Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- އެގާރަވަނަ ބައި

ފަޒޫ Level 310 Stories100 Login
December 25, 2025 11 Mins Read
0 Comments

“އޫމް ހޫމް.. ރީތިވީމަ ހަދިޔާއެއްވެސް ލިބެންވާނެދޯ…” އިކާން ގޮނޑިން ތެދުވެ ޢަމާރާ އިށީނދެއިން ގޮނޑީގެ އަތްގަނޑުގައި އަތް އަޅުވާލަމުން މޫނު ކައިރިކޮށްލިއެވެ. ސިހިފައި ޢަމާރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ޢަމާރާގެ އެ އަމަލުން އިކާންގެ ގާތަށް ހިނި އައިކަމުގައި ވިޔަސް އެކަން ނުދައްކައެވެ. ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ޢަމާރާގެ މޫނާ މޫނު ކައިރި ކުރަމުންނެވެ.

“ކެއުމުގަ ބައިވެރިވާން މަންމަ އެބަ ހޯދާ…” ބެލްކަންޏަށް ނުކުތް ލިލީގެ އަޑާއެކު އިކާން ތެޅިގަންނަމުން ހަށިގަނޑު ސީދާކޮށްލިއެވެ. ޢަމާރާއަށްވެސް ތެދުވެވުނެވެ. އަވަސް އަވަހަށް ނުކުމެގެން ދިޔައީ ގަތް ލަދަކުންނެވެ.

“ދޮން.. ބުނެލާފަ އަންނަން ބުނީމެއްނު…” އިކާން ބޯކަހާލަމުން ބުނެލިއެވެ.

“ދޮން ހަނދާންނެތުނީއޭ.. މަންމަ ހޯދާވަރުންނޭ އައީ..” ލިލީ ނުކުންނަން ހިނގައިގަންނަމުން ބުނެލިއެވެ. ދޮންތަ ދިމާނުކުރިކަން ނަސީބެކޭ އިކާންގެ ހިތަށް އެރިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފް ކުރުމަށްފަހު އިކާންގެ މަންމައާއި ބައްޕަ އަދި ޢަމާރާގެ މަންމަ މަޑުކޮށްގެ ތިބީ ސިޓިންގ ރޫމްގައެވެ. ކުދިވެރިން ކައިގެން ނިދަން ބޭނުންވުމުން ކޮޓަރިއަށް ލާފައި ދެންތިބި އެންމެން ދިޔައީ ބެލްކަންޏަށެވެ. ލިލީގެ ދަރިފުޅުވެސް ނިދި އަންނާތީ ބުނުމުން އެ ކުދިންނާ އެކުގައި ބޭއްވީއެވެ.

އެންމެން އެކީގައި ތިބުމުން އިކާންއަށް ޢަމާރާގެ ކައިރީ ހުންނާކަށް ނުކެރުނެވެ. ދުރުގައި ހުރެގެން ޢަމާރާއަށް ބެލުން ނޫންކަމެއް އިކާން ނުކުރެއެވެ. އެކި ވާހަކަ ތަކުގައި ތިބެފައި އިކާންގެ އާއިލާ ގެއަށްދާން ނުކުތީ އެރޭގެ 12 ޖެހުމާ ކައިރިވެފައި ވަނިކޮށެވެ. ލިލީގެ ދެމަފިރިންނާއި ދަރިފުޅު ގެއަށް ދިޔައީ އަޚްތަރުގެ ކާރުގައެވެ. ނޫރާއާއި ޖިހާދު ގޮވައިގެން ގެއަށް ދިޔައީ އިކާންއެވެ.

“މަންމާ.. ބައްޕާ.. އެބައޮތް ވާހަކައެއް ބުނަންވެފަ… އަހަން ވެފަ..” ކާރު ދުއްވަން އިނދެފައި އިކާން ބުނެލިއެވެ.

“ކޮން ވާހަކައެއް.. އަވަހަށް ބުނޭ..” ޖިހާދުއާ ނޫރާއަށް އެއްފަހަރާ ބުނެލެވުނެވެ.

“އަޅުގަނޑު.. މާރާގެ އާއިލާއާއެކު އެރަށަށް ދިޔަޔަސް އޯކޭތަ؟” އިކާންގެ ސުވާލުން ނޫރާއާއި ދިމާލަށް ޖިހާދު ބަލާލީ ހައިރާންވެފައި އިނދެއެވެ.

“ކައިވެނި ނުކޮށް ގޮސް އަންހެން ކުއްޖާގެ ރަށުގައި ހުރުން އެހާ ރަނގަޅު ނުވެދާނެ ދަރިފުޅާ.. އެކަމަކު ދޮން މެން ގޮވައިގެން ދަނިކޮށް މަންމަމެންގެ މައްސަލައެއް ނެތް.. އެކަމަކު މާރާގެ އާއިލާ އޯ؟” ނޫރާގެ ހިތުގައިވީ ސުވާލުތަށް ހާމަކޮށްލިއެވެ.

“އޯކޭ.. ދޮން މެން ގޮވައިގެން ދާނީ.. މާރާގެ މަންމަމެން އޯކޭ ހަމަ. އެކަމަކު ބުނީ އެގެއިން ކަމަށް ކާން ވާނީ…” އިކާން އުފަލުން ބުނެލިއެވެ. ލިލީ ތަނަކަށް ގެންދިއުމަކީ އުނދަގޫ ކަމެއް ނޫންކަން އިކާންއަށް އެނގެއެވެ. ގެއަށް ވަދެވުމާއެކު އިކާން ދިޔައީ ލިލީ ހޯދާށެވެ.

“ވަޓް.. ސީރިއަސްލީ؟” ލިލީ ވީ އުފަލުން ފުމެލިއެވެ. ޚައިދަރުވެސް އެހާ ބިޒީ ދުވަސްކޮޅަކަށް ނުވާތީ ދާން އެއްބަސްވިއެވެ.

“ޔެސް.. އައި ކާންޓް ވެއިޓް..” ލިލީގެ ބޮލުގައި ފިރުމާލަމުން އިކާން ނުކުމެގެން ދިޔައެވެ.

“ހެލޯ ލަވް..އައިމް އިން..” ފޯނުން އިކާން ވާހަކަ ދެއްކީ ޢަމާރާއާއެވެ.

“އެހާ އުފާ ނުވޭ.. ރޫލްސް ހުންނާނެ އިނގޭ ރަށަށް ދާއިރު.. ކެން ބޭނުން ގޮތަކަށް ނޫޅެވޭނެ..” ޢަމާރާ ބުނެލުމާއެކު އިކާން ހޭންފެށިއެވެ.

“ކިހިނެއްވީ.. ފޮލޯ ނުކުރެވެންޏާ ނުދެވޭނެ އިނގޭ ރަށަކަށް..” ޢަމާރާ އަނެއްކާވެސް ބުނެލިއެވެ.

“އޯކޭ އޯކޭ.. އައިލް ފޮލޯ ޔޫ…” އިކާން ހުނުން ހުއްޓާލާފައި ބުނެލިއެވެ. މެންދުރު އެއަރޕޯރޓަށް އެކީގައި ދާން އަންނާނެކަމަށް ބުނެފައި އިކާން ފޯން ބޭއްވީއެވެ.

