Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ބޯނަސް ޕާރޓް

ފަޒޫ Level 310 Stories100 Login
January 15, 2026 7 Mins Read
6 Comments

ބައެއްފަހަރު މީހެއް ގެއްލިދާން ގާތްވުމުން އެހެންނޫނީ ގެއްލުމުން ނޫންގޮތަކަށް އެ މީހެއްގެ އަގު ވަޒަންކުރެވޭތަން ނާދެއެވެ. އިކާންއަށް ޢަމާރާގެ އަގު ވަޒަން ކޮށްލެވުނީ ދުވަސް ގަނޑަކަށް ލޯމަތިން ގެއްލިގެން ދިއުމުންނެވެ. ދެން ދުވަހެއްގައިވެސް ޖެހިދާނެ ހާލަކާމެދު ދެމީހުން އެކީގައި ދިރިއުޅުމާއި ކުރިމަތިލާން އެކަކު އަނެކަކާ އެރޭ ވަޢުދު ވެވުނު ވަރެއްވެސް ނޭނގެއެވެ. އެކަކު އަނެކަކު ދެކެވާ ލޯތްބަށް ޓަކައެވެ. ލޯބި ލޯބި ދެ ދަރީންނަށް ޓަކައެވެ. ދިރިއުޅުމުގެ މި އައު ފެށުމާއިއެކު ދެމީހުންގެ ހިތަށް ވެރިވެފައިވަނީ އުފަލާއި އަމާންކަމެވެ. އެކަކު އަނެކަކަށް ދޭ އިޙްތިރާމާއި ލޯބީގެ ސީދާ މަގަކުން ކުރިއަށް ދިއުމުގެ ހިތްވަރެވެ.

ހަ އަހަރު ފަސް

އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ހިތުގެ ޑިޕާރޓްމަންޓްގައި ފާހަގަ ކުރެވެމުން ދިޔައީ ނުރައްކާ ބޮޑު އޮޕަރޭޝަންއެއް ކާމިޔާބު ވުމުގެ އުފަލެވެ. މި ކާމިޔާބީގެ މޭސްތިރިއަކީ ޢަމާރާއެވެ. ޢަމާރާގެ ކާމިޔާބީގެ ފަހަތުގައި މައިން ބަފައިންނާއި ލޯބިވާ ފިރިމީހާ އަބަދުވެސް ވިއެވެ. އަހަރުތަކެއް ކުރިން ދިމާވި ހާދިސާއަށްފަހު އިކާން އަކީ މުޅިން އެހެން މީހަކަށް ވެގެން ދިޔައެވެ. އިކާންގެ ކުރީގެ ޝައްކު ކުރުމުގެ ގޮތްގަނޑު މުޅިން ފިލައިގެން މަޑުމައިތިރި މީހަކަށް ވިއެވެ. ކުދިންގެ ކަންކަމުގައި އަދި އެހެނިހެން ހުރިހާ ގޮތަކުންވެސް އިކާން ވެގެން ދިޔައީ ޢަމާރާއަށް އެހީތެރިވާ ފިރިއެއްގެ ގޮތުގައެވެ.

ކާޔާ އަދި އީކާގެ 6 ވަނަ އުފަންދުވަސް ކައިރި ވާތީ އިކާންއާއި ޢަމާރާވެސް އުޅެމުން ދިޔައީ ވަރަށް އަވަދިނެތިއެވެ. އާއިލާގެ ތެރޭގައި ކުޑަ ޕާޓީއެއް ބޭއްވުމަށެވެ. ގޭތެރެއިން އިވެމުން ދިޔައީ ކުދިވެރިންގެ ސަކަރާތުގެ އަޑެވެ. ޖިހާދުއާއި ނޫރާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެވެސް އިންތިހާއެވެ.

12 އަހަރުގެ ނާއިކް ހުރީ 1 އަހަރުގެ ނިޝްޔާ އުރާލައިގެން ކޮއްކޮމެން ކުޅޭތަން ބަލާށެވެ. ދެފަހަރަކު ނިޝްޔާ ތިރިއަށް ބޭލުމުން ރޯންފެށީމައި ނާއިކް ކޮއްކޮ ދޫކޮށްލަން ބޭނުން ނުވީއެވެ. ނިޝްޔާ އަދި ރަށުން އައި ކުދިންނާ ރައްޓެހި ނުވަނީއެވެ. ލިލީވެސް ވީ އަޙްތަރުއާއެކު ޕާޓީއަށް ބޭނުންވާ ސާމާނު ގަތުމަށް ގޮއްސައެވެ. އީކާއާއި ކާޔާގެ ކައިރީ ޢަމާރާގެ އެއްބަނޑު ކުދިންގެ ދަރިންތަކާއި ހުޔާގެ ދެކުދިންވެސް ކުޅެން އުޅުނެވެ.

