Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
4 ވާރޭގެ ތެރެއިން
ލޯބި

ވާރޭގެ ތެރެއިން 4

shynyx inax
shynyx inax Level 2100 Comments10 Stories100 Login
November 3, 2025 2 Mins Read
5 Comments

“ނިކަން އަވަހަށް އަހަރުމެން ހަނދުވަރުގެއަށް ގެންގޮސްދީ..” ރުޅި އައުމުގެ ސަބަބުން ލަމްހާމެން އަޑު ވެސް ތުރުތުރު އަޅައެވެ. ޒައިދް ލޯގަނޑުން ފަހަތުގައި  ތިބި ލަމްހާމެންނަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ހީވީ ތަރަތަރަޖަހައިގެންދިޔަހެނެވެ.

“އަދި މަގުތަކަށް ވަރަށް އާވާނެ. މަގު ބުނެލަދީ..”  ޒައިދް އެއިން ގޮތަށް ލޯގަނޑުން ލޫނާގެ މޫނަށް ބަލައިލަމުން ބުންޏެވެ.

“ލިންކް ރޯޑް…” ޖަވާބުދިިނީ ލޫނާއެވެ. ހިނިތުންވެލަމުން ޒައިދް ކާރުދުއްވާލިއެވެ. ކޮން މަގެއްހޭ އޭނާ އެހީ އެ ގެ ނޭންގޭތީއެއް ނޫނެވެ. “ހަނދުވަރު” ގެ އަކީ އެރަށުގެ އެންމެންނަށް ވެސް އިނގޭ ގެއެކެވެ. ނޭންގޭ މީހަކުނެތޭ ބުންޏަސް ހަމަގައިމުވެސް ދޮގަކަށް ނުވާނެއެވެ. އެ ގޭގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެގެއަކީ ލޫނާ ދޮންބައްޕަގެ މުނިމާމަގެ ގެއެކެވެ. ލޫނާ ދޮންބައްޕަގެ މުނިމާމަ އަކީ މުޅި އަތޮޅުވެސް ފަންޑިތައާއި ސިހުރުހާހޫރައަށް ނަން މަޝްހޫރު މީހެކެވެ.

އެގެއިން ފާޑު ފާޑުގެ އެއްޗިހި ފެންނަ ވާހަކައާއި އެ މުނިމާމަ މަރުވި ގޮތުގެ ވާހަކަ އަޑު އަހައިފި މީހަކަށް އެރޭ ލޮލުފިޔައެއް ނުޖެހޭނެއެވެ.

ޒައިދްގެ މަޤުޞަދަކަށްވީ ލޫނާ ލައްވާ ވާހަކަ ދެއްކުމުވެ. ލޫނާގެ މިލްކުގައިވާ ސިފައިގެ ހިތްގައިމުކަމާ އެއްވަރުގެ ޖަޒުބާތީ އަޑެއް ލިބިފައިވޭތޯއެވެ. އެ އަޑުވެސް ރީއްޗެވެ. ޒައިދް އަށް ހީވީ އޭނާގެ ހިތުގެ އެންމެ ހިމަ ނާރުގައި ލޫނާ ކުޅެލީހެންނެވެ. އޭރު ތުނިކޮށް  ވާރޭވެހެން ފަށައިފިއެވެ. ފަހަތުސީޓްގައި އިން ލޫނާއަށް ޒައިދް ލޯގަނޑުން ބަލަމުން މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ ކުރު މަގުތައް ވީހާވެސް ދިގު ކުރަމުންނެވެ.

“ޑުރައިވަރު…..  އަލަށްތަކާރަކަށް އަރައިގެން ތިއުޅެނީ. ލިންކް ރޯޑްވެސް ނުދަންނަންދޯ” މަގުތައް ދިގުވެ ދަތުރު ލަސްވާގޮތް ހީވުމާއި ލަމްހާއަށް ހިމޭނަކުން ނީންދެވުނެވެ.

