Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

މުއްސަނދިކަން…

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 27, 2026 2 Mins Read
4 Comments

މީހުން އަހަރެންދެކެ ލޯބިވަނީ ފައިސާގެ ދަހިވެތިކަމުގައެވެ. އެކަން މިއަދު ރަނގަޅަށްވެސް ޔަޤީންވެއްޖެއެވެ. މި ދުނިޔެއިން އެންމެ ލޯބިވި އަންހެން ކުއްޖާގެ މަކަރުވެރިކަމަށް ފަހުގައެވެ. ނޫނޭވާ އެއީ އަންހެނެކެވެ. ކުޅަދާނަ ” އެކްޓަރެ”ކެވެ. ލޯބީގެ ދަޅަ ދައްކަން އަރާ ހުރި މޭސްތިރިއެކެވެ.

އަޒީނާއަކީ ރީތީގެ މިސާލެކެވެ. ގުދުރަތުން ލިބިފައިވާ ރާޅުބާނީ އިސްތަށިގަނޑު ހީވަނީ ކަޅުކަން ގަދަ ރޭގަނޑެއް ހެންނެވެ. ހަނދެއް ފަދަ ބޮޑު ދެލޮލެވެ. އަންނާރު އޮތް ތަކެއް ފަދަ ހުދު ދަތް ޕިލައެވެ. ފިރިހެނުންގެ ހިތައި ކުޅެލާ ފަދަ ރަތްކަން ގަދަ ދެ ތުންފަތެވެ. ޖަންބު ކުލަ ފަނޑުނުވައި ދެ ކޯތާފަތެވެ.

އަހަންނާއި އަޒީނާ ދިމާވީ ހަސްފަތާލުންނެވެ. އޭރު އޭނާއަކީ ބަލި މީހުންނަށް ހިދުމަތްކުރަމުންދާ ހީވާގި ނަރުހެކެވެ. ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ބޯ ފެޅިގެން ބޭސް އަޅަން ދިޔަ ދުވަހުއެވެ. އަހަރެންގެ ބޯލުގައި ބޭސްއަޅައިދިނީ އަޒީނާއެވެ. ވެފައި ހުރި ތަދުވެސް ހަމަ ކުއްލިއަކަށް ފިލައިގެން ދިޔައެވެ.

ޒުވާންވެ ފުރިހަމަވެފައިވާ އަހަރެންގެ ހިތުގައި ލޯބީގެ ރަނގަބީލު ޖަހަން ފެށީ އެ ދުވަހުއެވެ. އަޒީނާ ފެނިފައެވެ. އުމުރުގެ އެކުވެރިން އުޅެނީ މިހާރު ކައިވެނިކޮށް ދަރިންވެސް ހޯދައިގެންނެވެ. އެހެނަސް 31 އަހަރަށް ދާ އަހަންނަށް އަދި އެފަދަ ކަމަކާއި ނޫޅެވެއެވެ. ހުރިހާވެސް މައްސަލައަކީ ކަމުދާ ކުއްޖެއް ނުފެނުމެވެ. ގޭގެ ވިޔަފާރީގެ މޫލާނަވެރިޔަކަށްވެ އަބަދުވެސް ބުރަކޮން އުޅޭތީއެވެ.

މުއްސަނދިކަމާއި މުދަލާއި ފައިސާއަށް ވަނީ އަޒީނާގެ ހިތް ހިބަކޮށްފައެވެ. މިއަދު އޭނާގެ މަގުސަދަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ނޫޚު އަލީއެވެ. މުޅި ދުނިޔޭގައި ނަން ހިނގައި “އަލި ބޮކީގެ” ބާނީއެވެ.

ހިތަށް އައި ޒަލްޒަލާއާއެކު ކެތްނުވެގެން އަހަރެން ނިންމީ އަޒީނާ ރުހެންޔާ ކައިވެނިކުރާށެވެ. ހަސްފަތާލުގެ ކެންޓީނުން އޭނާއާއި ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ކައިވެންޏަށް އެދުނީމެވެ. ހީކުރިގޮތާއި ހިލާފަށް އަޒީނާވެސް އަހަރެންދެކެ ލޯބިވާކަމަށް އިޤުރާރުވިއެވެ. ކައިވެންޏަށް ރުހި ޤަބޫލުކަމަށް ބުންޏެވެ.

