Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ފަނަރަވަނަ ބައި

ފަޒޫ Level 310 Stories100 Login
January 8, 2026 10 Mins Read
11 Comments

“ދަރިފުޅާ.. ދެން ތި ހުރީ ކީއްވެފަ.. ދޭބަލަ ތައްޔާރުވެގެން ނާއިކް ގޮވައިގެން އަންނަން.. އަޙްތަރު ނެތް ވަގުތު ތަކުގައި ދަރިފުޅު ވާނެ އެހީވާން..” އެއްޗެކޭ ނުބުނެ އިކާން ހުންނަން ފެށުމުން ނޫރާ ބުނެލިއެވެ. އިކާން ބޯ ޖަހާލަމުން މައްޗަށް އަރައިގެން ދިޔައީއެވެ. ހިތުގައި އުފެދުނު އެއްވެސް ކަމެއްގެ މިންވަރެއްވެސް މަންމައަށް އެނގުނަ ނުދެއެވެ.

ނާއިކް ގޮވައިގެން ގެއަށް އައިސް ލިލީއާ ހަވާލު ކުރުމަށްފަހު އިކާން ދިޔައީ ކޮޓަރިއަށެވެ. ޢަމާރާއަށް ގުޅަން ބޭނުންވި ނަމަވެސް ނަމާދު ވަގުތު ޖެހޭތީ އަވަސްވެލީ ފާހާނައަށް ވަދެލުމަށްފަހު ނާއިކް ގޮވައިގެން މިސްކިތަށް ދާށެވެ. ބައްޕައާއި އަޙްތަރު ކަންތަށް ކުރާގޮތަށް އިކާންވެސް މިސްކިތުން އަންނަނީ ޢިޝާ ނަމާދަށް ފަހުގައެވެ. ގޭތެރޭގައި ކިތަންމެ ސަކަރާތް ޖެހިޔަސް ނާއިކްއަކީވެސް ބަސްއަހާ ކުއްޖެއް ކަމުން މިސްކިތަށްދާ ވަގުތު ތަކުގައި ބަލާކަށް އުނދަގުލެއް ނޫނެވެ.

ރޭގަނޑުގެ ކެއުމަށްފަހު އަވަސް އަވަހަށް އިކާން ދިޔައީ ކޮޓަރިއަށެވެ. އެހެންޏާ އިންނަހެން ހަބަރު ބަލާލާކަށްވެސް މަޑެއް ނުކުރެއެވެ. ބޭނުންވަނީ ޢަމާރާއަށް ގުޅާށެވެ. ޑިއުޓީއަށް ދިޔައީ ކާކާ އެކުގައިތޯ އޮޅުން ފިލުވާށެވެ. މީހަކަށް ނުދެއްކި ކަމުގައި ވިޔަސް ހިތުގައި އެ ހައިޖާނުގަނޑު ނުފިލާ ވެއެވެ. އިކާން ދެތިން ފަހަރު ގުޅުމުންވެސް ޢަމާރާ ފޯނަށް ޖަވާބެއް ނުދިނެވެ. އެކަންވީ އިކާން އިތުރަށް ހިތްހަމަ ނުޖެހުނު ކަމަކަށެވެ. އެނދުމައްޗަށް ފޯން އެއްލާލުމަށްފަހު އިކާންގޮސް ބެލްކަންޏަށް ނުކުތީއެވެ.

އީ.އާރު އަށް ގެނައި އެމަޖެންސީ ބަލިމީހަކު ބަލާ ނިންމުމަށްފަހު ޢަމާރާގެ ކެބިންއަށް ވަދެ ފޯނު ބަލާލިއެވެ. އަވަސް އަވަހަށް ދާން ހަދައިގެން ދެވުނީ ކެބިންގައި ފޯނުވެސް ބާއްވާފައެވެ. އިކާންގެ 4 މިސްކޯލް ފެނުމުން އަވަސް އަވަހަށް ގުޅާލެވުނެވެ. ރެއިން ފެށިގެން އައިސްފައި ހުރި ރުޅިވެސް ފިލައިގެން ދިޔަފަދައެވެ. ދެފަހަރަކު ގުޅާލުމުންވެސް އިކާން ފޯން ނުނެގުމުން ޢަމާރާ އެނބުރި އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައީއެވެ.

ދަންވަރު 1 ޖެހިއިރު އިކާން ހުރީ އޭ.ޑީ.ކޭ ކުރިމަތީގައެވެ. އެތެރެއަށް ވަންނަން ހިތަށް އަރާފައިވެސް އިކާން ބޭރުގައި މަޑުކުރީ ޢަމާރާ ނުކުންނަނީ ކާކާ އެކުތޯ ބަލާށެވެ. އެހެން ރޭތަކާ ޙިލާފަށް މިރޭ އިކާން ހުރީ ސައިކަލުގައި އައިހެވެ. ގޯސް ކަމެއް ކަމަކަށް ވިޔަސް އިކާންގެ ސިކުނޑިވަނީ ޢަމާރާއާ ދޭތެރޭ ޝައްކާއި ވަހުމުން ފުރިފައެވެ. އެމް.އެން.ޔޫ ކަންމަތީގައިން އިން އިކާންގެ ލޮލުގައި އަޅައިގަތީ ހޮސްޕިޓަލުން ނުކުތް ޢަމާރާއެވެ. ކައިރީގައި ފިރިހެނަކާއި ދެ އަންހެނުންވެސް ތިއްބެވެ. ދެ އަންހެނުން އެކީގައި ކަހަލަ ގޮތަކަށް މަގު ހުރަސް ކޮށްފައި ދިޔައިރު ޢަމާރާއާއި ފިރިހެން މިހާ ދޮރުމަތީގައި ތިބީއެވެ. އިކާން އިތުރަށް މަޑުކުރުމަކާ ނުލާ ސައިކަލް ސްޓާރޓް ކޮށްލުމަށްފަހު ގޮސް ޢަމާރާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ޒާން. ދިޔައީއޭ..” ބުނަމުން ޢަމާރާ އިކާންގެ ފަހަތަށް ސައިކަލަށް އެރިއެވެ. އޭނާ ބޯ ޖަހާލަމުން ހިނިތުންވެލީ އިކާންއާއި ޢަމާރާއަށެވެ. ބަދަލުގައި އިކާން ދައްކާލީ ރުޅިވެރި މޫނެކެވެ.

“ތީދޯ އަހަރެންނަށް ނުގުޅާ ޑިއުޓީއަށް ދިޔަ ސަބަބަކީ.. އޭނައާ އެކީ ދާންވެގެން..” ސައިކަލުގައި ވަކި ހިސާބަކަށް ދިއުމަށްފަހު އިކާން ރުޅިވެރި ރާގަކަށް ބުނެލިއެވެ.

