Skip to content
އެސްފިޔަ

ވާރޭތެރޭ… (ލޯބީގެ ވޭނީ ހިތްދަތި ވަކިވުމުން)

ޚައިރާންކުރުވަމުން މަންޒަރު ބަދަލުވެއްޖެއެވެ. ތުފާނެއް އަތުވެއްޖެއެވެ. ވައިރޯޅިވަސް ކުރުވައިފިއެވެ. ގުގުރާ ވިދަން ފަށަފިއެވެ. ފިނީގައި ޖަޒުބާތުތައް ހިތާ ކުޅެން ފެށިއެވެ. ވާރޭ ބޯކޮށްލިއެވެ. މޫސުން ބަދަލުވިއެވެ.

މިހިތުގައި ރަނިކަން ކުރަމުން ދަނީ ރުކުޝާނާއެވެ. އެއްވެސް ބާރެއް ހިތަށް ފޯރުވޭކަށްނެތެވެ. ލިބެމުން ދިޔައީ ކެތްނުވާ އަނިޔާއެވެ. ހިތް
މާޔޫސްވަމުންދިޔައެވެ.

ކެތްކުރަން ދަތިވެއްޖެވެ. އެކަނިވާ ކޮންމެ ފަހަރަކު ހަދާންވަނީއެވެ. ރުކްޝާނާއެވެ. ކީއްވެހެއްޔެވެ؟ ތިޔަ އިންތިޒާރުގައި ނުނިދިފައި ތިޔަޚިޔާލުގައި ކުރުމުގައި ތާއަބަދު އޮންނަން ވީހެވެ. ދެން ހަމަ މިނޫން ގޮތެއް ނެތީހެވެ.

ތިލޯތްބަށް މިހިތް އެދޭވަރު ބުނެދޭނީ ކިހިނަކުންހެއްޔެވެ؟ މިހިތުގެ ޝިކާޔަތު ބުނެއެއް ނުދެވޭނެވެ. އަޑު އަހާކަށް މީހަކަށް ކެތެއްނުވާނެއެވެ.

ތިޚިޔާލު ކުރުމުގައި މުޅި ރެއާ ދުވާލު ހޭދަކުރަމެވެ. އަހަންނަށް ލޯބިވާން ދަސްކޮށްދިނީ ރުކްޝާނާއެވެ. އެއީ މި ޚަޔާތުގެ ރަންޒަމާނެވެ. އުމުރުގެ ވިހީގެ އަހަރުތަކެވެ. މިހާރު މިއޮތްގެން ތިރީހަށް އެޅެނީއެވެ. ޒުވާންކަން ގެއްލެނީއެވެ.

ލޯބީގެ ފޮނިކަމާއި އުފާވެެރިކަން ރުކްޝާނާ އަހަންނަށް ދަސްކޮށްދިނެވެ. އާއެކެވެ. ލޯބި ނުވެވޭނެ ހެއްޔެވެ؟ އަދިވެސް މިއުޅެނީ އެހަނދާން ނުނެތިގެންނެވެ.

” ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިންނޫންހޭ
ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިންނޫންހޭ
އިޝްގު ހާސިލްވީފަހުން އަދިވެސް ސަޒާ ދޭން ވީހޭ
ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ”

ވެދާނެއެވެ. މިހިތް ހަމަ މޮޔައީއެވެ. ތިނޫން ހިތެއް ނޭދެނީއެވެ. ރުކްޝާނާ ވަކިވިޔަސް ދުނިޔޭގައި ނެތަސް އެ ލޯތްބަށް އެދެވެނީއެވެ.

އަހަރެން މިދަނީ ވޭނީ އިންތިޒާރެއްގައި އުމުރުނަގާލަމުންނެވެ. ނޫނެކެވެ. ރުކްޝާނާ ހެކިވާނެއެވެ. އަދި އަންނާނެވެ. މާފުއެދެމުން ލޯބިވާކަން ހާމަކުރާނެއެވެ. އެސާދާ މޫނުން މިހިތަށް ދިރުން ގެނެސްދޭނެއެވެ.

ވަކި ވާނީ ކިހިނެއް ކޮންގޮތަކުން ހެއްޔެވެ؟ “ރުޚޫ ލޯބީ ދެން އާދޭ އަހަރެން މަރުވެދާނޭ” މޮޔައެއްހެން ގޮވެނީއެވެ. ރުކްޝާނާ އަންނާށެވެ. އަހަރެން މަރުވެދާނެއެވެ.

