Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ފޮރުވުނު ހަގީގަތް

EXO
EXO Level 210 Stories100 Login
December 23, 2025 5 Mins Read
0 Comments

ނަމާން އެ ބިރުވެރި ތަޖުރިބާ ހަނދާންވުމުންވެސް އަޒްލީފް ހިތަށް ބިރުވެރިކަންގެނުވައެވެ. އޭނާ ހުރި ރަށުގައި ފެނުން ކަންތައްތަކަކީ ދުވަހަކުވެސް އޭނާ ހަނދާން ނުނެތޭނެ ކަންތައްތަކެވެ.

އަޒްލީފްއަކީ ރާއްޖޭގައި ޑިމާންޑް ބޮޑު މީހެކެވެ. ކުރާ މަސައްކަތަކީ ކަރަންޓުގެ މަސައްކަތްތަކެވެ. ބައެއްް ކުންފުނިތަކުން އެއްބަސްވުންތައް ހަދާ އަޒްލީފް އެކި ޕްރޮޖެކްޓްތަކަށް ފޮނުވައެވެ. މިފަހަރު އެފަދަ ޕްރޮޖެކްޓްއެއްގައި އަޒްލީފް ދިޔައީ ދެކުނުގެ ރަށަކަށްށެވެ. އާބާދީ ކުޑަ މީހުންވެސް މަދު އެ ރަށުގައި ގިނަ ފަޅުގެތަކާ ގޯތިތައް ހުރެއެވެ. ރަށަށް އަޒްލީފް އައުމާއެކު މެހެމާންދާރީ ރައްޔިތުން އަދާކުރިޔެވެ. ރަށަށް ޖެހިފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ކެޑިނޭޅި ކުރަމުން އައި އިންތިޒާރަށް ނިމުން އަންނާނެކަން ރައްޔިތުންނަށް ޔަގީވެގެންދިޔައެވެ. އަޒްލީފް ހުންނަން ހަމަޖެހިފައިވާ ގޯއްޗާހަމަޔަށް ގެންގޮސްދިނީ ރަށުގެ ކަތީބެވެ. އަޒްލީފް ގެނެސްފައިވާ ސާމާނުތައް ރައްޔިތުން ގެނެސް އަޒްލީފް ދެއްކި ތަންތަނުގައި ބަހައްޓާލުމަށްފަހު ދިޔައެވެ. އަޒްލީފް ކުޑަކޮށް އަރާމްކޮށްލުމަށްފަހު އިންޖީނުގޭގެ ވެރިޔާއަށް ބައްދަލްކޮށްލަންދިޔައެވެ. އަދި މަޝްވަރާތައް ކުރުމަށްފަހު މަސައްކަތްފަށަން ތައްޔާރީތައްވާންފެށިޔެވެ. ސާމާނުތައް ހިފައިގެން އިންޖީނުގެޔަށްގޮސް ކަރަންޓު ގުޅާފަ ހުރި ގޮތްތައް ބަލާ އެކަންކަން ރަނގަޅުކުރަންފެށިޔެވެ. އެއަށްފަހު ރަށުތެރޭގައި ހުރި ބޯޑުތަކާ އެއްޗެހި ރަނގަޅުކުރުމުގެ ކަންކަންފެށިޔެވެ. އިރުއޮއްސި އަނދިރިވުމުން އަޒްލީފް މަސައްކަތް ހުއްޓާލުމަށްފަހު ގެޔަށް ދިޔައެވެ. އެޔަށްފަހު ފެންވަރައިގެން ކާން ހަމަޖެހިފައިވާ ގެޔަށް ގޮސް ކައިގެން އައިސް ޖައްސާލިތަނުން އަޒްލީފްއަށް ނިދިއްޖެއެވެ. އަޒްލީފްއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކިޖަހާލި އަޑަށްށެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެކޮޅަށް ބަލާލުމަށްފަހު ދޮރު ޖެހުމަށްފަހު ގޮސް ނިދަން މަސައްކަތްކުރަނިކޮށް ކަރަންޓު ކުއްލިޔަކަށް ގޮސްފިޔެވެ. އަޒްލީފް ފޯނު ނަގައި އަލިކޮށްލައިގެން ޓޯޗު ހޯދާލުމަށްފަހު އެ އަލިކޮށްލައިގެން ނުކުތެވެ. އެއިރު އެކި ދިމަދިމާލުން ރައްޔިތުން ވާހަކަ ދައްކާ އަޑުއިވެއެވެ. ޓޯޗުން އަލިކޮށްލައިގެން އަޒްލީފް އިންޖީނުގެޔާ ދިމާލަށް ދިޔައިރު އިންޖީނުގޭގެ ވެރިޔާ އެތާ ހުއްޓެވެ. ދެމީހުން އެތެރެޔަށްވަދެ ޖަނަރޭޓަރު އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށްފަހު ފޮށިތައް ބަލަން ހިނގައިގަތެވެ. ވެރިޔާ އަޒްލީފް ކައިރީ ޓޯޗު ނިވާލުމަށް އެދުނެވެ. އަދި އޭނާ ފަހަތުން އައުމަށް އެދުނެވެ. އަޒްލީފް މާ ބޮޑު ކަމަކަށް ނުހަދާ ޓޯޗު ނިވާލުމަށްފަހު ވެރިޔާއާ އެކި އެކި ފޮށިތައް ކައިރިޔަށް ހިގަމުންދިޔައެވެ. މިހެން ދަނިކޮށް ކުޑަ ކުއްޖެއް އަޒްލީފްގެ ވައަތާ ދިމާލުން އަންނަތަން ފެނުނެވެ. އެއީ ހަންގަނޑު ކަޅު ބޯ ބުޅި ފަސްވަރަކަށް އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ދެލޯގެ ކަޅިވަނީ މަޑު ރީނދުކުލަޔަކުން ދިއްލިލާފައެވެ. އަޒްލީފް ކައިރިން އެކުއްޖާ ދުވެލާއިގޮސް އެތަނުގައި ހުރި ގެޔަކަށް ވަތްތަން ފެނުނެވެ. ކަރަންޓު ދިޔުމުން ކުދިވެރިންވެސް ބޭރުން ފެނުން އެއީ އާދައިގެ ކަމެއްކަމަށް އަޒްލީފް ހަދާލިޔެވެ. ތިން ހަތަރު ކަރަންޓު ފޮއްޓާ ހަމަޔަށްގޮސް ބެލުމުން ހަތަރުވަނަ ފޮށިން ފެނިގެންދިޔައީ ފޮށި ހުޅުވާފައިހުރިތަނެވެ. އަދި ވާގަނޑުތައް ނައްޓާފައިވާތަނެވެ. އަޒްލިފް ވާގަނޑުތައް ގުޅާލުމުން ރަށަށް ކަރަންޓު އަތުވެއްޖެއެވެ. އަޒްލީފް އަނބުރާ ގެޔަށް އައިސް ޖައްސާލިޔެވެ. އިރުކޮޅަކުން ނިދިއްޖެއެވެ. ކުއްލިޔަކަށް އަޒްލީފްއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ދިން އަޑަށްށެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު މީހަކު ފެންނަން ނެތުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކޮޓަރިޔަށް ވަދެއްޖެއެވެ. އެނދުގައި ނޯށޯވެވެނީސް އަނެއްކާވެސް ޓަކިދީފިޔެވެ. އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު މީހަކު ފެންނަން ނެތުމުން ހިތަށް ކުޑަކޮށް ބިރުވެރިކަން އިހުސާސްވާންށިޔެވެ. އެކަން ފިލުވާލުމަށްޓަކައި ދިޔަ ގޮތަށް ހެޑްފޯން އަޅައިގެން އޮށޯތެވެ. މިހެން އޮއްވާ ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު އިންޖީނުގޭގެ ވެރިޔާއާ ދިމާވުމުން ރޭގަ ހިނގި ކަންތަކުގެ ވާހަކަ ބުނެލުމުން އޭނާ އެކަމަށް މާކަށް ބޮޑު ސަމާލުކަމެއް ނުދެއެވެ. ބެނިލީ ހަމައެކަނި އެއީ އެވަރު ކަމެއްނޫނޭ އެހެންވެސް ވެދާނޭ. މިހެން ބުނެފައި އިންޖީނުގޭގެ މަސައްކަތްފެށިޔެވެ. އިރުއޮއްސުމުން މަސައްކަތް ނިންމާލުމުގެ ގޮތުން ފޮށިތައް ބަލާލުމަށް އަޒްލީފް ދިޔައެވެ. ފަހަރަކު ފޮއްޓެއް ދެފަހަރަކު ރަނގަޅަށް ބަލާލުމަށްފަހު އެންމެ ފަހު ފޮއްޓާ ހަމަޔަށް ދެވުނުއިރު ރޭގަނޑު އަށެއްޖަހާފިޔެވެ. ގެޔަށް ދާން އަނބުރާ ހިނގައިގަތްތަނުން ކުޑަކުދިން ހޭ އަޑުފަދަ އަޑުތަކެއް އިވެންފެށިޔެވެ. އެ އަޑުތައް އަންނަމުންދިޔައީ އެތަނުގައި ހުރި ފަޅު ގެޔަކާ ދިމާލުންނެވެ. މިހާ ރޭގަނޑަކު ކުދިބަޔަކު އެތާ އުޅޭތީ އެކުދިން ހޯދުމަށް އަޒްލީފް އެދިމާލަށް ދިޔައެވެ. ގޮސް ހޯދާ ހޯދާވެސް ކުއްޖަކު ނުފެނުނެވެ. އެންމެ ފަހަށް ދާން ހިނގައިގަތްތަނުން ފަހަތުން ކުޑަކުޖަކު ހެމުން ދުވެލާފަ ދަމުން އަޒްލިފް ބުރަކަށީ އަތްލާފަ ދިޔަ އިހުސާސްވެއްޖެއެވެ. ފަހަތަށް އެނބުރި ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ދެން ދާން ހިނގައިގަތްތަނުން އިވުނީ ކުޑަކުއްޖެއްގެ އަޑުން އެމީހުންނާ އެކީ ކުޅެލަން މަޑުކޮށްލަން ބުނެލި އަޑެވެ. މުޅި ގައިން ހީބި ނަގައިގެންދިޔަ ހާލުގައި ބާރު ބާރަށް އަޒްލީފް އެތަނުން ދިޔުމަށް ހިނގަންފެށިޔެވެ. ކުޑަކުދިން ހޭ އަޑު ގަދަވެގެންދަމުން ގޮސް ކަންފަތަށް އުނދަގުވާވަރުން ދެ ކަންފަތުގައި އަތް އަޅާ ދުއްވައިގަންނަން މަޖްބޫރުވެއްޖެއެވެ. ދުވަމުން ގޮސް ގެޔަށް ވަދެ ދޮރު ތަޅުލައިގެން އޮށޯތެވެ. ބިރުން ތުރުތުރު އަޅާ މީހާ ހުންވެސް އަތުވެއްޖެއެވެ. މިހެން އޮށްވާ ބޭރުން ބޭރުން ކުދިން ހޭއަޑު އިވެމުންދިޔައެވެ. ބޮލުގައި ބާލީސް އަޅާން ހެޑްފޯންވެސް ގުޅައިގެން އޮންނަންފެށިޔެވެ. މިހެން އޮއްވާ ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު ތެދުވެގެން އިންޖީނުގެޔަށް ގޮސް ވެރިޔާ ހޯދަން މަސައްކަތްކުރިޔެވެ. ނަމަވެސް އޭނާ ވަނީ ރަށުން ފުރާފައިކަމަށް އެތަނުގެ މުވައްޒިފަކު ބުނެލިޔެވެ. އެހެންކަމުން މިއަދު އަޒެލީފްގެ ކަންބޮޑުވުންތައް ކިޔާދޭނެ މީހަކުނެތި މަސައްކަތުގައި އުޅެންފެށިޔެވެ. އިރުއޮއްސުމާ ހަމަޔަށް މަސައްކަތް ކުރުމަށްފަހު ފޮށިތައް މިއަދު ނުބަލާ އަޒްލީފް ބޭނުންވީ ގެޔަށް ދާންށެވެ. އެހެންކަމުން ހިނގައިގަތްތަނުން ގެޔެއްގައި ހުރި މުސްކުޅި އަންހެނަކު އަޒްލީފްއަށް ގޮވާލިޔެވެ. އަޒްލީފް ގެނެސް މެހެމާންދާރީ އަދާކޮށްދިނުމަށްފަހު އެމީހާ އަޒްލީފްއާ ހަތަރުކަޅި ހަމަކޮށްލިޔެވެ.