“ކެން.. މިއީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން.. ގެއަށް ގޮސްފައި ވާހަކަ ދައްކާނީ..” މަގުމަތީގައި ދެބަސްވާން ނޭދޭތީ ޢަމާރާ އަވަސް އަވަހަށް ބުނެލިއެވެ.

“ނުވާނެ. މިތާނގައި ދައްކަން ވާނީ.. އަހަރެން ބޭނުން ހަމަ މިހާރު އިނގެން..” އިކާން އާޓިފިޝަލް ބީޗް ކައިރީގައި ސައިކަލް ޕާކްކޮށްލަމުން ބުނެލިއެވެ. އިކާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށް ވިޔަސް މަގުމަތީގައި މީހުން މަދު ވަގުތެއް ކަމުން އެމީހުނަށް ސަމާލުކަމެއް ދޭނެ މީހެއްވެސް ނަސީބަކުން ނެތެވެ.

“އިކާން.. ޔޫ އަރ ނޮޓް އިން ޔުއަރ ރައިޓް މައިންޑް.. ލެޓްސް ޓޯކް ދިސް އެޓް ހޯމް.. ޕްލީޒް..” ސައިކަލުން ފައިބާ އިކާންގެ އަތުގައި ހިފާލަމުން ޢަމާރާ ބުނެލީ މަޑުމަޑުންނެވެ.

“އެހެންވެއޭ އަހަރެން ޤަބޫލުނޫނީ ޢަމާރާ ތިކަން ކުރަން. ހަމަ ގޭގަވެސް އިނދެވޭނެދޯ.”

“ގޭގަ އިންނާކަށް ނޫން އަހަރެން 6 އަހަރު ދުވަސް ވަންދެން އާއިލާއާ ދުރުގަ ހުރެގެން މި މަގާމު ހާސިލް ކުރީ.. އިކާންއަށް ގެއަށް ގޮސް ވާހަކަ ނުދެއްކެންޏާ ދެން މިތާގަ ނެތް އަހަރެން ދައްކާނެ ވާހަކައެއް.” މަޑުން އެހެން ނަމަވެސް ނުރުހުމާއެކު ޢަމާރާ ބުނެލީ އިކާންއަށް ވިސްނޭތޯއެވެ.

“އެހެންވިއްޔާ ޑިއުޓީއަށް ދިޔަ ގޮތަކަށް ގެއަށްވެސް އާދޭ..” އިކާން ނުރުހުންވެފައި ބުނެލަމުން ސައިކަލު ދުއްވާލީ ޢަމާރާ އޭނާއަށް ގޮވާލާނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އިކާން ގޮސް ގެއްލުނުއިރުވެސް ޢަމާރާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތްހަމަ ނުޖެހުނުވަރުން އިކާންއަށް ގުޅާކަށްވެސް ޢަމާރާ ބޭނުމެއް ނުވިއެވެ.

އުޅެއުޅެވެސް ޓެކްސީއެއް ނުލިބުމުން ޢަމާރާ ގެއާއި ދިމާއަށް ހިނގަން ފެށިއެވެ. ގެ ހުންނަނީ ގަލޮޅުގައި ކަމުން ޢަމާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ހިނގަން ޖެހޭ ހިސާބު ދުރުކަމާއި ދަންވަރުގެ ވަގުތަށް ވުމުންނެވެ. އެހެން ނަމަވެސް ޢަމާރާ އަވަސް އަރުވާލާފައި ބާރަށް ދާކަށް ނޫޅުނެވެ. މަޑުމަޑުން ހިނގަމުން ވިސްނަމުން ދިޔައީ އިކާންއަށް އަންނަންފެށި ބަދަލުތަކާ މެދުގައެވެ. ކައިވެނި ކުރެވުނީ މާ އަވަހަށޭވެސް ޢަމާރާގެ ހިތަށް އަރަމުން ދިޔައީ މަދެއްކޮށް ނޫނެވެ.

ބާރުބާރަށް ގެއަށް އައިސް ވަން އިކާން ފެނިފައި ޖިހާދުއަށް ގޮވާލެވުނެވެ. އެހެން ނަމަވެސް އިކާން މައްޗަށް އަރައިގެން ދިޔައީ ޖިހާދުގެ އެއްވެސް ގޮވުމަކަށް އިޖާބާ ނުދީއެވެ. ޢަމާރާ ވަންނާނެ ކަމަށް އިނދެ އިނދެ ނުވަނުމުން ޖިހާދު ނުކުމެ ބޭރު ބަލާލީ ޢަމާރާ ބޭރުގައި ހުރީ ކަމަށް ހީކޮށްފައެވެ. ޖިހާދު މައްޗަށް ގޮސް އިކާންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިކާން ދޮރުހުޅުވާލީ ޖިހާދު ދުރަށް ނުދާނެކަން އެނގިގެން ކަންނޭނގެއެވެ.

“ދަރިފުޅާ.. ކޮބާ މާރާ.. އޭނަ ބަލައެއްނު ދަރިފުޅު ދިޔައީ..” ޖިހާދު ފުރަތަމަވެސް އަހާލީ ޢަމާރާގެ ވާހަކައެވެ. އެކަންވީ އިކާން އިތުރަށް ހިތްހަމަ ނުޖެހުނު ކަމަކަށެވެ.

“ނޭނގެ މަށަކަށް.. އޭނަ ޑިއުޓީއަށް ދިޔަ ގޮތަކަށް އަންނާނެ އެއްނު.. ބައްޕަ މެނަށް އޭނާ އެހާ މުހިއްމު ވަންޏާ ބަލައި ދާންވީނު..” އިކާން ނުރުހިފައި ކޮޓަރީގެ ދޮރު ބާރަކަށް ލައްޕާލިއެވެ. ޖިހާދުހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިކާންއަކީ ދުވަހަކުވެސް އެހާ ރުޅިގަދަ ވެގެން އުޅުނު ކުއްޖެއް ނޫން ވިއްޔާއެވެ. އަދި އަމުދުން ޖިހާދުއާ ދިމާލަށް އެފަދަ މޭރުމަކުން ވާހަކަވެސް ދައްކާފައި ނުވެއެވެ.

ޖިހާދު އަވަސް އަވަހަށް ކޮޓަރިއަށްވަނީ ނޫރާ ހޭލާ ހުރިތޯ ބަލާލާށެވެ. އޭރު ނޫރާވެސް ނިދާހެދުން މަތިން ގޭގައިލާ ހެދުމެއް ލާން ހުއްޓެވެ. އިކާން ދޮރު ލެއްޕި އަޑަށް ވީގޮތް ބަލަން ނުކުންނަންވެގެން ނެވެ.

