ވާނުހޭ ގާތުގާ- ބާރަވަނަ ބައި
“އިކާން މިތާ ކީއް ތި ކުރަނީ..؟ މިތާކަށް ނުލިބޭ އެހާ ނެޓްވޯކެއް.. އެހެން ނޫނަސް އަހަރެން އައީ ވަރަށް މުހިއްމު ކަމަކު.. ދެން އިކާން ކައިރީ ނުބުނެވޭނެ ވަރު ވާހަކަވެސް ހުންނާނެ އެއްނު..” ފަހަތުގައި އެކުވެރީން ތިއްބާ އިކާން އެކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން ޢަމާރާ ވެސް ބުނާކަށް ގަސްތެއް ނުކުރިއެވެ.
“އަހަރެން ހާސްވާނެވަރު ނޭނގެނީތަ.. ހެނދުނުން ފެށިގެން މާރާ ވީތަނެއް ނޭނގިގެން މި އުޅެނީ.. އެހެން ނޫނަސް މިހާރުވެސް އަހަރެން ކައިރީ ނުބުނެ ދާނެވަރު ތަންތަން ވެސް ހުރޭތަ؟” ފެންކަޅިވެފައި ހުރެ އިކާން ޢަމާރާގެ ގައިގަ ބައްދާލަމުން ވާހަކަ ދެއްކީ އެހާވެސް މަޑުންނެވެ.
“ހިނގާ ދާން..” އިކާން ދުރުކޮށްލާފައި ހިނގައިގަންނަމުން ޢަމާރާ ބުނެލީ ދުރު ގޮތަކަށެވެ. އެކަން ވީ އިކާން އިތުރަށް ހައިރާން ކުރުވި ކަމަކަށެވެ.
“މާރާ.. ޕްލީޒް…” ޢަމާރާގެ ފަހަތުން ދަމުން އިކާން ބުނެލިއެވެ. އެންމެން އެކީގޮސް ކާރަށް އެރިއިރުވެސް ޢަމާރާ އިކާންއަކާ ވާހަކައެއް ނުދެއްކިއެވެ. ކާރުގެ މިސްރާބު ހުރީ ހުޔާމެން ތިބޭ ހޮޓެލްއަށެވެ. ހޮޓެލްއަށް ދެވުމާއެކު ހުޔާމެންގެ ކޮޓަރި ކުރިމަތިން ލާފައި ޢަމާރާގެ އަތުގައި ހިފައިގެން އިކާން ގޮސް ވަނީ ކޮރިޑޯގެ ކަނަކަށް ވާގޮތަށް ހުރި ކޮޓަރިއަށެވެ. އިކާން ކޮޓަރި ނެގީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ފަހަތުން ދާން އުޅުނު ހުޔާ ހުއްޓުވީ ފަހުދުއެވެ.
“ދޭ ނީޑް ޓު ޓޯކް ދިސް އައުޓް..” ރިދާ ހިނިތުން ވެލަމުން ބުނެލިއެވެ.
“އެކަމަކުވެސް. ދޭ އަރ ނޮޓް މެރީޑް. އެހެން ރޫމަކަށް ގޮސް ވަންނާން ވާނެތަ؟” ހިތްހަމަ ނުޖެހިފައި ހުޔާ ބުނެލީ ރިދާއަށް އެނގޭނެހެން އިނގިރޭސި ބަހުންނެވެ. “ޖަސްޓް ޓްރަސްޓް ހިމް.. ހީ ވިލް ނޮޓް ޑިސްރެސްޕެކްޓް ހާ.. ހީ ލަވްސް ހާރ.. ޖަސްޓް ލެޓް ދެމް ބީ.. ފަހުން ދެން އަހާނީ…” ހޮސްޓެލްއަސް ދާން ހިނގައިގަންނަމުން ރިދާ ބުނެލުމާއެކު ފަހުދުވެސް އެއީ ތެދެކޭ ބުނަމުން ހުޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.
“ދޫކޮށްލާ.. އަހަރެން މިތަނަށް ތި ގެނައީ ކީއްކުރަން.؟” ކޮޓަރިއަށް ވަދެފައިވެސް އިކާން އަތުން ދޫނުކުރުމުން ޢަމާރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“އަހަރެންގެ ސުވާލުތަކަށް ޖަވާބު ދިނީމަ ދެވޭނީ..”
“މުހިއްމު ކަމަކަށް ނުދެކެން…” ޢަމާރާ މޫނު އަނބުރާލަމުން ބުނެލީ މަޑުމަޑުން ނަމަވެސް އެ އަޑުގައިވީ ނުރުހުން ފާޅުވިއެވެ.
“ޕްލީޒް.. ތިހެން ދުރުކޮށް ނުލާބަ.. ސޮރީއޭ.. ” ޢަމާރާގެ އަނެއް އަތުގައިވެސް ހިފާލަމުން އިކާން މިފަހަރު ވާހަކަ ދެއްކީ މަޑުންނެވެ.
“ޕްލީޒް.. ބުނެބަލަ.. ނުބުނެވޭންވީ ކީއްވެތަ؟” ޢަމާރާ ވާހަކަ ނުދެއްކުމުން މިފަހަރުވެސް ވާހަކަ ދެއްކީ އިކާންއެވެ. ޢަމާރާ އިކާންގެ އަތުން ވީއްލިގެން ދާން އުޅުނެވެ. އަތުން ނެއްޓިގެން ދޮރާ ހަމައަށް ދެވުނުއިރަށް އިކާން އައިސް ޢަމާރާގެ އުނަގަނޑުގައި ފަހަތުން ބައްދާލިއެވެ.
“މާރާ… ޕްލީޒް.. ނުދެވޭނެ ނުބުނަނީސް..” ޢަމާރާގެ ކޮނޑުގައި ނިތްކުރި ޖައްސާލަމުން އިކާން ބުނެލިއެވެ. ޢަމާރާ އިތުރަށް ގަދަ ހަދަން ފެށުމުން ހިއްލާލައިގެން ގެންގޮސް އެނދު ކައިރީ ބެހެއްޓިއެވެ.