އަންހެނާ : ކޮއްކޯ. ހާދަ ކަންބޮޑުވެފަހުރިހެން ދައްތައަށް ހީވެޔޭ

އަޒްލީފް : އާނ ދައްތާ. ކަންބޮޑުނުވާވަރު ވޭތަ މިއުޅެނީ ކަންތައް ގަނޑެއް ލައިގަނެގެން

އަންހެނާ : އެކުދިން ހޭއަޑު އިވެނީ ދޯ

އަޒްލީފް : (ސިއްސައިގެންގޮސް) ކިހިނެއް ދައްތައަށް އެނގެނީ މިކަންތައް

އަންހެނާ : އެއީ މިރަށުގައި އާއްމުކަމެއް. އެކަމާ ކަންބޮޑުނުވޭ ކަލެޔަކަށް އެއްވެސް ގެއްލުމެއް ނުވާނެ ނުބެހެންޏާ

އަޒްލީފް : އެއީ ޖިންނީންތަ؟

އަންހެނާ : އެއީ ޔަތީމް ކުދިންތަކެއް. ރައްޔިތުން ވަރަށް ލޯބިވާ ކުދިންތަކެއް. އެކުދިން ދިރިއުޅެމުން އައި ގޭގަ ހިނގި އަލިފާނުގެ ހާދިސާއެއްގައި ހުރިހާ ކުދިން މަރުވީ. އޭގެ ފަހުން އެ ސަރަހައްދުން ކުދިން ހޭއަޑު އިވޭތީ މީހުން ނުދޭ. އަދި އަޅާވެސް ނުލާ ދިރިއުޅެން މަސައްކަތްކުރަނީ. އަހަރެން ގޭ ދޮށުންވެސް އިވޭނެ ރޭގަނޑު ހީހީފާ ކުދިން ދުވާ އަޑު އެކަމު އަޅާނުލާތީ ފަހުން އެކަން ހުއްޓުނު. ކޮއްކޮވެސް ކެތްތެރިވެލައިގެން ހުރޭ އޭރުން މިކަން ނިމިދާނެ

އަޒްލީފް އެގެއިން ނުކުމެގެން ގެޔަށް ދިޔުމަށްފަހު ކައިގެން ބޭރަށް ނުނުކުންނަން ނިންމިޔެވެ.

ގަޑިން ރޭގަނޑު 11 ޖަހާލުމާއެކު ރަށުން ކަރަންޓު ހިނގައްޖެއެވެ. ނަމަވެސް އަޒްލީފް ހުރީ ނުނުކުންނަން ނިންމައިގެންނެވެ. އެނދުގައި އިށީނދެލައިގެން އިންދާ ދޮރުގައި މީހަކު ޓަކިދީފިޔެވެ. އެކަމަށް ސަމާލުކަން ނުދޭން އަޒްލީފް ނިންމިޔެވެ. ނަމަވެސް ދޮރުގައި ޓަކި ދިނުން އަވަސްވެއްޖެއެވެ. އެންމެ ފަހަށް ބޭރުން އަޒްލިފްގެ ނަން ގޮވާލީ ދަންނަ އަޑަކުންނެވެ. އެއި އިންޖީނުގޭ ވެރިޔާގެ އަޑެވެ. އަޒްލީފް ގޮސް މަޑު މަޑުން ދޮރު ހުޅުވާލިއިރު މާނޭވާ ލާ ހާލު އިންޖީނުގޭގެ ވެރިޔާ ހުއްޓެވެ.

