ވެވުނީ ލޯތްބޭ ޔާރު ހުވާ
ނޯޓް:މި ވާހަކަ އަކީ އަހަރެންގެ ހަޔާތުގެ ކުޑަ ދުވަސްކޮޅެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކަ އެކެވެ. މިއީ އަހަރެން ލިޔާ ފުރަތަމަ ވާހަކަ ކަމުން ލިޔުމުގައި ހުރެދާނެ ކުށްތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ..
ދުވަހަކުވެސް ހިތުގަ ނުޖެހޭ ވަރަށް މިއަދު އަހަރެންގެ ހިތުގައި ޖެހިއްޖެއެވެ. އުމުރުން 13 އަހަރުން ފެށިގެން އަހަރެން އުޅެމުން އައީ ވަރަށް ހާލުގައެވެ. މައިންބަފައިން ތިއްބެއް ކަަމަކު އަހަރެންނަށް އެ ލޯތްބެއް ނުލިބެއެވެ. މިއަދަކީ އަހަރެންގެ އޯލެވެލް ނަތީޖާ ލިބުނު ދުވަހެވެ. އަހަރެންގެ ނަތީޖާ ވަރަށް ވެސް ދަށެވެ. މިއާއެކު ގޭތެރޭގެ ހަމަނުޖެހުން އިތުރަށް ގޯސްވިއެވެ. އަހަރެންނަކީ ވެސް އިންސާނަކީމެވެ.ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެންގެ ކުރިމަގަށް އެޅޭ ހުރަހަކަށް މައިންބަފައިން ވެދާނެ ކަމަށް ކުޑަކޮށް ވެސް ހިތަކަށް ނާރުވަމެވެ. އަހަރެންނަށް ދެން ކިޔެވޭނެ ކިޔެވުމެއް ވެސް ނެތް ކަމަށް ބުނެ އަހަރެންގެ ހިތް މަރާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން ހިތްވަރު އެލުވައެެއް ނުލަމެވެ.
އުމުރުން ކިތަންމެ ހަނގަސް އަހަރެން އައީ ނޫސްވެރިކަމުގެ ދާއިރާއިން ކުރި ހޯދަމުންނެވެ. އަހަރެންގެ ވެސް އުންމީދުތަކެއް އެބަ ހުއްޓެވެ.ހާސިލްކުރަންބޭނުންވާ ލަނޑުދަނޑި ތަކެއް ހުއްޓެވެ. އަހަރެން ބޭނުންވީ މައިންބަފައިންނާ ވީހާވެސް ދުރަށް ދާންށެވެ. ހިތާދެކޮޅަށެވެ. އެހެންކަމުން އަހަރެން ކޯހަށް ހޮވުނު ހަބަރަކީ އަހަރެންގެ ހިތް އުފަލުން ރޮއްވާލި ހަބަރެކެވެ.އަހަރެން ކޯސް ހަދަން މާލެ ދިޔައީ ވަރަށް ވެސް ފޮނި އުންމީދުތަކަކާ އެކުއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ބުރު ނޭނގޭހާ ބާރަށެވެ. ކިޔެވުން ވަރަށް ވެސް ފަސޭހައެވެ. އާ ރައްޓެހިންތަކެއް ލިބި އެތަށް ދުވަސްތަކަކަށް ފަހު ހިތަށް ހަމަޖެހުން ލިބެނފެށިއެވެ. ދުރުގަ ހުރުމުގެ ސަބަބުން މަންމަގެ ފަރާތުން ލިބެމުންދިޔަ ލޯބި ވެސް އިތުރު ވިއެވެ.
ދުވަސްކޮޅަކުން ރައްޓެހިންތައް ބިޓުން ނަގައިގެން އެންމެންވެސް ބިޒީ ވެއްޖެ އެވެ. އަހަރެން ވެސް ވަރަށް ގަޔާވާ ކުއްޖެއް އަހަރެންނާ އެއް ކެމްޕަހެއްގައި ކިޔަވަމުން ދިޔައެވެ..ނަމަވެސް މި ވާހަކަ އަހަރެން އެންމެންނަށް ސިއްރު ކުރީމެވެ.ހުކުރު ދުވަހެއްގެ ރޭގަނޑެވެ.އެންމެންވެސް ކެންޕަސް ގެ ފްރެޝާސް ނައިޓް އަށް ދިޔައީ ވަރަށް ނަލަ ވެލައިންނެވެ. ކެމްޕަސް ހޯލް ވަރަށް ވެސް ފެންވަރުގައި ޒީނަތްތެރިކޮށްލާފައި އޮތެވެ. އަހަރެން އެރޭ ހުރީ އަހަރެންގެ ހިތުގައި ހުރި ހުރިހާ ވާހަކަ އެއް އެ ޒުވާނާ ކިޔާދޭން ނިންމައިގެންނެވެ. އެ ރޭގެ ހުރިހާ އިވެންޓުތައް ނިމުމަށްފަހު ކަރޯކޭގައި އެންމެން ބައިވެރި ވިއެވެ.އަހަރެންގެ ކަޅި ހުއްޓިފައި ހުރީ އެ ޒުވާނާ އަށެވެ.ރަތް ކުލައިގެ ގަމީހެއް ލައިގެން ހުރި އެ ޒުވާނާ ގެ އަތުގައި އޮތް ގިޓާއިން އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ.
އަހަރެންގެ ބެސްޓފްރެންޑް ކައިރީ އަހަރެން އޭނަގެ ވާހަކަ ބުނީމެވެ.. ނަސީބު ދިމާ ކުރި ގޮތުން އޭނަ ވީ އަހަރެންގެ ބެސްޓފްރެންޑް ގެ ކްލާސްމޭޓް އަކަށެވެ.. ވަރަށްވެސް ހިތްވަރު ކޮށްފައި އަހަރެން އޭނަ ގާތު ނަން އެހީމެވެ. މީހާއާ އެއްވަރަށް ނަންވެސް ވަރަށް ރީއްޗެވެ.އަހަރެންނަށް އޭނަގެ މޫނު ކައިރިން ފެނުނު ފުރަތަމަ ފަހަރެވެ. ޖާދުވީ ލޮލެކެވެ. ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ވަރަށްވެސް ފުރިހަމަ އެވެ. މަޑުމައިތިރި ހިތްތިރި ޒުވާނެކެވެ. އާއެކެވެ. އެއީ މހާރު އަަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ ދިރިހުރި ފުރާނަ އެވެ. ވެވުނީ ލޯބި އެވެ. އަހަރެންގެ ކުރިމަގަށް ހިްވަރު ދޭ ހަމަ އެކަނި ބައިވެރިޔާއެވެ.އަހަރެންގެ ފުރަތަމަ ލޯތްބެވެ.
2 Comments!
Comments are closed.

Very nice!
Wonderful is it it own tale happen in ir life