ނިދަންއޮތް ޢަމާރާގެ ހިތަށް ހިތްހަމަޖެހުމެއް ލިބިފައި ވިއެވެ. އިކާންގެ ހިޔާލުތަކުން ނުނިދިފައި އެތަށް އިރަކު އޮތްއިރު އިކާންގެ ހާލަކީވެސް އެއީއެވެ. ދެފަރާތުންވެސް މަންމަމެންގެ ރުހުން ލިބުމުން އިކާން އިތުރަށް ވިސްނާކަށްވެސް ބޭނުމެއް ނުވިއެވެ.

މެންދުރު 13:30 ވީއިރު އިކާންއާއި ޢަމާރާގެ އާއިލާ ތިބީ އެއަރޕޯރޓުގައެވެ. ލިލީގެ ދެމަފިރިންނާއި ނާއިކްވެސް ދާތީ  ނޫރާއާއި ޖިހާދުވެސް އައިސް ތިއްބެވެ. “ދަރިފުޅާ.. ދަރިފުޅަށްވެސް ހެވާއި ނުބައި މިހާރު އެނގޭނެ.. ބައްޕަ ނުޖެހޭނެ އިތުރަށް ކިޔައިދޭކަށް.. ދަރިފުޅު ތި ދަނީ ކައިވެނިކުރަން އުޅޭ ކުއްޖާގެ ރަށަށް.. ހަނދާން ބަހައްޓަންވާނެ، ދަރިފުޅާއިއެކު ޢަމާރާގެ އަބުރާއި އިއްޒަތަށް ބުރޫ އަރާފަދަ ކަމެއް ނުކުރާތި.. ލޯބިވާ މީހާއަށްވެސް އިޙްތިރާމް ކުރަންވާނެ..” އިކާން ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލާހުރެ ޖިހާދު ދެއްކި ވާހަކައަށް އިކާން އެއްބަސްވިއެވެ. ފަހުން ނޫރާވެސް ދިނީ އެކަހަލަ ނަސޭހަތް ތަކެކެވެ.

ހަނިމާދޫ އެއަރޕޯޓަށް ފްލައިޓް ޖެއްސިއިރު އިކާން އިނީ ޢަމާރާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ އިކާން ރާއްޖެ ތެރެއަށް އައި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ދެވުނީ އަޙްތަރުގެ ރަށަށެވެ. ޢަމާރާވެސް އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކުރީ އަހަރުވެސް ރަށަށް އާދެވުނަސް އިކާންއާއިއެކު ރަށަށް ދެވުމަކީ ޢަމާރާގެ ހިތަށް އިތުރު ހިތްހަމަ ޖެހުމެއް ގެނުވި ކަމަކަށް ވަނީ ވެފައެވެ.

ރަށަށްދާ ލޯންޗް އައިސްފައި އޮތުމުން އިތުރަށް މަޑުކުރުމެއްވެސް ނެތި އެންމެން ގޮސް އެރީ ލޯންޗަށެވެ. ކަނޑުމަޑު ދުވަސްކޮޅެއްކަމުން 1 ގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު ހއ. މޮޅަދޫ ބަނދަރަށް ލޯންޗް ވަނެވެ. އެންމެންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. ލޯންޗުން ފޭބިއިރު ކުޑަވަރެއްގެ ޕިކަޕެއް އައިސް އޮތެވެ. ހުރިހާ ކަމެއްވެސް އިކާންއަށް ވީ އާކަމަކަށެވެ. ޕިކަޕަށް އެއްޗެހިތަށް އެރުވުމަށްފަހު އިކާންއާއި އަޙްތަރު ގޮވައިގެން ޢަމާރާގެ ދޮންބެ ޕިކަޕަށް އެރިއެވެ. ގެ އެހާ ދުރު ނޫންވީމަ ދެންތިބި އެންމެން ދިޔައީ ހިނގާފައެވެ.

ގެއަށް ދެވުމާއެކު އިކާން މަންމައަށް ގުޅާލިއެވެ. ރަށަށް ދެވުނުކަމާއި ރަށުގެ ރީތިކަމުގެ ވާހަކަ ދެއްކިއެވެ. ފަހުން އަދި ގުޅާލާނެކަމަށް ބުނެފައި އިކާން ފޯން ކަނޑާލީ ގޭތެރެ ސާފުކުުރުމުގައި އެންމެންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ދޮންތައާއި ތިއްތަ އެމީހެއްގެ ގެއަށް ދިޔައީ އަނެއް ދުވަހު އަންނާނެ ކަމަށް ބުނެފައެވެ. ގޭގައި ދެ ކޮޓަރި ހުހަށް ހުރުމުން އެހެން ތަނެއްގައި އިކާންމެން ތިބޭކަށް ވިސާމާ ބޭނުމެއް ނުވިއެވެ. ލިލީ އެކަމާ ދެކޮޅު ހެދި ކަމުގައި ވިޔަސް ވިސާމާ ނޫރާއަށް ގުޅާފައި ބުނުމުން މަޑުކުރަން މަޖުބޫރުވީއެވެ. ކިތަންމެ ނުދެއްކި ނަމަވެސް އެކަންތަށްވީ އިކާން ވަރަށް އުފާވި ކަމަކަށެވެ. އޭނާގެ ލޯކުރިމަތީގައި ޢަމާރާ އަބަދުވެސް ފެންނަން ހުންނާނެތީއެވެ.

ސުކޫލް ބަންދު ދުވަސްކޮޅެއް ކަމުން ގޭތެރޭގައި ރޭވިގެން ދިޔައީ މެދަފުއްޓަށް ދަތުރު ދިއުމަށެވެ. ރަށާ ތަންކޮޅެއް ދުރުގައި އޮތަސް ރޭވާން ދާކަށް އެކަކުވެސް ބޭނުން ނުވާތީ އެރަށަށްދާން ފުރީ ފަތިހު ފަތިސް ނަމާދަށް ފަހުގައެވެ. މެދަފުށީގެ ރީތި ދޮންވެލި ދުނޑީގައި ފައިތިލަ ބީހިލުމާއެކު ޢަމާރާއަށް ހިނިތުންވެލެވުނެވެ. ރާޅުޖަހާ ފަށުގައި ހުރިއިރު ގުދުރަތީ ރީތިކަމުގެ ތެރެއަށް ގެނބިގެން ދާން އުޅުނުކަހަލައެވެ.

ކަޅުކުލައިގެ ކަކުލާ ހަމަޔަށްދާ ޖޯޒީއާއި ފުޅާ ހަރުވާޅެއް ލައިގެން ޢަމާރާ ހުރީ ކުދިމާޖެހި ބުރުގާއެއް އަޅައިގެންނެވެ. ބޮލުގައި އަޅާލެވިފައި ވަށް ތޮފިން އެ ދޮން މޫނު އަވިން ސަލާމަތް ވާވަރު ވެއެވެ. ހިނިތުން ވުމާއެކު ފައިން ރާޅުފަށް ހާވަމުން ދިޔައިރު ފޯނުގައި ބައެއް މަންޒަރުތަށް ރައްކާ ކުރަމުން ދިޔައެވެ.