“މާމާ.. އީއްކޮ ބޮލަށް ދެމީ..” ކާޔާގެ އަޑު ސިޓިންގ ރޫމްގައި ހިފާލިއެވެ. ބޮލުގައި އަތް ޖައްސާލައިގެން ހުރެ އައިސް ނޫރާގެ އަތުތެރެއަށްވަނީ ރޮވިފައި ހުރެއެވެ. ނޫރާ ކާޔާގެ ބޮލުގައި ފިރުމާލަމުން ދޮނެއް ދިނެވެ.

“މަންމަ ބުނީ ކުދިން އެކަނިއޭ ފްރެންޑް ވާނީ..” ކާޔާ ބުނެދިނީ ޢަމާރާގެ ގާތަށް ޝަކުވާ ހިފައިގެން ދިއުމުން ދިން ޖަވާބެވެ. “އެއީ ތެދެކޭ ދަރިފުޅާ.. ކޮއްކޮމެން ތެރޭގަ ޖެހޭ މައްސަލަ ހައްލު ކުރަން ވާނީވެސް ހަމަ ކޮއްކޮމެން..” ކާޔާގެ ބޮލުގައި ފިރުމާލަމުން ޖިހާދު ބުނެލީ ލޯތްބާއި އެކުއެވެ. އިރުކޮޅަކުން އީކާ އައިސް ކާޔާގެ އަތުގައި ހިފާލަމުން “ސޮރީ” ބުނެލިއެވެ. ހީނލާފައި ކާޔާވެސް އީއާއާއިއެކު ދުވެލާފައި ގޮސް ކުޅެން އިށީނެވެ.

ހަވީރު ގަޑިއަށް ހުރިހާ އެންމެން ކަހަލަ ގޮތަކަށް ރީތިވެގެން އިކާންމެންގެ ގެއަށް ޖަމާވިއެވެ. ހުޔާގެ އާއިލާގެ އެންމެން ބައިވެރިވިއެވެ. ސާޔާ ފިޔަވައެވެ. ކެނެޑާގައި ސުކޫލް ދުވަސްކޮޅު ކަމުންނާއި ފިރިމީހާ ކައިރީގައި ނެތީމައި ނާދެވުނީއެވެ.

ފިޔާތޮށި ކުލައިގެ ޕްރިންސަސް ހެދުމުގައި ކާޔާއާއި އީކާ ގޭތެރޭގައި ދުވެ ދުވެފައި އުޅެއެވެ. ގޭތެރެއަށް ވަނީ ރައްޓެހިންނާއި ދެފަރާތުގެ އާއިލާ ޖަމާވެފައެވެ.

މަޑު ފިޔާތޮށި ކުލައިގެ އަބާޔާ އަކާއި ހަމަ އެ ކުލައިގެ ޝޯލްއެއް އަޅައިގެން ޢަމާރާ ހުރިއިރު އިކާން ހުރީ ހުދުކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅު ޖިންސެއްގައެވެ. އިކާންއާއި ޢަމާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލައެވެ.

“މައި ގޯޖަސް ވައިފީ..” ކޮޓަރިން ނުކުތުމުގެ ކުރިން އިކާން ޢަމާރާ ގާތްކޮށްލަމުން ތައުރީފު ކޮށްލިއެވެ. “މައި ހެންސަމް ހަބީ” އިކާންގެ ތުނބުޅީގައި އާއި މޫނުގައި ފިރުމާލަމުން ޢަމާރާ ބުނެލިއެވެ.

“ދެން ތިހެން ނޫޅެބަލަ.. އެކުދިން އައިސްދާނެ..” ޢަމާރާ އިކާންއާ ދުރުވެލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކީ ވަރަށްވަސް މަޑުންނެވެ. “ނާންނާނެ.. މިހާރު އެތިބީ ކުޅޭނެ ކުދިން ލިބިފައި..” ޢަމާރާގެ އަތުގައި ހިފާލައިގެން ވާހަކަ ދައްކަމުން އިކާން އައިސް ކޮޓްރީގެ ދޮރާ ހަމައިން މަޑުކޮށްލިއެވެ.

“ކިހިނެއްވީ…” އިކާން ހުއްޓިލުމުން ޢަމާރާ ސުވާލުކޮށްލިއެވެ.

