އެކުވެރިޔާ
ވެހެމން ދިޔަބޯ ވާރޭ ތެރެއިން ވިދާލިވިދުވަރާއި އެކު ވޭނީ ހަޅޭކެއްގެ އަޑު މުޅި ސަރަހަށްދުގައި ހިފައިލިއެވެ. ވިދާލި ވިދުވަރުގެ އަލިން އަނދިރިވެފައިވާ ގޯޅިގަނޑު އަލިވެގެން ދިޔައެވެ. އަހަރެންނަށް ހިތާއި ދިމާއުން މޭގައި އަތްޖައްސާ ބާރު ކޮށްލެވުނެވެ. އެސްފިޔަތަށް ފޫއަޅުވައިލައިފައި ކަރުނަތަށް އޮހެން ފެށާފިއެވެ. ނޭވާލާން ވެސް އުދަގުވިއެވެ. ހިތުގައި އަށަގެނެފައިވީ ބިރު އިތުރަށް ބޮޑުވިއެވެ. އޭނާ ޝަޔާ އަށް އެހަދަނީ ކިހިނެއް ހެއްޔެވެ. އަނެއްކާ އޭނާ ޝަޔާއަށް އަނިޔާކުރަނީ ބާއެވެ. އަހަރެން މިކަންތަކު ތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ؟
އެއީ ގާތްގަޑަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިއެވެ. ޝަޔާ އާއި އަހަރެންނަަކީ ކުޑައިރުއްސުރެއް ވަރަށް ގާތް ދެއެކުވެރިންނެވެ. އެއްދުވަހެއްގެ ހަވީރު ބޭރަށް ގޮސްފައި ގެޔަށް އައި މަގުމަތީގައި ޝަޔާ އަށް ވަރަށް ރީތި މީހަކު ފެނުނެވެ. އެއީ އަހަރެން ފުދޭވަރަކަށް ދަންނަ މީހެކެވެ. އޭނާ އަކީ ރަށުގެ އެއްމެ ނުބައި ނުލަފާ މީހުންނާި އެކީ ވަރަށް ގިނައިން ފެންނަ މީހެކެވެ. އެހެންވީމަ އޭނާ އަކީވެސް އޭގެން މީހެއްކަމަށް ބެލެވެއެވެ. ޝަޔާ އަހަރެން ކައިރީ އޭނާ އަާއި ގަޔާވާ ވާހަކަ ބުންޔެެވެ. ނަމަވެސް އެމީހަކީ ރަގަނޅު މީހެއް ނޫންކަމާއި ޝަޔާ އާއި އޭނާ ގުޅިގެން އުޅުމީ ނުވާނެ ކަމަށް ބުނީމެވެ. އެކަމަކުވެސް ޝަޔާ އަހަރެންގެ ވާހަކަތަކަށް އަޑުނާހައި އެމީހާ، އެހެނީ މާހިލް އާއި ގުޅުނެވެ. ޝަޔާ އަހަރެން ކައިރީ ބުނީ އޭނާ އަމިއްލައަކަށް މާހިލް ރަގަނޅުކުރާނެ ކަމަށެވެ. އަހަރެން ކިތައްމެ ނުރުހުނަސް ޝަޔާ އާއި އޭނާގެ ލޯބިވެރިޔާ ދޭތެރެއަށް ވަންނަން އަަހަރެންމީ ކާކު ހެއްޔެވެ؟
ދުވަސްތަށް އާދައިގެ ގޮތަކަށް ފާއިތުވަމުން ދިޔައެވެ. ޝަޔާ އަބަދުވެސް ދައްކާ ވާހަކައަކީ މާހިލްގެ ރަގަނޅު ވާހަކައެވެ. ނަމަވެސް މާހިލް އެކިޔާ އެއްޗެއް ކިޔައިގެން ޝަޔާ އެވައްޓާލަނީ އަދަވަޅަކައްކަން އަހަރެންނަށް އެނގެއެެވެ. ޝަޔާ އާއި އަހަރެންގެ ގުޅުމައް ހީނަރު ކަމެއް އަތުވެދާނެތީ އަހަރެން އެކެއްޗެކޭވެސް ނުބުނަމެވެ. އަހަރެން ޝަޔާ އާއި އެކު އުޅޭރު އަބަދުވެސް ދުރުގައި މާހިލް ހުންނާނެއެވެ. އަހަރެމެން ދެމީހުން ދާކޮށްމެ ތާކުން މާހިލް ފެންނާނެއެވެ. ހީވަނީ ފާރަލާހެންްނެވެ. ކޮންމެސް ނުބައެއް އުޅޭކަން އަހަރެންނަށް އެނގެއެވެ.
