!
    ✨ Hithuge enme fun minun maaf ves kohfin ✨
    Lysm and Tc gurll 💗

    1. Cer
      Shaba_73

      Ooo…Sad for U 😔
      I’m Gr 7 How about u? Are u gr 9 too??

  4. Cer

    It’s okay, Muxxoo ❤️🥀
    I know you’ll be so so buxy..
    I truly understand Thank you lll for let us all know! ❤️🥀
    Cer ves haMer thi varah Buxyy…
    HW ,Thakaaih Class test thah
    Vrh Vrh Gina But Using some techniques and IA,You ‘ll have good marks ‼️
    Muxoo Maa buxyy vaane Cer ah vure dhw I truly understand Muxo buxy vegen kan Story publish nukureveneyy…
    ✨HITHUGE EMME FUNMINUN Forgive U ✨
    Lysm
    Tc of yourself sorry if my comment is too long ❤️❤️❤️

  5. Miss jennie

    Its okay muxo. Glad anekkaves muxo ge vaahaka kiyanlibeynekan inguneema.
    Ramadan mubarak

  6. _MuXo_

    I have read all of your lovely comments Sheex, Alaika_22, Shaba_73, Cer and miss jennie! 🤗
    Thank you for understanding and forgiving me! 😘
    I hope you all are also very brave and get good marks! 😊
    Inshaallah dhen mi roadhamahuga hurihaa kudhinnah ves muxo ge vhk kiyaalan libeyne! 😊
    Ramadhaan mubaarak to all my dear readers!
    Hope this holiday is a great and lovely holiday! 💙
    Again thank you for you all for you all!
    I love you all and please take care of your self!! 💙🥰

Comments are closed.