“އަހަރެން ދިޔަދީ.. ނޫނީ ހަޅޭއް ލަވާނަން…”
“ބުނީމަ ފޮނުވާނަން.. ސިމްޕަލް.. އެހެން ނޫނަސް ކިތަންމެ ބާރަކަށް ހަޅޭއް ލެވިޔަސް ބޭރަކަށް އަޑެއް ނީވޭނެ..” ނުބުނަން މަސައްކަތް ކުރާތީ އިކާން އަނެއްކާވެސް ޢަމާރާ ދެކެ ހިތްހަމަ ނުޖެހޭން ފެށިއެވެ.
“އަން.. މި ބަލައި މި ދިޔައީ.. މި ދެން ދެން އިކާނަކަށް ނުހުރެވުނެއްނު…” އަތުގައި އޮތް އެތެރެ ނުފެންނަ ކޮތަޅެއް އެނދު މައްޗަށް އެއްލަމުން ޢަމާރާ ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އިކާން އެ ކޮތަޅު ނަގާ އެތެރެ ބަލާލަން ވީއިރު ޢަމާރާ ދޮރާ ދިމާއަށް ހިނގައްޖެއެވެ. އެހެން ނަމަވެސް ދޮރު ނުހުޅުވުނީ ކޯޑް ޖަހަން ޖެހޭ ދޮރެއް ވީމައެވެ.
“މީ…” އިކާން އެނބުރިލަމުން އަހާލިއެވެ.
“ތީ ކެންގެ ބާތްޑޭ އަންނާތީ އަހަރެން ހެއްދި އެއްޗެއް.. ކަސްޓަމް މޭޑް…” އިކާންގެ އަތުގައި އޮތް ގަޑިއަށް ބަލަން ހުރެފައި ޢަމާރާ ބުނެލިއެވެ. އެ ގަޑީގެ ޑީޒައިން އެހެން ގަޑިތަކާ ތަފާތެވެ. ގަޑީގެ ކަމަރުގެ އެތެރޭގައި ދެމީހުންގެ ނަން ދިމާވި ތާރީޙާއި އެކު ޖަހާފައި އިނެވެ.
އަތުން ގަޑި ހިފައިގެން އިކާން ޢަމާރާ ކައިރިއަށް ދިޔައެވެ. “ތެންކިޔު މައި ލަވް.. ދިސް އިޒް ދަ ބެސްޓް ގިފްޓް އެވަރ..” ޢަމާރާގެ ކަންފަތް ދޮށަށް ގުދުވެލަމުން އިކާން ބުނެލީ ސިއްރެއް ބުނެލި ފަދައަކުން ނެވެ.
“ދެން ދޮރު ހުޅުވަބަ. އަހަރެން ދާން ވެއްޖެ…” ކައިރިވަމުން ދިޔަ އިކާންގެ މޭގައި އަތް ޖައްސާލަމުން ޢަމާރާ ބުނެލިއެވެ.
“ދެން ސޮރީއޭ.. ތިހެން ނުހުރެބަލަ..” ޢަމާރާގެ ދަތްދޮޅީގައި އަތް ޖައްސާ އުފުލާލަމުން އިކާން ވާހަކަ ދެއްކިއެވެ.
“ދެން އެވަރު ކަމަކާ އިކާން.. އަހަރެން ދާން ބޭ…” ހިތްހަމަ ނުޖެހިފައި ބަލަން ހުރެ ޢަމާރާ ދެއްކި ވާހަކަ ހުއްޓުނީ އިކާން އޭނާގެ ތުންފަތުގައި ބޮސް ދިނުމުންނެވެ. ނުހަނު ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އިކާންގެ އެ އަމަލަށް އޭނާއަށް މަރުހަބާ ކިޔުނީ ވަރަށް އަވަހަށެވެ. ބިމުން މައްޗަށް ޢަމާރާގެ ފައި ހިއްލުމަށްފަހު ދެން ފައި ޖެހުނީ އެނދުގެ ކައިރީގައި އޮތް މަޑު ކާޕެޓްގެ މަތީގައެވެ. ޢަމާރާގެ އުނަގަނޑުގައި އަތް ޖައްސާލުމާއެކު އެނދުގައި ބައިންދަމުން ކައިރީ އިކާންވެސް އިށީނެވެ.
މަޑު ތަންމަތީގައި ބުރަކަށި ޖެހުމަށްފަހު އިކާންގެ ހޫނު ބީހުންތަކާއެކު ޢަމާރާގެ ހިތުގެ ވިންދާއި ނޭވާ އަވަސްވަމުން ދިޔައެވެ. ލާފައި ހުރި ސްވެޓަރގެ ދަށުން އިކާންގެ އަތުގެ އިނގިލިތަށް ޢަމާރާގެ ބަޑުގައި ޖެހުނު ވަގުތު ތެޅިގެންފައި ޢަމާރާއަށް ދުރުވެވުނެވެ. އިކާންއަށްވެސް ކުރެވެން އުޅުނު ކަންތަކާ ވިސްނާލެވުނީ ދެނެވެ. އަވަސް އަވަހަށް ގޮސް ފާހާނައަށް ވަދެލީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަށް ޢަމާރާއަށް ފެންނަން ނޭދޭތީއެވެ. ޢަމާރާ އެނދުން ތެދުވެ އިށީނދެލީ އިކާން ފާހާނައަށް ވަނުމަށް ފަހުއެވެ.
އިކާން ފާހާނައި ނުކުތުމުގެ ކުރިން ޢަމާރާ ލޯގަނޑުން މޫނު ބަލާލުމަށްފަހު ބުރުގާ ރީތިކޮށްލިއެވެ.
“ލެޓްސް ގޯ…” ފާހާނައިން ނުކުތް އިކާން ދޮރާ ދިމާލަށް އެނބުރެމުން ބުނެލިއެވެ. “ލެޓްސް ސްޓޭ..” ޢަމާރާ އައިސް އިކާންގެ ގައިގަ ބައްދާލިއެވެ. “ޕްލީޒް ނޯ.. މާރާ.. ” އިކާން ޢަމާރާގެ އަތް ނައްޓުވާލަމުން ބުނެލިއެވެ.