ލޯތްބާއި އުފާ ދިފާ ވަކިނުވާށެވެ. އަދި އުމުރު އެބޯތެވެ. މީރުކަން ދޭހިތްވިއެވެ. ތިހިތް އުފާކޮށްދޭނަމެވެ.

ރުކްޝާނާއެވެ. ލޯބިވާ އެންމެ ރީތި އަހަރެންގެ ރުޚޫއެވެ. އެރޭގެ ފަހުން ނުނިދެއެވެ. އެކާރުގައި ޖެހެންވީ އަހަންނެވެ. ވަކިވާންވީ އަހަންނެވެ. ރުޚޫއެއްނޫނެވެ. “އެކާރުގައި ރުޚޫ ޖެހުން ވަގުތު، އަހަރެންނަށް އެ ހިސާބަށް ނުދެވުނީ ކީއްވެ ހެއްޔެވެ؟”
އެހިތް ހަޅޭތް ފަޅޭތް ލަވަން ފެށިއެވެ.

ބުނެދޭ ހިތް ވެއެއެވެ. އެންމެ އޯގާތެރިވީމެވެ. ލޯބިދިނީމެވެ. އެއީ ވިއްސާރަ މެންދަމެކެވެ. މިހިރީ ވާރޭ ތެރޭއެވެ. ތިޚިޔާލުގައެވެ. ރުކްޝާނާ ކޮބައިހެވެ. މިވެސް އިންސާނެކެވެ.

” އަޝަރުކުރާނޭ ގައިމޭ ބީވެދިޔައިތި ރޮވޭނޭ
ވާން ހުރި ގޮތްވެ ނިމޭނޭ
ޝުކުރުކުރުން ހެޔޮވާނޭ
ނުކުރާށެ މިހިތް ބަދުނާމުހިލޭ
މިޒަޚަރުގެ އަޝަރު ފެތުރޭނޭ
ހިތިކަމުގައި ނުނިދާ ރޯންޖެހޭ، ވާހާލް އިނގޭ ދީވާނާ
އެހަނދާނަކީ މީ ލޯބީގައި
ދުނިޔޭން މިތުރާވެ ނިމޭނޭ
ހިތިކަމުގައި ނުނިދާ ރޯންޖެހޭ، ވާހާލް އިނގޭ ދީވާނާ
އެހަނދާނަކީ ވެވޭ މިލޯބީގައި”

ކޮށްވެރިޔަކީމެވެ. އެކަމަކު ރުކްޝާނާއެވެ. މިހިތް ބަދުނާމު ނުކުރާށެވެ. ލަދުވެތިވަމެވެ. އަބަދަށް ފިދާވާނަމެވެ. ލޯބީގެ ދުޢާކޮށްދޭނަމެވެ. އެދިގެން ބުނާނަމެވެ. އަހަރެން ލެއްވީ ހަމައެކަނި ރުކްޝާނާއަށެވެ. އެހެން މީހަކަށް ބަލާވެސް ނުލާނަމެވެ.

އިރުގޯދިތަކާއި ހަނދުގެ ހަނދުވަރު ހެކިކޮށް ބުނާ ހިތްވެއެވެ. ތިވަރުގެ އުޖާލާ މޫނެއް ނުދެކެވެ. ތިހާ ތާޒާ ކަމެއް އެހެން މީހަކަށް ލިބިގެނެއްނުވެއެވެ.

މެހެފިލްގެ ލޯބި ޒުވާނާއެވެ. އަހަރެންގެ ރުޚޫއެވެ. ބަލާލަބަލާށެވެ. ނިކަން މިހިތް ނަގާފައި ދެން ހެއްޔެވެ؟
ކުރާނެ ކަމެއްނެތެވެ. މިނޫންގޮތެއްނެތެވެ.

މާމަލުގެ ރާނީއަސް ގަނޑުވަރު ތެރޭގެ މަލިކާޔަސް ތިއީ އަހަރެންގެ ރުކްޝާނާއެވެ. ރުޚޫއެވެ. އެޔަކަށް ބަދަލެއް ނާންނާނެއެވެ. ބަދަލެއް ނުގެނެވޭނެއެވެ.

ލޭކަރުނަ އޮހޮރޭ މިލޮލުން ފުހެލަނުދޭނަށްހެވެ. ތި ދެއަތުގެ ބީހުން އިޚްސާސް ވާނެނަމައެވެ. މިހިތުގެ އުދާސްތައް އަޑުއިވޭހެވެ. އެހެންޔާ ދުރުގައި ނުވީހެވެ. ދުވެފައި އައީހެވެ.