ވެރިޔާ : އަވަހަށް ހިނގާބަލަ މި ރަށަށް ކަރަންޓުދޭން މިއުޅެނީ މާމަ މަރުވެގެން. ހިނަވާގޭގަ މާމަ ހިނަވަމުން ދަނިކޮށް ކަރަންޓު އެ ދިޔައީ

އަޒްލިފް : މި އަންނަނީ ދަބަސް ހިފައިގެން

އަޒްލީފްއާއެކު ވެރިޔާ އިންޖީނުގެޔަށް ދިޔައިރު ޖަނަރޭޓަރުގައިވަނީ ކޮންމެވެސް ވަރަކަށް ހުޅު ހިފާފައެވެ. ހިފާފައިވާ ހުޅުގަނޑު ނިވާލުމަށް އިންޖީނުގޭ މުވައްޒިފު މަސައްކަތްކުރަމުންދެއެވެ. އެންމެ ފަހަށް ހުޅުގަނޑު ނިވާލުމަށްފަހު މަސައްކަތްފެށިޔެވެ. މަސައްކަތް ނިމުންއިރު މެންދަންވެ 3 ޖަހާފިޔެވެ. ފޮށިތައް ބެލުމަށްޓަކައި އަޒްލީފްއާއެކު ވެރިޔާ ދިޔައެވެ. އެންމެ ފަހު ފޮއްޓާ ޖެހުންތަނުން ވެރިޔާ ވީތަނެއް ނޭނގުނެވެ. ފޮށީގެ މަސައްކަތް ކުރަން އަޒްލީފްއަށް މަޖްބޫރުވީ އެކަންޏެވެ. އެހެންކަމުން މަސައްކަތް ކުރިޔަށް ގެންދަނިކޮށް މީހަކު ފަހަތުގައި ހުރި ކަމުގެ އިހުސާސްވެގެން ބަލާލިޔެވެ. އެއިރު ކައިރީގައި ހުރީ އިންޖީނުގޭގެ މުވައްޒިފެވެ. އަޒްލީފް އެތައް ވާހަކައެއް ދެއްކިއިރުވެސް އޭނާ އަނގައިވެސް ނުބުނާތީ ޝައްކެއްވާންފެށިޔެވެ. ބިރުން ހުރެ ފަހަތަށް ބަލާލިއުރު މުވައްޒިފު މީހާ ގެއްލިއްޖެއެވެ. އަވަސް އަވަހަށް މަސައްކަތް ނިންމާލުމަށްފަހު ރަށަށް ކަރަންޓުދިނުމަށްފަހު އަޒްލީފް ގެޔަށް ނުގޮސް ދިޔައީ އިންޖީނުގެޔަށްށެވެ. އެތަނުން ވެރި މީހާއާ ބައްދަލްކޮށް ހިތްހަމަނުޖެހުން ފާޅުކުރުމަށްފަހު ވެރިޔާއާ އެކީ ހިނަވާގެޔަށް ދިޔައެވެ. އެތަނުގައި ކަފުން ކުރެވިފައިވާ މާމަ ބޭއްވިފައި އޮތެވެ. އެތަނަށް އަޒްލިފްއާ ވެރިޔާ ވަނުމާއެކު ބޮކިތައް ނިވިދިއްލެންފެށިޔެވެ. ދެން ފެނިގެން ދިޔައީ ކަފުންކުރެވިފައިވާ މާމަ މަޑުމަޑުން ތެދުވެލިތަނެވެ. އަދި އަޒްލީފްމެންނާ ދިމާލަށް ބަލާލިތަނެވެ. އެއަށްފަހު ކުޑަކުއްޖެއްގެ އަޑުން ކުޅެލަންދާން އެދުނެވެ. ދެން ފެށީ ބާރަށް ބިރުވެރިއަޑަކުން ހޭންށެވެ. އެ ހިނިގަނޑާއެކު މުޅި ހިނަވާގޭގެ ބޮކިތަކާ އެއްޗެހި ތަޅައިގެން ގޮސް އަނދިރިވެއްޖެއެވެ. ދެން ފެނުނީ ކަފުން ކުރެވިފައިވާ މާމަ ތެދުވެގެން އައިސް އަޒްލީފް ކައިރީގާ ހުރި ވެރިޔާގެ ކަރުގައި އެއް އަތުން ހިފާ ބާރުކޮށްލުމަށްފަހު އޭނާގެ މޫނުގައި އަނެއް އަތުން ވަކި އެޅުމަށްފަހު ދެ ލޮލަށް މަޑުމުން އިނގިލިތައް ކޮށްޕާލުމަށްފަހު ދެ ލޯ ކޮނެލައިގެ ނެރެ ބިމަށް ވައްޓާލިޔެވެ. އަދި އެޔަށްފަހު ބަނޑަށް އަތް ގަންނުވާލިގޮތަށް ބަނޑު ފަޅާލާ ގޮހޮރުގަނޑު ދަމައިގަތެވެ. އަދި ކަރުގައި ހިފިގޮތަށް ލަގޮނޑިވެސް ދަމައިގަތެެވެ. އެޔަށް ފަހު މަރުވެފައިވާ ވެރިޔާގެ ހަށިގަނޑު ދުރަށް ހޫރުވާލުމަށްފަހު އަޒްލީފްއާ ހަތަރު ކަޅި ހަމަކޮށްލިތަނެވެ. އަދި ކަރުނަ އަޅާ އެ ރޯންފެށިޔެވެ.