“ވައި..” އިކާންގެ ކުރިމައްޗަށް އަރަމުން ޢަމާރާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “ދެޓް މޭކްސް މީ ވޯންޓިންގ ޓު ޑޫ މެނީ ތިންގްސް ޓު ޔޫ މައި ލަވް.. އެންޑް މިހާރު ނުހުއްޓައިފިއްޔާ އަހަރެން ނުހުއްޓުވޭނެ.. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން.. އައި ޕްރޮމިސްޑް ޔޫ.. އީވެން ޓު ޔޯ މޮމް ޓޫ.. އަހަރެން ބޭނުމެއް ނުވޭ ކައިވެނި ނުކޮށް މިކަހަލަ އެއްވެސް ކަމެއް ހިނގާކަށް… ބިކޯޒް އައި ލަވް ޔޫ…” ޢަމާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އިކާން ބުނެލީ ލޯތްބާއެކީއެވެ. ޢަމާރާވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުން އެކީ ކަހަލަ ގޮތަކަށް ކޮޓަރިން ނުކުމެގެން ގޮސް ހުޔާމެންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.
“ޔޫ ގައިސް އޯކޭ؟” ދޮރު ހުޅުވާލުމާއެކު ހުޔާ އަހާލިއެވެ. އިކާންއާއި ޢަމާރާ އެކުއެކީ އާއެކޭ ބުނެލިއެވެ.
“ދަނީދެން.. މާ ލަސްވެއްޖެއްޔާ ނުއެއް ވަދެވޭނެ.” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ބުނެލިއެވެ.
ހަފްތާގެ ބާކީ ދުވަސްތަށް ނިމިގެން ގޮސް ހުޔާވެސް ރާއްޖެ އައިސްފިއެވެ. ހަނީމޫން ނިމުމަށްފަހު ހުޔާގެ ފުރަތަމަ ކަމަކަށްވީ ފަހުދުގެ ގެއަށް ބަދަލު ވުމެވެ. ފަހުދުއަކީ ހުރި ހަމައެކަނި ދަރިފުޅު ކަމުން އޭނާދެކެ ވާވަރަށް ހުޔާ ދެކެވެސް ފަހުދުގެ މައިން ބަފައިން ލޯބިވެއެވެ. 8 ބުރިއަށް ނަގާފައިވާ ގެއިން އެއް ބުރި އެއްކޮށް ހުޔާގެ ނަމަށް ބަދަލުކޮށްދިނެވެ. ކުރިން ފަހުދުވެސް އުޅުނީ މަންމަމެނާ އެކު ގޭގެ އެންމެ މަތީގައި ކަމުގައި ވިޔަސް ކައިވެނި ކުރުމަށްފަހު ވަކި ބަޔަކަށް ބަދަލުވާން ބޭނުންވިއެވެ. މައިން ބަފައިންގެ ރުހުމާއެކު އެކަން އެގޮތަށް ކުރީ އަނބިމީހާއާއި އެކު ވީހާވެސް ގިނަ ވަގުތުތަކެއް އެކަނި އެކީގައި ހޭދަކުރުމުގެ ބޭނުމުގައެވެ. ފަހުދުގެ މަންމަގެ ޝަރުތަކަށްވީ ހުރިހާ ވަގުތެއްގައިވެސް ކެއިން ބުއިމުގެ ކަންކަން މަންމަމެންގެ ބައިގަ ކުރިއަށް ގެންދިއުމެވެ.
“އަހަރެން ދެން ބޭނުންވަނީ ގޭގައި އިންނަން.. ގޭތެރޭގެ ކަންކަން ކުރަން.. މަންމައަށް އެހީތެރިވާން..” ފިރިމީހާގެ މޭގައި ބޯ އަޅާލައިގެން އޮވެ ހުޔާ ވާހަކަ ދެއްކިއެވެ. ފަހުދު އޮތީ ހުޔާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލައެވެ.
“އެއީ.. ފޫއްސެއް ނުވާނެތަ؟ އެހެން ނޫނަސް މިގޭގަ ކޮން ކަމެއް ކުރަން އޮންނާނީވެސް..” ހުޔާގެ މޫނަށް ނަޒަރެއް ދެމުން ފަހުދު ބުނެލިއެވެ.
“ދެން ހަމަ އޭރުވެސް ބޭނުންވާ ގޮތޭ އެއީ.. ކައިވެނި ކޮށްގެން ގެވެހި އަނބެއްގެ ގޮތުގައި ހުންނަން.. އެހާ ވަރަކަށް ބޭރަށްގޮސް މަސައްކަތް ކޮށް އުޅޭ ހިތެއްވެސް ނުވޭ މިހާރަކު..”
“ދެން ކޮން ކަމެއް ކުރާ ހިތްވަނީ މިހާރު؟” ފަހުދު ކޮށްލި ސަމާސާއާއެކު ހުޔާ ރަކިވެގެން މޫނު ފޮރުވާލިއެވެ. “އަދިވެސް އެހާ ލަދުގަނޭތަ؟” ފަހުދުގެ ވާހަކައިގައި ކުރިއަށްވުރެ ބޮޑަށް ސަމާސާ ވިއެވެ.
“ދެން ފަހުދު.. ސީރިއަށް ވެބަލަ..” ފަހުދުގެ މޭގައި މަޑުން ޖަހާލަމުން ހުޔާ ބުނެލުމާއެކު ފަހުދުގެ ހުނުންވެސް މައިތިރި ކޮށްލިއެވެ.
“އޯކޭ.. އެކަމް ބޭބީއެއް ލިބެންދެން ދާންވީނު.. އެހެން ނޫނީ ފަހުން ފޫހިވެގެން އުޅޭނީ.. ޕްރެގް ވީމަ ދެން ފޫއްސެއްވެސް ނުވާނެ އެއްނު…” ހުޔާގެ ކޯތާފަތުގައި ފިރުމާލަމުން ފަހުދު އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.
