މިއަދު އެކަކުވެސް އަހަންނަށް އިޚުތިރާމެއް ނުކުރާނެއެވެ. ފުރަތަމަވެސް އަހަރެންގެ ހިތަށް ވެން ޖުމްލައަކީ އެއީއެވެ. އެކަން އެނގުމަށްފަހުއެވެ. އާއެކެވެ. އަހަންނަކީ ކުށްވެރިއެކެވެ. ފާފަކުރަމުންދާ ޒުވާން ޖިންސުންލަތީކެވެ. މިއަދު އަހަރެން މީނީ ހާލުގައި ޖެހިފައެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތިފައެވެ.
މައިންބަފައިން ދޫކޮށްލީ ހުދު އަހަންނެވެ. މިއަދު އެކަމާވެސް ހިތާމަކުރަން ޖެހިއްޖެއެވެ. އަނެއްކޮޅުން އަހަރެން މީނީ ބަލިވެއެވެ. ދަރިއަކު ލިބެނީއެވެ. މިދަރިއަށްވެސް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
ބާރުބާރަށް އަހަންނަށް ރޮއެ ގަނެވިއްޖެއެވެ. މާޒީގެ ސޮފްހާތަށް ލޯކުރިމަތިން ސިފެދާން ފެށުމުންނެވެ. ކުރެވުނު ފާފަތަށް ދެ އަތާއި ދެފައިން ނުގުނެވޭނެއެވެ. އެއީ ޔަޤީންކަމެކެވެ.
ހަމްޒަތު އާއި ނިފާޒްގެ ލޯބީގެ ޗަމަންގައި މަލަކަށްފަހު މަލެއް މޯޅިވަމުން ދިޔައެވެ. އެ ޗަމަންއަށް އާރޯކަމެއް ގެނެސްދިނީ އިޒްނިފާއެވެ. އެ މީހުންގެ ނަމުން ނަމަ ނިފާއެވެ.
ނިފާ ބަލަމުން އެދެމަފިރިން ދިޔައީ ފިނިފެންމަލުގެ ދާނެއްގައެވެ. ބުނިއްޔާ ބުނިހާ ކަމެއް ކޮށްދީގެންނެވެ. އެހެންކަމުން ނިފާވެސް މަންމަމެން އެދޭ ފަދަ ދަރިއަކަށް ވުމަށް ކަމަރުބަދެލީއެވެ.
ރާއްޖޭގެ ޤައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނަ ލިބުމުން ރަށު ސުކޫލުންވެސް އެއްވަނަ ލިބުނެވެ. ބޭރަށް ކިޔަވަން ދިއުމުގެެ ފުރުސަތުތައް ނިފާއަށް ލިބުނެވެ.
މަންމަ އެކަނިކުރަން ނިފާ ހުރީ އިންތިހާ ދެރަވެފައެވެ. މޮޅު ޑޮކުޓަރަކަށް ވާން އަބަދުވެސް ނިފާއާއި އޭނާގެ މައިންބަފައިންވެސް ނުހަނު އެދެއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން ” އެމެރިކާ”އަށް ދިޔައީ މަންމަ އާއި ބައްޕަ ފަޚުރުވެފިވާ ފަދަ ދަރިއަކަށް ވާން ގަދަ އަޒުމުގައެވެ.
އެމެރިކާއިން ނިފާއަށް ލިބުނީ ނުބައި އެކުވެރިންނެވެ. އެމީހުގެ އަވައިގައި ޖެހި ފާފައިގެ ދޮރުން ނިފާ އެތެރެވިއެވެ. މަސްތުވާތަކެތިންނެވެ.
މީހުން ބުނެ އުޅޭތީ އަހަމެވެ. މަސްތުވާތަކެއްޗަކީ ހުރިހާ ބޮޑެތި ފާފަތަކުގެ މަންމައެވެ. އެއީ ބަދަލުނުކުރެވޭ ތެދު ހަޤީޤަތެވެ. ކަން ހިނގަމުން އަންނަށް ގޮތް ވިއްޔާއެވެ.