މާމަ : އަހަރެންގެ ކުދިން މަރާލި މީހާ އަކީ މިޔޮއް މީހާ. އެކުދިން ބަލާނެ މަޔަކު ނެތް. އެކުދިންނަށް ހުރިހާ ކަމެއް ކޮށްދިނީ އަހަރެން. އޭ އިންސާނާ. ކަލޭމެން ތެރެއިން ބައެއް މީހުންނަކީ ހާދަ ނުބައި ބައެކެވެ. އަހަރެންނަކީ އިންސާނެއް ނޫނަސް އަހަރެން އެކުދިންދެކެ ހާދަ ލޯބިވީމެވެ. އެކުދިން ބަނޑަކަށް ނުތިބޭ. އެކުދިން ބަޔަކަށް އުނދަގުލެއް ނުކުރޭ. އެކުދިން އެހެން އުޅެނިކޮށް މިއޮއް ކަލޭގެ މިރަށަށް އައިސް އެކުދިންނަށް އުނދަގޫކޮށް އަނިޔާކުރަންފެށީ. މި ހުރިހާ ކަމެއް ސިއްރުކުރީ މި މާމަ. އެންމެ ފަހަށް އެކުދިންނަށް ޖިންސީގޯނާ ކުރީ ނިދާފަ ތިއްބާ އެކުދިންނަށް އެތައް އަނިޔާއެއްކޮށް ބިރު ދައްކުމަށްފަހު އެވަރުން ނުފުދިގެން ހުރިހާ ކުދިން މަރާލި އެއްވެސް ރަހުމެއް ނެތި. އެޔަށްފަހު އެ ގޭގައި ހުޅުޖެހީ އަދި ގޮސް މި މާމަޔަށް ހުރިހާ އެއްޗެއް ކިޔާދިނީމަ މި މާމަވެސް އެކަން ސިއްރުކޮށް އެމީހާ މިނިވަންކޮށް އުޅުނަދިނީ. އެންމެ ފަހަށް މި މާމަ މަރުވުމުން މި މާމަގެ ގަބުރަށް އަހަރެން އެރި އެމީހާ މި މަރާލީ ދެން އަހަރެން ދާނީ މި މާމަގެ ގަބުރު ގޮވައިގެން ގޮސް އެތައް ހާނިއްކައެއް ކުރާނަން އަދި މި ގަބުރުގެ ގުނަވަންތައް ނަގާ އެކި ދިމާ ތަކަށް ގޮސް އަންދާނަން. ކަލެޔަށް މި ވާހަކަތައް ކިޔާދިނީމި ކޮންމެވެސް މީހަކު ތެދު ހާމަކުރަން ޖެހޭތީ. މިއޮއް ކަލޭގެ މިރަށަށް ނަރާ އެތައް ޛުވަހަކު ހުރުމަށްފަހު އެރި ފުރުސަތުގެ ބޭނުން މަ މި ހިފީ ވަރަށް ދުވަހުގެ އިންތިޒާރަށްފަހު ވަރަށްވެސް އުފަލުން.