“ބޭބީ އެކޭ… ލޯބި ބޭނުންތަ މިހާ އަވަހަށް..” ކުޑަކޮށް ބޯހިއްލާލުމަށްފަހު ފަހުދުގެ މޫނަށް ބަލާލަމުން ހުޔާ ބުނެލީ ހައިރާން ވެގެންނެވެ.
“ހޫމް.. މިހާރު ލިބުނަސް އޯކޭ ހަމަ.. ދޫނި ބޭނުމެއް ނޫންތަ..؟” ފަހުދުގެ ދެ އަތުން ހުޔާގެ ގައިގަ ބައްދާލަމުން ކޮލުގައި ދޮނެއް ދިނެވެ.
“ބޭނުން.. ލޯބިއަށް މާ އަވަސް ވެދާނެތީ އެވާހަކަ ނުދެއްކީ.. އެކަމް މިހާރު ބޭނުން ވެއްޖެ.. ”
“އެހެންވީއިރު ލަސްކުރަނީ ކީއްކުރަން.. ހިނގާ ތިކަމާ އުޅެން.” ފުރޮޅިލުމަށްފަހު އެ ދެއަތުގެ ބާރުގެ ދަށަށް ހުޔާ ގެންނަމުން ފަހުދު ބުނެލުމާއެކު ދެމީހުންގެ ހުނުމުގެ އަޑު ކޮޓަރިތެރޭ ހިފާލިއެވެ.
ދަންވަރު 1 ޖެހުމާ ގާތްވެފައި ވަނިކޮށް ގައިގަ ރަޖާގަނޑު އަޅާލަމުން އަނެއް ފަރާތަށް އެނބުރުނު ހުޔާގެ ގައިގާ ފަހަތުން ފަހުދު ބައްދާލިއެވެ. ހުޔާގެ ކަނދުރާ ދޮށުގައި މޫނު ނިވާކޮށްލަމުން ލޯމަރާލި ފަހުދު ނިދީގެ ތެރެއަށް ގެނބިގެން ދިޔައީ ވަރަށްވެސް އަވަހަށެވެ. ދެލޯ މަރާލައިގެން އޮތް ކަމުގައި ވީނަމަވެސް ހުޔާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ނުފިލާ ވިއެވެ.
އައު އަހަރަށް ކިޔެވުން ފެށިގެން ކުރިޔަސް ދިޔައިރު އިކާންއަށް ފެނުނީ ހީކުރިގޮތާ ހިލާފަށް ޢަމާރާގެ ގިނަ ވަގުތުތަކެއް ކިޔެވުމަށް ސަމާލުކަން ދޭތީއެވެ. ބޭރަށް ދާން ބުނެ ކިޔައިގެންވެސް އަހަރު މެދަށް ދިޔައިރުވެސް ބައްދަލު ވެވުނީ އެންމެ 3 ފަހަރުއެވެ. ފޯނުން މެސެޖެއް ކޮށްލިޔަސް ގިނަފަހަރު ބުނާނީ ކިޔަވަނީ ކަމުގައެވެ. އިކާން ޢަމާރާގެ ވާހަކަ ގަބޫލުވެސް ކުރެއެވެ. އެހެން ނަމަވެސް ދުރުގައި ހުންނަން އޭނާއަށް އުނދަގޫ ވަނީއެވެ. އިކާންއާ ދުރުދުރުން ޢަމާރާ އުޅޭ ސަބަބަކީވެސް އެއީއެވެ. ދިމާވި ކޮންމެ ފަހަރަކުވެސް އިކާން އުޅޭ ގޮތުންނެވެ. އިކާން ގާތްވެލާ ކޮންމެ ފަހަރަކު ޢަމާރާގެ އަމިއްލަ ނަފްސުގެ ބާރުވެސް ދޫވެގެން ދާތީއެވެ.
ސަމަރ ބްރޭކްއަށް ލިބުނު ހަފްތާގައި ކޭމްޕްދާން ހަމަޖެހުނެވެ. ދާން ޖެހުނީ ކޮލެޖްއާ 4 ގަޑިއިރުގެ ދުރު ހިސާބެއްގައި އޮންނަ ކޭމްޕިންގ ސައިޓަކަށެވެ. ކޭމްޕްގައި ލެކްޗަރަރ އަކަށް ބައިވެރިވީ އިކާންއާއި ކޮލެޖްގެ ލެބޯޓްރީ އެސިސްޓެންޓްއާއި ޑީން އަދި ޕްރިންސިޕަލްއެވެ. ޑީންއާއި ޕްރިންސިޕަލް ތިބޭނީ ދެދުވަސް ވަންދެން ކަމުން އިކާންއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ރޭގަނޑުގެ ވަގުތުގައި ރިދާ ކައިރީ ބުނެގެން ކޭމްޕް ސައިޓް ކައިރީ އޮންނަ ކޯރުގެ ކައިރިއަށް ޢަމާރާ ގެންދިޔައެވެ.
“ކީއްކުރަން މިތަނަށް ތި ގެނައީ؟ މީހަކަށް ފެނިދާނެ..” ގަސް ކައިރީ ހުރި އިކާންއާ ދުރުމިނެއް ބަހައްޓައިގެން މަޑުކުރި ޢަމާރާ ވާހަކަ ދެއްކިއެވެ.
“ކީއްވެ ތިހާ ދުރުގަ ތި ހުންނަނީ؟” އިކާން ކޮށްލި ސުވާލު ތަފާތެވެ. މަޑުމަޑުން ޢަމާރާގެ ކައިރިއަށް ޖެހިލަމުން އެ އަތުގައި ހިފާލިއެވެ. ޢަމާރާ ބަލާލީ ރިދާ ހުރި ދިމާލަށެވެ. އޭރު ރިދާ ހުރީ އެމީހުނަށް ފުރަގަސް ދީގެން ކަމުން ކަމެއް ވާކަމެއްވެސް އޭނާއަކަށް ނޭނގޭނެއެވެ.