“މި ހިތަށް އެރީ މިކަންތަށް ނިމިގެން ހުރިހާ އެންމެން ދިއުމުން އެ ދެބެން ވަރަށް އެކަނިވާނޭ.. ދޮން ވެސް އެ ޖެހެނީ މިހާރު ބޭރުގަ އުޅެން ގިނައިން. އަޙްތަރުބެގެ މަންމަ ބަލިކަމުން.. ދެން ނާއިކް މިކޮޅުގަ ހުއްޓަސް އެ ދެން މިހާރު އެކުދިންނާއެކު ކުޅެން އުޅޭ ވަރަށް ވުރެ ބޮޑު ކުއްޖެއްނު..” އިކާން ދުރުދުރުން ވާހަކަ ފެށި ކަމުގައި ވިޔަސް ޢަމާރާއަށް އިކާން ބުނަން ބޭނުންވާ އެއްޗެއް ނަގައިގަނެވުނީ ކަންނޭންގެއެވެ. ބޯ ހޫރާލަމުން މަޢުނަވީ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ކިހިނެއްވީ..؟ މިހާރު ދެން ހަ އަހަރު ވީނުން އެ ދެބެން ނަށް.. ލަވް… ހިނގާބަލަ ޑޮކްޓަރަށް ދައްކަން ދާން..” އިކާން މާޔޫސްކަމާއެކު ބުނެލިއެވެ. އިކާން އެ ދައްކަނީ އިތުރު ކުއްޖަކު ނުލިބިގެން އެވާހަކަ ކަން ޢަމާރާއަށް ކުރިންވެސް އިނގުނެވެ.

“ކެން.. ތިވާހަކަ ދައްކަން ވާނެ.. އެކަމަކު މި ވަގުތަކު ނޫން.. މިރޭ ދޯ…” އިކާންގެ އަތުގައި ހިފާލަމުން ޢަމާރާ ހިނިތުންވެލިއެވެ. އިކާންވެސް ޢަމާރާއާ އެއްބަސް ވެލުމުގެ ގޮތުން ހިނިތުން ވެލުމަށްފަހު، ދެމީހުން އެކުއެކީގައި ތިރިއަށް ފޭބިއެވެ.

ޕާޓީ ނިމުމަށްފަހު ގޭތެރޭގައި ހުރިހާ އެންމެން މަޑުކޮށްގެން ތިބީ ކުދިވެރިންނަށް ކާން ދޭށެވެ. “އަހަރެން ބޭނުން ވަރަށް މުހިއްމު ވާހަކައެއް ބުނަން..” ޢަމާރާ ކާ މޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ. “ކިހިނެއްވީ.. އަނެއްކާ ތަނަކަށް ދާން ޖެހުނީތަ..؟ އަހަރެންް ބިރުގަނޭ ލަވް އެކަނި ފޮނުވަން..” އިކާން ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. އަދިވެސް ކުރީ ފަހަރު ކަންތަށް ދިމާވި ގޮތުން ޢަމާރާ ތަންތަނަށް ފޮނުވަން އިކާން ޖެހިލުންވެއެވެ.

“ނޫނޭ.. އަހަރެން ނޫޅެމޭ ތާކަށް ދާކަށް ކެން.. އެހެން ވާހަކައެއް.. އަހަރެން ބޭނުން އެންމެންނާވެސް މި ވާހަކަ ހިއްސާކުރަން..” ޢަމާރާ ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ. އިކާން ފަދައިން އާއިލާގެ އެހެން މެމްބަރުންނާއި ހުޔާގެ އާއިލާވެސް ތިބީ ޢަމާރާ ގައުމުން ބޭރަށް ދާން އުޅެނީ ކަމަށް ހީކޮށް ވަރަށް ބިރުންނެވެ.

“ދެން ބުނެބަލަ ދަރިފުޅާ.. މަންމަމެން ވަރަށް ޖެހިލުން ވެޔޭ..” ނޫރާގެ ކައިރީގައި އިށީނދެގެން އިން ޢަމާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ކެން… ދެން ދުވަސް ކޮޅަކުން އީއްކޮއާއި ކާޔޫ އެކަންޏެއް ނުވާނެ..” އިކާންގެ އަތުގައި ހިފާލަމުން ޢަމާރާ ހިނިތުން ވެލުމާއެކު އިކާން ހޭންފެށިއެވެ. “އަސްލުވެސްތަ..؟ ދޮގު ނުހަދައްޗޭ..” އިކާން ގޮނޑިން ތެދުވެލިއެވެ.

“ކެން.. އަހަރެން ދޮގެއް ނުހަދަން..” ޢަމާރާވެސް ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“ދަރިފުޅުމެން ބައްޕަމެނަށް ވެސް އެނގޭނެހެން ތި ކިޔާ އެއްޗެއް ކިޔާބަލަ..” އެންމެ ފަހުން ވިސާމާއަށް ނީނދެވިގެން ބުނެލިއެވެ.

“މަންމާ…. އާއިލާއަށް މެމްބަރެއް އިތުރުވަނީ…” ޢަމާރާ އިސްޖަހާލަމުން ބުނެލިއެވެ.