“ލަވް” ފަހަތުން އިވުނު އިކާންގެ އަޑާއިއެކު ޢަމާރާއަށް ބަލާލެވުނެވެ. ހިނިތުން ވެލައިގެން ހުރެ ޢަމާރާއާ ދިމާއަށް އިކާން އައިއިރު މަސްހުންޏާއި ރޮށި އަޅާފައި ހުރި ތައްޓަކާއި ކުޑަ ފެންފުޅިއެއް އަތުގައި އޮތެވެ. ކަކުލާ ހަމަޔަށްހުރި ކަޅުކުލައިގެ ސޯޓާއިއެކު އަޑިން ކަށިމައްޗަށް ހުންނަވަރުގެ ސްޕޯރޓް ޓައިޓެއް ލާފައި އިކާން ހުރިއިރު މަޑުނޫ ކުލައަކަށްދާ ޖޯޒީ ހުރީ ކުޑަކޮށް ގަޔަށް ހިފާލާފައެވެ. ޢަމާރާ ފަރުވާތެރިކަމާއެކު އިކާންއަށް ބަލާލަމުން ލަދުވެތި ގޮތަކަށް ހީނލިއެވެ.  “އާދޭ ސައިބޯން…” ރާޅުފަށުގައި ނުޖެހޭ ހިސާބުގައި ހުއްޓެމުން އިކާން ބުނެލިއެވެ.

“އަހަރެން އަންނާނަން” ސައިހަދައިގެން އެންމެން ތިބި ދިމާއަށް ބަލައިލަމުން ޢަމާރާ އެއްގަމަށް އެރިއެވެ.

“އުހުން ދާނެކަމެއް ނެތް.. އަހަރެން މި އައީ ދެމީހުންނަށް ވާވަރަށޭ އެއްޗެހި ހިފައިގެން..” ދާން އެނބުރިލި ޢަމާރާ ކުރިމައްޗަށް އަރަމުން އިކާން ބުނެލިއެވެ. “އާދޭ.. އެދިމާގަ އިށީންނަން..” އިކާން ކުރިއަށްހުރެ ހިނގައިގަންނަމުން ބުނެލިއެވެ. މަންމަ މެނާ ދިމާއަށް ބަލާލުމަށްފަހު އިކާންގެ ފަހަތުން ޢަމާރާ ހިނގައިގަތެވެ. އެހެން މީހުން ފެންނާނެހެން ތަންކޮޅެއް ދުރުގައި ހުރި އުނި ގަހެއްގެ ހިޔަލުގައި ޢަމާރާ ގޮވައިގެން އިކާން އިށީނދެލިއެވެ.

“ކާލަބަލަ” އިކާންގެ އަތުން ރޮށިކޮޅަކާއި އެކު މަސްހުނިކޮޅެއް ނަގާފައި ދިއްކޮށްލަމުން ޢަމާރާއަށް ބުނެލިއެވެ. ޢަމާރާ ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލީއެވެ. “ބޮޑާ ނުހާކަބަލަ. އަހަރެން އަތުންނޭނުން ކުރިޔަށް އޮތްތާގަ ދެން ކާނީވެސް” އިކާން އެ އިން ގޮތަށް އަތް ދިއްކޮށްލައިގެން އިނދެ ބުނެލިއެވެ.

“ދޮންބެ ދައްތީ.. ނުކާކުދިން ބޮޑެއް ނުވާނެ” ނާއިކް އައިސް ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ޢަމާރާއަށް ހެވުމާއެކު އަވަހަށް ރޮށިކޮޅު ކާލަމުން ނާއިކް ގެނެސް އުނގަށް ލިއެވެ. އެ ލޯބި ތުއްތު އަޑުން ހީނލީ ބަނޑުގައި ކޮށްޓާލީމައެވެ.

“ކާކުތަ ދަސްކޮށްދިނީ ދޮންބެ ދައްތި ކިޔަން؟” ނާއިކްގެ ކޮލުގައި ކޮށްޓާލަމުން ޢަމާރާ ސުވާލުކޮށްލިއެވެ.

“ދޮންބެ..” އިކާންއަށް އިނގިލި ދިއްކޮށްލަމުން ނާއިކް ބުނެލިއެވެ. އިކާންއާ ދިމާއަށް ޢަމާރާ ބަލާލިއިރު އެ ތުންފަތުގައި ވަނީ މަޢުނަވީ ހިނިތުން ވުމެކެވެ. “ކިހިނެއްވީ؟ އެހެންނެއް ނޫންތަ ކިޔާނީ؟” މާ ވަރަކަށް ޢަމާރާ ބަލާތީ އިކާން ސުވާލުކޮށްލިއެވެ. އޭރު ކާޔަންއާއި މަލަކް އަދި މުލްކު ވެގެން ނާއިކް ގެންދަނީއެވެ.

“ނާއިކް އެހެން ކިޔަންނާ ކާޔަންމެންވެސް ޖެހޭނެ ކެން އަށް ކޮންމެވެސް އެއްޗެއް ކިޔަން.. އިކާންބެ ކިޔުއްވަނީ ކީއްކުރަން؟” ޢަމާރާގެ ހިތަށް އެރުމާއެކު ހިނިތުންވެ ލެވުނެވެ.

“ކޮން ކަމަކާ ތި ހެނީ..؟ ކާޔަން.. އާދެބަ” ޢަމާރާއާ ސުވާލު ކޮށްލުމަށްފަހު އިކާން ގޮވާލީ ކާޔަންއަށެވެ.

“ލައްބަ އިކާންބޭ…” ހުރިހާ ކުދިން އެއްފަހަރާ އައިސް ބުނެލިއެވެ.

“އިކާންބެ އެއް ނޫން.. ކުޑޫބެ ކިޔާނީ..” ކާޔަންގެ އިސްތަށިކޮޅު ހާވާލަމުން އިކާން ބުނެލިއެވެ.

“އޯކޭ…” ކާޔަން ދުއްވައިގަތީ ވިސާމާމެން ތިބި ދިމާލަށެވެ. “މަންމީ.. މާމާ.. ކިޔާންބެއެއް ނޫނޯ.. ކުޑޫބެއޯ..” ކާޔަންގެ އަޑު ނުކުތުމާއެކު ޢަމާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޢަމާރާ ތެދުވަން އުޅެފައިވެސް ހުއްޓުނީ އިކާންގެ އިޝާރާތަށެވެ. މަންމަމެން ބަލާލުމަށްފަހު ހިނިތުންވެލި ގޮތުން އެކަމާ އެހާ ނުވާކަން އެނގެއެވެ.

ހެނދުނުގެ ނާސްތާއަށްފަހު އެންމެން ދިޔައީ ރަށުތެރެ ބަލައިލާށެވެ. ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށެއް ކަމުން އޭރު ރަށުތެރޭގައި ބައެއް މޫހުން އުޅެއެވެ. ނަސީބު ރަނގަޅުކަމުން ދަނޑުތަށް ބަލާލުމުގެ ފުރުސަތު ލިބުނެވެ. މަދިރި ހަފާވަރުން ނުތިބެވިގެން އެންމެ ފަހުން ވަލުތެރޭން ނުކުމެ އިކާންއާއި އާސިމް އަދި ދޮންތަބެ އަޙްމަދުއާއި އަޙްތަރު ނިންމީ މަސްބާނަން ދާށެވެ. ޢަމާރާ ބަތް ކައްކަން އުޅުމުން އެކަން ހުއްޓުވާ އެކަމާ ހަވާލުވީ ދޮންތައެވެ. ދޮންތައަށް އެހީތެރިވުމިގައި ލިލީ އުޅުނުއިރު ޢަމާރާއަށް ޖެހުނީ ރުވާއާއިއެކު ކުދިވެރީން ބަލާށެވެ. މަންމައާއި ތިއްތަ އަދި ތިއްތަބެ ޒިޔާދު ދިޔައީ ރަށަށް ގެންދިއުމަށް ކާށިކޮޅަކާއި ފަންކޮޅެއް ލިބޭތޯ ވަލުތެރެއަށެވެ.

