އުއްމީދު ގެ ހުޅު ކޮޅު
އެތަކެއް ޒަމާނެއް އެތަކެއް ދުވަސް ތަކެއް އަހަރެންގެ ދިރިއުޅުމަށް އެތައެތަކެއް ގޮން ޖެހުން ތަކެއް އައިސްފައި ގޮސްފައިވެއެވެ . އެތަކެއް ހިތް ދަތި ކަމެއް ދިރިއުޅުމަށް ގޮސްފައިވއެވެ .
ލޯބިން އުޅެމުން އަންނަ ދެ ފަރާތެއް ދުރު ކުރުމަށް އެތަކެއް ކަމެއް ކުރަމުން ގެންދެއެވެ . ޒާތީ ވާ މީހުން އެންމެ ފުރަތަމަ ވެސް ކުރަމުން އަންނަނީ އެ ދިރިއުޅުމެއް ހަލާކު ކޮށްލުމެއެވެ . ހަލާކު ކޮށްލުމަށް އެންމެ ބޮޑު ހަތިޔާރަކަށް ވަނީ ފަންޑިތަ ނުވަތަ 2 މަފިރިން ދޭތެރޭ ގޮތް ނޭންގޭ އެތަކެއް ވާހކަ ދެއްކުމެއެވެ .
މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކޮށްފައިވާ ވާހަކައެކެވެ . . މި ވާހަކައިން އެތަކެއް އިބުރަތެއް ލިބިގެން ދާނޭ ވާހަކަ ބުނެލަމެއެވެ . މި ވާހަކައިން އެތަކެއް ކަމެއް އެތަކެއް ސިއްރު ތަކެއް ފެނިގެން ދާނޭ ވާހަކަ ބުނެލަމެއެވެ .
###
އަހަރެން ގެ އާއިލާ ގައި އުޅެމުން އަންނަނީ 4 މީހުންނެއެވެ . އެއީ އަހަރެންނާއި އަހަރެންގެ ބޭބެ އާއި މަންމަ އަދި ބައްޕަ އެވެ . ދެން އިތުރު ބަޔަކު އަހަރެން ގެ އާއިލާ އަކު ނުހުރެއެވެ . އަހަރެންނަކީ އާއިލާ އިން އެންމެ ކުޑަ އެކަކެވެ . އެހެން ކަމުން އަހަރެންނަށް ބޭނުން ވާ ކަންތައް ފަސޭހަ ކަމާއެކު ކުރެވުން ގެންދެއެވެ .
އަހަރެން އުމުރުން 7 އަހަރުގައި އަހަރެންގެ ބޭބެ މާލެ ފުރައިގެން ދިޔައެވެ . އަހަރެން އުޅެމުން ދިޔައި 3 މީހުންނެއެވެ އެއީ އަހަރެން ގެ މަންމ އާއި ބައްޕަ އެވެ . އަހަރުމެން އުޅެމުން ދިޔައީ 3 މީހުންނާއެކުގައެވެ . ނަމަވެސް އަހަރެންނަށް އެއްވެސް ކަމަކަށް ދަތި ނުވެއެވެ ، އަބަދު ވެސް އަހަރެންނަށް ކަން ކަމުގައި އަދި ބޭނުން ވާ ކަން ކަމުގައި ލިބެމުން ދިޔައެވެ .