“ސީރިއަސްލީ.. ޔޫ ޕްރެގް…؟” ހުޔާ އައިސް ޢަމާރާގެ ގައިގަ އޮޅުލައި ގަންނަމުން އަހާލުމުން ޢަމާރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ގޭތެރޭގައި ހީވީ އީދު އައިސްގެން އުޅުނު ހެންނެވެ. ޢަމާރާއާއި އިކާންއަށް ޓަކައި އެންމެންގެ ހިތުގައިވެސް ވަނީ ހެޔޮ ދުޢާއެވެ. އުފަލުން ލޯތަށް ތެންމާލާފައި ވިއެވެ.

މީހުންތަށް މަދުވަމުން ގޮސް ޢަމާރާގެ އެއްބަނޑު ކުދިންވެސް އެމީހުން ތިބެން ހިފާފައި ހުރި ގެއަށް ދިއުމުން ގޭތެރެ ހަމަހިމޭން ވިއވެ. ހުޔާ މަޑުކޮށްލައިގެން އިނީ ޢަމާރާއާ ވާހަކަ ދައްކާލާށެވެ. ހުޔާ މަޑުކުރުމުން ފަހުދު ގެއަށް ދިޔައީ އެދެމަފިރިންގެ ދެކުދިން ވެސް ގޮވައިގެންނެވެ. ހުޔާ ދާން ވުމުން ބަލައި އަންނާނެކަމަށް ބުނެލާފައެވެ.

“ދެން އަހަރެންވެސް ބޭނުމޭ މަގޭ ވައިފީއާ ވާހަކަ ދައްކާލަން..” ކޮޓަރީގެ ބެލްކަނީގައި ތިބި ޢަމާރާއާއި ހުޔާގެ ކައިރީ ގޮސް އިށީންނަމުން އިކާން ވާހަކަ ދެއްކީ ޝަކުވާގެ ރާގެއްގައެވެ.

“ހޫން.. ސާބަހޭ.. އަހަރެން ނޫޅެމޭ އިކާންގެ ވައިފް ގެންދާކަށް.. އެހެން ނޫނަސް އަހަރެން ދިއުމުން ދެން ހަމަ އިކާންގެ ގާތުގަ ދޯ ހުންނާނީ.. ހެހެ..” ހުޔާ ގަސްތުގައި އިކާންއާ ދިމާކޮށްލިއެވެ.

“އެހެންވިޔަސް އަހަރެން ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުއްޓޭ..”

“ސްޓޮޕް އިޓް ކެން.. ތި ދެން ކުޑަ ކުއްޖެއް ނޫނެއްނު.. ކާޔޫއާ އީއްކޮވެސް ނޫޅޭނެ ތިހެނެއް މިހާރަކު..” އިކާންގެ ކޮނޑުގައި ޖަހާލަމުން ޢަމާރާ ހޭންފެށިއެވެ. ހުޔާވެސް ޢަމާރާއާ ބައިވެރިވެލިއެވެ. “އެހެންޏާ މި ދަނީ ނިދަން…” މޫނަށް ވައްތަރެއް ޖައްސާލަމުން އިކާން ތެދުވެގެން ގޮސް ކޮޓަރި ތެރެއަށް ވަނެވެ. ހެވިފައި ޢަމާރާ ބަލަހައްޓައިގެން އިންދާ ދެކުދިން ގޮވައިގެން އިކާން ގޮސް ކޮޓަރިން ނުކުތެވެ. އެއީ ކޮންމެ ރެއަކުވެސް އިކާން ގޭގަ ހުރިއްޔާ ކުރާ ކަމެކެވެ. ޢަމާރާއަށް ފަސޭހަ ކޮށް ދިނުމުގެ ގޮތުން ދެކުދިން ނިންދަވަން އަބަދުވެސް ދާނެއެވެ.

“ހީ އިޒް ޗޭންޖްޑް ދޯ.. އޭރު ކިހިނެއް އުޅުނު މީހެއް އެއީ.. އަސްލު އެ ހާދިސާ އަށް ފަހު ދޯ..” ހުޔާ ވާހަކަ ދެއްކީ މަޑުންނެވެ.

“ހޫމް.. އޭރުދެން އަހަރެން ހުޔާ ކައިރީ ނުވެސް ކިޔަން ދޯ.. ކެން އޭރު ބިރުގަންނަނީ ޔޯ އަހަރެން ގެއްލިދާނެތީ.. އެކަމަކު ފަހުން ދެން އޯވާ ވީ.. ހުޔާ ކައިރީގަވެސް އަހަރެން ނުބުނީ އަހަރެން ހިފަހައްޓާނެކަން އިނގޭތީ.. ދެން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ދޯ.. އަހަރެން ކޮންމެ ހާލެއްގަ އެ ދުވަސް ތަކުގައި އުޅެން ޖެހުނަސް، ކެންއަށް ވިސްނުނީތީ އުފާކުރަން..” ސީރިޔާގައި ވޭތުވި ހިތްދަތި ދުވަސްތަކުގެ ހަނދާންތަށް އާވުމުން މާޔޫސްވީ ނަމަވެސް ޢަމާރާ ހިނިތުންވެލިއެވެ.