“ޕްލީޒް.. އަތް ނުލާބަ…” ގަހުގައި ލެނގިލައިގެން ހުރި އިކާންގެ ގައިގަ ޢަމާރާގެނެސް ތަތްކޮށްލި ހިނދު އޭނާ ބުނެލިއެވެ. އިކާން ވާހަކަ ދައްކާކަށް ނޫޅެއެވެ. ދުރަށްޖެހި އެނބުރިލަމުން ޢަމާރާގެ ބުރަކަށި ގަހުގައި ޖައްސާލުމަށްފަހު އެ ތުންފަތުގައި ބޮސްދީފިއެވެ. ޢަމާރާ ދުރުވާން މަސައްކަތް ކުރިއިރު ދެލޯ ހުރީ ފެންކަޅިވެސް ވެފައެވެ.
“އައުޗް.. ކީއް ތިކުރީ..؟” ތުންފަތަށް ވީ ތަދާއެކު އިކާންއަށް މޫނު ދުރުކޮށްލެވުނެވެ. އަތް ޖައްސާލިއިރު ލޭގެ އަސަރު ހުއްޓެވެ.
“ދޫ ނުކުރަންޔާ ވާނީ އެހެން..” ހުރިގޮތަށް ހުރި ނަމަވެސް ޢަމާރާވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ތިކުރި ކަމަކުން އަދި މާ ބޭނުން ވެއްޖެ..” ޢަމާރާގެ ކަނދުރާމަތީގައި އިކާންގެ އަތް ހިންގާލަމުން އެ ދެލޮލަށް ބަލާލިއެވެ. އިކާން ކައިރިވާން ފެށިއިރަށް ޢަމާރާ ދުއްވައިގަތެވެ. އެހިނދު އިކާންގެ ބަރު ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
“ގާރލް.. ޔޫ ލުކް ލައިކް އަ ޓޯމާޓޯ ނައު.. ވަޓް ޑިޑް ޔޫ ގައިޒް ޑޫ…” ޓެންޓަށް ވަދެވުމާއެކު ރިދާގެ ސުވާލުތަށް އަމާޒުވުމުން އިތުރަށް ލަދުގަތުން ނޫން ކަމެއް ޢަމާރާ އަކަށް ނުވިއެވެ.
“ނުކުރަން ކަމެއް.. ހަމަ ވާހަކަ ދެއްކީ..” ޢަމާރާ ވާހަކަ ދެއްކީ ފްރާންސް ބަހުންނެވެ. ރިދާ އިތުރަށް ސުވާލު ކުރުމުންވެސް ޢަމާރާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ އެވާހަކަތަށް އިތުރު މީހަކާ ހިއްސާކުރަން ބޭނުންނުވާތީއެވެ.
ހެނދުނު ޖެހުނީ ޖަންގަލިތެރެ ބަލާލަން ދާންކަމުން ވީހާވެސް ފަތިހަކާ ހުރިހާ ކުދިންހެން ހޭލައިގެން އުޅެމުން ދިޔައެވެ. ކޮފީތަށި ހިފައިގެން ކެއުން ހަމަޖެހިފައި ހުރި ޓެންޓުން ނުކުތް ރިދާ ލޮލުގައި އަޅައިގަތީ އެ ދިމާއަށް އަންނަ އިކާންއެވެ.
“ސަރ ތުންފަތަށް ކީއްވެފަ؟” ރިދާ ސުވާލުކޮށްލީ ވަރަށް މަޑުންނެވެ. “މި މިއީ ދިރޭ އެއްޗެއް ދަތްއަޅާފަ..” ތުންފަތުގައި ރަތްވެ ދުޅަވެފައިވާ ތަނުގައި އަތް ޖައްސާލަމުން އިކާން ބުންޏެވެ.
“Heißt dieses Insekt Amara” ” ތިބުނާ ދިރޭ އެއްޗެއްގެ ނަމަކީ އަމާރާތަ؟؟” ހިނގައިގަންނަމުން ރިދާ ބުނެލީ ޖަރުމަނު ބަހުންނެވެ. އިކާންއަށް އަޑުވީއްލާ ކުޑަކޮށް ހެވުނެވެ. އަޑުއިވޭހާ ކައިރީ ތިބި ބައެއް ކުދިން ހައިރާންވެފައި ބަލައިލީ އެއީ އިކާންގެ ފަރާތުން ނުފެންނަ ސިފައަކަށް ވީމައެވެ. އޭރު ރިދާވެސް ފެންނަން ނެތުމުން އިކާން ހޭންފެށީ ވަކި ކީއްވެގެން ކަމެއް އެކަކަށްވެސް ނަގައެއް ނުގަނެވުނެވެ.
“މާރޫ.. ޔޫ ނޯޓީ ގާލް.. ރޭގަ އޭނާއަށް އެހާވަރު ކޮށްލާފަ އައިސް ތި އުޅެނީ؟” ނަން ނުކީ ނަމަވެސް ރިދާ އެ އަމާޒުކުރަނީ ކާކަށްކަން ޢަމާރާއަށް ނަގައިގަނެވުނެވެ.
“ވަޓް.. ކާކު ކީކޭ ބުނީ؟ އިކާންތަ؟” ޢަމާރާ ނޯޓްފޮތް ނަގަން ދަބަސް ހުޅުވައިގެން އިނދެފައި ފުންމައިގެން ތެދުވެ ބުނެލިއެވެ.
“މީހަކު ބުނާކަށް ނުޖެހޭނެދޯ.. އޭނަގެ ތުންފަތް ހުރިގޮތް މިހާ ކައިރިން ފެނިފަ އަހަރެން މި އައީ..” ޢަމާރާއާ ފޫޓެއްހާ ކައިރިއަށް ޖެހިލަމުން ރިދާ ބުނެލިއެވެ.