ދޮންވެލިގަނޑު މަތީ ކުދިވެރިން ގޮވައިގެން އެކި ކުޅިވަރު ކުޅެން ތިބިއިރު ދުރުން އިކާންމެން ފެނެއެވެ. ނާއިކް އިރުއިރުކޮޅުން މޫދާ ދިމާއަށް ދުއްވައި ގަންނާތީ ދެކޮޅަށް ދުވެދުވެ ޢަމާރާ ހުރީ ވަރުބަލިވެފައެވެ. 11 ޖެހުމާ ކައިރިވެފައި ވަނިކޮށް އިކާންމެން މަސްބާނައިގެން އައިސްފިއެވެ. އާދައިގެ މަތިން މަސްފިހުމާ ހަވާލުވީ ދޮންތަބެއެވެ. އަޙްތަރު އައިސް ނާއިކް އުރާލުމުން ދެންތިބި ކުދިންވެސް ސަކަރާތް ޖެހުން ހުއްޓާލާފައި މަސްފިހާތަން ބަލަން ދިޔައީއެވެ. އާސިމް ރުވާއަސް ތެދުވަން އެހީތެރިވެދިނީ 5 މަހުގެ ބަނޑާއެކު އެކަނި ތެދުވަން އުނދަގޫވާނެތީއެވެ. ޢަމާރާއަށް އެ މަންޒަރު ބަލަން ހުރެވުނީ އެވެ. މާބަނޑު ދުވަސްވަރު އަންހެނުން އުޅޭ ހާލު ފެނިފައިވީ ނަމަވެސް ދޮންބެގެ އަޅާލުމާއި އޯގާތެރި ކަމުން ރުވާގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި ޢަމާރާއަށް ހިނިތުންވެ ލެވުނެވެ.

“ކޮން ކަމަކާ ތި ވިސްނަނީ ލަވް.. އަދި އެ ދުވަސްވެސް އަހަރުމެނަށް އަންނާނޭ.. ބޭނުމިއްޔާ” ބުނަން އުޅުނު އެތި ފުރިހަމަ ނުކުރިޔަސް އިކާންގެ ތުންފަތަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ. އިކާންގެ އެ ސަމާސާއާއެކު ޢަމާރާ އަށް ދުލުން ބަހެއް ނުބުނެވުމުން އިސްދަށަށް ޖަހާލިއެވެ.

“ކުޑޫ.. އާދެބަލަ…” ދޮންތަ ގޮވާލި އަޑަށް އަވަސް އަވަހަށް ޢަމާރާ އެދިމާއަށް ހިނގައިގަތެވެ. ހިޔަނިހެން އިކާންވެސް ފަހަތުން އައެވެ.

“ކީކޭ ދޮންތާ…”

“ދޭބަލަ މަންމައާ ތިއްތަމެން ފެނޭތޯ.. މަސްވެސް ފިހެވެނީ މިހިރަގެން.. އިކާން ދޭބަލަ މާރާ ގޮވައިގެން..” ދޮންތަ މިހެން ބުނުމާއެކު ދެމީހުނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ޢަމާރާ އިކާންއާއެކު އެކަނިވާން ބޭނުން ނުވެއޭ ބުނަން ބޭނުން ވިޔަސް އެ ހިތްވަރެއް ނުލިބުނެވެ.

ވަލުތެރެއަށް ވަދެގެން ދިޔައިރު ޢަމާރާ ހުންނަނީ އިކާންއާ ތަންކޮޅެއް ދުރުގައެވެ. އިކާން ކައިރިވެލިޔަސް ބާރަށް ހިނގާލާފައި ދުރަށް ޖެހިލައެވެ. “ލަވް.. ބިލީވް މީ.. އަހަރެން އެއްވެސް ކަމެއް ނުކުރާނަން ލަވް އަކަށް.. އެކަމު ތިހާ ބިރުން އުޅެންޏާ ޖެހޭނީ ބައްދައި ގަންނަން…” ދުވެލާފައި އައިސް ޢަމާރާއާ އަރާ ހަމަކުރަމުން އިކާން ބުނެލިއެވެ. ޢަމާރާ ވަގުތުން ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން އިކާންއަށް ބަލާލިއެވެ.

“މާރާ.. އަހަރެން މާރާގެ ގައިގަ އަތެއް ނުލާނަން ނުރުހުމުގައެއް.. އަހަރެންވެސް ބޭނުމެއް ނޫން މާރާއަށް އެއްވެސް ދެރައެއް ދޭކަށް.. އުނދަގޫ ދުރުގަ ހުންނަން.. އެކަމަކުވެސް އަހަރެން މިވާ ލޯތްބައްޓަކައި… އަހަރެން ކެތްތެރިވާން ދަސްކުރާނަން…” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޢަމާރާ ހިނިތުން ވެލަމުން ހިނގަންނަމުން “ހޯއް” ގޮވާލިއެވެ.

“ކީއް ތިކުރީ؟” ހައިރާންވެފައި ހުރެ އިކާން އަހާލިއެވެ.

“ވަލުތެރޭގަ ނުވާނެ ނަމުން ގޮވާކަށް.. އެހެންވެ އެގޮތަށް ގޮވަނީ..” ޢަމާރާ ހުއްޓިފައި އިކާން ކައިރީ ބުނެލިއެވެ. އަދި އެއްފަހަރު އެގޮތަށް

ގޮވާލިއެވެ. އެއާއެކު ތަންކޮޅެއް މަޑުން ދުރުން ހޯއްގޮވާލި އަޑު އިވުނެވެ. އެއާއެކު ދުރުން ބަޔަކު ވާހަކަ ދައްކާހެންވެސް ހީވިއެވެ.

“އެ އަންނަނީ މަންމަމެން..” ކައިރީގައިހުރި އިކާންއާ ދުރުވެލަމުން ޢަމާރާ ބުނެލިއެވެ. އިކާން ލާނެއް ގޮތަކަށް ހިނިތުންވެލިއެވެ. ޢަމާރާ ލޯއަޅާލިއެވެ.

“ކާގަޑި ޖެހުނީތަ؟” އިކާންއާއި ޢަމާރާ ފެނުނުއިރަށް ވިސާމާ ބުނެލިއެވެ. އިކާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ކުދިވެރިން ގޮވައިގެން މޫދަށް އެރުމަށް އެންމެން ނިންމިއެވެ. މޫދުގައި ކުޅެ ސަކަރާތް ޖަހާ ހެދިއިރު ޢަމާރާއަށް  ލޯބީގެ ކުދިކުދި ގޯނާ އިކާން ކުރިއެވެ. ޢަމާރާ ބެލީ ވީހާވެސް އިކާންއާ ދުރުން އުޅެވޭތޯއެވެ. ކިތަންމެ ދުރަށް ޖެހުނަސް އިރުކޮޅެއް ވާއިރަށް އިކާން އައިސް ހުންނަނީ ޢަމާރާ ގެ ކައިރީގައެވެ.

