Skip to content
އެސްފިޔަ

ކިޔަވާ ދުވަސްވަރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން ލިބޭ ގެއްލުމާއި ފައިދާ!

ކޮންމެ އަހަރަކު ވެސް ސްކޫލްތަކުގައި އެކިވައްތަރުގެ ހަރަކާތްތަށް ބާއްވައެވެ. ކުޅިވަރު ހަރަކާތްތަކާއި ވާހަަކަ ދެއްކުމުގެ މުބާރާތްތަކަކީ ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތް ތަކެކެވެ. ކިޔަވާ ކުދިންގެ ހުނަރާއި ގާބިލްކަން ދައްކުވައިދޭން އެކުދިންނަށް ލިބޭ ފުރުސަތެކެވެ. އާ ރައްޓެހިން ހޯދައި ސްކޫލުދައިރުގައި މަޖާ ހަދާންތަށް އުފަންކުރުމަށް ކުދިންނަށް ލިބޭނޭ މުހިންމު ފުރުސަތެކެވެ. ސްކޫލުތަކުގައި އެކިވައްތަރު ވައްތަރުގެ ހަރަކާތްތަށް ކުރިއަށް ގެންދާއިރު ކުދިންނަށް އޭގެން އެތައް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. ހަމައެއާއި އެކު މިކަމުން ގެއްލުން ތަކެއްވެސް ލިބެމުން އަންނަކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ.

އިތުރު ހަރަަކާތްތަށް ބޭއްވުމުގެ ސަބަބުން ކުދިންނަށް އާ ހުނަރުތައް ދަސްވެގެން ދެއެވެ. ގިނަކުދިންނަށް އެކުދިންގެ ހުނަރުތައް ދެނެގަނެވެނީ އިސްކޫލުތަކުގައި ބާއްވާ އިތުރު ހަރަކާތްތަކުގެ ސަބަބުންނެވެ. ކުޅިވަރު ހަރަކާތްތަށް ބާއްވާއިރު ކުދިންނަށް ޕްރެކްޓިސް ކޮއްދޭން ކޯޗުން ގެނެސް ދެއެވެ. އެ ކޯޗުން ކުދިންނަށް އެކި އުކުޅުތަށް ދަސްކޮށްދީ ކުޅުން އިތުރަށް ފުރިހަމަ ކުރާނޭ ގޮތް ބުނެދެއެވެ. ހަމައެގޮތަށް ވާހަކަ ދެއްކުމުގެ މުބާރާތްތަށް ބޭއްވުމުން ކުދިންނަށް އިތުރަށް ފުރިހަމަ އަށް އެކަން ކުރަން ދަސްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކުދިންނަށް އެކުދިންގެ ހުނަރާއި ގާބިލްކަން ހުރިވަރު އެނގިގެންދާނެއެވެެ. ހަމައެފަދައިން ދިރިއުޅުމުގައި ކުރިއަށް ދާނެ މަގު އެނގި ކިޔެވުމައިގެން ކުރިއަށް ދިއުމުގެ އަޒުމު ވަރުގަދަވެގެން ދެއެވެ. އެހެންކަމުން އިތުރު ހަރަކާތްތަށް ބޭއްވުމުގެ ސަބަބުން ކިޔަވާކުދިންނަށް  އިތުރު ހުނަރު ދަސްވެ، ކިޔެވުމައިގެން ކުރިޔަށް ދިއުމަށް ހިތްވަރު ލިބިގެންދިއުމީ އިތުރު ހަރަކާތްތަކުގެ ސަބަބުން ކުދިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އާ ހުނަރުތަކެއް ދަސްވުމުގެ އިތުރުން ސިއްހަތު ސަލާމަތުން ހުރުން އެއީ ކިޔަވާ ކުދިންނަށް އިތުރުހަރަކާތްތަކުގެ ސަބަބުން ލިބޭ އެއްމެ ބޮޑު އެއްފައިދާއެވެ. ސިއްހަތަކީ ކުއްޖާ ދިރިއުޅުމަށް އެއްމެ މުހިންމު ކަމެވެ. ސިއްހަތު ސަލާމަތުން ނެތިއްޔާ ކިޔެވުމުގެ މަރުހަލާގައި ކުއްޖާ އެތައް ގިނަގުނަ ގެއްލުންތަށް  ތަހައްމަލުކުރަން ޖެހެއެވެ. ކުޅިވަރު ހަރަކާތްތަށް  ބާއްވަނީވެސް މިސަބަބައްޓަކައެވެ. ކިޔެވުމުގެ މަރުހަލާ އަކީ ވަރަށް ވެސް ބުރަ މަރުހަލާއެކެވެ. އެތައް ގުރުބާނީ އަކާއި ހިއްވަރެއް ބޭނުންވެއެވެ. މި ހިތްވަރު ކުއްޖާ އަށް ލިބޭނީ  އެކުއްޖެއްގެ ސިއްހަތު ސަލާމަތުން ހުރިއްޔާއެވެ. ނަތީޖާ އެއްގެ ގޮތުން ކިޔެވުމަށް ދޭންވާ ސަމާލުކަން ދިނުމަށް  ކުއްޖާ އަށް ފަސޭހަވެ، އެއްމެހާ ބަލިތަކުން ކުއްޖާ ސަލާމަތް ކޮށްދެއެެވެ. އެހެންކަމުން އިތުރުހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ކިޔަވާ ކުދިންގެ ސިއްހަތު ސަލާމަތުން ހުރުމީ ކިޔަވާ ކުއްޖާއަށް ވަރަށް ބޮޑު މަންފާއެކެވެ.