“ނޫރް.. އެދެކުދިން މެދުގަ މައްސަލައެއް ޖެހުނީހެން ހީވަނީ.. އިކާން އެއައީ މާރާވެސް ނުލައި.. އަހަރެން އަންނާނަން އެމަންޖެ ފެނޭތޯ ބަލާލާފަ..” ނޫރާގެ ކައިރިއަށް ހުއްޓިލަމުން ޖިހާދު ބުނެލާފައި ކޮޓަރިން ނުކުތެވެ. ފަހަކަށް އައިސް ޢަމާރާގެ ބޮލުގައި މި ރިއްސަނީ މިހެންވެގެންނޭ ނޫރާ ހިތަށް އެރިއެވެ. ތަޅުދަނޑި ހިފައިގެން ނުކުމެ ސައިކަލް ސްޓާރޓް ކޮށްލިއިރަށް ކުޑަގޭޓް ހުޅުވުނު އަޑު އިވުނެވެ. ޖިހާދު ބަލާލިއިރު ދޮރުން ޢަމާރާ ވަންނަނީ އެވެ.

“މާރާ.. ދަރިފުޅާ.. ކިހިނެއް ތި އައީ؟.” ޖިހާދަށް ފުރަތަމަވެސް ކޮށްލެވުނީ ސުވާލެކެވެ. ބައްޕަގެ ކުރިމަތީގައި ނުރޮއެ ވޭތޯ މަސައްކަތް ކުރަމުން ޢަމާރާ ހިނިތުންވެލިއެވެ. “ހިނގާލާފަ..” ޢަމާރާ އެތެރެއަށް ވަނުމުން ޖިހާދުވެސް ފަހަތުން ވަނެވެ. އޭރު ސިޓިންގ ރޫމްގައި ނޫރާ އިނެވެ.

“ދަރިފުޅާ.. ކިހިނެއް…؟” ނޫރާއަށް އަހާލެވުނީ އެވަރަށެވެ. ޢަމާރާއަށް ރޮވޭގޮތް ވިއެވެ. ދުލުން އެއްޗެއް ބުނުމަކާ ނުލާ ބޯ ހޫރާލަމުން ދުވެފައި ސިޑިން މައްޗަށް އެރިއެވެ. ނޫރާ ދާން އުޅުމުން ޖިހާދު އެކަން ހުއްޓުވިއެވެ.

“އިހަށް ބަހައްޓަމާ.. އެމީހުން ހަމައަކަށް އެޅިލީމަ އަހާނީ.. މީ ރަނގަޅު ވަގުތެއްހެން ހިޔެއް ނުވޭ…” އަނބިމީހާ ގަޔާ ކައިރިކޮށްލައިގެން ކޮޓަރިއާ ދިމާލަށް ދަމުން ޖިހާދު ބުނެލިއެވެ. ދެމަފިރިންގެ ހިތްވެސް ވަނީ ނުތަނަވަސް ކަމާއި ސުވާލުތަކުން ފުރިފައެވެ.

އިކާން ބަލިއިލީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. ޢަމާރާ ބަލާލުމެއްވެސް ނެތި އެތެރެއަށް ވަދެގެން ގޮސް އަތްދަބަހާއި ކޯޓް ހުންނަ ތަނުގައި ބަހައްޓާލިއެވެ. އިކާން ހީކުރީ ޢަމާރާ އިސްވެ ވާހަކަވެސް ދައްކާނެ ކަމަށެވެ. އިކާން އެ އިން ގޮތަށް އެނދުގައި އިށީނދެ އިންދާ ފެންވަރައިގެން ނުކުމެ ޢަމާރާ އެނދުގައި އޮށޯތީ އިކާން އިން ފަޅިއަށް ފުރަގަސް ވާނެހެންނެވެ. ފާހަނައިން ނުކުމެގެން އައިއިރު ޢަމާރާގެ މޫނުމަތީގަ އާއި ލޮލުގައި ރަތްކަމެއް ހުރިކަން އިކާންއަށް ފާހަގަވިއެވެ.

“މާރާ..” އިރުކޮޅެއް ވީފަހުން އެނދުގައި އޮތް ޢަމާރާގެ ފަހަތުން ކައިރިވެލަމުން އިކާން މަޑުމަޑުން ގޮވާލީ ޢަމާރާގެ ކޮނޑުގައި އަތް ޖައްސާލަމުންނެވެ. އަނގައިންވެސް ނުބުނެ ނިދާކަމަށް ހަދައިގެން ޢަމާރާ އޮތީ އިކާންއާ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

“އަހަންނަށް އިނގޭ މާރާ ތި އޮތީ ނިދާފަ ނޫންކަން.. ވާހަކަ ދައްކަން ބޭނުން ނުވަންޏާވެސް ބުނެލާފަ އޮވެބަލަ” އިކާން ކުރުއަތް މައްޗަށް ތެދުވެ ޢަމާރާގެ މޫނަށް ބަލާލަމުން ބުނެލީ ތަންކޮޅެއް ބާރަށެވެ.

“ދައްކާނެ ވާހަކައެއް ނެތީމަ މިއޮތީ.. އަހަރެން ނިދަންވެއްޖެ.. އީ.އާރުގަ ވަރަށް ބިޒީކޮށް އުޅެފަ މި އައީ. އިކާންވެސް ނިދާ. ހެނދުނު ޑިއުޓީއެއްނޫންތަ؟.” ޢަމާރާ ގުޑިވެސްނުލާ އޮވެ ވާހަކަ ދެއްކިއެވެ.

“އަހަރެން އޮފް.. މާރާވެސް އޮފް ދުވަހެއްނު.. އަހަރެން ބޭނުން ވާހަކަ ދައްކަން.. ޕްލީޒް..” ޢަމާރާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލަމުން އިކާން ބުނެލިއެވެ.

“ހޫމް.. ދައްކަބަލަ.. ކޮން ވާހަކައެއް އިކާން ދައްކަންވެފަ އޮތީ؟” އިކާންގެ މޫނަށް ބަލާލަމުން ޢަމާރާ ބުނެލިއިރު އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ.

“އެއީ ކާކު؟ ކާކާ އެކީ މިއަދު ޑިއުޓީއަށް ދިޔައީ…؟” ކީއްވެ އެހާވަރަށް ގުޅީމަވެސް ފޯނުނުނެގީ؟” އިކާން ކޮށްލީ ސުވާލުތަކެކެވެ.