އެއްދުވަހެއްގެ ރޭގަނޑު ވަގުތެވެ. ކުރާނެ ކަމެއް ނެތި ފޫހިވެގެން އަހަރެން އިނީ ކޮއްކޮ އާއި އެކީ ބްލޮކްސް ކުޅޭށެވެ. އެހެން އިންދައި ޝަޔާ ގުޅިއެވެ. އަހަރެން ކަންފަތުގައި ފޯނު ޖައްސާލުމާއި އެކު އިވުނީ ޝަޔާގެ ގިސްލުމުގެ އަޑެވެ. އަހަރެންނަށް އަވަސް އަވަހަށް ކިހިނެއްވީ ހޭ އަހައިލެވުނެވެ.
“ހެޔޮނުވާނެ ރީހާން އަހަރެން ސަލާމަތް ކޮށްދީ.. އަހަރެން މަރައިފި..” ޝަޔާ ރޮމުން ގިސްލަމުން ދިޔައެވެ. އޭނާގެ އެޖުމްލައާއި އެއްކޮށް އަހަރެން ގެއިންނުކުތީމެވެ. ފައިގައި ހުރި ބާރެއް ލައިފައި ހިގައިގަތީމެެވެ. ހިގައިގަތީވެސް ނޫނެވެ. ދުއްވައި ގަނެވުނީއެެވެ. އެވާނީ މާހިލް ކަމަކަށެވެ. ރުޅި އާދެވުނެވެ. މިރޭ އެ މާހިލް އެއްގެ ދުވަސް ދުއްވާލާނަމެވެ. ހަމައެފަދައިން ބިރުވެސް ގަތެވެ. ޝަޔާ އަށް އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ.
“ކޮންތާކު ތިއިނީ..؟” އަހަރެން އަހާލީމެވެ.
“ބާ ސުކޫލްގަ.. ރީހާން އަވަސް ކުރޭ.. އޭނާ އެބައާދޭ..” ޝަޔާ އާދޭސް ކުރަން ފެށިއެވެ. ޝަޔާ ބިރުގަންފައިވާ މިންވަރު އެއަޑުންވެސް ހާމަކޮށްދެއެވެ. އަހަރެން ބާރަށް ދުވެފައި ގޮސް ބާސްކޫލް ދޮރުމައްޗަށް ހުއްޓިލީމެވެ. އަޑެއްބަޑެއް ނީވެއެވެ. އަހަރެން އެތެރެއަށް ވައިންވަގުތަކީ ބޯކޮށް ވާރޭ އޮށްސާލީ ވަގުތެވެ. ވައިވެސް ބާރުވާން ފަށާފިއެވެ. އަހަރެން ބަލާކަށް ނުހުންނަމެެވެ. ހޯލްތެރެއިން ލައިފައި ފުރަތަމަ ފްލޯއަށް އެރީމެވެ. ހުރިހާ ކްލާސް ތަކެއް ބަލާ ފާސްކުރީމެވެ. ޝަޔާގެ އެއްވެސް ހިލަމެއް ނުވެއެވެ. ދެވަނަ ފްލޯރް އާއި ތިންވަނަ ފްލޯވެސް ބެލިއްޖެވެ. އަހަރެން ހާސްވާން ފެށިއެވެ. އަނެއްކާ ޝަޔާ ކޮބާބޭއެވެ. އަނެއްކާ މާހިލް ޝަޔާ މަރާލީ ކީނޫންބާއެވެ. ނޫނެކެވެ. އަދި އެއްފޮލޯ އެބައިނެވެ.