ކުޑަ މަންޖެ ރޯތީ ފަހުދު އައުމުން ހުޔާ ވެސް ގެއަށް ދިޔައީއެވެ. އޭގެ ފަހުގައި ނޫރާއާއި ވާހަކަ ދައްކާލުމަށް ޢަމާރާ ތިރިއަށް ފޭބިއިރު ޖިހާދުވެސް ސިޓިންގ ރޫމްގައި އިށީނދެލައިގެން އިނެވެ.

“ދަރިފުޅު.. ކޮބާ އިކާން.. އަވަހަށް އާދޭ..” ޢަމާރާ ފެނުމުން އަވަސް އަވަހަށް ދެމީހުންގެ މެދުން ޖާގައެއް ހަދާލުމުން ނޫރާ ވާހަކަދެއްކިއެވެ. ޢަމާރާއައިސް ކައިރީގައި އިށީނުމުން ނޫރާ ވަރަށް ލޯބިން ޢަމާރާގެ ބޮލުގައި ފިރުމާލިއެވެ.

“އިކާންވެއްޖެ އެ ދެބެން ނިންދަވަން ގޮއްސަ.. އަންނާނެ އިރުކޮޅަކުން..” ޢަމާރާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

“މަންމާ.. އަޅުގަނޑު.. އެބަޖެހޭ ވަޒީފާއާ ދުރުވެލަން ދުވަސް ކޮޅަކަށް..” ޢަމާރާއަށް ބުނެވުނު އިރު އިކާން ސިޑިން ފައިބަނީއެވެ. ހައިރާންކަމާއެކު ޖިހާދުއާއި ނޫރާއަށް ބަލާލެވުނީ އިކާންއާ ދިމާލަށެވެ. އެމީހުނަށް ހީވީ އިކާން އަނެއްކާވެސް ޢަމާރާ ވަޒީފާއަށް ނުފޮނުވަން އުޅެނީ ކަމަށެވެ.

“މަންމާ.. ބައްޕާ ހަމަޖެހިލާ.. މިއީ އަދި އިކާންއަށްވެސް ނޭނގޭ ކަމެއް. އަޅުގަނޑު ޑޮކްޓަރަށް ދެއްކީމަ ބުނީ ރެސްޓް ކުރަން.. އަދި ދެމަސް.. ފަސް މަސް ވެލަންދެން ބުރަކޮށް ނޫޅުމަށް އެންގީ.. މިހާ ދުވަސް ފަހުން ވީމަ..” މަންމައާއި ބައްޕަ އިކާންއާމެދު ގޯސްގޮތަކަށް ވިސްނާނެކަން އިނގޭތީ އަވަސް އަވަހަށް ޢަމާރާ ބުނެލިއެވެ. ވަގުތުން ޖިހާދުއާއި ނޫރާގެ ކައިރިއަށް ހިނި އަތުވެއްޖެއެވެ. ސޯފާއާއި ދިމާލަށް އައި އިކާނަށްވެސް މިހުރިހާ ވާހަކައެއް އަޑުއިވި ހިނިތުންވެ ލެވުނެވެ. ލިލީގެ ދެމަފިރިންނާ އެވާހަކަ ހިއްސާ ކުރުމުންވެސް ވީ ނޫރާމެނަށް ވީވަރެވެ.

“ލަވް.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ.. މިއަދު އަހަރުމެންގެ ދިރިއުޅުމުގަ އިތުރު ކުލައެއް ޖެހިގެން މި ދިޔައީ.. ލަވް އަށް ކޮން ދުވަހަކު އިނގުނީ؟” އިކާންގެ އަތްމަތީ ބޯ އަޅާލައިގެން އޮތް ޢަމާރާގެ އިސްތަށިގަނޑާ ކުޅެމުން އިކާން ވާހަކަދެއްކިއެވެ.

“އެއްކަލަ ބޮޑު އޮފަރޭޝަން އޮތް ދުވަހުގެ އަނެއް ދުވަހު.. ކުޑަކޮށް އެނބުރުން އަރާތީ ހީވެގެން ބަލާލީ ހަމަ.. ދެން ޔަގީން ކޮށްލަން ހޮސްޕިޓަލުންވެސް ބަލާލީ. ޑޮކްޓަރ ބުނީ މިހާ ދުވަސް ވެފަ ޕްރެގް ވީމަ ކޮމްޕްލިކޭޝަންއެއް އައިސްދާނެ ކަމަށް ބަލާފައި..” އިކާންގެ މޫނަށް ބަލާލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ. އިކާން ހިނިތުން ވެލަމުން ޢަމާރާގެ ނިތްކުރިއަށް ދޮނެއް ދިނެވެ.