4 ޖަހާކަށްހާއިރު ރަށަށް ދާން ފުރިއިރު ޢަމާރާ ހުރީ އިކާންދެކެ ޒާތަކަށް ރުޅިއައިސްފައެވެ. މޫދުގައި އުޅެމުން ސަމާސާ ކޮށްކޮށްފައި އޭނާގެ ގައިގަ ބައްދާލީމައެވެ. މަންމައަށް ނުފެނުނު ނަމަވެސް އެހެން އެންމެންނަށް އެ މަންޒަރު ފެނުމުން ޢަމާރާ ވަރަށް ލަދުވެސް ގަތެވެ. އާސިމް އެއްޗެއް ބުނާނެ ކަމަށް ހީކުރި ނަމަވެސް އޭނާވެސް އެކަމާ އެއްޗެއް ނުބުނެއެވެ.

ރޭގަނޑުގެ ކެއުމުގައި ޢަމާރާ ބައިވެރި ނުވުމުން އެކަމާ އެންމެ ކަންބޮޑުވީ އިކާންއެވެ. ބުނާނެ ގޮތެއް ނެތިފައި ހުރެވެސް ކައި ނިމުމުން ވިސާމާ ކައިރީ އިކާން އަހާލިއެވެ. “ދަރިފުޅު ގޮސް ބަލާލަބަ. މަންމަ ގޮވީމަވެސް ނުނިކުތް..” ވިސާމާ ބުނެލުމާއެކު އިކާން ބަލައިލީ އާސިމްއާ ދިމާއަށެވެ. ހުއްދަ ދީފީމޭ ބުނާ ފަދައަކުން އާސިމް ބޯޖަހާލިއެވެ.

“ލަ.. މާރާ..” ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން އިކާން މަޑުމަޑުން ގޮވާލިއެވެ. ދޮރުހުޅުވަން ބޭނުން ނުވިޔަސް އިކާން ހުއްޓާ ނުލާނެކަން އެނގޭތީ ޢަމާރާ ތެދުވެ ދޮރު ހުޅުވާލިއެވެ. ނިދިއައިސްފައި ހުއްޓަސް އެކަން މޫނުން ނުދައްކާ ވޭތޯ ބެލިއެވެ.

“ކިހިނެއްވީ؟” ދޮރުކަނީގައި ލެނގިލަމުން ނިންޖާއި ވަރުބަލިކަމާއެކު ޢަމާރާ ބުނެލިއެވެ.

“ދެން ސޮރީއޭ… އަހަރެންދެކެ ރުޅިއަޔަސް ނުކައި ހުންނާކަށް ނުވާނެ އެއްނު..” ޢަމާރާގެ މޫނުގައި އަތްލުމަށް އިކާން އަތް ހިއްލާލިއެވެ. އިކާންގެ އަތުގައި ނުޖެހޭން ވެގެން ޢަމާރާ ފަހަތަށް ޖެހިލިއެވެ. “ޕްލީޒް.. ކާން އާދެބަ.. ދެން ފަހަރަކުން އަހަރެން ވަންނާނީ ކޮޓަރިއަށް މާރާ ބަލައި.. ” އިކާން ދާން އެނބުރިލާފައި ފަސް އެނބުރި ޢަމާރާއަށް ބަލާލަމުން ބުނެލިއެވެ. ޢަމާރާއަވަސް އަވަހަށް ކޮޓަރިން ނުކުތީ އިކާން ބުނި އެތިން ގަތް ބިރަކުންނެވެ.

“އަހަރެން އެކަނިތަ ކާންވީ…” ކާމޭޒު ކައިރީ އިށީނދެ ކާންވެސް ނޫޅެ ޢަމާރާ އިނުމުން އިކާން ބުނެލިއެވެ. އޭރު އެހެން އެންމެން ކައިގެން މޭޒުދޮށުން ތެދުވެގެން ގޮއްސިއެވެ. “ކާންދޭންވީތަ؟” އިކާން ގޮނޑިން ތެދުވެގެން އައިސް ޢަމާރާގެ ކައިރީގައި އިށީނދެލަމުން ބުނެލިއެވެ. ޢަމާރާ ތެދުވަން އުޅެނިކޮށް އިކާން ހިފެހެއްޓިއެވެ.

އިކާންގެ އަތުން ޢަމާރާއަށް ކާންދިނެވެ. ޢަމާރާ އަމިއްލައަށް ކާން އުޅުމުންވެސް އިކާން އެކަން މަނާކުރިއެވެ. އިތުރު ދެކޮޅުހެދުމެއްނެތި ޢަމާރާ ބަސް އަހައިގެން އިނދެ ކައި ނިންމާލިއެވެ. ރުޅި އަންނަން ބޭނުންވިޔަސް ޢަމާރާއަކަށް މާ ގިނައިރު ރުޅިއަކުންވެސް ނީނދެވުނެވެ.

“ސޮރީ..” އިކާން މަޑުމަޑުން ބުނެލިއެވެ. “އިޓްސް އޯކޭ.. އެކަމް ދެން އެންމެން ކުރިމަތީ އެހެން ނޫޅެއްޗޭ.. ދެން ފަހަރަކުން ނުކުރާނަން މާފެއް..” ކެއިތަށި ދޮންނަން ހުރެގެން ޢަމާރާ ވާހަކަ ދެއްކިއެވެ.

ބަދިގެ އައިލެންޑްގައި ލެނގިލައިގެން ޢަމާރާގެ މޫނަށް ބަލަން އިކާން ހުރެފައި ދުރަށް ޖެހި ޢަމާރާގެ ފަހަތުން ކައިރިވެލިއެވެ. އިކާންގެ ހޫނު އިޙްސާސް ވުމާއެކު ދުރަށް ޖެހިލަން އުޅުނު ޢަމާރާއަށް ހުރަހަކަށްވީ ދެފަރާތުން ސިންކްގެ އަރިމަތީގައި ޖައްސާލެވިފައި ހުރި އިކާންގެ އަތެވެ. ޢަމާރާގެ ފުރަގަހުން ލައްވެލަމުން އޭނާގެ ބަނޑުގައި އިކާން ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. ސިހުނު ކަމުގައި ވިޔަސް އަތުގައި އޮތް ތަށި ވެއްޓިދާނެތީ ޢަމާރާ ހުރީ މަޑުންނެވެ. އެހެން ހުރެފައި ޢަމާރާގެ މޫނަށް އިކާން ބަލާލާފައި ހީނލައިފިއެވެ.

“ޓޭންވީތަ؟ ހާދަ ވަރަކަށް މޫނު ރަތްވެފަ؟” ގަސްތުގައި ދިމާކޮށްލުމުގެ ބޭނުމުގައި އިކާން ބުނެލިއެވެ. ދޮވުނު ތަށި މޭޒުމަތީ ސިންކް ކައިރީ އައިލެންޑް މަތީ ބަހައްޓާފައި މޫނުގައި ދެއަތް އަޅާލީ އިކާންއަށް ފޮރުވުމަށެވެ.

“ދަރިފުޅާ.. ކައި ނުނިމޭތަ؟” ގޭތެރެއިން ވިސާމާގެ އަޑު އިވުމާއެކު އިކާން ކުއްލިއަކަށް ދުރަށްޖެހިލިއެވެ.