“ކާރަކަށް އަލެއް ނޫން. އެކަމަކު ޓެކްސީ މިކުރަނީއަލަށް.” ޒައިދް ހިނިތުންވެލަމުން ބަލައިލީ ލޫނާގެ މޫނަށެވެ. އޭރު ލޫނާއަށްވެސް އިނދެވުނީ ޒައިދްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

ލަމްހާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. ނަމަވެސް ލޫނާ އެއާ ޙިލާފެވެ. ލޫނާގެ ހިތް އެދެނީ ދަތުރު ވީހާވެސް ދިގުވުމަށްށެވެ. އެހާ އަވަހަށް އެ ޒުވާނާ ލޯމަތިން ގެއްލުމަކަށް އޭނާގެ ހިތެއްނޭދެއެވެ. ނޫނެކެވެ! އޭނާ އެކަންޏެވެ ނޫނެވެ. އެއީ ޒައިދް ފެންނަ ކޮންމެ މީހެއްގެ ވެސް ހާލަތެވެ. އެއްވެސް އިޙުސާސެއްނުވާ ލަމްހާ އެދެމުން ދަނީ ދަތުރު އަވަސް ވުމަށެވެ. ޔަޤީނެވެ. ފަހަތުސީޓްގައި އިންގޮތުން އޭނާއަކަށް ރަނގަޅަކަށް އެ ޒުވާނާ އެއް ނުފެނެއެވެ. ޙަޤީޤަތުގައިވީވެސް އެހެނެވެ. އެއްވެސް ވަރަކަށް ލަމްހާއަކަށް ޒައިދް ގެ މޫނެއް ނުފެނެއެވެ.

ގޭ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު، ލަމްހާ ފަންސާސް ރުފިޔާ ގެ ނޫޓެއް ދިއްކޮށްލިއެވެ.

“މިއީ ހިލޭ ދަތުރުކުރާ ޓެކްސީއެއް.” ލަމްހާ އަށް ޒައިދް ގެ މޫނު ފެނުނީ އެވަގުތެވެ. ހަމައެއާއެކު، ލަމްހާމެން ޙަރަކާތްތައް ހުއްޓުނުކަހަލައެވެ.

“ތޭންކްސް….” ލަމްހާ ޝުކުރުއަދާކުރަމުން ކާރުން ފޭބިއެވެ. ލޫނާ ވެސް ގެއަށް ވަންނަން ހިނގައިގަތެވެ.

އަތްދަބަހާއި ފޯނު މަތިން އޭނާ ހަނދާންވީ، ގެއަށް އައިސް ރައްޓެއްސަކަށް ގުޅަން އުޅެނިކޮށްށެވެ. “މަންމާ….. އަހަރެންގެ ފޯނާ އަތްދަބަސް ނުދެކެންތަ.? އަނެއްކާ ކާރުތެރޭ ބާއްވާފައި އާދެވުނީކީ ނޫންބާ?  ލޫނާ މަންމަ ގާތު އެހުމަށްފަހު އަމިއްލަ ހިތާވެސް ސުވާލުކޮށްލިއެވެ..

(ނުނިމޭ)

Share Article

shynyx inax
Follow Me Written By

shynyx inax

Level 2100 Comments10 Stories100 Login

My soul writes in silence࣪ ִֶָ☾𖤓 .where words turn into stories only the heart can hear ₊˚⊹♡ . In the quiet, feelings bloom like fragile petals ❀, each tale a gentle breath of hope, pain, and dreams unspoken. Between shadows and light, I find the truth of who I am—a storyteller of whispers, weaving soul and silence into every line.....

Other Articles

Previous

ހިތުގެ ރިހުން (41)

Next

ދެވުނީ ވޭނޭ 11

Next
November 3, 2025

ދެވުނީ ވޭނޭ 11

Previews
November 2, 2025

ހިތުގެ ރިހުން (41)

5 Comments!

  1. Nah says:
    November 4, 2025 at 6:48 pm

    Love your stories dude
    Keep It up

  2. shynyx inax shynyx inax says:
    November 5, 2025 at 6:12 am

    Thank you nah❤️✨

  3. Mishyy says:
    November 7, 2025 at 9:27 pm

    Vrh reethi ❤️

  4. Kiyaaanu says:
    November 11, 2025 at 7:53 pm

    vrh vrh vrh vrh reethi ur story…. looking forward for the next part.. my fav author <3

    1. shynyx inax shynyx inax says:
      November 11, 2025 at 8:21 pm

      Thank you✨

Comments are closed.



All Right Reserved!