“އެއީ ހަމަ އަހަރެން ފަދަ ޑޮކްޓަރެއް. އޭނަވެސް މަޑުކުރީ އޭނަގެ މަންމަ ބަލައި އަންނާތީ. އަހަންނާ ބަލާފަ އެއީ ކުޑަ ކުއްޖެއް.. ދެން އަހަރެން ޑިއުޓީއަށް ދިޔައީ މީހަކާ އެކުއެއް ނޫން.. އިކާން ހަނދާން ނެތުނީތަ ރޭގައި ދެއްކި ވާހަކަތަށް.. އަހަރެން އެކަމާ ހިތްހަމަ ނުޖެހިގެން ޓެކްސީއެއްގަ ދިޔައީ.. ފޯނު ނުނެގުނީ ކީއްވެކަން މިހާރު ބުނެދެވިއްޖެ ހެން ހީވަނީ.. އިކާންއަށް ވެސް އަންނާނެ އެމަޖެންސީ ކޭސްތަށް.. އެކަހަލަ ވަގުތު ތަކުގައި ފޯނު ގެންދެވުނަސް ގިނަފަހަރު ކޯލަށް ޖަވާބު ނުދެވިފަ އޮންނާނީ.. އަހަރެންވެސް ގުޅިން ގުޅާފަ އޮތްތަން ފެނިގެން.. އިކާންވެސް ނުނަގަމެއްނު.. އެކަމަކު އަހަރެން ރުޅި އައިންތަ؟” ޢަމާރާއަށް ރުޅި ކޮންޓްރޯލް ނުވެގެން ބުނެލެވުނެވެ.

“ދެން ކީއްކުރަން އެހާ ހެވިފަ ވާހަކަ ދައްކަނީ.. އުމުރުން ކުޑަވީމަ، އަހަންނަށް ވުރެ ޅަވީމަ ރީތިވީތަ؟ ކަމުދިޔައީތަ؟” އިކާން ބުނެލި އެއްޗަކުން ޢަމާރާގެ ދެލޯ ބޮޑެވެގެން ދިޔައެވެ.

“އިކާން މޮޔަވީތަ؟ އަހަންނަށް އެހެން މީހަކު ކަމުދާނަމަ މިތާ އިކާންގެ އެނދަކު ނޫނެއްނު އޮންނާނީއެއް..” ޢަމާރާ އިތުރަށް ނުރުހުންވެފައި އެނދުން ތެދުވިއެވެ. “އަހަންނާ ދޭތެރޭގަ ތިހާ ދަށު ދަރަޖައަކަށް އިކާން ވިސްނަފާނެއޭ ހީވެސް ނުކުރަން.. ތީ އަހަރެން ލޯބިވެގެން ކައިވެނިކުރި އިކާންއެއްނޫން…” ޢަމާރާ ގަޔަށް ރޯބް މަހާލައިގެން ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަންޏަށް ނުކުތުމުގެ ކުރިން ބުނެލިއެވެ.

ޢަމާރާގެ ފަހަތުން ދިއުމުގެ ބަދަލުގައި އިކާން އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. ނިތްކުރީގައި އަތް ބާއްވާލަމުން ވިސްނަންފެށިއެވެ. ޢަމާރާ އެބުނަނީ ތެދުކަމާމެދު އަދިވެސް އިކާންއަށް ޝައްކުވެއެވެ. ޢަމާރާގެ ކަރުނުން ފުރިފައިވީ ދެލޮލަށް ބަލާލާފައިވެސް އިކާންގެ ހިތާއި ސިކުނޑިން ޝައްކު ފިލައިގެން ނުދިޔައެވެ.

ބެލްކަނީގައި އިން ގޮނޑީގައި އަރިއަކަށް އިށީނދެލައިގެން އިންއިރު ހިފެހެއްޓުމެއް ނެތި ޢަމާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އެހެން އިނދެ ނިދުނީ ކޮން އިރަކުކަމެއް ނޭނގެއެވެ. ހޭލެވުނީ އިކާން ގޮވާ އަޑަށެވެ.

“މާރާ މާރާ..” ޢަމާރާގެ ކޮލުގައި މަޑުމަޑުން ޖަހަމުން އިކާން ގޮވަމުން ދިޔައެވެ. ޢަމާރާއަށް ހޭވެރިކަން ވީއިރު އޮވެވުނީ ކޮޓަރި އެނދުގައެވެ. އިކާންގެ މޭގައި ޖައްސާލާ ކައިރިކޮށްލައި ގައިގަ ރަޖާ އަޅާލާފައި އޮތެވެ. އިކާންގެ މޫނު ފެނުމުން ޢަމާރާ ތެދުވެގެން ދާން ބޭނުންވެފައި އޮތް ނަމަވެސް އިކާން ހިފަހައްޓާފައި ހުރުމުން އެކަންވެސް ވާގޮތް ނުވިއެވެ.

“ހުން އައީނުން އެތާނގަ އިނީމަ.. އެވަރަށް ގޮވީމަވެސް ހޭ ނުލެވުނު..” އިކާން ލޯތްބާއެކު ބުނެލިއެވެ. ޢަމާރާ އަނގައިން ބަހެއްވެސް ނުބުނެ އިނީއެވެ. އިކާން އެހެން އިނދެގެން ވަރަށް ގިނަ ވާހަކަތަށް ދެއްކިއެވެ. އެހެން ވިޔަސް އެންމެ ފަހަރަކުވެސް ޢަމާރާގެ ކިބައިން މާފަކަށް ނޭދެއެވެ. އިކާންއަށް ކިޔުނު އެއްޗިއްސަކީ ގޯސް އެއްޗަކަށް ނުވަނީއޭ ޢަމާރާގެ ހިތަށް އެރުމުން އިތުރަށް ހިތުގައި ޖެހުނެވެ.

“އަހަރެން ނިދާލަން ބޭނުން. މިހެން އިނދެގެން ނުނިދޭނެ..” އިކާންގެ އަތުތެރެއިން ނުކުންނަމުން ޢަމާރާ މަޑުމަޑުން ބުނެލިއެވެ. އިކާން އިތުރަށް ހިފަހައްޓާކަށްވެސް ނޫޅުނެވެ. ކުރިންހެން އިކާންއަށް ފުރަގަސް ދެމުން ޢަމާރާ އޮށޯވެ ބާލީހުގައި ބައްދާލަމުން މޫނު ފޮރުވާލީ ރޮވެން އުޅޭހެން ހީވާތީއެވެ. ޢަމާރާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އިކާންވެސް އޮށޯތީއެވެ. އޭރު ގަޑިން ދެގަޑި ބައިވެގެން ގޮއްސިއެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް ޢަމާރާ އެނދުން ހިއްލާލިއެވެ. އޭރު އިކާން އޮތީ ގަދަ ނިދީގައެވެ. ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ޢަމާރާ އިކާންއަށް ނަމާދުކުރަން ގޮވިއެވެ. ގަދަ ނިދީގައި އޮތް އިކާންއަށް މީހަކު ގޮވާހެންވެސް ހީނުވިއެވެ. ބޭކާރު ކަމެއް ކަމަށް ބަލާފައި ޢަމާރާ ގޮސް ނަމާދު ކޮށްލިއެވެ. ނިދި ހުރި ނަމަވެސް އިތުރަށް ނިދާކަށް ޢަމާރާ ގަސްތެއް ނުކުރިއެވެ. ގޭގައި ލާފަދަ ހެދުމެއް ލައި ބުރުގާ އަޅާލައިގެން ތިރިއަށް ފޭބީ ކޮފީއެއް ބޯލުމަށެވެ. އޭރު ބަދިގޭގައި ނޫރާވެސް އުޅެއެވެ.