އެމަހުގެ ފަހު ކޮޅު އަހަރުމެންގެ ކައިވެނިކުރެވުނެވެ. މާމުއި ހަނދުގެ ދަތުރަށް ދިޔައީ ” ނޯވޭ” އަށެވެ. އެއީ އަޒީނާ އެދުނު ގޮތެވެ. އޭރުވެސް އަހަރެންގެ ދިރިއުޅުމަށް އަންނަށް އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ.

ނޫހުގެ ވިޔަފާރި އޭނާގެ ނަންމައްޗަށް ބައްދަލުކުރަން ކަންކަން ރާވަމުން ދިޔައެވެ. އެންމެ ފަހުގެ ނިންމުމާއެކު މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު އެކަން އެގުނެވެ. އެކަން ކުރަމުން ދިޔައީ އަހަރެންގެ ގާތް އެކުވެރި މުނާޒާ އެކުވެގެންނެވެ. ވަގުތުގައި އަހަރެން އޭނާ ވަރިކުރީމެވެ.

އެ ދުވަހު އަހަރެން ވަރަށް ގަދައަށް ރުއީމެވެ. ގިސްލަ ގިސްލައެވެ. އެކުވެރިން އަހަރެން ދެކެ ލޯބި ވަނީ ފައިސާގެ ދަހިވެތިކަމުގައިކަން އެނގުމުންނެވެ. މި ދުނިޔެއިން އެންމެ ލޯބިވެ އަނބެއް ގެ ލަގަބު ދިން އަންހެން ކުއްޖާވެސް ލޯބި ނުވާކަން އެނގުމުންނެވެ.

އެންމެންނަށް ވެސް މުހިންމީ ފައިސާއެވެ. އަހަރެންގެ ދިރިއުޅުމުން އެކަން ސާފު ވެއްޖެއެވެ. ހަޤީޤަތުގައި އަހަންނަށް ހެޔޮއެދޭ ލޯބިވާ އެކަކުވެސް ނެތެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އަހަރެންގެ މުއްސަނދިކަމެވެ. މުދާތަކާއި ފައިސާއެވެ.

 

ނިމުނީ

(ކިޔުންތެރިންގެ ސަމާލުކަމަށް)

އަޅުގަނޑުގެ މި ބައްދަލުކޮށްލީ ދުވަސްތަކަށް ފަހު ކުރުވާހަކައަކާއެކުއެވެ. މިވޭތުވެދިޔަ ދިޔަ ދުވަސްތަކުގައި ކައިރި ބައެއް ރަށް ރަށަށް ގޮސްލީމައި އެއްޗެއް ގެނެސްދެވޭގޮތް ނުވީއެވެ. ދެން ލަސްތަކެއް ނުވެ ވާހަކަތައް ގެނެސްދެވޭތޯ ބަލާނަމެވެ. މިކުރުވާހަކަ އަޅުގަނޑު މި ޚާއްސަކޮށްލަނީ މާދަމާ އިމްތިޚާނު ހަދާ ހުރިހާ ދަރިވަރުންނަށެވެ. މި ހަދިޔާ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ދަރިވަރުންނަށް ފަސޭހަ ކާމިޔާބު އިމްތިޚާނަކަށް އެދެމެވެ.

🫶🥰❤️😊🥀

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (20)

Next

ކިޔުންތެރިންގެ ސަމާލުކަމަށް

Next
January 27, 2026

ކިޔުންތެރިންގެ ސަމާލުކަމަށް

Previews
January 27, 2026

އަބަދުވޭ ހިތުގާ މަގޭ 2 (20)

4 Comments!

  1. Anonymous says:
    January 27, 2026 at 10:11 pm

    Awwn thxx was reading this to get some informations for tomorrow’s exam

    1. Isnaa says:
      January 27, 2026 at 10:13 pm

      އަޅުގަނޑުގެ މިވާހަކައިން މައުލޫމާތު ތަކެއް ލިބުނީތީ އުފާކުރަން
      !ކާމިޔާބު އިމްތިޚާނަކަށް އެދެން
      🫶🥰❤️😊🥀

  2. Zed says:
    January 27, 2026 at 10:11 pm

    Awwn thxx was reading this to get some informations for tomorrow’s exam

    1. Isnaa says:
      January 27, 2026 at 10:32 pm

      އަޅުގަނޑުގެ މި ވާހަކއިން މައުލޫމާތު ތަކެއް ލިބުނީތީ އުފާކުރަން
      !ކާމިޔާބު އިމްތިޚާނަކަށް އެދެން
      🥰🫶❤️😊🥀

Comments are closed.



All Right Reserved!