ސިޑިން އަރައިގެން އައިސް ދިގު ކޮރިޑޯ ކުރިމައްޗަށް ހުއްޓިލުމާއި އެކު އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެއަޑު އިވުނެވެ. އަހަރެން ހުއްޓުން އެރިއެވެ. ކަރުނަ އަންނަން ފެށިއެވެ. ބިރުގަތެވެ. އިންތިހާއަށެވެ. ނަމަވެސް މީހާ ހަމައަކަށް އަޅުވާލައިފައި ހިގައިގަތީމެވެ. އޭރު ކޮރިޑޯގެ އެއްމެ ފަހަތުގައިވީ ކްލާސްރޫމް ތެރެއިން އަލިވެފައި ވެއެވެ. އހަރެން ގޮސް ދުރުކައިރީ ހުއްޓިލީމެވެ. ނަމަވެސް އެތެރޭގައި ތިބިި މީހުންނަށް ނުފެންނާނެ ހެންނެވެ. ފެނުނު މަންޒަރުން އަހަރެންގެ ލޭ ކެކިގަތެވެ. އާއެކެވެ. ޝަޔާ އެއިނީ މާހިލް ކުރިމަތީ ދެކަކު މައްޗަށް ތިރިވެގެންނެވެ. އޭރުވެސް އޭނާ ދިޔައި ހުއްޓުމެއްނެތި ރޮމުންނެވެ.
“ކަލޭ ކައިރީ ބުނިންދޯ ސަލާމަތެއް ނުވެވޭނޭ.. މިހާރު ކަލޭތީ މަގޭ މީހެއް.. ކަލޭ އުޅެން ޖެހޭނީ މަބުނާ ގޮތަކަށް..” މާހިލް ބުނަމުން ދިޔައެވެ. އަހަރެން ފޯނުނގައި ރިކޯޑް ކުރީމެވެ. އެހެން އިދެފައި އަހަރެން އެތެނަށް ވަނީމެވެ. މާހިލް މޫނުމަތިން ކިތައްމެހާވެސް ހާސްކަން ފެންންނަ ހުއްޓެވެ. އަހަރެން ގޮސް އަތް މުއްކަވާފައި މާހިލްގެ މޫނުމަތީ ޖެހީމެވެ. އޭނާ ދިޔައި އެއްލިގެންނެވެ. އަހަރެންގޮސް ޝަޔާގެ ދެކޮޑުގައި ހިފައި ތެދުކުރީމެވެ. އޭރުވެސް އޭނާ އަށް ކޮޅަށް ހުރެވެނީ ހަމަ ކިރިޔާއެވެ. ޝަޔާގެ މޫޅި މޫނުގައި ވަނީ ހުސް ވަތްކެވެ. އަހަރެން ޝަޔާ ގޮވައިގެން އެތަނުން ނުކުންނަން ދާން އުޅުނީމެވެ. އަނެއްކާވެސް މާހިލް އަހަރެންގެ ކުރިބެއްދިއެވެ. އޭނާ މިފަހަރު ހުރީ ލަކުނޑި ގަނޑެއް ހިފައިގެންނެވެ. އެކުވެރިޔާ އަށް ޓަކައި މާހިލް އާއި ދެކޮޅަށް ތެދުވީމެވެ. އޭނާ ލަކުނޑިގަނޑު ހޫރަމުން ދިޔައިރު އަހަރެންނަށް އޭގެން ރެކެވެނީ ހަމަ ކިރިޔާއެވެ. އެއްމެ ފަހުން އޭނާގެ ހަމަލާ އަހަރެންގެ ބޮލަށް އެރިއެވެ. ބޮލަށް އެނބުރުން އެރިއެވެ. މަންޒަރު ފުސްވާން ފެށިއެވެ. އަހަރެންގެ ބެލެންސް ކަޓައިގެން ބިންމައްޗަށް ވެއްޓިއްޖެވެ. ތެދުވަން ބޭނުމެވެ. އެހާ ހިތްވަރެއް ނެތެވެ. އަނެއްކާވެސް މާހިލް އަހަރެންގެ މޫނުމަތީ ބޮޑިއެއް އަޅާލިއެވެ. ދެކޮޅަށް ކުރާނެ ކަމެއް ނެތެވެ. އަހަރެންނަށް ފެނުނީ ޝީން ރެއިލިން މައްޗަށް އެރިތަނެެވެ.