“ޑިޑް ޔޫ ސޭ އެނީތިންގ..” ޢަމާރާ އަހާލިއެވެ. “ޔޫ ޑިޑް. ރައިޓް.. ވަޓް ޑިޑް ޔޫ ސޭ..” ފާޑަކަށް ހިނި އައިސްފައި ރިދާ ހުންނަން ފެށުމުން ޢަމާރާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ރިދާ ހީހީފައި ކަންތަށް ވީގޮތް ކިޔައި ދިނުމުން ޢަމާރާ ދެފަރާތަށް ބޯހޫރާލިއެވެ. ރިދާގެ ލާނެއްކަމުން އަދި މީހަކަށް އެއްޗެއް އެނގިދާނެތީ ޢަމާރާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ.
“ރިދޫ.. ޖަރުމަނު ބަސް ރަނގަޅަށް އިނގޭތަ؟” ރިދާގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި އިށީންނަމުން ޢަމާރާ ސުވާލުކޮށްލުމުން ވީ ކިހިނެއްތޯ ރިދާވެސް އަހާލިއެވެ. އެއާއެކު އެޑްމިޓް ކޮށްފައި އޮއްވަ އިކާން އެފަދަ ބަހުރުވަ އަކުން އެއްޗެއް ބުނިކަމަށް ޢަމާރާ ބުނެލިއެވެ. އެހެން ނަމަވެސް ސީދާ އިކާން ބުނީ ކީކޭކަމެއް ޢަމާރާ ހަނދާނެއް ނުވިއެވެ.
ވާހަކައިގައި ތިބެގެން ރިދާއާއި ޢަމާރާ ނުކުތްއިރު ހުރިހާކުދިންވެސް ހަމަވަނީއެވެ. ޖަންގަލި ތެރޭގައި ދެ ބަޔަކަށް ކުދިން ބަހާލައިގެން އެކިކަހަލަ ކުދި ދިރުންތަށް ފެނޭތޯ ބަލަމުން ދިޔައެވެ. ރިދާއާއި ޢަމާރާ ޖެހުނީ އިކާންގެ ގުރޫޕަށް ދާށެވެ. ކުދިން ތަކުގެ ތެރޭގައި އުޅުނު ކަމުގައި ވިޔަސް އިކާންގެ ފުރިހަމަ ސަމާލުކަން ޢަމާރާއަށް ލިބިފައި ވިއެވެ. ކުޑަ ވަރެއްގެ ބޮކެއް ފުންމާ ލައިގެން ޢަމާރާ ހަޅޭއް ލަވައި ގަތުމުންވެސް އެންމެ އަވަހަކަށް ދިޔައީ އިކާންއެވެ. އެހެން ނަމަވެސް އެކަމާ ގުޅުވައިގެން ސުވާލެއް ކުރާނެ މީހެއް އެތާކު ނެތެވެ.
ހަފްތާއެއްގެ ކޭމްޕަށްފަހު ކޮލެޖަށް ދެވުނުއިރު އިކާންއާއި ޢަމާރާގެ ހަޔާތަށް ހަނދާންތަކެއް އިތުރުވެގެން ގޮސްފައި ވެއެވެ. އެ ހަނދާންތަކާއި ގުޅިފައިވާ ބައްދަލުވުންތަށް އެނގޭ މީހަކަށް ހުރީ ރިދާ އެކަންޏެވެ. މަދުން ނަމަވެސް އިކާންއާއި ޢަމާރާއަށް ރިދާގެ ދިމާކުރުންތަކާ ކުރިމަތިލާން ޖެހެއެވެ. އެހެން ނަމަވެސް އެކަމާ ދެމީހުންކުރެ އެކަކުވެސް އެހާ ސަމާލުކަމެއް ނުދެއެވެ.
އަހަރު ނިމިގެން ދިޔައީ ޢަމާރާއަށް ހުރިހާ ގޮތުންވެސް އުފާވެރިކަން ގެނުވާފައެވެ. ކިޔެވުމުގައި މުޅި ކޮލެޖުން އެއްވަނައަށް ހޮވުނުއިރު ހާނިމްއަށް ފުރަތަމަ ދަރިފުޅު ލިބި ހުޔާވެސް އިނީ ބަލިވެއެވެ. ރާއްޖެދާން ކިތަންމެ ބޭނުންވީ ނަމަވެސް ކިޔެވުމުގެ ފަހު އަހަރު ފެށޭތީ ޢަމާރާއަށް ދިމާއަކަށް ޖެހިލެވެންވެސް ނެތީއެވެ.
އިކާންގެ އިންޓާންޝިޕް ނިމުނު ކަމުގައި ވިޔަސް ގްރެޖުއޭޝަންއަށް މަޑުކުރަން ޖެހެއެވެ. އޭގެ ފަހުން ވެސް އިކާންގެ ވިސްނުން ހުރީ ޢަމާރާ ކިޔަވާ ނިމެންދެން ކެނެޑާގައި މަޑުކުރާށެވެ. ޢަމާރާގެ ކިޔެވުން ނިމުމަށްފަހު އިންޓާންޝިޕްގެ ކުރިޔަށް ލިބޭ ދެ މަހެއްހާ ދުވަހުގެ މުއްދަތުގައި ކައިވެނި ކުރަންވަނީ ދެ ފަރާތުގެ އާއިލާއިން ނިންމާފައެވެ.
ގްރެޖުއޭޝަންގައި ބައިވެރިވުމަށް ޖިހާދުއާއި ނޫރާ އައުމުން އެންމެ ފުރަތަމަ ކަމަކަށް އިކާންއަށް ޖެހުނީ ޢަމާރާއާ ބައްދަލު ކުރުވާށެވެ. ކޮލެޖްއާ ދުރުގައި ހުރި ރެސްޓޯރަންޓް އަކަށް ޢަމާރާ ގެންދިޔައީ ޑިނަރ އަކަށް ގެންދަނީ ކަމުގައި ބުނެފައެވެ. “ދަރިފުޅާ.. މާރާ…” ޢަމާރާ ފެނުމާއެކު ނުރާއާއި ޖިހާދުއަށް އެއްފަހަރާ ބުނެލެވުނެވެ. “ދައްތާ.. ބޭބޭ…” ޢަމާރާއަށް ވީ އުފަލުން އައިސް ނޫރާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ.