ކުށަކާނުލައި މި ހިތް އެކަނިވެއްޖެއެވެ. ހާދަހާ ދެރަވެއެވެ. މިކަމުން މިންޖެއްނުވާނެއެވެ. އަރާމާ ލޯތްބާއި އަރާމު ދޭން އަހަރެންވެސް ބޭނުމެވެ.

” ސާފު ހިތެއްމީ ގައިމުނުވާނޭ، ލޯތްބެއް ނޫނީ މޭގައި
ސާފު ހިތެއްމީ ގައިމުނުވާނޭ، ލޯތްބެއް ނޫނީ މޭގައި
ލޯބިން ނޫނީ ކާކު ލިޔާނީ، ޔާރުގެ ނަން ފަހެ މޭގައި
ލޯތްބޭ ނާޒުކުމީ، އޯ ބާރޭ އޭގާވީ
އިހްސާސޭ އާލާވީ، ހިތު ލޯތްބޭ ދުނިޔޭގައި
މިތުރާއޭ ބަދަލް ވޭހޭ
ވޭން އުފާވާނޭ، ހިތުފަރުވާދޭން ވާނޭ
ހިތުފަރުވާ ނޭނގޭހޭ މިތުރާއޭ ވިސްނޭހޭ
ހިތު ލޯތްބެއް ނޭނގޭހޭ”

އިންތިހާ ދެރަވެއެވެ. މިހިތަށްވާނެ ވަރު އިޚްސާސް ނުވަނީހެވެ. ވޭނުގައި މިހިތް އޮޔާލައިފިއެވެ. އެކަނިކޮށްފައި ރުކްޝާނާ ދިޔަހެވެ.

ކެތްތެރިކަން ނެތިގެން ގޮއްސިއެވެ. ރުކްޝާނާއެވެ. ހިތް އުފަލަށް އެދި ތެޅިފޮޅެނީއެވެ. ތަޤުދީރުގައި މިހެން ކަންތަންވުމުންނެވެ. ހަމަ މިހެން އުޅެން ދޫކޮށްލަނީހެވެ. އެނބުރި ނާދެވޭނެ ހެއްޔެވެ؟

ތަޤުދީރު ލިޔުމުގެ ނަސީބު ލިބޭނެނަމައެވެ. މިދުވަސް މިހެންނެތް ނައިހެވެ. ރުކްޝާނާ ހުރީހެވެ. މިއަތުގެ ތެރޭގައި ވީހެވެ. އެކަމަކު މީ ބާރު ފޯރުވޭނެ ކަމެއް ނޫނެވެ.

ހޫނު ނޭވާތައް އެދެނީ ތި ޖިސްމަށެވެ. ތި އަރާމަށެވެ. ތި ލޯތްބަށެވެ. ރުޚޫ އެވެ. މިވަރަށް ބޭޤަރާރު ނުކުރާށެވެ.

ހުވަފެނުގައި ވިޔަސް އައިސްބަލާށެވެ. ތި ފޮނި ފޮނި އަޑުން މިނަން ކިޔާލަބަލާށެވެ. ” އިކުލީލް” މޭގައިވާ ޒަޚަމްތަކަށް ލުޔެއް ފަހަރުގައި ލިބިދާނެއެވެ.

ހާލު ބަޔާންކޮށް ރޮވެނީ ތިލޯބި ބޭނުންވާތީއެވެ. ކުރިން ދީ ލޯބި ކޮބާހެވެ. އޭރު ހިތް ހިއްސާނުކުރަންހެވެ. ކައިރީގައި ލޯބިންހުރިނަމަ މިހެން ޝަކުވާއެްް ނުކުރީމެވެ.

” ބުނެދޭށޭ ވީ ލޯބި ނޫންހެއްޔޭ
އޭގައިވި ދިރުމޭތީ ބުނަމޭ އިނގޭ
ގައިމޭ ދެން އަހަރެންގެ ހާލޭމީ
ބުނެދޭން މި ނޭނގޭތީ އުފަލެއް ނުވޭ ނުވޭ..
ވެއްޖޭ މިހިތް ވިރިގެން ދިޔަސް
ކިޔަމުން މިތާ ރޮވެފައި ކަލާ
އަދުދެން ގޮވާނަން މިތާ
ގާތުގައި ވާށޭ ރޮއެ ރޮއެ
ކަލާގެ ނަޒަރް ނަޒަރް ނަޒަރް ކަލާގެ ނަޒަރް ނަޒަރް..
ހިތާ ނުވެޔޭ އަޅާނުލުމުން ގިސްލާ މިހިތް
ހިތާ ނުވެޔޭ އަޅާނުލުމުން ގިސްލާ މިހިތް
މާގަޔާނުވެދެން ތިދަނީ…”

އެދެނީ ތި ލޯބިން މިހިތް ފުރާލަދޭށެވެ. އެދުވަސް ގެނެވޭނެނަމައެވެ. އަންނާނެނަމައެވެ. ރުކްޝާނާއެވެ. ލޯބި ލޯބި ރުޚޫއެވެ. ތި އުނގުގައި ނިދާހިތްވިއެވެ. ޔަޤީނެވެ. އެހެން އެއްކަމެއް ނުވިޔަސް ހަމަޖެހުން ލިބޭނެވެ.