“ނު. ނޫން މަންމާ.. މި ނިމުނީ…” ޢަމާރާ އަވަސް އަވަހަށް ބުނެލިއެވެ. އޭރު ވިސާމާ އައިސް ބަދިގެ ދޮރާ އަރާ ހަމަވީއެވެ. “މަންމަ މި ދަނީ ނިދަން.. ވަރަށް ވަރުބަލި ވެއްޖެ ކެއީމަ. ދަރިފުޅުމެން ވެސް އެހާ ގިނައިރު ނުތިބެ ނިދަން ވަންނާތި. އެހެން އެންމެން ވެސް ނިދަން ވަދެ ވީ.” އެނބުރި ދަމުން ވިސާމާ ބުނެލިއެވެ.

“ހިނގާ ސިޓިންގރޫމަށް.. އާދޭ..” ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ބުނެލިއެވެ. ދެމީހުން އެކީގައި ގޮސް ސިޓިންގރޫމް ސޯފާގައި އިށީންއިރު ޢަމާރާއިނީ ޖެހިގެން ވަކިން ހުރި ސޯފާގައެވެ.

“ހާދަ ދުރުގަ ތި އިނީ…” ސޯފާގައި ބުރަކަށި ޖައްސާލަމުން އިކާން ބުނެލިއެވެ. “އާދެބަލަ މިކޮޅަށް” އިކާން ސޯފާގައި އަތް ޖަހާލަމުން ބުނެލިއެވެ. ޢަމާރާ ވަގުތުން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“އެހެންނޫނީ ތިގޮނޑިއަށް ދާނީ.. ތިތާގަ ނެތް ޖާގައެއްވެސް އޭރުން މާ ކައިރީ އިންނަން ޖެހޭނެ..” ދެ ކަކުލުގައި އުޅަނބޮށި ޖައްސާލައި އަތްތިލަމަތީ ދަތްދޮޅި ޖައްސާލަމުން އިކާން ބުނެލިއެވެ.

“އިކާންއަށް ބިރު ނުދައްކާ އެއްވެސް ކަމެއް ނުކުރެވޭތަ؟” ޢަމާރާ ނުރުހުންވާގޮތް ދައްކާލިއެވެ. “ހެޔޮ އުނގުގައި އިށީނަސް ނުދާނަން ތިކޮޅަކަށް އިނގޭ މަޑުން ނީނދެވޭނެކަން..” ޢަމާރާ އެހެން ބުންޏަސް އިނީ އިކާން އައިސް އުނގުގައި އިށީނދެދާނެތީ ކަންބޮޑުވެފައެވެ.

“އޯކޭ އޯކޭ.. ސޮރީ.. އަހަރެންނަށް މާ ސަމާސާ ކުރެވެނީދޯ… ލަވްއަށް ކަމުނުދަނީތަ؟” އިކާން އެ އިން ގޮތަށް އިނދެފައި ބުނެލިއެވެ.

“ސަމާސާ ކުރިޔަސް އޯކޭ އޭ.. އެކަމަކު މާ ކައިރިވާތީ.. އަހަރެން ބޭނުމެއް ނޫން އެކަހަލަ މަންޒަރުތަށް އެކަކަށްވެސް ފެންނާކަށް…” ޢަމާރާ މަޑުމަޑުން ތެދުވެގެން އައިސް އިކާންގެ ކައިރީ އިށީނދެލިއެވެ.

“އޯކޭ.. ދެން އެހެން ނޫޅޭނަން.. އިނގޭ…” ހަށިގަނޑު ސީދާކޮށްލަމުން ޢަމާރާއާ ދިމާއަށް އެނބުރިލަމުން އިކާން ބުންޏެވެ. ހިނިތުން ވުމަކާއެކު ޢަމާރާ ބޯޖަހާލިއެވެ. އިރުކޮޅަކު އެކި ވާހަކަ ތަކުގައި ތިބެފައި މަންމަ ބުނިހެން އެހާ ގިނައިރު ނުތިބެ ނިދަންވަނުމުގެ ކުރިން އިކާން ޢަމާރާގެ ގައިގަ ބައްދާލުމަށްފަހު ބޮލަށް ދޮނެއް ދިނެވެ.

ފަތިހުގެ މީރު ނިދީގައި ވަނިކޮށް ޢަމާރާއަށް ގޮވާލީ މަންމަ ވިސާމާއެވެ. ކުރީދުވަހުގެ ވަރުބަލިކަން ހަށިގަނޑުގައި ވީނަމަވެސް ޢަމާރާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ފާހާނައަށްވަދެ ތައްޔާރު ވެލައިގެން ނުކުމެ ފުރަތަމަވެސް ގުޅާލީ އިކާންއަށެވެ. ފުރަތަމަ ރިންގާއެކު އިކާން ފޯނަށް ޖަވާބު ދިނެވެ. ނަމާދު ކޮށްލައިގެން ޢަމާރާ ބަދިގެއަށް ދިޔައީ އިކާން އަންނަން ވާއިރަށް ކޮފީ ގިރަންށެވެ. އޭރު ބަދިގޭގައި މަންމައާއެކު ލިލީވެސް ހުއްޓެވެ. އިކާން ތަންކޮޅެއް ލަސްވާން ފެށުމުން ޢަމާރާ ގުޅާލި އިރަށް ދޮންބެއާއިއެކު އައިސް ގެއަށް ވަދެއްޖެއެވެ.

“ދޮންބޭ ކޮފީ ގިރަންތަ؟”

“އުހުން.. ދޮންބެ މިދަނީ އަދި ނިދާލަން.. ވަރަށް ވަރުބަލި..” އާސިމް ކޮޓަރިއާ ދިމާއަށް ދަމުން ބުނެލިއެވެ.

“އިކާން.. ބޭނުން؟” ޢަމާރާ މަޑުން އަހާލިއެވެ. “އަހަރެން ގިރައިދެންތަ؟” އިކާންވެސް ސުވާލުކޮށްލިއެވެ. ޢަމާރާއަށް ނޫނެކޭ ބުނެވެން ވާއިރަށް އިކާންގޮސް ބަދިގެ ތެރެއަށް ވަނެވެ. ޢަމާރާއާއި ވިސާމާ މަނާ ކުރުމުންވެސް އިކާން މަޑަކުން ނުހުއްޓެވެ. އެ ދެމީހުންނާއި އެކު ވިސާމާއާއި ލިލީއަށްވެސް ކޮފީ ހަދައިދިނެވެ.

“ހިނގާ ޖޯއްޔަށްދާން..” އިކާން ޢަމާރާއަށް ބުނެލަމުން ކޮފީތަށި ހިފައިގެން ބަދިގެއިން ނުކުތުމުން ފަހަތުން ޢަމާރާވެސް ދިޔައެވެ.

“އިކާން.. ބޭނުން؟” ޢަމާރާ މަޑުން އަހާލިއެވެ. “އަހަރެން ގިރައިދެންތަ؟” އިކާންވެސް ސުވާލުކޮށްލިއެވެ. ޢަމާރާއަށް ނޫނެކޭ ބުނެވެން ވާއިރަށް އިކާންގޮސް ބަދިގެ ތެރެއަށް ވަނެވެ. ޢަމާރާއާއި ވިސާމާ މަނާ ކުރުމުންވެސް އިކާން މަޑަކުން ނުހުއްޓެވެ. އެ ދެމީހުންނާއި އެކު ވިސާމާއާއި ލިލީއަށްވެސް ކޮފީ ހަދައިދިނެވެ.

