Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނުހޭ ގާތުގާ- ނުވަވަނަ ބައި

ފަޒޫ Level 310 Stories100 Login
December 22, 2025 10 Mins Read
2 Comments

“އެހެން ކަމަކު ނުދާނެ.. އެއްކޮން ގެންދެވޭގޮތް ހަދާފަ ގެންދަންވާނީ.. މިހާރު ތިގޮތް ކަމަކު ނުދާނެ.. މާރާގެ މަންމަމެންވެސް އަންނާނެ ކައިވެންޏަށް.. މަންމަ ނުރުހޭ ކަމެއް ވެއްޖެއްޔާ އިކާން ޖެހޭނީ މާރާ މަތިން ހަނދާން ނައްތާލަން…” ހާނިމް ޓްރޯލީގައި ހިފަމުން ބުނެލިއެވެ. އެއީ ތެދެއްހޭ އިކާން އަހާލުމުން ޢަމާރާ ހަމައެކަނި ބޯޖަހާލީއެވެ. ފަހުދުއާވެސް ވާހަކަ ދައްކަމުން އެންމެން ގޮސް ފެރީއަށް އެރިއެވެ.

އިކާންވެސް ގެއަށް ނުގޮސް ފުރަތަމަވެސް ދިޔައީ ހާނިމްގެ ގެއަށެވެ. އިކާންއާއި ޢަމާރާ ފެނުމުން ސީމާ ހުރީ ވަރަށް އުފާވެފައެވެ. އިރުކޮޅަކު އެގޭގައި މަޑުކުރުމަށްފަހު ހަމީދުއާއި ބައްދަލުކުރަން ފަހުން އަންނާނެކަމަށް ބުނެފައި އިކާން ދިޔައީ ގެއަށެވެ. ބައްދަލުވުމަށް ގުޅާނެކަމަށް ޢަމާރާގެ ކައިރީ ބުނެފައެވެ.

ގޭތެރޭގައި ކުޅެންއިން 3 އަހަރުގެ ނާއިކް ދުވެފައި އައިސް ބަދިގެއަށް ވަނުމުން ލިލީ ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު ކީއްވީތޯ އަހާލިއެވެ. “ބޮޑުބޭބޭ ފެނުނީމަ ބިރުގަތީނުން…” ބަދިގެއަށް ވަންނަމުން އިކާން ބުނެލުމާއެކު ލިލީއަށް ބަލާލެވުނެވެ. 2010 ވަނަ އަހަރުގައި ޗުއްޓީގައި ދިމާވިފަހުން އިކާން އެ ދިމާވީ އަދި ކިރިޔާއެވެ. ލިލީ ވީ އުފަލުން އިކާންއަ ދިމާއަށް ދިޔައެވެ.

“ކެން ލޯބީ… މައި ބްރަދަރ… މަންމާ.. އާދެބަލަ.. ބަލާބަ މިހިރަ މީހެއް.. ދަރިފު ދޭބަ ބައްޕިއާ ކާފައަށް ގޮވާލަން…” އިކާންގެ ގައިގަ ބައްދާލަމުން ނާއިކް ކައިރީ ލިލީ ބުނެލިއެވެ. ނާއިކް މަޑުމަޑުން ބަދިގެއިން ނުކުމެގެން ދިޔައިރަށް އިކާން އާއި ލިލީވެސް ސިޓިންގްރޫމަށް ނުކުތެވެ.

“ދަރިފުޅު.. ކީއްވެތަ ނާންނަނީ…؟” ނޫރާއަށް ފިރިހެން ދަރިފުޅު ފެނުމުން ފުރަތަމަވެސް ކޮށްލެވުނީ ޝަކުވާއެވެ.

“މި އައީނުން.. ބުނީމެއްނު އަންނާނަމޭ.. އެކަމަކު އެސޮރު ރައްޓެހި ނޫންވީމަދޯ..” އިކާން ނާއިކްއަށް އިޝާރާތްކޮށް ބުނެލިއިރު ޖިހާދާއި އަޙްތަރްއާ އެކު ނާއިކް އާދެއެވެ.

“އެހެންނުވާނީ.. ވިހައިގެން ގުޅިއިރުވެސް ހުރީ އޮޕަރޭޝަން ތިއޭޓަރުގަ… ވީޑިއޯ ކޯލެއްވެސް ކޮށްނުލާ…” ލިލީ އިކާންގެ ބޯ ހާވާލަމުން ބުނެލިއެވެ. “ބުނީމެއްނު ގޮވައިގެނޭ އަންނާނީ.. ފެނުނީތަ މިހާރު..” ލިލީ އިށީންނަމުން ސިއްރުން އިކާންގެ ކައިރީ ބުނެލިއެވެ.

“މިހާރަކު ނޫން.. ފަހުން..” ހީނލަމުން އިކާން ލިލީއަށް ބަލާލިއެވެ. އެ ހިނިތުންވުމުގެ މާނަ ވަރަށް ފުންކަމުގައި ލިލީއަށް ނަގައިގަނެވުނެވެ.

އިކާން އައުމުން ގޭތެރޭގެ ދިރުން އިތުރުވީހެން ހީވެއްޖެއެވެ. އަނެއްކޮޅުން ވިސާމާއަށްވެސް ޢަމާރާ ދެކޭހިތުން ހުރެވެނީއެއް ނޫނެވެ. ހުޔާގެ ކައިވެންޏަށް 1 ހަފްތާ އޮއްވައި މާލެ ދިއުމަށް ރަށުގައި އުޅޭ ތިން ދަރިން ހަމަޖެއްސީ ޢަމާރާއާވެސް އަވަހަށް ބައްދަލު ކުރުމުގެ ބޭނުމުގައެވެ.

ލިލީއަށް އިކާންއާ ވާހަކަ ދެއްކޭގޮތްވީ އެރޭގެ 8 ޖަހަނިކޮންނެވެ. މަންމަ ބަދިގޭގައި އުޅެނިކޮށް އިކާން ގޮވައިގެން ކާމޭޒުކައިރީ އިށީނދެ ލިލީ ސުވާލު ކޮށްލިއެވެ. “ދެން ކިޔާދީބަލަ… މިހާރު އެއްވެސް ވާހަކައެއް ޝެއަރއެއް ނުކުރޭ…” ހެވިފައި އަމިއްލަ ޙިޔާލުގެ ތެރެއަށް ގެއްލިފައި އިން އިކާންގެ އަތުގައި ޖަހާލަމުން ލިލީ ބުނެލިއެވެ.

“އައި ފައުންޑް ހާ… އޭނަވެސް އުޅެނީ ކެނެޑާގައި ކިޔަވަން… އެންޑް ގެސް ވަޓް.. އައިމް ހާރ ލެކްޗަރަރ..” މައުނަވީ ހިނިތުންވުމެއް އިކާންގެ ތުންފަތުގައި ވިއެވެ.