“ދެން މިހާރު ދައްތަ ބޭބޭ ކިޔުން ހުއްޓާލަން ވީއޭ… މަންމާއޭ ކިޔާފަ ގޮވާލަބަލަ…” ޢަމާރާގެ ބޮލުގައި ފިރުމާލަމުން ނޫރާ ބުނެލިއެވެ. “ބައްޕާއޭވެސް..” ޖިހާދު ބޯ އަރިކޮށްލާފައި ހީނލަމުން އަނބިމީހާގެ ވާހަކައަށް އިތުރުކޮށްލިއެވެ. އަނގައިން ބަހެއް ނުބުނެ ހުރުމަށްފަހު ޢަމާރާ ރޯންފެށިއެވެ. ޖިހާދުއާއި ނޫރާއަށް ލިބުނީ ޝޮކެކެވެ. ވީގޮތް ނޭނގިފައި ތިބި ނަމަވެސް އިކާންއަށް ވީނުވީ އެނގުމުން ކައިރިވެލާ ޢަމާރާގެ ކޮނޑުގައި ހިފާލަމުން ގަޔާ ކައިރިކޮށްލިއެވެ.
“ލަވް.. ދެރަނުވޭ.. އިނގޭ ތި ރޮނީ ބައްޕަ މަތިން ހަނދާން ވެގެން ކަން.. އަހަރެން ގަބޫލުކުރަން މާރާގެ ބައްޕަ ދުނިޔޭގަ ހުރިނަމަ ހަމަ އެގޮތަށް އަހަރެން ދެކެވެސް ލޯބިވާނެކަން.. އެއީ ހަމަ މާރާގެވެސް މަންމައާ ބައްޕައޭ މިހާރު.. ދެރަނުވެބަ..” ގޮނޑީގައި ބައިންދަމުން އިކާން ވާހަކަ ދައްކަން ފެށިއިރަށް ޢަމާރާގެ ރުއިންވެސް ހުއްޓުނެވެ. ވަގުތަކީ ރެސްޓޯރަންޓް ތެރޭގައި މީހުން ގިނަ ވަގުތަކަށް ނުވިޔަސް ޢަމާރާއަށް ރޮވުމުގެ ސަބަބުން އެތެރޭގައި ތިބި ބައެއް މީހުންގެ ނަޒަރު އެމީހުނާ އަމާޒުވެފައި ވިއެވެ. ނޫރާއާއި ޖިހާދު އެމީހުންނާ ދިމާލަށް ބަލާލަމުން ހީނލިއެވެ.
ކައި ނިމިގެންވެސް އެތަށް ވާހަކައެއް ދައްކަން ތިބުމަށްފަހު ޢަމާރާ ކޮލެޖްއަށް ދިޔައީ ހޮސްޓެލް ގޭޓް ބަންދުކުރުމާ ކައިރިވެފައި ވަނިކޮށްނެވެ. އެކުގައި އިކާންއާއި ނޫރާ އަދި ޖިހާދުވެސް ދިޔައެވެ. އެމީހުން ހޮޓެލްއަށް ދާން ނައްޓާލީ ޢަމާރާ އެތެރެއަށް ވަދެގެން ގޮސް ގެއްލުމަށް ފަހުގައެވެ.
“ކޮންތާކުން..؟ އަހަރެން ހީކުރީ މިރޭދެން ނާންނަނީ ކަމަށް.. ކޮންމެ ރެއެއް އެއްކަލަ ރޭ ހެނެއް ނުވާނެދޯ..!!” ކޮޓަރިއަށް ވަދެވުމާއެކު އިވުނީ ރިދާގެ އަޑެވެ. ކޮޓަރިތެރެ އަނދިރި ކޮށްލާފައި ވުމުގެ ސަބަބުން ރިދާގެ އަޑު އިވުނުހިނދު ޢަމާރާ ސިހުނީ ވަރަށް ބޮޑަށެވެ. “ސާބަސް ރިދޫ.. ބިރުގަނެއްޖޭ… އެހެން ނޫނަސް އަހަރެން މި އައީ ތިކަހަލަ ތާކުން ނޫން… މި އައީ އިން ލޯވސް ކައިރިން.. އެބައުޅޭ އައިސްގެން..” ކޮޓަރީގަ ހުރިއްޔާ ހުރި ބޮތްކެއް ޖައްސާފައި އައިސް ޑްރެސިންގ ޓޭބަލް މަތީގައި އަތްދަބަސް ބަހައްޓާލަމުން ޢަމާރާ ވާހަކަ ދެއްކިއެވެ.
“ވަޓް.. ޔޫ މެޓް ހިޒް ފެެމިލީ.. މިހާރު އެހާ ހިސާބަށްވެސް ދިޔައީތަ؟” އެނދުން ތެދުވަމުން ރިދާ ވާހަކަ ދެއްކިއެވެ.
“ހޫމް.. ބުނީމެއްނު އެންމެ ފަހު ޗުއްޓީއަށް ގޮއްސަ އައި ފަހަރު.. ޔެސް ބުނި ވާހަކަ.. އެންޑް ވީ ޑިސައިޑެޑް.. އިންޓަރންޝިޕްގެ ކުރިޔަށް މެރީކުރަން.. ރިދޫވެސް ޖެހޭނެ ކައިވެނީގަ ބައިވެރިވާން ދާން..” ރިދާގެ ކައިރީ އެނދުގައި އިށީނދެފައި ޢަމާރާ ބުނެލިއެވެ. އެވާހަކަ އާއިއެކު ރިދާގެ ނުފެންނަ ދަތެއް އަނގައިގައި ނެތެވެ. އަވަސް އަވަހަށް ދާނެކަމުގައި އެއްބަސްވެލިއެވެ.