މާމަގެ ގަބުރު މަޑުމަޑުން ދުރަށް ޖެހެމުންގޮސް ގެއްލިއްޖެއެވެ. އަޒްލީފް ބިރުން ހަޅޭއްލަވަމުން ރަށުތެރެއަށް ނުކުމެ ދުވަންފެށިޔެވެ. ރައްޔިތުން ނުކުމެ އޭނާ ހިފެހެއްޓިތަނުން ހޭނެތިއްޖެއެވެ. އަޒްލީފް ހޭ އެރުމުން ބިރުން ތުރުތުރު އަޅާ ހާލު އެންމެންނަށް ކަންތައް ވީގޮތް ކިޔާދިނެވެ. ރައްޔިތުން ހިނަވާގެޔަށް ދިޔައިރު ފެނިގެން ދިޔަ މަންޒަރުން މީހުންތައް ބިރުން ތެޅެންފެށިޔެވެ. ރުއްގްޔާ ކުރާ މީހުން ގެނެސް މަސައްކަތްތައް ފަށާ ވެރިޔާ ހިނަވާފަ ވަޅުލިޔެވެ.

އަޒްލީފް ފުރަން އޮތް ދުވަހު މީހާކު އައިސް އޭނާ ކަިއިރިޔަށް ހުއްޓުނެވެ. އެއީ ގަބުރުސްތާން ބަލަހައްޓާ މީހާއެވެ.

ގަބުރުސްތާން ބަލަހައްޓާ މީހާ : ދޮންކަލޯ ރޭގަ ބޭބެއަށް ފެނުން މަންޒަރުން ގަބުރުސްތާންއަށް ދުވަސްގަނޑަކަށް ނުދާން ނިންމާފިން

އަޒްލީފް : ކިހިނެއްވީ އަނެއްކާ؟

ގަބުރުސްތާން ބަލަހައްޓާ މީހާ : ކިހިނެއް ނުވަނީ. އިންޖީނުގޭގެ ވެރިޔާގެ މަހާނަ ކޮނެގެން އެ ގަބުރު ނަގާގެން ކާން އިން ބޮޑު ހިޔަންޏެއް ފެނުނީ އެ ހިޔަނީގެ ކައިރީ ރަތް ހެދުމެން ލައިގެން ހުރި އަންހެނަކުވެސް ފެނުން. އެ އަންހެންމީހާ އިސްތަށިގަނޑު ބުޅި. ދެލޯވެސް ރަތްކުލައިން ދިއްލިފަ ހުރީ. އޭނާ ކައިރީ ފަހަތުގައި ކަޅު ކުދި ހިޔަނިތަކެއްވެސް ތިބި.

މި ވާހަކަތައް އަހާފަ އަޒްލީފް ގައިން ހީބިހި ނަގައިގަނެގެންދިޔައެވެ. ލަސްނުކޮށް އަވަހަށް ފުރުމުގެ ކަންތައް ހަމަޖައްސާ އެރަށުން ފޭބިޔެވެ. މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާއެވެ. މި ވާޙަކަތައް ކިތަންމެ ވަރަކަށްވެސް ކިޔާދެވިދާނެއެވެ. ނަމަވެސް ގަބޫލުކުރަނީ ކާކުހެއްޔެވެ.

– ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (4)

Next

ލޯބި-17

Next
December 23, 2025

ލޯބި-17

Previews
December 22, 2025

އަބަދުވޭ ހިތުގާ މަގޭ 2 (4)



All Right Reserved!