“ހޫމް ހޫމް… ކޮލެޖް ރޮމޭންސް… ޓީޗަރ އެންޑް ސްޓޫޑަންޓް…” އިކާންގެ ކޮނޑުގައި ޖަހާލަމުން ލިލީއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

“ކީކޭތަ ދަރިފުޅުމެން ތި ކިޔަނީ..؟” ކާގެއަށް ވަދެގެންއައި ޖިހާދު ބުނެލީ ލިލީ ބުނެލި އެތި އަޑުއިވިގެންނެވެ.

“މީ.. ބައްޕާ.. އެއީ ލޯބީގެ ސީރީޒްއެއް… ދޮންތަ ބަލާތީ އަހަރެންވެސް ބަލަންވެގެން…” އިކާން އަނގަ އޮޅެމުން ކަހަލަ ގޮތަކަށް ބުނެލިއިރު ލިލީ ހަމަ ހެނީއެވެ.

“އާން.. ތި ލޯބީގެ ސީރީޒް އުޅޭދެން މަންމައާއި ބައްޕަ ކައިރިއަށް އަނެއްކާވެސް ގެންނަން. ހެހެ..” އިކާންގެ ކޮނޑުގައި ލޯބިން ޖަހާލަމުން ޖިހާދުފެށީ ހޭންށެވެ. އަދި ނޫރާ ހޯދަން ބަދިގެއަށް ވަނެވެ.

“ބައްޕައަށް ސިއްރުނުވާނެ އެއް ކަމެއްވެސް..” އިކާން ބޯހޫރާލިއެވެ.

“ތެދެއް ތިބުނީ.. މަންމަވެސް އެހާ މޮޅުވާނެ.. ނާއިކްއަށް ޕްރެގްވީ އިރަށް މަންމަ ބުނެފި އެހެން.. އެކަމަކު އޭރުއަދި ދޮންއަށް ނޭނގެ..” ލިލީވެސް އިތުރުކޮށްލިއެވެ.

“ދޮން. ނެތޭ އިނދެވޭކަށް.. ދާންޖެހޭއެބަ…” އިކާން ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“ސީރީޒް ބަލަންދޯ…” ލިލީ ދިމާކޮށްލިއެވެ. އިކާން އަޑު ވީއްލާ ހޭންފެށީއެވެ.

ކާމޭޒު ކައިރީ އިކާން ނެތުމުން ޖިހާދު ގުޅާލިއެވެ. އިކާން މި ދަނީ ކަމުގައި ބުނެފައި އަވަހަށް ފޯނު ބާއްވައިފިއެވެ. އޭރު ޢަމާރާ ގޮވައިގެން އިކާން އިނީ އުސްފަސްގަނޑާ ހިސާބުގައެވެ.

“ލަވް.. ހިނގާ ގެއަށް..” ލޯގަނޑުން ބޭރުބަލަން އިން ޢަމާރާގެ އަތުގައި ހިފާލަމުން އިކާން ވާހަކަ ދެއްކިއެވެ.

“ތިއުޅެނީ އެކަނިވާން ވެގެން.. އޭރަށް އިނގޭ ވާނެގޮތް.. ނުދާނަން..” ޢަމާރާ ދޮރާ ކައިރިއަށް ޖެހިލަމުން ބުނެލިގޮތުން އިކާންގެ ގާތަށް ވަރަށް ހިނިއައެވެ.

“ސާބަހޭ ލަވް. ނޫޅެން އެކަނިވާކަށް… މާފްކުރޭ އެހެން އުޅެވުނީމަ. އެކަމް ލަވްވެސް ބައިވެރި ވީމެއްނު.. ދޮންތަ ވަރަށްކިޔާއެބަ ލަވް ގެންނަން.. ދޮންތަގެ ބޭބީވެސް ވަރަށް ލޯބި.. ބޯއީއެއް..” އިކާން މާފަށް އެދުމުން ޢަމާރާ ދާން އެއްބަސް ވިއެއް ކަމަކު އެއްވެސް ކަމެއް އެހާ އަވަސް އަރުވާލައިގެން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. “ހިނގާ އަވަހަށް ގޮއްސަ އަވަހަށް ގެއަށްވެސް ދާންޖެހޭނެ. އެހެން ނޫނީ ހުޔާގެ މަންމަ އަހަރެން ގޭގަ ބަންދު ކޮށްފާނެ…” ޢަމާރާ ހީނލިއެވެ. އެ ހުނުމުގައި އިކާންވެސް ބައިވެރިވެލިއެވެ.

ގޭގެ ޕޯޓިކޯގައި ކާރު ޕާކުކޮށްލުމަށްފަހު އިކާން އަވަހަށް ފައިބާ ޢަމާރާއިން ފަރާތުން ދޮރު ހުޅުވާލަމުން އަތް ދިއްކޮށްލުމާއެކު އެ އަތުގައި ޢަމާރާ ހިފިއެވެ. އެކަމަކު ގޭތެރެއަށް ވަނުމުގެ ކުރިން އިކާންގެ އަތުތެރެއިން އަތް ދަމައިގަތެވެ. ޢަމާރާގެ ފަރާތުން ފެންނަ އެކަހަލަ ކުދި ކުދި ކަންކަމަކީ އިކާންގެ ހިތް އިތުރަށް ޢަމާރާއަށް ލެނބިގެންދާ ކަމަކަށް ވަނީ ވެފައެވެ.

އިކާންގެ އިންތިޒާރުގައި ކާން ނުފަށާތިބީ އެންމެން ހައިރާންވީ ޢަމާރާ ގޮވައިގެން އިކާން އައުމުންނެވެ. ލިލީއަށް ތެދުވެވުމުގެ ކުރިން ނޫރާ އައިސް ޢަމާރާގެ ގައިގަ ބައްދާލާފައި “ދަރިފުޅާ” އޭ ބުނެ މުހާތަބުކުރިއެވެ. ޖިހާދުވެސް ޢަމާރާއަށް ގޮވާލީ ލޯތްބާއެކުއެވެ. އިކާންއަށް ޖެއްސުން ކޮށްލުމުގެ ގޮތުން ލިލީގެ ކައިރީ ޢަމާރާ ބައިންދަން އުޅުމުން އިކާން އެކަން ހުއްޓުވިއެވެ. އޭނާ ޢަމާރާ ގެނެސް ބޭންދީ އިކާންގެ ކައިރީގައެވެ. އެތަންފެނި ޖިހާދު ހޭންފެށިއެވެ.