ކިޔެވުމަށް ފަރުވާ ކުޑަވުމުން ” ޔުނިވަރަސިޓީން ” ވެސް ކަނޑާއިލިއެވެ. މަސްތުވުމަށް ވައްކަން ކުރަން ފެށުނު ހިސާބަކީއެއެވެ. ދެޖިންސުގެ މީހުން އަތްވާ ރާ ބޯ މަންސަތަކުގައި އެންމެ ހިނގާ މޫނަކީ ނިފާއެވެ.
ދޮން ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅުގައި 5 ފޫޓު ހުރެވެ. ފަން ދިގު އިސްތަށިގަނޑެއް ލިބިފައި ހުރި ރާނީއެކެވެ. ފިޔާތޮށި ކުލައިގެ ދެ ކޯތާފަތެވެ. އަންނާރު އޮތް ތަކެއްފަދަ ޖަރީ ދެއްޕިލައެވެ. އާސިޤީ ތުންފަތެވެ. ފިރިހެނުންގެ ހިތައި ކުޅެލާ ފަދަ މަސްތީ ބޯޑު ދެ ލޮލެވެ. މިއީ ހުސް ނިފާއަށް ލިބިގެންވީ ސިފަތަކެވެ.
އިއްޒަތާއި އަނބުރު ވިއްކައިގެން ފައިސާ ހޯދަމުން ނިފާ ދިޔައީ ފިޔަ ޖަހަމުންނެވެ. އެހެން މާ ގިނަ ދުވަހަކު ނޫޅެވުނެވެ. ވިސާ ހަމަވުމުމާއެކު ރާއްޖެ އަންނަށް މަޖުބޫރުވިއެވެ.
މާލެ އައި ދުވަހު މައިންބަފައިން އެއަރޕޯޓުގައި ތިއްބެވެ. އެމީހުން ދަންނަށް ކަމަށް ނުހެދީ ހުދު އަހަންނެވެ. އަހަރެން ނުކިޔަވާ ކަމާއި ޑޮކުޓަރެއް ނޫންކަން އޮތީ ސިއްރުވެފައެވެ. އެތާ އަހަރެން އުޅުނު މުޑުދާރު އުޅުން އެމީހުންނަކަށް ނޭނގޭނެއެވެ.
ކަރުނަތައް ފުހެމުން ރަނގަޅަށް ލޯ ހުޅުވާލީމެވެ. އެއީ އަހަރެންގެ މާޒީއެވެ. ކަން ހިނގައިދިޔަ ގޮތެވެ. އާ އަޒުމަކުން ތަޢުބާވެ ދިރިއުޅުން އާރަސްތުކުރަން ނިންމަމުންނެވެ. ފަހަތަށް ނުބަލައި ކުރިޔަށް ދާށެވެ. ރިހެބަށް ގޮސް މަސްތުގެ އާލަމުން މިންޖުވެ ރަނގަޅު ހަޔާތެއް ފަށާށެވެ. މައިންބަފައިގެން މާފަށް އެދި ދުޢާ ކުރާ ހާލުއެވެ.
އޭގެ ހަތަރު އަހަރު ފަހެވެ. މިއަދު ނިފާއަކީ ލޯބި ލޯބި ދެކުދިންގެ މަންމައެކެވެ. މޫނު އަޅައިގެން އުޅޭ ދީންވެެރި ހަތިމު ހިތުދަސް ހާފިޒާއެކެވެ. މިހާރު އެއީ ކުރީގެ ފާފަކުރަމުން ދުވި ނިފާއެއް ނޫނެވެ. ވެދިޔަ ކަންތަކަށް ހިތާމަކޮށް އަބަދު ތަޢުބާ ވަމުންދާ ހެޔޮލަފައި އަތްބެކެވެ. އެންމެން ދަންނަށް ހިރިޔާ ޤުރުއާން ކުލާހުގެ ޓީޗަރު އިޒްނިފާއެވެ.
ނިމުނީ
🥰☺️🥀❤️