ކިޔަވާ ދުވަސްވަރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން ކުއްޖާއަށް ފައިދާ ވުމުގެ އިތުރަށް ލިބޭ ގެއްލުންވެސް ހަމަ އެހާ ބޮޑެެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ކުއްޖާ ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެގެން ދިއުމެވެ. އިތުރުހަރަކާތް ތަކުގައި އުޅޭއިރު ގަޑި މެނޭޖް ކުރުމަކީ ނުލާހިކު އުދަނގޫ ކަމެކެވެ. އެގޮތަށް އިތުރުހަރަކާތްތަކުގައި މާގިނައިރު ހޭދަކޮށްފިއްޔާ ކިޔަވާ ގަޑި ފަހަނައަޅާ ދެއެވެ. ކުއްޖާއަށް ބޮޑަށް ވިސްނޭނީ އެހަރަކާތްތަކާއި މެދުއެވެ. ކިޔެވުމަށްދޭ ޝައުޤު ކުޑަވެ އެހަރަކާތެއްގައި އުޅުމަށް ޝައުޤު ބޮޑުވެގެން ދެއެވެ. ނަތީޖާ އެއްގެ ގޮތުން އިމްތިހާން ތަކުން ފެއިލްވެ، ދަށުން މާރކްސް ލިބެއެވެ. ހަމައެފަދައިން ކިޔެވުމަށް އޮންނަ ޝައުގު ކުޑަވެގެން ދެއެވެ. އެހެންކަމުން އިތުރ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ސަބަބުން ކިޔަވާކުދިންގެ ޝައުގު ގެއްލުވާލާ ސަމާލުކަން ކުޑަކޮށްލައެވެ. މިއީ ކިޔަވާ ކުދިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ކިޔަވުމަށް އޮންނަ ސަމާލުކަން ކުޑަވުމުގެ އިތުރުން ކުދިންނަށް ސްޓްރެސް ލިބުމަކީ އިތުރު ހަރަކާތްތަކުގެ ސަބަބުން ކުދިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ދުވާލަކު ކޮންމެ މާއްދާއަކުން އެތަކެއް ފިލާވަޅެއް ހަދަން ދީފައި އަދި އިތުރަށްވެސް ދަސްކުރަން ދެއެވެ. މިފިލާވަޅުތައް އެކަނި ހަދަން ދީގެންވެސް ބައެެއް ކުދިން ސްޓެރެސް ވެއެވެ. އަދި މީގެ އިތުރަށް އިތުރު ހަރަކާތްތަކުގައި ވެސް ވަގުތު ހޭދަ ކުރަން ޖެހެއެވެ. މިކަންތައް މިހެން އޮތުމުން ކުދިންނަށް އޮންނަނީ ކުރަންޖެހޭ މަސަށްކަތް ގިނަވެފައެވެ. ނަތީޖާ އަކަށްވަނީ ނިދިން މަޙްރޫމް ވުމާއި ނަފްސާނީ ބަލިތަކަށް ހުރަހެޅުމެވެ. އެހެންކަމުން ކިޔަވާ ކުދިން ސްޓްރެސް ވުމަކީ އިތުރު ހަރަކާތްތަކުގެ ސަބަބުން ކިޔަވާ ކުދިންގެ ހަޔާތަށް އަންނަ ކޮންކަހަލަ ފުސްގަނޑެއް ބާވައެވެ.

އިތުރުހަރަކާތްތަކަކީ ފައިދާ އާއި ގެއްލުން އޮތް ކަމެކެވެ. މިހަރަކާތްތަކުގެ ސަބަބުން އެތަށް ކުދިންނަކަށް މަންފާ ކުރެއެވެ. އެގޮތުން އާ ހުނަރުތަށް ދަސްވުމާއި ސިއްހަތު ސަލާމަތުން ހުރުމަކީ ކިޔަވާ ކުދިންނަށް ލިބޭ އެއްމެ ބޮޑު ފައިދާއެވެ. އެހެން ނަމަވެސް އޭގެ އަނެއްކޮޅުވެސް ފެނެއެވެ. ކިޔެވުމަށް އޮންނަ ޝައުގު ގެއްލުމާއި ސްޓްރެސް ވުމަކީ ކިހާ ބިރުވެރި ކަމެއް ހެއްޔެވެ. ކުއްޖާގެ މުސްތަޤްބަލް އެއްފަހަރުން ފުނޑުވެދާނެއެވެ. ކަންމިހެން އޮންނައިރު އިތުރު ހަރަކާތްތަކުން ހަމައެކަނި ކުރަނީ ފައިދާއޭ ބުނެވޭކަށް އެއްވެސް ޖާގައެއް ނެތެވެެ.

*ނިމުނީ*

Comments (8)

  1. Shaba_73

    Anehka nubai gadiehga dhw mi msg kurevuny kameh kohlany ye Yageeney 😜

    1. Alaika_22
      Shaba_73

      Laai😭

  2. Shaba_73

    Yageen vehje mhr… Srry vrh bodah 🙏😥

    1. Alaika_22
      Shaba_73

      Kocheh Yageen V 😥🙊

  3. Shaba_73

    Konmes kameh kohfa ai kan

    1. Alaika_22
      Shaba_73

      Kommes Kameh kuri kamakee….. Vhk dhehkee…

  4. Shaba_73

    Ehentha…. Ma heekuraa kahala kameh nuvey dhw naseebakun

    1. Alaika_22
      Shaba_73

      Yrhh…. Manje 😂

Comments are closed.