“މިއީ ލޯބި ލޯބި ނާއިކް.. އެކަމް ބޮޑުބެއަކާ ރައްޓެއްސެއް ނޫން..” އިކާން ނާއިކް އުރާލަމުން ޢަމާރާއަށް ތައާރަފްކޮށްދީ ނުނިމެނީސް އިކާންގެ އަތުތެރެއިން ދެމިގަނެ ޢަމާރާގެ ގައިގާ ނާއިކް ބައްދާލިއެވެ. އަދި ކޮލަށް ދޮނެއް ދިނެވެ. އިކާންއަށް ތުންކޮޅު އޫކޮށްލެވުނެވެ. ތުއްތު ނާއިކްގެ ހުނުމުގެ އަޑު ކާގެ ތެރޭގައި ހަރުލާފައި ހުއްޓެވެ.

ކެއުމުގެ ތެރެއިން ޢަމާރާއަށް އަޙްތަރު ތައާރަފްކޮށްދިނީ ލިލީއެވެ. ކާމޭޒު ދޮށުގައި އެހެން ފަހަރުތަކަށްވުރެ ވާހަކަ ގިނަވިއެވެ. ޢަމާރާވެސް ޑޮކްޓަރުކަން ކިޔަވަނީ ކަމުގައި ބުނެލަމުން އިކާންއަކީ ޢަމާރާގެ ލެކްޗަރަރ ކަމުގައި ބުނެލިތަނާ ޖިހާދު ކޮށިއަރައިފިއެވެ. ވީގޮތް އެނގި ލިލީވެސް ހޭންފެށިއިރު އިކާންއިނީ ލަދުން އިސްދަށަށް ޖަހައިގެންނެވެ.

ލިލީގެ އަތުގައި ކޮއްޓާލަމުން ވީ ކީއްތޯ ޢަމާރާ އަހާލުމުން ގަޑިއެއްހާއިރު ކުރިން ވީ ކަންތަށް ހީ ހީފައި ލިލީ ކިޔައިދިނެވެ. އަޙްތަރުއާއި ނޫރާވެސް ހޭންފެށީމައި ޢަމާރާވެސް ގަތީ ލަދެވެ. ޢަމާރާ ނާއިކް އުރާލަމުން މޭޒުކައިރިން ތެދުވީ އެތާނގައި އިންނަން ނުކެރިގެންނެވެ. އޭނާގެ ފަހަތުން އިކާންވެސް ތެދުވިއެވެ. މަތީ ބެލްކަންޏަށް ޢަމާރާގޮސް ނުކުތުމުން އިކާންގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނާއިކްގެ ލޯބި ވާހަކަތަށް އަޑުއަހަން އިން ޢަމާރާ ބަލައިލީ މީހެއްގެ ހިލަމެއް ވެގެންނެވެ.

“މީ މައި ލަވް އަށް..” އަތުގައި އޮތް ބޮޑު ރަތް ފިނިފެންމާ ބޮނޑި ޢަމާރާއަށް ދިއްކޮށްލަމުން އިކާން ބުނެލިއެވެ. ޢަމާރާ އޭގައި ހިފަމުން ޝުކުރު އަދާކުރިއެވެ. ރަގުމަތީގައި އިން ނާއިކްގެ ބޮލާ ކުޅެލަމުން އިކާން ތިރީގައި އިށީނީ އެގޮތަށް އިނދެގެން ޢަމާރާގެ މޫނު ރީއްޗަށް ފެންނާނެތީއެވެ.

“މާރާ… އައި މިސްޑް ޔޫ…” ބެލްކަންޏަށް ނުކުތް ލިލީ އައިސް ޢަމާރާގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ. އިކާން ލޯއަޅާލީ އެވަގުތުކޮޅުވެސް އެކަނިވާން ނުލިބުނީމައެވެ.

“ދެން ދޮންތާ…”

“އުހުން.. ދެންވެސް ތިމީހުންދޯ ގިނަވަގުތު އެކުގަ އުޅޭނީ.. މިވަގުތު އަހަންނަށް…” ލިލީ ޢަމާރާގެ އަތުގައި ހިފައިގެން ބެލްކަނިން ނުކުންނަމުން ބުނެލިއެވެ. ނާއިކް އެކަނި އިނުމުން އިކާންއަށް ފަހަތުން ދާކަށް ނުކެރުނެވެ.

“ޓެލްމީ.. އެވްރީތިންގ…” ލިލީ ކޮޓަރިއަށް ވަންނަމުން އަޙްތަރު ނެރެފައި ޢަމާރާއާ ވާހަކަ ދެއްކިއެވެ. އިކާންގެ ދޮންތަ ކަމުން ޢަމާރާއަކަށް ހުރިހާ ވާހަކައެއް ކިޔައިދޭކަށް ނުކެރުނެވެ. އެހެން ވިޔަސް ލަދުންއިނދެ ދިމާވި ކަންކަމުގެ ބޮޑުބައި ލިލީއަށް ކިޔައިދިނެވެ.

“ވަޓް.. ޔޫ ގައިޒް ސްލެޕްޓް ޓުގެދަރ… ނެވަރ އެކްސްޕެކްޓެޑް ދެޓް ފްރޮމް ޔޫ މާރާ..” އެއް ކޮޓަރީގައި ނިދި ވާހަކަ ބުނުމުން ލިލީ ނެގީ އެހެން މާނައެކެވެ. އަވަސް އަވަހަށް ޢަމާރާ ކަންވީގޮތާއި އިކާން ކަންކުރިގޮތް އޮޅުން ފިލުވާދިނެވެ.

“ސާބަސް މާރާ.. އެއީ އަހަރެން ދިމާކޮށްލަން ބުނެލި އެއްޗެކޭ.. ޔޫ ޑޯންޓް ހޭވް ޓު އެކްސްޕްލެއިން އެނީތިންގ ޓު އެނީވަން…” ޢަމާރާގެ ބޮލުގައި ފިރުމާލަމުން ލިލީ ހީނލަމުން ބުނެލިއެވެ.

“ދޮނާ… ނުނިމޭތަ…” ބޭރުން އިވުނީ އިކާންގެ އަޑެވެ.

“މީވެސް ވަރުގަދަ މީހެކޭ… ނޯންނާނެ ވާހަކަ ދައްކާލެވެންވެސް.. ކައިވެނި ކުރެވުނީމަ ނޭނގެ ކޮޓަރިން ނެރޭނެކަމެއްވެސް..” ލިލީއަށް އެހެން ބުނެވުނުއިރަށް ޢަމާރާގެ މޫނު ރަތްވެލައިގެން ދިޔައެވެ. ލިލީއަށް އެއްޗެއް ބުނެވުމުގެ ކުރިން އިކާން ކޮޓަރިއަށް ވަދެއްޖެއެވެ. އިކާންއަށް ޢަމާރާގެ މޫނުމަތި ފެނިފައި ލިލީ ވާހަކަތަށް އެހީކަން އެނގުނެވެ.