“ދަރިފުޅާ.. ހާދަ އަވަހަކަށް.. ރަނގަޅުތަ؟” ނޫރާ ގޮނޑީގައި އިށީނދެލަމުން ވާހަކަދެއްކިއެވެ.

“މަންމާ.. އަހަރެން ރަނގަޅޭ.. މި ހަމަދެން ނަމާދަށް ހޭލާފަ އޮންނަހިތް ނުވެގެން މި އައީ..” ޢަމާރާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ހިނިތުންވެލިއެވެ.

“އަނހާ ދަރިފުޅު.. ރަނގަޅުތަ؟” ޖިހާދު ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

“ލައްބަ..” ޢަމާރާ އިޙްތިރާމާއިއެކު ޖަވާބުދިނެވެ. ޖިހާދުވެސް ކޮފީތަށި ހިފައިގެން އިށީނެވެ. އިކާންގެ ވާހަކަ ޖިހާދު އަހާލުމުން ގޮވާ ގޮވާވެސް ނުހޭލާ ކަމަށް ޢަމާރާ ބުނެލިއެވެ. “ނަމާދަށްވެސް ނުހޭލާދޯ..” ޖިހާދު ބޯހޫރާލަމުން ބުނެލިއެވެ. ޢަމާރާ ހޫންއެއް އަޅުވާލިއެވެ. ނޫރާއާއިއެކު ސައި ތައްޔާރު ކުރުމުގައި އުޅުމަށްފަހު، ޢަމާރާ ބަދިގެއިން ނުކުތީ ހޮސްޕިޓަލުން ފޯންކޯލެއް އައުމުންނެވެ.

“ހެލޯ..” ބަގީޗާ ތެރޭގައި ހުރި ބެންޗްގައި އިށީންނަމުން ޢަމާރާ ފޯނަށް ޖަވާބު ދިނެވެ. ފޯންގެ އެކޮޅުން ދެއްކި ވާހަކަ ޢަމާރާ ވަރަށް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. ހައިރާންކަން މޫނުމައްޗަށް ވެރިވިނަމަވެސް ޢަމާރާ އިތުރަށް އެއްޗެއް ނުބުނެ އިނެވެ.

“އަޅުގަނޑު ވިސްނާލާފަ ޖަވާބެއް ދޭނަން..” ޢަމާރާ ބުނެލިއެވެ.

“ދެ ދުވަސް.. އެޔަށްވުރެ އިތުރަށް ނެތް ދުވަހެއް ދެވޭކަށް އިނގޭތޯ.. މީ ހަމަ ރަނުގެ ފުރުސަތެއް..”

“އެކަމަކު އެބަތިބި ނޫންތޯ ތިކަމަށް މާ ރަނގަޅު އަޅުގަނޑަށްވުރެ ޤާބިލް ޑޮކްޓަރުންވެސް..” ޢަމާރާ ބުނެލިއެވެ.

“ރަނގަޅު ޑޮކްޓަރުން އެބަތިބި.. އެކަމަކު އަޅުގަނޑުމެންވެސް ބޭނުންވަނީ އަލަށް ނުކުންނަ ޑޮކްޓަރުންނަށް މި ފުރުސަތުދޭން..” އެކޮޅުން ވާހަކަދެއްކި ފަރާތުން ޖަވާބުދިއެވެ. ޢަމާރާ ކުރިންވެސް ބުނިހެން ވިސްނާލާފައި ޖަވާބެއް ދޭނެކަމަށް ބުނެ ފޯނު ބޭއްވިއެވެ. ޢަމާރާއަށް އެކަމާ ވިސްނާލެވުނެވެ.

“މާރާ..” ގޭތެރެއިން އިކާން ގޮވާލިއަޑު އިވުމުން ޢަމާރާއަށް ވިސްނުން ތަކާ ދުރަށް ޖެހިލެވުނެވެ.

“ކެން..” ގޭތެރެއަށް ވަންނަމުން ޢަމާރާ އިކާންއަށް ބުނެލިއެވެ. އިކާން އައިސް ޢަމާރާ ގައިގަ ކުޑަކޮށް ބައްދާލިއެވެ.

“ހިނގާ ސައިބޯން..” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ހިނގައިގަތެވެ. ސައިމޭޒު ދޮށުގައި އެންމެން އިށީނދެގެން ތިއްބެވެ.

“މަންމާ.. ބައްޕާ.. އަޅުގަނޑުމެން ގޮތެއް ނިންމައިފިން…” އިކާން ސައިބޯން އިނދެފައި ވާހަކަ ދެއްކިއެވެ. އިކާން ޢަމާރާގެ މޫނަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ. ޢަމާރާ އިނީ ވާނުވާ ނޭނގިފައެވެ.

“މާރާ.. މާރާ ވަޒީފާއަށް ނުދާ ގޮތަށް ނިންމައިފި..” އިކާން ބުނެލުމާއެކު ޢަމާރާއަށް ހައިރާންވެފައި ބަލާލެވުނެވެ. އިކާން މޭޒުގެ ދަށުން ޢަމާރާގެ އަތުގައި ހިފަހައްޓާލިއެވެ. އެންމެންވެސް ތިބީ ހައިރާން ކަމެއްގެ ތެރޭގައެވެ. އެހާ މަސައްކަތުން ޢަމާރާ ހޯދި ކާމިޔާބީ އެގޮތަށް ހަނދާން ނައްތާލަން ނިންމީ ބާއޭ ނޫރާވެސް ހިތަށް އެރިއެވެ.

“އެކަމަކު.. ދަރިފުޅާ މާރާ. ހާދަ މަސައްކަތަކުންނޭ ދަރިފުޅު ކިޔަވާ ނިންމީ.. އަދި އަހަރު ދުވަސްވެސް ނުވެއެއްނު..” ނޫރާ ބުނުމުންވެސް ޢަމާރާއަށް ޖަވާބު ދެވޭވަރެއް ނުވިއެވެ. އިކާން އެވަރުގެ ނިންމުމެއް އޭނާގެ ގެ މަޝްވަރާއާ ނުލާ ނިންމުމުން ހިތަށްވީ ތަދު މާ ބޮޑެވެ. އެންމެންގެ ސުވާލުތަށް ޢަމާރާގެ ކަންފަތަށް އިވެމުން ދިޔައީ ވަރަށް ދުރުންނެވެ. ކަންފަތް ބައްވެފައި ވާކަހަލައެވެ. މޭޒުދޮށުން ތެދުވެގެން ދުއްވައިގަނެވުނުއިރު ލޮލުން ކަރުނަތަށް ފައިބަން ފަށައިފިއެވެ.