“ހޫމް.. ލަވް އަށް އިނގޭނެ އެއީ ރަނގަޅު ގޮތްކަން.. އަހަރެން ބޭނުމެއް ނޫން ލަވްއަށްވެސް އަދި ބޭބީ އަކަށްވެސް އެއްވެސް ގޮތެއް ވާކަށް.. އަހަރެން ވަރަށް ލޯބިވޭ.”

“އަހަރެންނަށް އިނގޭ.. އެހެންވެދޯ އެގޮތަށް މި ނިންމީވެސް.. އަހަރެންވެސް ބޭނުމެއް ނުވޭ އެއްވެސް ކަމެއް ގޯސްކޮށް ވާކަށް..” އިކާންގެ ވާހަކައަށް އެއްބަސްވަމުން ޢަމާރާ ބުނެލިއެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް ޢަމާރާގެ ބަނޑަށް 8 މަސް ފުރިއްޖެއެވެ. ޢަމާރާ ހީވަނީ ދެންމެ ދެންމެ ވިހާފާނެހެންނެވެ. ހިނގަން ވެސް އުނދަގޫ ވެފައި ވަނީ ބަނޑު ބޮޑު ކަމުންނާއި ފައި ދުޅަވެފައި ވާތީއެވެ. އިކާންވެސް މިހާރު ހުންނަނީ ޗުއްޓީ ނަގައިގެން ގޭގައެވެ. ގޭތެރެއިން ހުރިހާ އެންމެންގެ ފުރިހަމަ އެހީތެރިކަން ޢަމާރާއަށް ލިބެމުން ދެއެވެ. އަޙްތަރުގެ މަންމަ ނިޔާވުމަށްފަހު މިހާރު ލިލީވެސް ރާއްޖެ ބަދަލުވެ އުޅެނީ ގޭގައި ކަމުން އެއްވެސް ކަަމަކަސް ދައްޗެއް ނުވެއެވެ.

“ކެން.. ކެން.. ތެދުވެބަލަ.. ހޭލަބަލަ.. ތަދުވަނީއޭ..” ނިދާފައި އޮތް އިކާންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ޢަމާރާ ގޮވާލީ ވޭނުން ފުރިފައިވި ގޮތަކަށެވެ. ޢަމާރާ ބަނޑުގައި ރިއްސާތީ ގޮވާލަފާނެކަމަށް ރަނގަޅަށް ނުނިދި އޮތް އިކާން ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް މަންމައަށް ގޮވާލިއެވެ. ލަސްތަކެއްނުވެ ލިލީވެސް ތެދުވެގެން އައީ ޢަމާރާގެ ހޮސްޕިޓަލް އެއްޗެހި ތައްޔާރު ކޮށް ދިނުމަށެވެ. އިކާން ޢަމާރާ ތައްޔާރުކޮށް ނިމުނުއިރު ލިލީއާއި ނޫރާވެގެން ހޮސްޕިޓަލް ބޭގް ތައްޔާރު ކޮށް ނިމުނެވެ. ގޭގައި ލިލީ މަޑުކުރުމަށްފަހު، އިކާންމެންނާއެކު ލިލީއާއި ނޫރާ އަދި ޖިހާދުވެސް ދިޔައީ ޢަމާރާގެ މަންމަ ވިސާމާވެސް ގޮވައިގެންނެވެ.

“ފިރިހެން ކުއްޖެއް..” ދަރިފުޅު ގޮވައިގެން ވިއްސާ ކޮޓަރިން ނުކުތް ނަރުސް ކުއްޖާ ދަރިފުޅު ދައްކާލަމުން އެންމެންނަށް ބުނެލިއެވެ. އިކާންއަށް އުފަލުން ރޮވުނުއިރު އެހެން އެންމެންގެ ހާލަކީވެސް އެއީއެވެ. އެންމެން ނަށް ދަރިފުޅު ދައްކާލުމަށްފަހު ނަރުސް ކުއްޖާ ދަރިފުޅު ގޮވައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. ދަންވަރު ވަގުތު ކަމުގައި ވިޔަސް އިކާން ހުރިހާ އެންމެން ވެސް އަވަސްވެލީ އާއިލާގެ އެހެން މީހުންނާއި ރަހުމަތްތެރިންނަށް އެ ޙަބަރު ދިނުމަށެވެ.

ދެ ދުވަސް ވީއިރު ޢަމާރާ އާއި ކުޑަ ދަރިފުޅު ގެއަށް ދޫކޮށްލައިފިއެވެ. ގޭތެރޭގައި އިހުނަށްވުރެ ބޮޑަށް މީހުން އައިސް ގޮސް އުޅުން އިތުރުވެފައި ވިއެވެ. ހައްތަހާވެސް ދައިފުޅާއި ޢަމާރާއަށް ގޮވާލަން އަންނަ ތިމާގެ މީހުންނާއި ރައްޓެހިންނެވެ.