“ހިނގާދާން…” އިކާން ޢަމާރާގެ އަތުގައި ހިފާލަމުން ކޮޅަށް ނެގިއެވެ. “އާރޔޫ އޯކޭ…” އިކާން ޢަމާރާގެ އަތުގައި ހިފާ ކައިރިކޮށްލިއެވެ. “ހޫމް…” އެކޭ ޢަމާރާ ބުނެލުމުން އިކާން ޢަމާރާގެ ނިތްކުރިއަށް ދޮނެއް ދިނެވެ. އަދި ދޮންތައަށް ބަލާލަމުން ހީނލާފައި ކޮޓަރިން ނުކުތީއެވެ.

“ދޮންތަ ކީކޭ ހީކުރާނީ..” ކޮޓަރިން ނުކުމެފައި އިކާން ކައިރީ ޢަމާރާ ބުނެލިއެވެ.

“ނުކުރާނެ.. ހީކުރާނީ އަހަރެން ހާދަ ލޯބިވާ ކުއްޖެކޭ މާރާ ތީ…” ޢަމާރާގެ ގައިގަ ޖެހިލަމުން އިކާން ބުނެލިއެވެ.

“ހިނގާބަލަ ދިއުމުގެ ކުރިން ނާއިކް ބޭނީ އުރާލަން… ދެން ނޭނގެއެއްނު އަނެއްކާ ދިމާވާނެ ދުވަހެއް.. އަހަރެން ވަރަށް ބިޒީވާނެ ދެން މި އޮތް ދުވަސްތަކުގައި..” ޢަމާރާ ހުއްޓިލަމުން ބުނެލިއެވެ.

ނާއިކް އުރައިގެން އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި 10 ޖަަހާ ދިޔަފަހުން އިކާންއާއި ޢަމާރާ ގޮސް ނޫރާއާއި ޖިހާދުއާ ބައްދަލުކުރިއެވެ. އަދި އެހެން ދުވަހަކުން އަންނާނެ ކަމަށް ވަޢުދުވެފައި ގެއަށްދާން ނުކުތީއެވެ. އިކާންއަށް ޖިހާދު އެންގީ ލަސްނުވެ ގެއަށް އަންނަންވާނެ ކަމުގައެވެ.

އެދެމެދުގައި އޮތް ގުޅުމަށް ދޭނެ ވަކި ނަމެއް ނޭނގިފައި އޮއްވާ ޢަމާރާއަށް އިކާން ހާއްސަވެގެން ދިޔައީ ވަރަށްވެސް އަވަހަށެވެ. ޢަމާރާގެ ހިތް ފަތަހަ ކުރުމުގައި އިކާންހަމަ މޮޅީއެވެ. އެހެން މީހެއްނަމަ އެކަން ނުވީހޭ ޢަމާރާގެ ހިތަށްވެސް އަރައެވެ. ހިނިތުން ވެވުނީ އިކާންއާއެކުވީ މަދު އެހެނަސް އަސަރުގަދަ ހަނދާންތަށް އާވެލުމުންނެވެ.

“ކިހިނެއްވީ..؟” ކާރު ގޭދޮށަށް މަޑުކޮށްލަމުން އިކާން ސުވާލުކޮށްލިއެވެ.

“އެއްޗެއް ހަނދާންވީ…”

“ކޯއްޗެއް..؟” ލާނެއް ހިންޏެއް އައިސްފައި އިނދެ އިކާން އަހާލިއެވެ. “ސާބަސް އެޔެއް ނޫން… ނާއިކް ބުނީ ދޮންބެ ދައްތަޔޯ މީ…”

“އެހެންތަ… ރެޑީތަ ދޮންބެ ދައްތައަށް ވާން..؟”

“ހޫމް.. އެކަމަކު އަދި ތިން އަހަރު ފަހުން.. ކިޔަވަން އުޅޭއިރު އައި ޑޯންޓް ވޯންޓް އެނީ ޑިސްޓްރެކްޝަން… ނައު އައި ނޯ ޔޫ ބެޓަރ..” އިކާން މާނަވީ ގޮތަކަށް ބަލާލީ ޢަމާރާ އެ ބުނި އެއްޗެއްގެ މާނަ އެނގުމުންނެވެ.

“ހެހެ.. ދެން އެހާވަރެއް ނުވާނެދޯ.. ކިޔަވަން ނުފޮނުވާ ކިހިނެއް ހުންނާނީ…؟” ޢަމާރާގެ އަތުގައި ހިފާލައިގެން އިނދެފައި އިކާން ބުނެލީ އެ އަތަށް ފިތާލަމުންނެވެ.

“ނޭނގެ އެ ކަމެއް… އެހެންވިޔަސް ހެޔޮ.. އިކާން އަހަރެން ބޭނުން ވަންޏާ އިންތިޒާރު ކުރަން ވާނެ… އަހަރެން ހުންނާނީ އިކާންއަށް ފެންނަ ހިސާބުގަ އެއްނު.. ހަމައެކަނި މިހެން ބައްދަލުދޯ ނުކުރެވޭނީ.. މިކަހަލަ ބައްދަލުވުންތަށް ނުބޭއްވުން ރަނގަޅުވާނީވެސް.. އިކާންއާއި އަހަރެންގެ ރެޕިއުޓޭޝަންވެސް މުހިއްމު.. އަދި އެހެން ނޫނަސް ވަކިން ދިމާވީމަ…” ޢަމާރާ ދެއްކީ މުޅިންވެސް ރަނގަޅު ވާހަކަތަކެވެ. އިކާންވެސް އެކަން ގަބޫލު ކުރެއެވެ. އެހެން ވިޔަސް ބައްދަލު ނުކޮށް ހުރުން ވާނީ އޭނާއަށް އުނދަގޫ ކަމަކަށެވެ.

“ވަކިން ދިމާވީމަ ކިހިނެއް ވަނީ…؟” ޢަމާރާގެ ދަތްދޮޅީގައި އަތް ޖައްސާލަމުން އިކާން އަހާލިއެވެ.

“ނޭނގޭކަމަށް ހަދާނެކަމެއް ނެތް އިނގޭ… އިނގެއެއްނު ވާ ކަންކަން.. އައި ޑޯންޓް ހޭވް ދި ފެއިތް އިން މައިސެލްފް އެނީމޯ…”

“ބިލީވްމީ.. އަހަރެން އެކަހަލަ ކަމެއް ދެން ވިޔަކަ ނުދޭނަން…”

“އެކަހަލަ ކަމެއް އިކާން ތި މާނަ ކުރަނީ ކޮންކަހަލަ ކަމަކަށް.. އަހަރެން ބޭނުމެއް ނޫން އެރޭ ހިނގިވަރު ކަމެއްވެސް ވާކަށް…” ދަތްދޮޅީގައި ޖައްސާފައި އިން އިކާންގެ އަތުގައި ހިފާލަމުން ޢަމާރާ އިކާންގެ މޫނަށް ބަލާލިއެވެ. ޔަގީންކަމެއް ނެތަސް އިކާން ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. އިތުރަށް ލަސްކުރުމެއްނެތި ޢަމާރާ ކާރުން ފޭބިއެވެ. އަތުން ހަނާ އަޅާލުމަށްފަހު އެތެރެއަށް ވަނީއެވެ.