ނޫރާއާއި ޖިހާދުއާއިއެކު އިކާންގެ ގްރެޖުއޭޝަންގައި ޢަމާރާވެސް ބައިވެރިވިއެވެ. އެއީ އެންމެންވެސް ބޭނުންވި ގޮތެވެ. ޢަމާރާވެސް ހުރީ އިކާންއަށް ލިބުނު ކާމިޔާބީއަށް ޓަކައި ފަޙުރުވެރިވެފައެވެ. ހަފްތާއެއް ވަންދެން ތިބެފައި ނޫރާއާއި ޖިހާދު ފުރުމުން އިކާން ވަޒީފާ އާއިގެން ކުރިޔަށް ދިޔައިރު ޢަމާރާ ކިޔެވުމުގައި ބިޒީވިއެވެ. އިކާން ކެނެޑާގައި މަޑުކުރަން ގަސްތު ކޮށްފައި ވުމުން ހޮސްޕިޓަލް އަކުން ވަޒީފާ ހޯދީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
ފަހު އަހަރު ކަމުން ޢަމާރާގެ ކިޔެވުމުގެ ބޮޑުބައިގައި އޮތީ ޕްރެކްޓިކަލްސް އެވެ. އޮޕަރޭޝަން ތިއޭޓަރ ގައި ގިނަވަގުތު ޑިއުޓީ ކުރަން ޖެހުމުގެ ސަބަބުން ފަހަކަށް އައިސް އާއިލާއަށް ގުޅާލެވޭ ފަހަރު މަދުވިއެވެ. އެހެން ނަމަވެސް ބަރާބަރަށް އިކާންއާ ބައްދަލުކޮށް ވާހަކަ ދައްކާތީ އިކާން އަބަދުވެސް ޢަމާރާގެ އާއިލާއަށް ގުޅައިގެން ހާލަތު އޮޅުންފިލުވައި ދެއެވެ. އެކަމާ ވިސާމާ އަބަދުވެސް އިކާންއަށް ޝުކުރުވެރިވެއެވެ.
“ލަވް.. މަންމައަށް ގުޅިންތަ؟” އިކާންއާއި ޢަމާރާ ތިބީ ނޭޗަރ ޕާކުގައި ހުރި ބެންޗެއްގައި އިށީނދެއެވެ. އިކާންގެ އަތް ޢަމާރާގެ ކޮނޑުމަތިން އަޅުވާލާފައި އިންއިރު އިކާންގެ ކޮޑުގައި ބޯ އަޅާލައިގެން ޢަމާރާ އިނެވެ. ވެފައިވީ ވަރުބައްޔަކުން ޢަމާރާގެ ދެލޯވަނީ މެރިފައެވެ. އިކާން ބަލާލުމަށްފަހު ޢަމާރާގެ މޫނުގައި އަތް ޖައްސާލިއެވެ. ޢަމާރާ މަޑުމަޑުން ލޯ ހުޅުވާ ބަލާލިއެވެ. ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައި ވުމުގެ ސަބަބުން ޢަމާރާ އަނގައިން ނުބުނެ ހަމައެކަނި ހިނިތުން ވެލިއެވެ.
“ހިނގާ ކޮލެޖަށްދާން…. ޔޫ ނީޑްޓު ސްލީޕް.. މާދަމާ އޮފްޑޭއެއްނު.. މާދަމާ ދެން މީޓްކުރާނީ…” އިކާން ތެދުވެ ޢަމާރާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ޢަމާރާ މަޑުމަޑުން އަތް ދިއްކޮށްލާ އިކާންގެ އަތުގައި ހިފާލިއެވެ. ޢަމާރާއަށް ހިނގާފައި ކޮލެޖާއި ހަމައަށް ނުދެވޭނެކަން އެނގޭތީ އިކާން ކާރަކަށް އެރީއެވެ. ކޮލެޖް ހޮސްޓެލްއާ ހަމައަށް ދެވުމުގެ ކުރިން އިކާން ރިދާއަށް ގުޅާލިއެވެ. ކާރު މަޑުކުރިއިރު ރިދާ ހުރީ ބޭރުގައިއެވެ. އިކާން ދިޔައީ ޢަމާރާ ގޮވައިގެން ރިދާ އެތެރެއަށް ވަނުމަށް ފަހުގައެވެ.
އަހަރުގެ މެދަކަށް ދިޔައިރު ކިޔެވުމާއި އިމްތިހާނުގެ އިތުރަށް ޢަމާރާ ހާސް ކުރުވަމުން ދިޔައީ ކައިރިވަމުން ދިޔަ ކައިވެނީގެ މަތިން ހަނދާން ވާތީއެވެ. ގެއިން މީހަކު ގުޅިޔަސް އަބަދުމެ މިހާރު ދެކެވެނީ އެ ވާހަކައެވެ.
“ދެން.. ދޮންތާ.. ތިވާހަކަ ނުދައްކަބަލަ.. އަހަރެން ހާދަ ހާސްވެޔޭ..” ކޮލެޖް ނިންމާފައި އައިސް އާއިލާއަށް ގުޅައިގެން އިން ޢަމާރާގެ މޫޑު މުޅިން ބަދަލުވެލީ ކައިވެނީގެ ވާހަކަ އަމީނާ ދެއްކުމުންނެވެ. “އެ ތެދެއް ދަރިފުޅާ.. މިހާރު ތިވާހަކަވެސް ދެއްކިއްޖެ އެއްނު ލައްކަ ފަހަރު.. އިމްތިހާން މިހާ ކައިރި ވެފައި ވަނިކޮށް އެމަންޖެ ހާސް ނުކޮށްބަލަ…” އެވަގުތު ފަހަތުން ވިސާމާ ބުނެލިއަޑު އިވުނެވެ. މަންމައަށް އޭނާގެ އިހްސާސްތަށް ދެނެގަންނަން އެނގުމުން ޢަމާރާ ވަރަށް އުފާވިއެވެ.
11 Comments!
Comments are closed.



When next part?? Next part thursday ga noony Wednesday ga upload kohlla dheeba plsssss.i cant wait
Thursday ga up kohlaanan
Insha Allah
Can i have a intro of u
Hehe
Why would u want intro of me??
Juss for nothing can u give me ur intro
That’s not me. I’m fazoo. From haa dhaal atoll. Not 18. I’m in my late 20’s. Thankyou hamna
iam from ha.baarah
18 yrs
ok enmme 18??
Haadhaal kn rasheh tha fazoo
Hanimaadhoo