“ހިނގާ ޖޯއްޔަށްދާން..” އިކާން ޢަމާރާއަށް ބުނެލަމުން ކޮފީތަށި ހިފައިގެން ބަދިގެއިން ނުކުތުމުން ފަހަތުން ޢަމާރާވެސް ދިޔައެވެ.

“ސޯ.. ދެން ކިހާތާކު އެކޮޅަށްދާން ފުރަނީ” ޢަމާރާ އައިދް އިށީނުމާއެކު އިކާން ވާހަކަ ދެއްކިއެވެ. އެއީ އަދި އެ ދުމީހުންނަށް ނުދެއްކި އޮތް ވާހަކައަކަށް ވީމައެވެ.

“15 ގަ އެއްނު މާލެދަނީ.. ދެން 18ގަ ފުރާގޮތަށް އިނީ.. ހުޔާމެނާ އެކީ.. އިކާން ޓިކެޓް ނަގައިފިން..؟” ކޮފީތަށިން އެތިފޮދެއް ބޯލަމުން ޢަމާރާ ބުނެލީ ހަމަޖެހިފައި އިނދެއެވެ. އޭރު ގޭދޮށު ދެ އަންހެނަކު ދުރުގައި ޢަމާރާ މެނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.

“އެހެންތަ؟ އަދި ނޭނގޭ ކަމެއް ތީ. ކީއްވެ ކެނެޑާއަށް. ހާނިމްއަށް މެސެޖެއް ކޮށްލަނީ މި… އޭރަށް ހަމަޖެހޭނެ އެ ދުވަހަށް ޓިކެޓް..” ފޯން ނަގަމުން އިކާން ބުނެލީ ޢަމާރާއަތަށް ކޮފީތަށި ދިއްކޮށްލަމުންނެވެ.

“އެއީ ހުޔާ ބޭނުންވިގޮތް.. އެހެންވެ އޭ މިހާ ލަހެއްވެސް އެ ކުރީ.. އޭނާ ބޭނުންވަނީ އަހަރެން މިހާ ވަރަކުން ކިޔަވަން ދިޔަ ޤައުމު ބަލާލާށޯ..” ހީނލަމުން ޢަމާރާ ބުނެލީ އިކާންއަށް ބަލަން އިނދެގެންނެވެ.

“ތިއެއް ނޫނޭ.. އެމީހުން ހާދަ ވަރަކަށޭ އެ ބަލަނީ.. އެ އަބަދުވެސް ގޮތްތަ؟ ނޫނީ މަ ވައްތަރީތަ މޫނު ނުދޮވެ ނުކުމެ އިންހެން..” އިކާން މޫނުގައި އަތް ޖައްސާލަމުން ލޮލުން އިޝާރާތް ކޮށްލީ ދުރުގައި ބަލަހައްޓާއިގެން ތިބި ދެ އަންހެނުންނަށެވެ.

“ނޫނޭ.. އެ ދުވަހަކުވެސް އެހެން ހުއްޓި ތިބޭ ބައެއްނޫން މިހިސާބުގަ.. ކަސްރަތަށް ނުކުމެ އެ އުޅެނީ އަސްލު.. އަހަރެން މިތާ ފިރިހެނަކު ގޮވައިގެން އިނީމަ އެ ބަލަނީ.. އަދި ސުވާލު ކުރާނެ ފަހުން.. ހެހެ..” ޢަމާރާއަށް ވާނުވާ އެނގޭތީ މަޑުމަޑުން ބުނެލީ އެއިން މީހެއްގެ ކަންފަތާ ހަމަޔަށް އެ އަޑު ނުފޯރާނެހާ މަޑުންނެވެ. ކޮފީތަށި ހުސްވެފައި ހުރުމުން އިތުރަށް މަގުމަތީ އިންނަން ބޭނުން ނުވާތީ ޢަމާރާ ތެދުވަމުން އިކާންއަށް ބަލާލީ ދާން ހިނގާށޭ ބުނާ ފަދައަކުންނެވެ.

7 ޖެހުމާ ކައިރިވެފައި ވަނިކޮށް ކުޑަކުޑަ ނާއިކްގެ އަޑު ގޭތެރެއިން އިވިލިއެވެ. ވިސާމާއަށް ހީވަނީ އިތުރު މާމަދަރިއެއް ލިބިގެން އުޅޭ ހެންނެވެ. ނާއިކް ކޮޓަރިން ނުކުތުމަށްފަހު ހުރިހާ ކަމެއްވެސް އެންމެ ލޯތްބާއެކު ކޮށްދީ އުޅެނީ ވިސާމާއެވެ.

މަޖަލާއި ސަކަރާތުގައި ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ޢަމާރާ ފުރާ ދުވަސްވެސް ޖެހިއްޖެއެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ވިސާމާ ވަރަށް ރުޔެވެ. ކައިރީ އުޅެފައި ދާތީ މާބޮޑަށް ޖަޒުބާތީ ވެވުނީއެވެ. އިކާންއަށާއި ޢަމާރާއަށް ވަރަށް ނަސޭހަތްތެރި ވިއެވެ. މާލެ ދެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. ކައިވެނި ކޮށްގެން ހުޔާ އަދި ފަހުދުގެ ގެއަށް ބަދަލު ނުވާތީ ޢަމާރާއަށް ޖެހުނީ އިކާންގެ ގޭގައި މަޑުކުރާށެވެ. އެހެން ވިޔަސް އެކަމުގެ ހުއްދަ ޢަމާރާގެ އާއިލާގެ ފަރާތުން އިކާން ހޯދިއެވެ.

“އެހާ ހާސް ނުވެބަލަ.. ދެން ނިދާލާ.. މާދަމާ އަދި ޖެހޭނެ ވިޔަފާރި ކޮށްލަން ދާންވެސް. ހުޔާމެން ގެއަށްވެސް..” އިކާން ވާހަކަ ދެއްކީ ޢަމާރާއަށް ނިދަން ދެއްކި ކޮޓަރި ދޮރު ކަނީގައި ލެނގިލައިގެން ހުރެއެވެ. ޢަމާރާ ހުރީ އިކާންގެ ގޭގައި ނިދަން ޖެހުމުންވެސް ހާސްވެފައެވެ. ޢަމާރާ ކޮޓަރި ތެރެއަށް ޖެހިލާ ދޮރު ކައިރި ކޮށްލުމުން އިކާން ހިނިތުން ވެލާފައި އޭނާގެ ކޮޓަރިއަށްދާން އެނބުރި ހިނގައިގަތެވެ. މާ ގިނައިރު ނުހުރެ ޢަމާރާވެސް ދޮތު ލައްޕާ ތަޅުލުމަށްފަހު ތައްޔާރުވެގެން ނިދަން އެރީއެވެ.