ހުޔާ ހުރީ ޢަމާރާއަށް އިންތިޒާރުކޮށްގެންނެވެ. ގޭތެރޭގައި އިނދެފައި ޢަމާރާ ފެނުނުއިރަށް އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

“އަދިވެސް ނުބުނަމެއްނު.. ނޫނީ އަދިވެސް ޓައިމް ބޭނުންވަނީތަ ޔަގީން ކުރަން..؟” ޢަމާރާ ކިޔައިދޭނެ އިރެއްގެ އިންތިޒާރުގައި އަދި އެންމެ ދުވަހެއް ނުވިޔަސް ހުޔާ އިނީ ކެތްމަދުވެފައެވެ.

“އެބަ އަންނަން.. ނިދަން ރެޑީ ވެލައިގެން..” ފާހާނާއަށް ވަންނަމުން ޢަމާރާ ބުނެލިއެވެ.

އެރޭގެ ގިނަވަގުތު ޢަމާރާއާއި ހުޔާ ހޭދަކުރީ ވާހަކަދެއްކުމުގައެވެ. ކައިވެންޏަށް ނަގާފައިވާ ޗުއްޓީ ފެށޭ ދުވަހަކީ މާދަމާއަށް ވުމުން ހުޔާވެސް ބޭނުންވީ ޢަމާރާ ކިޔައިދޭނަމަ ހޭލާ އޮވެގެންވެސް ހުރިހާ ވާހަކައެއް އަޑުއަހާށެވެ. ތަފްސީލްކޮށް ނުދިން ނަމަވެސް ފްލައިޓްގައި ހިނގި ކަންތަށްވެސް ޢަމާރާ ކިޔައިދިނެވެ.

“ވަޓް.. ޔޫ ގައިޒް ކިސްޑް.. ފޯ ހައު ލޯންގް… އެންޑް އޯލްސޯ އިން މިޑް އެއަރ.. ހައު ރޮމޭންޓިކް.” މޭގައި އަތް އަޅާފައި އެނދުމައްޗަށް ވެއްޓި ގަންނަމުން ހުޔާ ބުނެލިއެވެ.

“ދެން ހުޔާާ.. ނޭނގެ މަށަކަށް ވީ ކިހާ އިރެއް ކަމެއް…” މޫނުގައި އަތް އަޅާލަމުން ޢަމާރާ ބުނެލި އެތިން ހުޔާ ކުޑަކޮށް ހަޅޭއްލަވާލިއެވެ. ޢަމާރާ އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ.

“ދެން ދެން.. ކިހިނެއްވީ.. ކިޔާބަލަ…؟” އަނެއްކާވެސް އެދުމަތިން ތެދުވަމުން ހުޔާ ބުނެލިއެވެ. “ދެން ނުވޭ އިތުރަކަށް ކަމެއް.. ފަހުން ދެން ނިދާފަ ހޭލެވުނީ ޖައްސަން ކައިރިވެފަ އޮއްވަ.. ކިރިޔާ ޗޭންޖްވެސް ކޮށްލެވުނީ.. ލަންކާއަށް ޖައްސައިފި.. އެކޮޅަށް ފޭބިއިރު ޗެކިންގ ނިމެނީ ހަމަ… ކިރިޔާ އޭ ބޯޑިންގ ވެވުނީވެސް.. އިނގެއެއްނު ލަންކާގަ ކަންކަން ހުންނަ ގޮތް.. ދެން މިކޮޅަށް އައިސްވެސް އަތުން ދޫކޮށެއް ނުލާ… އެކަމަކު އެރޭ ގޭގައި އެހި ފަހުން އަދި ރައްޓެހި ވާކަށް ނާހާ… ހީވާގޮތުން އިކާން ބޭނުންވަނީ އިންނަން.. އެކަމަކު ކުރިންވެސް ބުނިހެން ކިޔެވުމާއެކު އަހަރެންނަށް ފިރިއަކު ހޭންޑަލްއެއް ނުކުރެވޭނެ. އަދި އެވެސް އިކާން..” ހީނގަންނަމުން ޢަމާރާ ބުނެލުމާއެކު އެ ބުނި އެއްޗެއް ދޭހަވީ ފަދައަކުން އެއަށްވުރެ ބާރަށް ހުޔާ ހޭންފެށިއެވެ.

“އިނީމަ ދެން ފަސޭހަވާނީ.. އެކަމް ތީ މާރާގެ ލައިފް.. ގޮތް ނިންމާނީ މާރާ… އޭރަށް އޯކޭވާނެ..” ޢަމާރާގެ ކޮންމެ ނިންމުމަކަށްވެސް އެއްބައިވާން ހުރި މީހެއްކަން އަނގައިދެމުން ހުޔާ ބުނެލިއެވެ. ދެވެރީން ނިދަން އޮށޯތްއިރު 3 ޖަހަނީއެވެ.

ޢަމާރާއަށް ހޭލެވުނީ ފޯނު ރިންގުވާތީއެވެ. އޭރު ގަޑިން ފަތިހު 5 ޖަހައިފިއެވެ. “ލަވް.. ނަމާދުކުރަންވެސް ނުހޭލަން…” ފޯނު ނެގުމާއެކު ކަންފަތުގައި ޖެހުނީ އިކާންގެ ފިރިހެން ވަންތަ ބަރު އަޑެވެ. އަވަސް އަވަހަށް ފޯނު ކަނޑާލުމަށްފަހު ފާހާނައަށް ވަނީ ހުޔާ ކޮޅަށް ޖަހާފައެވެ. ނަމާދުކޮށް އަވަދިވެގެން އިކާންއަށް ގުޅާލިއިރަށް ފުރަތަމަ ރިންގާއިއެކު ފޯނު ނަގައިފިއެވެ.

“ބަސްއަހާ ކުއްޖެއް.. އެކަމަކު ކީއްވެ ނުހޭލީ.. ނަސީބެއްނު އަހަރެންނަށް ގުޅުނުކަން..” އިކާން ވާހަކަ ދެއްކިއިރު ނިދި އައިސްފައި އޮތްކަން އަޑުން އެނގެއެވެ.