“ރީހާން އަހަރެންނަށް މަޢާފު ކުރޭ.. ދެން މިނޫން ގޮތެއް ނެތް..” ޝަޔާ އެހެން ބުނެ ފުންމާލިއެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ބާރަކަށެވެ. ޝަޔާ އަމިއްލަ ފުރާނަ އެނަގާލީއެވެ. އަހަރެންގެ އެކުވެރިޔާއެވެ. އެއްމެ ގާތް މިތުރެވެ. މާހިލް ތެދުވެގެން ދިޔަތަން ދެކުނީމެވެ. ދެން އަހަރެންގެ ވެސް ހަބަރު ހުސްވިއެވެ.
ކައިރީގައި މަންމަ ރޮއިލަ ރޮއިލަ ހުއްޓެވެ. އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. އަހަރެންގެ އަތައް އައިވީ ގުޅާފައި ހުއްޓެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެެވެ. ޝަޔާ ކޮބައިތޯ ސުވާލު ކޮށްލެވުނެވެ. އޭނާގެ ހާލު ރަގަޏޅު ތޯވެސް އަހާލެވުނެވެ.
“ދަރިފުޅާ.. ޝަޔާ މިދުނިޔެ ދޫކޮށް ގޮސްއި..” މަންމަ ވަރަށް ހިއްވަރު ކޮށްފައި ބުންޔެވެ. އަހަރެންގެ ހިތައް ހީވީ މީހަކު ވަޅިއެއް ހަރާލި ހެންނެވެ. ހަމަރަގަނޅަށްވެސް ޝީން އަމެއްލަ ފުރާނަ ނަގައިލީއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އިޙްތިޔާރުން ބޭރުގައެވެ. މޫނުމަތީ އަތް އަޅައިގެން އަހަރެން ރޮމުން ގެންދިޔައީމެވެ.
އަހަރެންގެ އެއްމެ ގާތް އެއްމެ ލޯބިވާ މިތުރު މިދުނިޔެ ދޫކޮށް ދިޔައީއެވެ. އެކުގައި ވަގުތުހޭދަކޮށް މަޖަލާއި ސަކަރާތުގައި ބައިވެރިވީ އަހަރެންގެ މިތުރެެވެ. އަހަރެންގެ ބަސް އެދުވަހު ގަބޫލު ކުރިނަމަ ގައިމުވެސް މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. އަހަރެން ދިން ނަސޭހަތުގައި ހިފައި މާހިލް އާއި ނުގުޅުންނަމަ ގައިމުވެސް ޝަޔާ ދުނިޔޭގައި ހުރީހެވެ. ކުރާނެ ކަމެއްނެތެވެ. ތަޤުދީރު ނިއްމަވާނީ އެއްމެ ރަގަނޅު ގޮތަށެވެ. ނަމައޭ ކިޔައިގެން އެއްވެސް ކަމެއް ނުވާނެއެވެ.
އޭގެ އަނެއް ދުވަހު މެންދުރު ނަމާދަށްފަހު ޝަޔާ ވަޅުލެވުނެވެ. ކަށުކެމީގެ ކަންތަކުން ނިކިގެން އައިސް އެނދުމަތީ އިށީންދެލީމެވެ. ސައިޑް ކަބަޑުމަތީ ބައިންދައިފައި އިން އަހަރެންނާއި ޝަޔާގެ ފޮޓޯފްރޭމް ނެގީމެވެ. ކަރުނަަތަށް އުފެދި ކޯތާ ފަތްމަތި ތެމެންފެށީ ސިކުންތު ކޮޅެއް ތެރޭގައެެވެ. މިކަހލަ އެކުވެރިއެއް ނުލިބޭނެއެވެ. ޝަޔާ އަކީ އަހަރެންގެ އެކުވެރިޔާއެވެ. މިތުރެވެ. އެހީތެރިޔާއެވެ. މަދަދުވެރިޔާއެެވެ. އެއީ އަހަރެންގެ ލޯބިވާ އެކުވެރިޔާއެވެ. ކަރުނަތަކު ތެރެއިން ހިނިތުންވެލީމެވެ. ޝަޔާގެ ފާފަތަށް ފުއްސަވާދެއްވުން އެދި ދުޢާ ކޮށްލީމެެވެ.
*ނިމުނީ*
2 Comments!
Comments are closed.







Masha Allah hama bunaane ehcheh ves neynge ehaa vx furihama and vrh ibraiy theri hope to read more stories from you ♥️Lyy❤️
Thank you!