“ދަރިފުޅު ދޭ ނިދާލަން.. ރޭ ހަތަރުދަމުވެސް ނުނިދާ އެއްނު އުޅުނީ..” ޢަމާރާގެ ބޮލުގައި ފިރުމާލަމުން ނޫރާ ބުނެލިއެވެ. އެމީހުން ތިބީ ނޫރާގެ ކޮޓަރީގައެވެ.

“އަނހާ ދަރިފުޅާ.. ކީއްވެ ތި ރޮނީ.. ދަރިފުޅު ދާން ބޭނުން ނުވަނީތަ؟” ޢަމާރާ ރޯން ފެށުމުން ނޫރާ އަވަސް އަވަހަށް އަހާލިއެވެ.

އިކާންއާއި ލިލީވެސް އަވަސް އަވަހަށް ޢަމާރާ ގާތަށް ޖެހިލިއެވެ.

“ބުނެބަލަ ދަރިފުޅާ.. ތަނަކަށް ތަދުވަނީތަ؟” ނޫރާ އިތުރަށް ހާސްވީ ޢަމާރާއަށް ބޮޑަށް ރޮވެން ފެށުމުންނެވެ. އިކާން އައިސް ޢަމާރާގެ ކައިރީ އިށީނދެ ގަޔާ ކައިރިކޮށްލިއެވެ. “ލަވް.. ނުރޮއެބަ.. ބުނެބަލަ ވީގޮތް.. ޑޮކްޓަރަށް ގުޅަންވީތާ..؟” އިކާން މިހެން ބުނެލުމާއެކު އިކާންގެ މޭމަތިން ޢަމާރާގެ އަތް ޖައްސާލާފައި ހުރި ހިސާބުން ގަމީސް އަތަށް ބޮނޑިކޮށްލަމުން އިކާންގެ މޭގައި މޫނު ފޮރުވާލިއެވެ.

ރޮވެމުންދިޔަ ޢަމާރާގެ އަޑު ނުކުތީ ވަރަށްވެސް މަޑުންނެވެ. ”ކެން…“ އެދުވަހު އަހަރެނަށް އެދުވަހު އެ ގޮތަށް ނުދެވުނުނަމަ.. އެހެން ނޫންނަމަ އެދުވަހު ހަމަ މިގޮތަށް.. މި އެންމެން ތިބޭނެދޯ އަހަރެންނަށް އެހީތެރިވެދޭން..“ ޢަމާރާގެ އަޑު ނުކުތީ ކިތަންމެ މަޑަކުން ކަމުގައި ވިޔަސް ކައިރީ ތިބި އެންމެންނަށް އެ އަޑު ރީތިކޮށް އިވުނެވެ.

”ލަވް.. އަހަރެން ބުނީމެއްނު އެކަމާ އެވަރަށް ނުވިސްނާށޭ.. އިނގޭ ލަވް ދެރަވާނެކަން.. އަހަރެން ވެސް ކަންތަށް ކުރެވުނު ގޮތުން ވަރަށް ދެރަވޭ.. ދެން އެކަމަކު އިންޝާﷲ އެކަހަލަ އެއްވެސް ކަމެއް ނުވާނެ. ދެން ނުރޮއެ..“ އިކާން މަޑުމަޑުން ޢަމާރާގެ ކޮނޑުގައި ހިފަހައްޓާ ލައިގެން މަޑުމަޑުން ތެދުވީ ކޮޓަރިއަށް ދާށެވެ.

“އެދަރި އަދިވެސް އެކަމުން އަރައިނުގަނޭ.. އަހަރެން ވަރަށް ދެރަވޭ އެކަމާ..” ނޫރާ ލިލީއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“މަންމާ.. އަަދި ރަނގަޅުވާނެ.. އެކަހަލަ ކަންކަމަކީ އަވަހަށް ހަނދާން ނެތޭނެ ކަންކަމެއް ނޫން..” ލިލީ ކުޑަދަރިފުޅަށް ބަލާލަމުން ބުނެލިއެވެ.

”ދެން ދަރިފުޅުވެސް ދޭ ދެން ނިދާލަން.. މަންމަ މިސޮރު ބަލާލާނަން.. އަދި މާދަމާ ނަންކިޔުމުގެ ކަންތަކާވެސް އުޅެން ޖެހޭނެ އެއްނު…“ ނޫރާ ބުނުމާއެކު ލިލީވެސް ނިދާ ކޮޓަރިއަށް ދާން ނުކުތީ އަޙްތަރުއަށް ގުޅަމުންނެވެ.