“ރޭގަ ނިދުނީ…”

“ތިދެމީހުންގެ ލަވް ސްޓޯރީ ކިޔައިދިނީ އަހަންނަށް.. ދި ސްޓޯރީ އެބައުޓް މިޑް އެއަރ ކިސް…” ޢަމާރާ ވާހަކަ ދައްކަނިކޮށް ފޯނު އަތުލާފައި ހުޔާ ބުނެލިއެވެ. ޢަމާރާ ލަދުގަތީ އެވާހަކަ ހުޔާއަށް އިކާންގެ ކައިރީ ބުނަން ކެރުމުންނެވެ. “ސާބަސް ހުޔާ.. ނިދާބަލަ.” ފޯން އަތުލަމުން ޢަމާރާ ބުނެލިއެވެ. ކަންފަތުގައި ފޯން ޖަހާލިއިރު އިކާންގެ ބަރު އަޑުން ހީނލިއަޑު އިވުނެވެ.

“އިކާން.. ސޮރީ.. އަހަރެން..” ޢަމާރާ ފެށި ވާހަކަ ހުއްޓުވާލީ އިކާންއެވެ. “އޯކޭ ވާނެ.. އިޓްސް ނޮޓް ލައިކް ޔޫ އަރ ޓެލިންގް އިޓް ޓު އެވްރިވަން… އަނެއްކާ ދޮނާ ކައިރީ ބުނިންތަ؟” ލިލީގެ ކޮޓަރިއަށް ވަންއިރު ޢަމާރާ ލަދުން އިން ގޮތް ހިތަށް އަރާފައި އިކާން އަހާލިއެވެ.

“އުހޫން.. ނުބުނަން.”

“ދެން ކީއްވެ އެހާ ލަދުން އިނީ…؟؟”

“އެ ދޮނާ ބުނި އެއްޗަކުން..” ޢަމާރާގެ ޖަވާބުވެސް ވަރަށް ކުރެވެ. “ކީކޭ ބުނީ..؟” އިކާންވެސް ވަގުތުން ސުވާލުކޮށްލިއެވެ. ޢަމާރާ މަސައްކަތްކުރީ ނުބުނެވޭތޯއެވެ. އެހެން ވިޔަސް އިކާން ކިޔާވަރުން ލިލީ ބުނިއެތި ޢަމާރާ ބުނެލިއެވެ.

“ދޮނާއަށް އަހަރެން އެނގޭނެ ވަރަށް ބޮޑަށް… އެހެންވެ އެހެން ބުނަން އެ ކެރުނީ.. އެއީ ތެދެއް.. ނުނެރޭނަން ރޫމުންވެސް…” އިކާން ލާނެއްވެލިއެވެ.

“އިކާން… އައިމް ނޮޓް ޔުއަރ ގާލްފްރެންޑް.. ނޮޓް ޔުއަރ ވައިފް އީދަރ.. ސްޓޮޕް ޓޯކިންގ އެބައުޓް ދޯސް ތިންގްސް…” ޢަމާރާ މަޑުމަޑުން ބުނެލިއެވެ.

“ދެން ބީ މައި ގާލް.. އަހަރެން ހީކުރީ ނޭހިޔަސް ތީ އަހަރެންގެ ގާލް ކަމަށް މިހާރު.. އާފްޓަރ އެވްރީތިން ދެޓް ހެޕެންޑް…” މާޔޫސްވެފައި އިކާން ވާހަކަދެއްކުމުން ޢަމާރާ ދެރަވިއެވެ.

“އޯކޭ.. އަހަރެން ބޭނުންވީ ޔަގީންކުރަން.. މިހާރު ޔަގީން ވެއްޖެ…”

“ކޯޗެއް..؟”

“އެއީ ކެން ކުރި ސަމާސާއެއްތޯ ނޫނީ ހަމަ ހަގީގަތުގައިވެސް އަހަރެން ބޭނުންވާތީ ވީ ކަމެއްތޯ..”

“ކަމޯން ޢަމާރާ.. އަހަރެން އެ ލައިފް ދޫކޮށްލިތާ ކޮން ޒަމާނެއް. ދި ނައިޓް އައި ފަސްޓް ސޯ ޔޫ.. އަހަރެން ކުރީގެ އިކާން މި ހަށިގަނޑުން ނެރެ އެއްލާލައިފިން… މިހާރުވެސް އަންހެން ކުދިން ނުވަނީއެއްނޫން.. މާރާ ނޫން ކުއްޖެއް ބޭނުންނެތީ.. އެއީ މަޖަލަކަށް ކުރާނެ ކަމެއް ނަމަ އެރޭ ގޭގައިވެސް އަހަރެން ބޭނުންކަމެއް ކުރީހެއްނު… ފްލައިޓްގަވީ ކަމެއް އެ ވީ ދެމީހުންވެސް ބޭނުންވެގެން. އެކަމަކު އަހަރެން އެއަށްފަހު އަމިއްލަ ނަފްސަށް ވަޢުދުވިން ދެން އެހެން ނުވާނެ ކަމުގައި.. އެހެންވެ އިންނަން ބުނީވެސް.. އެކަމަކު މާރާ ބޭނުންވަނީ މަޑުކުރަން ކަމުގައި ވީމަ އަހަރެންވެސް ކެތްތެރިވާނަން… އެއީވެސް ހަމަ ލޯބިވާތީ….” އިކާން އަސަރާއެކު ބުނެލިއެވެ.

“އަހަރެންގެ ލައިފަށް އައިއްސި ވަރަށް ގިނަ އަންހެން ކުދިން. އެކަމަކު އެއްވެސް ކުއްޖެއް ދެކެ އަހަރެންނަށް ލޯތްބެއް ނުވެވޭ. އަހަންނަށް އެނގޭ އަހަރެންމީ މާރާގެ ފަސްޓް ކަން. ހުރިހާ ގޮތަކުން ވެސް…. ފޯ ދެޓް. އައިމް ވެރީމަޗް ގްލޭޑް…” އިކާން ދައްކަމުންދިޔަ ވާހަކަ ޢަމާރާ ހުއްޓުވާލިއެވެ.

“ދެން އޯކޭ.. އަހަރެން އިތުރަށް އެނގޭކަށް ބޭނުމެއް ނޫން.. އައި ބިލީވް ދެޓް ޔޫ ލަވްމީ… ހިނގާ ނިދަން.. އަހަރެން އަދި ނިދާލަން ބޭނުން…” ޢަމާރާ ބުނެލުމާއެކު އިކާން އެއްބަސްވެލިއެވެ.

ހެނދުނުގެ ނާސްތާގައި ހުޔާއާއި ޢަމާރާ ބައިވެރި ނުވުމުން ދަންވަންދެން ހޭލާ ތިބީކަމަށް ސީމާ ނިންމިއެވެ. އެއީ ކުރިން ޢަމާރާ އައި ފަހަރުގައިވެސް ކަން ވީގޮތެވެ. މެންދުރު ނަމާދު ބަންގި ގޮވިއިރަށް ސީމާ ހުޔާގެ ކޮޓަރިއަށް ވަނެވެ. ހުޔާއަށް ގޮވާ ނެގުމަށްފަހު ޢަމާރާވެސް ހޭލެއްވިއެވެ.

