Skip to content
އެސްފިޔަ

ރިހުން…

އެދުވަސް ހަޔާތުގެ ރަންދެލިން، ލިޔެލީ ނިކަން ލޯބިން ހިތޭ

ކޮސް ކަމެކެ ކުރެވުނު މީތެދޭ، ރޯށޭ ބަދަލުގައި މިޖެހެނީ

 

ފަރިކަމުގެ ގުލްޝަނަކުން ފޮޅުނު ފިނިފެން މަލެއްކަމުގައި ވިޔަސް

ވަރިއެއް ނުއަގުގައި ވިއްކިދާ، ބާރެއް ނުވާ ލޯތްބެކެ މިއީ

 

ހަސަބާއި ނަސަބުން ބެލިއަަކަސް، ނޭނގޭނެ އެއްޗެއް ލޯތްބަކީ

ވައްތަރުތަކަށް ބެހިގެން ދުވާ، ދެ އަގުން ކިރާލާ އެއްޗެކޭ

 

ނޭވާ ތެރޭގައި ތާށިވެފަ، މިއަދާ ހިސާބަށް ވީ އުދާސް

ލޯބީގެ ބަރުބާދުން އަޅާ ފަސްއެޅި ހުރީ ފޮރުވިފަ އެކީ

 

ފުންޒަހަމަކުން ހިތް ކުދިވެދިޔަ، ނިކަމެތި ހިތެއްގެ ޝުއޫރު މީ

އަބަދައްޓަކައި ފޮރުވައިފަވީ ރުއިމުގެ އަޑެއްގެ ރިހުން ތެދޭ

ނިމުނީ

ހުރިހާ ކިޔުންތެރިންނަށްވެސް މިޅެން ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. 🫶🥰❤️☺️🥀

 

Comments (2)

  1. ކިއުންތެރިއެއް

    .މާނަވީ ރީތި ޅެމެއް. ވަކިން ޚާއްސަކޮށް ދެވަނަ ބަިއތު
    ފަރިކަމުގެ ގުލްޝަނަކުން ފޮޅުނު ފިނިފެންމަލެއް ކަމުގައި ވިޔަސް
    ވަރިއެއް ނުއަގުގައި ވިއްކިދާ، ބާރެއް ނުވާ ލޯތްބެކެ މިއީ

    1. Isnaa
      ކިއުންތެރިއެއް

      (ކިއުންތެރިއެއް) 🥰 ޝުކުރިއްޔާ

Comments are closed.