”މާރާ އަވަސްކޮށްލާ.. ކޮން ނަމެއްތަ މިހާރު ފައިނަލްވީ… އެމީހުން އެބާތިބި ލަސްވެފަ.“ ކޮޓަރިއަށް ވަތް އިކާން އަވަސް އަރުވާލާފައި ވާހަކަދެއްކީ ޢަމާރާ އަދިވެސް ދަރިފުޅަށް ކިޔާނެ ނަމެއް ނުދީ އޮތީމައެވެ.

”ރެހާލް.. ކިހިނެއް ވާނެ؟ ރަނގަޅުތަ އެ ނަން..“ ބުރުގާ ރީތިކޮށްލަމުން ލޯގަނޑުން އިކާންއާ ނަޒަރު ސީދާ ކޮލަމުން ޢަމާރާ ބުނެލީ ހިނިތުންވުމާ އެކީގައެވެ.

”ތެންކިޔޫ މައި ލަވް..“ ޢަމާރާގެ ފަހަތުން ބައްދާލަމުން ކޮލަށް ދޮނެއް ދީފައި އިކާން ބުނެލީ އުފާވެރިކަމާ އެކުގެވެ. އެނަން ގުޅިފައިވަނީ އިކާން އެންމެ ލޯބިވާ އޭނާގެ މާމާ ރިހާނާއާ ކަމަށް ވުމުން އިކާން ހުރީ ވަރަށް އުފާވެފައެވެ.

”ދެން ހިނގާ ދާން.. މިހެން ނުތިބެވޭނެ.. ”

އިކާންއާއި ޢަމާރާ ތިރިއަށް އައުމުން ދަރިފުޅަށް ނަން ކިޔުމުގެ ކަންތަށް ކުރިއަށް ދިޔައެވެ. ”ރެހާލް“ އޭ ބުނެލި އަޑު އިވުމުން ޖިހާދުއަށްވެސް ވީ އިކާންއަށް ވީފަދަ ގޮތެކެވެ. މަންމަ މަތިން މާބޮޑަށް ހަނދާންވީއެވެ.

“ދަރިފުޅާ.. މާމަ ހުރިނަމަ.. މިއަދު ވަރަށް އުފާވީސް..” އިކާންގެ ކޮނޑުގައި އަތް ބާއްވާލަމުން ޖިހާދު ބުނެލިއެވެ.

“ބައްޕާ.. މީ ހަމަ މާރާގެ ވިސްނުން.. އަހަރެންވެސް ވަރަށް އުފާވޭ..” އިކާން ލޯބިވެތި ގޮތަކަށް ޢަމާރާއަަށް ބަލާލަމުން ބުނެލިއެވެ. ބަދަލުގައި ޢަމާރާ ހިނިތުންވެލިއެވެ.

ލޯތްބާއި އިޙްތިރާމަކީ ލޯބިވެތި ވަރުގަދަ ދިރިއުޅުމެއް ބިނާކުރުމަށް އެންމެ މުހިއްމު ވާނެ ކަންކަމެވެ. އިކާންއާއި ޢަމާރާގެ ކުޑަ އާއިލާއާއި ދެފަރާތުގެ އާއިލާގެ ގުޅުން ވަނީ ކުރިއަށްވުރެ ބޮޑަށް ގާތްވެ ވަރުގަދަވެފައެވެ. ލޯތްބާއި އޯގާތެރިކަމާއި އިހްތިރާމާއިއެކުގައެވެ. (ނިމުނީ)

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ބޮޑީގާޑު 3

Next

މާސްކު ((36)ފަހު ބައި)

Next
January 15, 2026

މާސްކު ((36)ފަހު ބައި)

Previews
January 15, 2026

ބޮޑީގާޑު 3

6 Comments!

  1. Shaba_73 says:
    January 15, 2026 at 1:46 pm

    Mi story vrh reethi MA??
    Next story eh Kon irakun??
    Plss pro story eh noon

    1. ފަޒޫ says:
      January 15, 2026 at 1:58 pm

      Insha Allah before Ramadan start kuraanan. Mi balany hama veehaa ves dhigu story eh thibeyfulhun naa hisaabah genes dheveythoa IA🫶🏻.
      Maybe pro story akah ves vedhaane. Plan kohffa innaanee one pro story and one free story publish kuran.

  2. Miss jennie says:
    January 15, 2026 at 2:44 pm

    Mi vaahaka varah reethi. Ummeedhu kuran dhen nerey vaahaka eh ves varah reethi vaane kamah

    1. ފަޒޫ says:
      January 15, 2026 at 3:38 pm

      insha allah

  3. Shiuny says:
    January 15, 2026 at 4:18 pm

    Haha finally new ep eh thnkxxxx vrh vrh reethi mi part vx tcc luv uuu

    1. ފަޒޫ says:
      January 15, 2026 at 6:16 pm

      most welcome.. if readers are happy. that’s all

Comments are closed.



All Right Reserved!