“ކިހިނެއްވީ.. އިކާން.. މާރާއާ މަޝްވަރާ ކޮށްފަތަ ގޮތް ތި ނިންމީ؟” ޖިހާދު ސުވާލު ކޮށްލިއެވެ. “މާރާ ކައިރީ ނޭހިޔަސް އެއީ އޭނާއަށްވެސް އެންމެ ރަނގަޅު ގޮތް..” އިކާން މޭޒު ދޮށުން ތެދުވަމުން ބުނެލިއެވެ.

“ދަރިފުޅާ..” ނޫރާ ގޮވާލިއެވެ. އިކާން ޖަވާބެއް ނުދީ ހިނގައިގަތީ ބަދިގެއިން ނުކުންނާށެވެ.

“ކެން.. ޔޫ ވިލް ރިގްރެޓް ފޯ ދިސް.. ތިންކް އަގެއިން.” ލިލީ ބުނެލި އިރު އެ އަޑުގައި ރިހުމެއް ވިއެވެ. “ނޯ އައި ވޯންޓް..” އިކާން ހުއްޓެމުން ބުނެލިއެވެ.

“އިކާން.. ކީއްވެގެން ތި އުޅެނީ.. ދޮން ކައިރީގަ ބުނެބަލަ..” ބަގީޗާ ތެރެއަށް ނުކުތް އިކާންގެ ކައިރީ އައިސް ހުއްޓިލަމުން ލިލީ ބުނެލިއެވެ.

“ދޮން.. މިހާރު އަހަންނަކީ މާރާގެ ފިރިމީހާ.. އަހަންނަށް ޑިސައިޑް ކުރެވޭނެ މާރާއަށް ރަނގަޅު ގޮތް. ދޮން ވެސް ތި ހުންނަނީނުން ކިޔަވައިގެން ގޭގަ.. ކީއްވެތަ މާރާއަށް ނުހުރެވޭންވީ..؟” އިކާން ހަގީގަތް ސިއްރު ކުރަމުން ބުނެލިއެވެ.

“އެހެންތަ އިކާން ހީކުރަނީ.. ދޮން ގޭގައި ހުންނަން ނިންމީ އަމިއްލައަކަށް. އަޙްތަރު ނުބުނޭ ހުންނާކަށް. އެހެން ނޫނަސް އައި ވޯކް ފްރޮމް ހޯމް.. ކޮމްޕެނީގެ ގިނަ ކަންކަން އަދިވެސް ޑީލް މި ކުރަނީ އަހަރެން.. ބައްޕަ ކައިރީ އަހާލަބަލަ.. އެހެންވެ ދޯ ބައްޕައަށް ހަމަޖެހިގެން ގޭގައި ވަގުތު ހޭދަ ކުރެވެނީ މިހާރު.. އެހެން ނޫނަސް އެއީ މާރާގެ އެކަނި ޑްރީމެއްވެސް ނޫނެއްނު.. މާރާގެ ޕޭރެންޓްސްއަށް އިކާން އިޙްތިރާމެއް ނުކުރަން ދޯ އެހެން ވީމަ..” ލިލީ އިތުރަށް އިކާން ބުނާ އެއްޗެއް އަޑުއެހުމަކާވެސް ނުލާ އެތެރެއަށް ވަދެގެން ދިޔައީއެވެ.

ދުވެފައި ގޮސް ޢަމާރާ ވަނީ ކޮޓަރިއާ ޖެހިގެން ހުންނަ ސްޓަޑީއަށެވެ. އެތެރެއިން ދޮރު ތަޅުލުމަށްފަހު ސޯފާގައި އިށީންދެލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަޔަށް ހުއްޓުމެއް ނާދެއެވެ. ޢަމާރާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ފިރިމީހާގެ ބަސް އަހައިގެން ގޭގައި އިންނަންވެސް ޢަމާރާ ބޭނުންވެއެވެ. އެހެން ވިޔަސް އިކާން އެގޮތަށް ތާކުން ތާކު ނުޖެހޭ ކަމެއްގެ ސަބަބުން އޭނާ ކައިރީ އަހާވެސްނުލާ ގޮތް ނިންމުމަކީ އޭނާއަށް ބަލައިގަނެވޭ ވަރުގެ ކަމެއް ނޫނެވެ.

“މާރާ..” ބޭރުން އިވުނީ ލިލީގެ އަޑެވެ. ޢަމާރާ ދޮރު ހުޅުވަން ބޭނުން ނުވި ނަމަވެސް ދެވަނަ ފަހަރަށް ލިލީ ގޮވާލުމާއެކު ދޮރު ހުޅުވާލިއެވެ. ލިލީ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ޢަމާރާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ރުއިމުގެ ސަބަބުން ރަތް ވެފައިވާ ދެ ލޮލާއި މޫނުމަތި ފެނުމުން އިކާން އެވާހަކަ ޢަމާރާގެ ގާތުގައި ދައްކާފައި ނުވާކަން ލިލީއަށް ބޮޑަށް ޔަގީންވިއެވެ.

“ކެން ނުދައްކާ ދޯ ތިކަމާ ގުޅޭ އެއްވެސް ވާހަކައެއް މާރާ ކައިރިއަކު؟” ލިލީ ލޯތްބާއެކު ބުނެލުމުން ޢަމާރާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

“ދޮން ބުނަންތަ ވާހަކައެއް.. ދޮން އަކަށް ނޭނގެ ވެގެން ތި އުޅެނީ ކީއް ކަމެއް.. ކިޔައިދޭކަށްވެސް ނުބުނާނަން.. އެކަމަކު މާރާ 6 އަހަރު އަމިއްލަ ފަސްގަނޑާ އާއިލާއާއި ރައްޓެހިންނާ ދުރުގަ ހިތްވަރުކުރީ އެންމެ 3 މަސް ވީމަ ހުރިހާ ކަމެއް ދޫކޮށްލާފަ އައިސް ގޭގައި އިންނާކަށް ނޫނެއްނު.. ވިސްނާލަބަލަ މަންމަ ހިތަށް އަރާނެ އެއްޗެއް. އަދި ބައްޕަ ނެތްނަމަވެސް ތިއީ އެ ބައްޕަގެވެސް ކިހާ ބޮޑު އުއްމީދެއް.. ގޭގައި އިނދެގެން ދޮން މިކުރާހެން ކުރެވޭ ކަމެއްނަމަ އެއްނު ހަމަ އެހެން ބުނެލާއިރަށް އިންނާނީ.. އަހަރެންގެ ކޮއްކޮ ވިޔަސް ތި ކަމުގައި އަހަރެން ކެންއަކާ އެއްބައެއް ނުވާނަން.. މާރާ ގޮތް ނިންމަންވީ ދުވަސް މީ… ވިސްނާފަ ރަނގަޅު ގޮތަކަށް ނިންމާތި..” ޢަމާރާގެ ބޮލުގައި ފިރުމާލުމާއެކު ލިލީ ޢަމާރާގެ ގައިގާ ބައްދާލިއެވެ. އިރުކޮޅަކު ރޯން އިނުމަށްފަހު ލިލީއާ ދުރުވެލަމުން ވިސްނާނަމޭ ބުނެލިއެވެ.