“ތެދުވޭ ދެން.. މިހާރު ހުންނާނީ ނިދިފައި.. ފެންވަރާ ނަމާދުކޮށްގެން ކާން އާދޭ. އަސުރުކުރިން އެބަޖެހޭ ހެދުމުގެ މިން ނަގަން ދާން…” ސީމާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ދެމީހުން ފެންވަރާ ނަމާދުކޮށްގެ ނުކުމެވުންއިރު 1 ޖަހައިފިއެވެ. އަވަސް އަވަހަށް ކައިގެން ސީމާއާއި އެކު ދިޔައީ ހެދުންތަށް ފަހައިދޭ މީހާ ކައިރިއަށެވެ. އެތަނުން ފަހާނީ ރަންކިޔާ ދުވަހުގެ ހެދުމާއި ކައިވެނިކުރާ ދުވަހު ހުޔާނޫން ހުރިހާ އަންހެން ކުދިން ލާން ހަމަޖެހިފައިވާ ހެދުމެވެ. އެހެން އެންމެންގެ ހެދުމުގެ ޑިޒައިން އެއް ގޮތަށް ހުއްޓަސް ޢަމާރާގެ ހެދުން ތަފާތެވެ. އެއީ ހުޔާގެ މެއިޑް އޮފް އޯނަރއަށް ވީމައެވެ.

އަންހެން ކުދިންގެ ކަންކަން ފިޔަވާ އެހެން ހުރިހާ ކަމެއްގައި ބައިވެރިވުމަށް އިކާންވެސް އެގެއަށް އާދެއެވެ. ޢަމާރާގެ އާއިލާ މާލެއައި ހަބަރު ލިބިގެން މަޑުން ނުހުރެވުނީ އިކާން އަށެވެ. ބައްދަލުކޮށްދޭން އެދެން ފެށުމުން ކައިވެނި ޕާޓީގައި އެކަން ކުރާނެކަމަށް ޢަމާރާ ބުންޏެވެ. އެހިސާބުން ޢަމާރާވެސް މަންމަމެން ކައިރިއަށް ބަދަލުވިއެވެ.

ހުޔާގެ ބްރައިޑްސް މެއިޑް ބާއްވާފައި އައިސް އެގެއަށް ވަންއިރު އިކާންއާއި ފަހުދު އަދި ހާނިމްވެސް އުޅެއެވެ. ޢަމާރާގެ ދެ ދައްތަ އަމީނާ އާއި އާޝިޔާ އަދި ދޮންބެ ދައްތަ ވެސް ޢަމާރާއާ އެކު ހުއްޓެވެ. “ލޯބީ”އޭ ގޮވާލަން އުޅެފައި އިކާންއަށް މަޑުޖެހިލެވުނީ ހަމަ ކިރިޔާއެވެ. ހުޔާގެ ކޮޓަރީގައި ދޮންތައާއި ތިއްތަ އަދި ދޮންބެދައްތަ މަޑުކުރުމުން ޢަމާރާ ބޭރަށް ނުކުތީ އިކާންއާ ބައްދަލުކޮށްލުމަށެވެ.

ފެންބޮވައި ގަނެގެން ނުކުތް އަމީނާއަށް އިކާންއާއި ޢަމާރާ ކާމޭޒު ދޮށުގައި ތިއްބާ ފެނުނެވެ. ޢަމާރާގެ އަތްތިލަ އިކާންގެ އަތުތެރޭގައި އޮތްއިރު ދެމީހުންވެސް ތިބީ އަތަށް ބަލަހައްޓައިގެން އަނގައިން ނުބުނެއެވެ. އިކާންއަށް އަމީނާ ފެނުމާއެކު އަވަހަށް ޢަމާރާގެ އަތުން ދޫކޮށްލި ނަމަވެސް ތެދުވެގެން ދާކަށް ނޫޅުނެވެ.

“ކޮން އިރަކުން މަންމަ ކައިރީ ބުނަނީ؟” އަމީނާ އައިސް ހުއްޓިލަމުން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ޕާޓީ އޮންނަ ދުވަހުން ބުނަން މި ތިބެނީ… ދޮންތަ ނުބުނައްޗޭ ޕްލީޒް..” ގޮނޑިން ތެދުވެފައި އަމީނާގެ އަތުގައި ހިފާލަމުން ޢަމާރާ އެދުނެވެ. އަމީނާ އެއްބަސްވިއެވެ. އިކާންވެސް ޝުކުރު އަދާކުރުމަށްފަހު ދިޔައީ ގެއަށެވެ.

ހުޔާގެ އެދުމުގެ މަތިން ޢަމާރާއާއި މޭކަޕް އާޓިސްޓް ފިޔަވައި އެކަކުވެސް ހުޔާ ތައްޔާރުވަމުންދިޔަ ކޮޓަރިއަކަށް ނުވަދެއެވެ. އުނަގަނޑާ ހަމައިން ގަޔަށް ހިފާލާފައި ތިރިއަށް ދޫކޮށް ހުރި ހުދުކުލައިގެ ކައިވެނި ހެދުމުގައި ހުޔާ ހުރިއިރު ހެދުމާ ގުޅޭނެގޮތަށް ހުރީ ހަމަ އެފޮތީގެ ޝޯލްއެއް އަޅާފައެވެ. ހުޔާ ގޮވައިގެން ޢަމާރާ އައިއިރު އެންމެންވެސް ފުރަތަމަ ހީކުރީ ކައިވެނި ކޮށްދޭ ވަގުތު ބޯ ނިވާކުރުމަށް ކޮށްފައިހުރި ކަމެއް ކަމަށެވެ. ނަމަވެސް ކައިރިން ފެނުމުން ޝޯލްގެ ދަށުން އަޅާފައިވާ ކުޑަ ބުރުގާއާއި ޝޯލައަޅާފައި އިންގޮތް ފެނުމުން ހުޔާ ބުރުގާ އެޅީކަން އެންމެންނަށް ޔަގީންވިއެވެ.

“މާޝާﷲ.. ހާދަ ރީއްޗޭ.. އައި ލަވް ދި ސަޕްރައިޒް…” ފަހުދު ކައިރީ ގޮނޑީގައި އިށީނުމުން ހުޔާއަށް ތައުރީފު ކޮށްލިއެވެ. ސަޕްރައިޒްއެއް ލިބޭނެ ކަމުގައި ހުޔާ ބުނި ނަމަވެސް މިވަރު ސަޕްރައިޒްއެއް ކަމަކަށް ފަހުދުވެސް ހިއެއް ނުކުރެއެވެ. ހުޔާގެ މަންމައާއި ބައްޕަވެސް އަދި އާއިލާ އެންމެންވެސް ތިބީ ހުޔާގެ މި ނިންމުމާމެދު ވަރަށް ހިތްހަމަ ޖެހިފައެވެ.