ޗާލު ހަނދުވަރު ދައްކަން އެކުގައި ގެންދާނަމެވެ. މުޅި ދުނިޔެ ތިއަތަށް ލައިދޭނަމެވެ. “ރުކް..” އެނަން ކިޔަން ދަތިވިއްޖެއެވެ. ކަރުގައި އަޅައިގަންނަނީއެވެ. އަޑު ބެދެނީއެވެ.

ލޯ މަރާލިޔަސް އެ ރޭ ހަންދާންވެއެވެ. ދެފައި އަކުނިވަޔަތް ދަމައިގެން ކަހަލައެވެ. ދެ އަތް ތުރު ތުރު އަޅަން ފެށިއެވެ. ވާރޭ އިރަކަށް ވުރެ އިރެއް ބާރުވާން ފެށިއެވެ.

ވަގުތު ފާއިތުވީއެވެ. ނިވޭ ހުޅުކޮޅެއް ހެން ތިހިތް ނިވުނީއެވެ. އެބޯ ވާރޭތެރޭ މުޅި ދުނިޔެއަށް އަލްވަދާޢުކީއެވެ. މިހިތް ރޮއްވާލަމުންނެވެ.

ނިމުނީ

(ކިޔުންތެރިންގެ ސަމާލުކަމަށް)

 

 

 

ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ

 

ٱلسَّلَامُ عَلَيْكُمْ

 

އާއެކޭ ލޯބިވޭ އަދި ރީމާލް އަޅުގަނޑުގެ ދެ ވާހަކައިގެ އެންމެހައި ކިޔުންތެރިންނަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މިދުވަސްކޮޅު އަޅުގަނޑު މި އުޅެނީ މުބާރާތަކަށް ޅެން ލިޔުމުގައެވެ. ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސަމާސާ އަދަބު ޅެން މުބާރާތުގައި ބައިވެރިވާށެވެ. އެހެންކަމުން މި އަޅުގަނޑުގެ ދިގު ވާހަކަތަކަށް ކުޑަ ލަސްވުމެއް އަތުވެދާނެއެވެ. މިހާރުވެސް ދެ ކުރުވާހަކައެއް ކިޔުންތެރިންނަށްޓަކައި މިދަނީ ލިޔަމުންނެވެ.  ވާހަކަތަށް ލަސްވަމުންދާތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށްވެސް އެދެމެވެ. މި ކަންތައް ނިމުނު ހާ އަވަހަކަށް ވާހަކަތައް ގެނެސްދޭން ފަށާނަމެވެ.

🫶🥰❤️🤗🥀

Comments (16)

  1. Inernu 27

    Hiiiiiiiii isnaa

    1. Isnaa
      Inernu 27

      Hii Inernu 27
      How’s you dear

    2. Inernu 27
      Inernu 27

      I’m good.. Alhamdhulilah

  2. Anonymous

    School fothuge nan kolheh hadhaa dhevidhaane tha isnaa

    1. Isnaa
      Anonymous

      Thy kon rashe dhw
      Alhugadumen hadhanee mi rashah ingey

  3. Anonymous

    Isnaaanoooooooooooooo

    1. Isnaa
      Anonymous

      Labba

  4. Anonymous

    Dhen ok Mihaaru hadhaifin ehcheh hee nukurahchey isnaanoooo eyy bunyas 😀☺️

    1. Isnaa
      Anonymous

      Labba
      Kon nameh kiyanee dear
      🤗❤️

  5. Anonymous

    Niha

    1. Isnaa
      Anonymous

      Glad to know dear ❤️🫶
      Nice to meet you 🥰🥀

  6. Anonymous

    Nice to meet you too 💙

    1. Isnaa
      Anonymous

      Thank you dear 🥀❤️

  7. Anonymous

    Wlc 🖤

    1. Isnaa
      Anonymous

      Labba 🥀🫶

  8. Anonymous

    😩😩😩 guysssssss help me I’m in danger 🙏😭😭😭

Comments are closed.