ޖެހިގެން އައި ތިން ދުވަސްވީ ޢަމާރާ އަދި އިކާންއަށްވެސް ވަރަށް ބިޒީ ދުވަސް ތަކަކަށެވެ. ހުޔާއާއި ފަހުދު ކެނެޑާއަށް ދާތީ އެމީހުންނަށް ވިޔަފާރިކޮށްދޭން ދާން ޖެހުނެވެ. ދެމީހުން އެކީގައި ވާހަކަ ދައްކާލަންވެސް ގިނަފަހަރު ފުރުސަތެއް ވަނީ ގެއަށް އައިމަށް ފަހުގައެވެ. 18 ވަނަ ދުވަހުގެ ހެނދުނު ހެނދުނާ އިން ފްލައިޓްއިން ހުޔާގެ ދެމަފިރިން ޢަމާރާއާއި އިކާންއާއެކު ކެނެޑާއަށްދާން ފުރިއެވެ. ލަންޑަންއިން ފްލައިޓް ބަދަލުވާން ޖެހޭނެތީ އިކާން ހުރީ ކުރިޔާލާ ޓްރާންސިޓް ހޮޓެލްއިން ރޫމްވެސް ނަގާފައެވެ. ކުރީ ފަހަރާ ހިލާފަށް މިފަހަރު އިކާން ބެލީ ޢަމާރާއަށް ލަންޑަން ދައްކާލެވޭތޯއެވެ. ވަރުބަލިވެފައި ތިބި ނަމަވެސް ހުޔާއާއި ފަހުދުވެސް އެމީހުންނާ ބައިވެރިވިއެވެ. އިކާންގެ ކަމަކަށްވީ އޭނާއަށް އިނގޭ މަޝްހޫރު ތަންތަން އެމީހުނަށް ދެއްކުމާއި މީރުހާ އެއްޗެހި ކާންދިނުމެވެ.

23 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު އިކާންއާއި ޢަމާރާ ކޮލެޖްއަށް ދިޔައިރު ހުޔާއާއި ފަހުދު ތިބެން ހަމަޖައްސާފައި ހުރީވެސް ކޮލެޖާއި ކައިރި ހޮޓެލްއަކުން ނެވެ. ދަތުރުމަތީ އަރާމުކޮށް ނިދާލެވުނު ނަމަވެސް ޢަމާރާ ބޭނުންވީ ހޮސްޓެލްއަށް އައިސް ނިދާލާށެވެ. ރިދާ ނާންނާތީ ޢަމާރާ އެކަނި އޮންނަން ޖެހުނު ކަމުގައި ވިޔަސް ކޮންމެސް ވަރަކަށް ހޮސްޓެލްގައި ކުދިން އުޅޭތީ ބިރެއް ނުގަނެއެވެ.

ޗުއްޓީ ދުވަސްވަރު ކަމުން ޢަމާރާ އާއި އިކާން އުޅުނީ ގައިޑުންނަށް ވެގެން ހުޔާއާއި ފަހުދު ގޮވައިގެންނެވެ. ލޯބީގެ މަންޒިލް ތަކާއި އާސާރީ ތަންތަން 4 މީހުންވެސް ބެލީ އުފަލާއެކުގައެވެ. އެގޮތުގައި ހަފްތާއެއް ވީފަހުން ކިޔެވުމުގެ ކަންތަކެއް ކުރަން ޖެހިގެން އިކާންއާއި ޢަމާރާވެސް ބިޒީ ވެއްޖެއެވެ. އެކަނި ތަންތަން ބަލަން އުޅުނު ހުޔާއާއި ފަހުދުއަށް އިކާން ގުޅީ ޢަމާރާގެ ހަބަރެއް ނުވާތީއެވެ.

“ތިމީހުން އެއް ތާކު އުޅޭއިރުވެސް އަހަރުމެން ނަށް ތި ގުޅަނީ މާރާ ހޯދަން..؟” ހުޔާ ސަމާސާގެ ރާގަކަށް ބުނެލިއެވެ.

“ނޮޓް ފަނީ ހުޔާ.. އެއްތާކު އުޅުނަސް ފިރިހެނުން ނަކަށް ނުދެވޭނެދޯ ގާލްސް ހޯސްޓެލް އަކަށް.. އެކަމަކު އަހަރެން ބަލައިފިން.. ރިދާވެސް އައިސް އުޅެނީ މިހާރު.. އޭނަވެސް ބުނީ ނެތޭ ރޫމެއްގަ އެއް.. މުޅި ކޮލެޖް ބެލިއްޖެ.. ޕާކްވެސް ބަލައިފިން…” އިކާން ހާސްކަމާއެކު ބުނެލުމުން ހުޔާއާއި ފަހުދުވެސް ވަރަށް ހާސްވިއެވެ.

“ސަރ.. އޭމީ ބުނީ ކޮންމެވެސް ގިފްޓް ޝޮޕެއްގެ މައުލޫމާތު މާރޫ ހޯދި ވާހަކަ. އެކަމަކު އެ ހިސާބަކީ މާރޫ ދިޔަ ހިސާބެއްވެސް ނޫން.. އައިމް ސްކެއަރޑް..” ކޮލެޖް ކުރިމަތީ ހުރި ކޮފީޝޮޕްގައި ހުޔާއާއި ފަހުދު އަދި އިކާން ތިއްބާ ރިދާ އައިސް ހުއްޓެމުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ވެސް އިންތިހާ ދަރަޖައަށް ހާސްކަން ފާޅުވާން ހުއްޓެވެ.

“ކޮން ތަނެއް؟” އިކާންއާސް ވަގުތުން ސުވާލުކޮށް ލެވުނެވެ. ރިދާ ވަގުތުން އެބުނާ ފިހާރައެއްގެ މައުލޫމާތު ދިނުމުން އެންމެންވެސް އަވަސްވެގަތީ އެތަނަށް ދިއުމަށެވެ. ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ފިހާރާ ހުންނަ ހިސާބަށް ދެވުނުއިރު އިކާން ހުރީ އެހާ ދުރަށް ޢަމާރާ އެކަނި އައުމުން ނުރުހުންވެފައެވެ. ދެތިން މިީހަކަށް ފޮޓޯ ދައްކާލިއިރަށް ޢަމާރާ ފެނުނުކަމަށް ބުންޏެވެ. އަދި ދިޔަ ދިމާ ދެއްކުމުން ހުރިހާ އެންމެން ވެސް ޢަމާރާ ފެނޭތޯ ބެލިއެވެ.

ވިއްސަކަށް މިނެޓް ފަހުން ކުޑަ ފިހާރައެއްގެ ތެރެއިން ނުކުތް ޢަމާރާ އަޅައިގަތީ އިކާން ލޮލުގައެވެ.

“އަ މާރާ…” އަޑަށް ބާރުލަމުން އިކާންއަށް ގޮވާލެވުނު ހިނދު ޢަމާރާ ބަލާލައިފިއެވެ. ދުވެފައި އިކާން އައިސް ޢަމާރާގެ ކައިރީ ހުއްޓެމުން ބަލާލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ” ކޮން އިރެއް މިހާރު ގުޅާތާ… ކީއްވެ ނުބުނެ އައީ؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ..؟” ޢަމާރާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން އިކާން އަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރާށެވެ.

“އިކާން މިތާ ކީއް ތި ކުރަނީ..؟ މިތާކަށް ނުލިބޭ އެހާ ނެޓްވޯކެއް.. އެހެން ނޫނަސް އަހަރެން އައީ ވަރަށް މުހިއްމު ކަމަކު.. ދެން އިކާން ކައިރީ ނުބުނެވޭނެ ވަރު ވާހަކަވެސް ހުންނާނެ އެއްނު..” ފަހަތުގައި އެކުވެރީން ތިއްބާ އިކާން އެކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން ޢަމާރާ ވެސް ބުނާކަށް ގަސްތެއް ނުކުރިއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

މާސްކު (ޕާޓް 34)

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 10

Next
December 26, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 10

Previews
December 25, 2025

މާސްކު (ޕާޓް 34)



All Right Reserved!