ހުޔާ ގޮވައިގެން ޢަމާރާ ފައިބާތަން ފެނުނީއްސުރެ އިކާންގެ ނަޒަރު އެހެން ދިމާލަކަށް ނުދެއެވެ. ލާފައި ހުރީ ގަޔަށް ހެޔޮވަރަށް ފަހާފައި އުނަގަނޑު ދެ އަރިމަތިން ރުލެއް ނަގައިފައި ހެދުމުގެ މޭމަތިން ފެށިގެން ފަހަތަށްގޮސް ދެފަރާތުން ވެއްޓިފައި އޮންނަކަހަލަ ފޮތިކޮޅެއް އަޅާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ދިގު ހެދުމެކެވެ. އެހެން ފަހަރުތަކާ ހިލާފަށް މިރޭ ޢަމާރާ ހުރީ ޝޯލްވެސް ކުރުކޮށް އަޅާފައެވެ. ހަށިގަނޑު އެނގޭނެހެން ޢަމާރާ ހެދުމެއްލީ އަލަށްހެން އުޅޭގޮތުން ހީވެއެވެ. ހިނިތުން ވެލައިގެން އިކާން ބަލަންހުރީ ޢަމާރާގެ މަންމަމެން ފެންނަ ހިސާބުގައި ތިބުމުން ކައިރިވާން ނުކެރޭނެތީއެވެ.

ކައިވެނީގެ މަޖިލިސް ފެށުނުއިރަށް ޢަމާރާގެ ނަޒަރު އިކާން ހޯދަންފެށިއެވެ. މޭޒާއި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި އިކާން ފެނުމުން އެދިމާއަށް ހިނގައިގަތެވެ. ކަޅު ކުލައިގެ ފަޓުލޫނަކާއިއެކު ހުދު ގަމީހެއްލައި ދަށަށް ޖަހާލާފައި ހުރިއިރު ފުރިހަމަކަން އިތުރުވަނީ އަޅާފައިހުރި ނަމްބަރު އައިނުގެ ސަބަބުންނެވެ.

“ކެން…” އިކާންގެ ކައިރިއަށް ހުއްޓިލަމުން ޢަމާރާ ގޮވާލަމުން ހިނިތުންވެލިއެވެ.

“ކީއްތިކުރަނީ؟ އެތިބީ މަންމަމެން..” އިކާންގެ އަތުގައި ޢަމާރާ ހިފާލުމުން ސިހިފައި ބުނެލެވުނެވެ.

“މިއުޅެނީ މަންމަ ކައިރިއަށް ގެންދަންވެގެންނޭ…” ޢަމާރާ ބުނެލިއެވެ. އެ ދެލޮލުގައި ތަފާތު ވިދުމެއް ވާފަދައެވެ. ޢަމާރާ ކުރަނީ ސަމާސާއެއް ނޫންކަން އިކާންއަށް އެ ލޮލުން ނަގައިގަނެވުނެވެ. އިކާންގެ އަތުގައި ހިފާލައިގެން ޢަމާރާ ދިޔައިރު މޭޒުދޮށުގައި ކައިވެނީގެ މަޖިލިސް ފެށެނީއެވެ. މަންމައާއި އެއްބަނޑު ކުދިންނަށް ފެންނަ ހިސާބުގައި އިކާން ގޮވައިގެން ޢަމާރާ މަޑުކޮށްލީ ކައިވެނި ކޮށްދީ ނިމުމުން އެމީހުންގެ ގާތަށް ދާށެވެ. ޢަމާރާއާއި އިކާން ފެނިފައި އަމީނާއަށް ހިނިތުންވެ ލެވުނެވެ. އަދި މަންމައަށް އެ މަންޒަރު ދައްކާލިއެވެ. ވިސާމާހުރީ ހައިރާންވެފައެވެ.

ކައިވެނިކޮށްދީ ނިމުމުން ޢަމާރާއާއި އިކާން ގެ އެހީތެރިކަމުގައި ފަހުދުއާއި ހުޔާ ގެންގޮސް އެމީހުން ތިބުމަށް ހަމަޖެހިފައިވާ ތާނގައި ބެއިތިއްބިއެވެ. އަދި ހުޔާގެ ކަންފަތް ކައިރީ ޢަމާރާ ސިއްރެއް ބުންޏެވެ.

“ސީރިއަސްލީ؟” ހުޔާއަށް ޤަބޫލު ނުކުރެވިގެން ބުނެލެވުނެވެ.

“އާން.. ދެން ލަސްކުރުމެއް ނެތެއްނު…” ހިނިތުން ވުމަކާއެކު ހުޔާގެ ގައިގަ ބައްދާލަމުން ޢަމާރާ ބުނެލިއެވެ.

ޢަމާރާއާއި އިކާން މަޑުކޮށްލައިގެން ތިބީ މަންމަމެން ހުޔާގެ ދެމަފިރިންނާ ބައްދަލުކޮށްފައި އަންނަންދެންނެވެ.

“އައިމް ސްކެއަރޑް…” އިކާން އިސްޖަހާލަމުން ބުނެލިއެވެ. ހަގީގަތުގައިވެސް ޢަމާރާގެ އާއިލާއާއި ބައްދަލުކުރަން ވުމުން މިހާރު އިކާން އެ ހުރީ ޖެހިލުންވެފައެވެ.

” ވިސްނާލާ އަހަރެން ޖެހިލުންވާނެ ވަރު..” ޢަމާރާ ހީނލަމުން ބުނެލިއެވެ. ކެނެޑާއިން އައިސް އިކާންގެ ގެއަށް ގެންދިޔަރޭ ޢަމާރާވެސް ހުރީ އެފަދަ ހާލެއްގައެވެ. އެވަގުތު އިކާންގެ މަޑު ހުނުމުގެ އަޑު ޢަމާރާއަށް އިވުނެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 08

Next

ދަތުރު-15

Next
December 22, 2025

ދަތުރު-15

Previews
December 22, 2025

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 08

2 Comments!

  1. 💙🦋💙 says:
    December 22, 2025 at 3:47 pm

    Alheyyy vrh vrh reethi …..
    You are so talented…
    Hafthaa adu 3 dhuvahu nugenes dheveyne tha??
    I can’t wait

    1. ފަޒޫ says:
      December 22, 2025 at 4:04 pm

      Thankyou dear. 🫶🏻Mi vaahaka ves ehaa dhigu noon v ma, hafthaa ehgga 2 dhuvahu gennany mi.

Comments are closed.



All Right Reserved!