އިކާން އައިސް ކޮޓަރިއަށް ވަތްއިރު ޢަމާރާ އެނދުގައި އޮށޯވެލައިގެން އޮތެވެ. މޫނު ނުފެންނާތީ އިކާން ހީކުރީ ޢަމާރާ ނިދާފައި އޮތް ކަމަށެވެ.

“މާރާ..” އިކާން އެނދަށް އަރަމުން ގޮވާލިއެވެ. “ހޫމް..” އަމާރާގެ ފަރާތުން ޖަވާބެއް ލިބުނެވެ.

“ރުޅި އައިސްފައި؟” އިކާންއާ ދިމާލަށް ޢަމާރާ އަނބުރާލަމުން ބުނެލިއެވެ. ޢަމާރާ ބޯހޫރާލަމުން ނޫނެކޭ ބުނި ނަމަވެސް އެ ދެލޯ ބުނެދެނީ އެހެން އެއްޗެކެވެ. އިކާންއަށް އެކަން އެނގުނު ނަމަވެސް އޭނާގެ ނިންމުން ބަދަލުކުރަން ބޭނުމެއް ނުވިއެވެ.

“ދެން.. ސައި ނުބޮއެ އައީމަ.. ހީކުރީ ރުޅި އައީ ކަމަށް.. މިމަސް ނިމެންދެން ލަވް ޑިއުޓީއަށް ނުކުމޭ.. އޯކޭ އަހަރެންނަށް..” އިކާން އެހެން ބުނެލުމާއެކު ޢަމާރާއަށް ވިސްނާލެވުނީ ހެނދުނު ލިބުނު ފޯންކޯލާއި މެދުގައެވެ. އަދި އިރުކޮޅެއް ކުރިން ލިލީ ދެއްކި ވާހަކައެވެ.

“އެއީ އިކާން އަހަރެން ކައިރީ އެވާހަކަ ނުބުނެ އެންމެން ކުރިމަތީ އެހެން ބުނީތީ.. ލިބުނު ޝޮކަކުން.. އަހަރެން އޯކޭ.. މިމަސް ނިމެންދެން ދާނީ ދެން..” ހިތުގައިވީ ރިހުމާއި ވިސްނަމުން ދިޔަ ކަންތަށް ސިއްރު ކުރަމުން ޢަމާރާ އިކާނގެ ގައިގަ ބައްދާލިއެވެ. އިކާންއަށް ލިބުނު ކާމިޔާބީއަށް ފަހުރުވެރި ވެލަމުން ހިނިތުންވެލިއެވެ.

މެންދުރު އަދި ހަވީރުވެސް ޢަމާރާ ތިރިއަށް އައުމުން ނޫރާއާއި ލިލީ އެކަމާ ގުޅުވައިގެން ވަރަސް ސުވާލު ކުރިއެވެ. ޢަމާރާ ބުނަމުން ދިޔައީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

“މަންމާ. ދޮން… މިއީ އެންމެ ރަނގަޅަކަށް ނިންމި ނިންމުމެއް.. އެހެން ނޫނަސް އަހަރެންވެސް ބޭނުންވާ ކަމެއް އެބައޮތް…” ހަމަޖެހޭގޮތް ދައްކާލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ. “ކޮން ކަމެއް؟” ލިލީ އަވަސް އަވަހަށް އަހާލިއެވެ.

“އަހަރެން ބޭނުން ކުއްޖަކު ހޯދަން.. މިހާރު 30 އަހަރުވަނީ ދެން.. ފަހުންވެސް މި ވަޒީފާއަށް ޖޮއިން ކުރެވިދާނެ.. ކުލިނިކް ތަށްވެސް ހުންނާނެ އެންނު..” ސައިޖޯޑުން އެތިފޮދެއް ބޯލުމަށްފަހު ޢަމާރާ ބުނެލިއެވެ.

“އެކަމް ދެން މާރާގެ ފެމެލީ އޯ.. އެމީހުން ކިހާ ދެރަވާނެ..” ނޫރާ އައިސް ޢަމާރާގެ ގާތަށް ހުއްޓެމުން ބުނެލިއެވެ.

“މަންމާ.. ތީވެސް އަހަރެންގެ ފެމެލީ.. މިގޭމީހުން އަންޑަސްޓޭންޑް ވާހެން އެމީހުންވެސް ވާނެ..” ނޫރާގެ އަތުގައި ހިފާލަމުން ޢަމާރާ ހިނިތުންވެލިއެވެ. ނޫރާއަށް ގަބޫލު ކުރެވުނަސް ލިލީއަށް އެކަން ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް އިތުރަށް ސުވާލެއް ނުކުރީ އިކާން އައިސް ވަނުމުންނެވެ.

ރޭގަނޑު ނިދަންއޮތް ޢަމާރާއަށް އިކާން ނިދިއިރުވެސް ނިދޭ ގޮތެއް ނުވިއެވެ. ގޭތެރޭގައި ހިނގާދިޔަ ކަންތަކާއި ދިރިއުޅުމުގައި ކަންކަން މިހާރު އައިސްފައިވާ ހިސާބާއި ދޭތެރޭގައި ވިސްނިއެވެ. ވިސްނިވަރަކަށް ޢަމާރާގެ ހިތާއި ސިކުނޑި ބުނަމުން ދިޔައީ ހުއްޓާލަން އަދި ގާތްވެސް ނުވާ ކަމަށެވެ. އެރޭ ނިދުމުގެ ކުރިން ޢަމާރާ ގޮތެއް ނިންމިއެވެ. ޑިއުޓީއަށް ގޮސްފައި ޢަމާރާ އެކަން ކުރާނެއެވެ.

ހެނދުނު ހެނދުނާ އިކާންއާއި ޢަމާރާ ޑިއުޓީއަށް ދިޔައެވެ. އިކާންއާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރި ނަމަވެސް ޖިހާދު މަޑުކޮށްލީ ޑިއުޓީ ނިންމާފައި އިކާން އަންނާނެ އިރަކަށެވެ. ދައްކަން ބޭނުންވަނީ ވިޔަފާރި ދަތުރަކު ސިންގަޕޫރަށް ފުރާތީ އެވާހަކައެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓަން ނަސޭހަތްތެރި ވުމުގެ ގޮތުންނެވެ.

ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު އިކާންއަށް ޢަމާރާގެ ފަރާތުން އެއްވެސް ކަހަލަ ނުރުހުންވުމެއް ނުފެނެއެވެ. ވަޒީފާއާ ގުޅުވައިގެން ކުރިންވެސް އިކާން ކީފަދަ އެއްޗެހި ކިޔާ އުޅުނަސް ޢަމާރާގެ ފަރާތުން ލިބެނީ ހިނިތުންވުމެއް އެކަންޏެވެ. އިކާން އަށް ހީކުރެވުނީ ދެން ވަޒީފާއިން ވަކިވާން އުޅޭތީ ޢަމާރާ އެއްޗެއް ނުބުނަނީ ކަމަށެވެ. ޖިހާދުވެސް ސިންގަޕޫރަށް ފުރައިފިއެވެ. މިފަހަރު ދިޔައީ ނޫރާވެސް ގޮވައިގެންނެވެ. އެއީ ޖިހާދު ދޭތެރެއަކުން ކަން ކުރާ ގޮތެވެ.

ދެން އައި ހަފްތާ ފެށުނު ދުވަހަކީ އާދައިގެމަތިން އިކާންގެ ހެނދުނު ޑިއުޓީ އޮތް ދުވަހެކެވެ. ޢަމާރާގެ ހަވީރު ޝިފްޓް ފެށުނީއެވެ. އެހެން ނަމަވެސް ޢަމާރާ ވަޒީފާއަށް ނުނިކުންނަތާ ދެދުވަހެއް ވީއެވެ. އިކާން ސުވާލު ކުރުމުން ބުނަނީ ބޮލުގައި ރިއްސާތީ ނުދަނީ ކަމުގައެވެ. އެހެން ވިޔަސް މިއަދު ނުކުންނާނެ ކަމަށެވެ.

“ލަވް.. އެކަނި ނުދައްޗޭ.. އަހަރެންނަށް ގުޅާތި ތައްޔާރުވެފަ..” އިކާން ގެއިން ނުކުންނަމުން ބުނެލިއެވެ. ޢަމާރާ ހިނިތުން ވެލާފައި ގޮސް ކޮޓަރިއަށް ވަދެ އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ވަގުތުވެސް ނެތީމައެވެ.

ކޮޓަރި ތަޅުލައިގެން ފޮއްޓަށް އަންނައުނުތަށް އަޅަން ޢަމާރާ ހުރީ ލިލީ އައިސް ވަދެފާނެތީއެވެ. ޢަމާރާގެ ހަރަކާތްތަށް އަވަސްވެފައި ވިއެވެ. ފޮއްޓަށް ބޭނުންވާ ހެދުންތަކާއި އިތުރު ސާމާނުތަށްލާ ބަންދުކޮށްލިއެވެ. ބޮޑު އަތްދަބަސް ނެގުމަށްފަހު ލެޕްޓޮޕާއިއެކު އެހެނިހެން ޒަރޫރީ ސާމާނުތަކާއިއެކު ޕާސްޕޯރޓް ވެސް އަތެދަބަހަށް ލިއެވެ. މެންދުރުގެ ފްލައިޓަށް ޓިކެޓް ލިބުނުކަން ނަސީބެކޭ ޢަމާރާގެ ހިތަށް އެރިއެވެ. އެއީ މެންދުރު ގަޑިއަކީ ލިލީ އޮފީހުގެ މަސައްކަތް ކުރަން ކޮޓަރީގައި އިންނަ ވަގުތު ކަމަށް ވެފައި އިކާންވެސް ގެއަށް ނާންނާނެތީ ދާން ފަސޭހަ ވާނެ ކަމަށް ބަލާފައެވެ. ލިލީ ކޮބައިތޯ ބަލައިލީ އެއްވެސް މީހެއްގެ ލޮލަށް ނުފެނި ދިއުމުގެ ނިޔަތުގައެވެ. ނަސީބު ރަނގަޅު ކަމުން ލިލީ އިނީ މީޓިންގ އެއްގައެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ހިތް ކަލާއަށް އެދޭތީ 5

Next

އަބަދުވޭ ހިތުގާ މަގޭ 2 (12)

Next
January 8, 2026

އަބަދުވޭ ހިތުގާ މަގޭ 2 (12)

Previews
January 8, 2026

ހިތް ކަލާއަށް އެދޭތީ 5

11 Comments!

  1. Shiuny says:
    January 8, 2026 at 12:28 pm

    Omggg maaraa kn thaakah edhany….whennnnn nextttt please saturday ga plss plsss

    1. ފަޒޫ says:
      January 8, 2026 at 2:12 pm

      Insha Allah Saturday ga up kohlla dheynan 🫶🏻

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 8, 2026 at 1:11 pm

    Saturday?!?
    Miyadhuves hevennu?!?
    Amaara is leaving?
    No way alhey ikaan haadha bad ey..
    But where is amaara gonna go?!?
    Emeehun zuvaabu nukuraanama …..
    Hope varah happy ending eh annaanekamah vaahaka nimey iru
    Btw …mee kithah episode ge story eh ?

    Can’t wait for next part 〽️
    When is next???
    Plss varah avahan genesdhechey🥹🥺

    1. ފަޒޫ says:
      January 8, 2026 at 2:13 pm

      Insha Allah Saturday ga up kohlla dheynan. Ekam it will be the last part ingey 🫶🏻

  3. Aisha says:
    January 8, 2026 at 1:33 pm

    Masha Allah vrh reethi ♥️… Maara thihedhy rangalah kurin vx ikaan kairi buni maara egothah dhaane vaahaka.. next part ge inthizaruga hurin

    1. ފަޒޫ says:
      January 8, 2026 at 2:15 pm

      Thankyou 🫶🏻 insha Allah Saturday ga up kohlla dheynan 🫶🏻

  4. Alsssss⁠✿ says:
    January 8, 2026 at 3:33 pm

    Ikaan maa mahchah mihr edhiyaee
    I’m so proud of maaras decision👍
    Impatiently waiting for next part

    1. ފަޒޫ says:
      January 9, 2026 at 1:21 am

      Insha Allah Saturday ga up kohlaanan

  5. 😶‍🌫️Raajiha 😶‍🌫️ says:
    January 8, 2026 at 3:58 pm

    Omg LAST PART?!?
    haadha avahakah!?

    1. ފަޒޫ says:
      January 9, 2026 at 1:24 am

      Yeah. Ehaa dhigu nukuree mi vaahaka 🫶🏻🫶🏻

  6. I....ba says:
    January 8, 2026 at 6:48 pm

    Can’t wait for the next part

Comments are closed.



All Right Reserved!