ހަނގާކުރުމަކީ ކޫލް ކަމެއްނޫން
ނީޝާ އަކީ ޅާބުގަލި ސްކޫލްގެ ގްރޭޑް 4ގައި ކިޔަވަމުންދާ، ކިޔެވުމަށް ލޯބިކުރާ ވަރަށް ބަސްއަހާ މޮޅު ކުއްޖެކެވެ. ނީޝާގެ އުމުރުން އެންމެ 2 އަހަރުގައި ޤުރުޢާން ހިފްޒްކުރަން ފެށިއެވެ. މިހާރު ގްރުއާނުން 5 ފޮތް ނީޝާ ހިތުދަސްކޮށްފިއެވެ. މީގެ އިތުރުން ނީޝާ އަކީ ލިބޭ ހުސްވަގުތުތަކުގައި ވަރަށް ރީއްޗަށް ކުރަހާ ކުއްޖެކެވެ. އަދި ހަވީރުވުމުން އެކުވެރިކުދިންނާއި އެކު ތަފާތު ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނާއި ގުޅޭ ހިތްހެޔޮ ކުއްޖެކެވެ. އެއުމުރުގެ ކުދިންގެ ތެރެއިން އެންމެ ބާރަށް ދުވާ ކުދިންގެ ތެރޭގައި ނީޝާ ހިމެނެއެވެ. ގްރޭޑް 4 ގައި ހޯދި މޮޅު ނަތީޖާއާއި އެކު ނީޝާ ގްރޭޑް 5 އޭ އަށް ބަދަލުވެއްޖެއެވެ. ގްރޭޑް 4 ގެ ކްލާހުގައި ތިބި އެކުވެރި ކުދިންގެ ތެރޭގައި ހިމެނޭ މަދުކުއްޖެއް ފިޔަވައި އެހެން ކުދިން ބަދަލުވީ 5 ބީ ކްލާހަށެވެ. މިކްލާހުގައި އެންމެ ހަށިގަނޑުން ކުޑަކޮށް ހުންނަނީ ނީޝާއެވެ. ގޭގައި ތަރުކާރީއާއި މޭވާ ހުސްނުވެ ހުއްޓަސް ނީޝާއަކީ އެފަދަ ތަކެތި ކެއުމަށް ލޯބިކުރާ ކުއްޖެއް ނޫނެވެ.
ގްރޭޑް 5 އޭ އަށް ބަދަލުވިފަހުން ނީޝާގެ އުޅުމަށް ވަރަށް ބޮޑަށް ބަދަލު އަންނަންފެށިއެވެ. ސްކޫލުން އައިސް ކްލާހުގައި ތިބޭކުދިން ނީޝާއަށް އުނދަގޫ ކުރާ ވާހަކައާއި ގެންގުޅޭ ތަކެތި ފޮރުވާ ވާހަކައާއި ކުދިކުދި އަނިޔާ ކުރާ ވާހަކަ ރޮއިފައި މަންމަ ގާތު ދައްކައެވެ. މިސް ގާތު ބުންޔަސް މިސްވެސް މާބޮޑަށް އަޅާނުލާކަމުގައި ބުނެއެވެ. މީގެ އިތުރުން ކުރިއަށްވުރެންވެސް ކެއުމާއި ދުރުވިއެވެ. ބޭރަށް ނިކުންނަން ބޭނުމެއް ނުވެއެވެ. ފިލާވަޅުތައް ދަސްކުރުމުގައި ވަރަށް ބޮޑަށް އުނދަގޫ ވާންފެށިއެވެ. ރޭގަނޑު އެކަނި ހުންނަން ބިރުގަންނަން ފެށިއެވެ.
ފަހަކަށް އައިސް ހެނދުނު ސްކޫލަށް ދާން ގޮވުމުން ބަނޑަށް ތަދުވާތީ ނުވަތަ ބޮލަށް ތަދުވާތީ ސްކޫލަށް ދާން ބޭނުން ނުވާ ދުވަސްތައް ގިނަވާންފެށިއެވެ. ސްކޫލުންދޭ ފިލާވަޅުތައް ގެއްލެންފެށިއެވެ. ކިޔެވުމަށް ވަރަށްބޮޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރަންފެށިއެވެ.
ނީޝާގެ މަންމަ މިކަމާ ވަރަށް ކަންބޮޑުވިއެވެ. އަދި 5އޭ ގެ ކްލާސް ޓީޗަރާއި މަޝްވަރާކުރިއެވެ. ނަމަވެސް ނީޝާ ސްކޫލުންއައިސް ކުރަމުންދާ ޝަކުވާތަކަށް ބަދަލެއް ނާދެއެވެ. ކްލާހުގައި ތިބޭ ވަކި ކުދިންތަކެއް ނީޝާ ބްލޭމް ކުރާކަމުގައި ބުނެއެވެ. ނުކުރާ ކަންތައްތައް ކުރިކަމުގައި ބުނެ މިސްއަށް ރިޕޯޓްކުރާކަމުގައި ބުނެއެވެ. ނުކުރާ ކަންކަމުގެ ވާހަކަ ދައްކާނެ ކަމުގައި ބުނެ ބިރު ދައްކައެވެ. ނީޝާގެ ނަފްސާނީ ސިއްހަތު ވަރަށްބޮޑަށް ގޯސްވިއެވެ. އަބަދު ރުއިމާ، އެކަނި ހުންނަން ނުކެރުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރަށް ބޮޑަށް ދައްވިއެވެ. ރުޅި ގަދަވުމާއި، އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރުމާއި، ގޭގައި އުޅޭ އެހެން ކުދިނާއި އޮންނަ ގުޅުންވެސް ކުޑަވިއެވެ. އަދި ނީޝާއަށް ގްރޫއާންވެސް ހިފްޒު ނުކުރެވޭނެ ކަމާ އެއްވެސް ކަމެއް ކާމިޔާބު ނުކުރެވޭނެކަން ބުނަންފެށިއެވެ.
ނީޝާގެ މަންމަ ނީޝާ ގޮވައިގެން މާލެގޮސް ސައިކޮލޮޖިސްޓަކަށް ދައްކާ އެސެސްމެންޓް ހެދިއެވެ. ހެދި އެސެސްމެންޓުން ނީޝާއަށް ނަފްސާނީ އެހީތެރިކަން ބޭނުންވާކަމަށް ދެއްކިއެވެ. އެހެންކަމުން ކައުންސިލާރގެ އެހީތެރިކަމާއެކު ތެރަޕީ ސެސަންތަކުގައި ނީޝާ ބައިވެރިވާން ފެށިއެވެ. ކައުންސިލާރގެ އެހީތެރިކަމާއިއެކު ބްލީ ކުރާ ކުދިންނާއި ޑީލް ކުރާނެ ގޮތްތަކާއި، އަމިއްލަ ނަފްސައްކުރާ އިތުބާރު ބޮޑުކުރާނެ ގޮތާއި މާބޮޑަށް ހާސްވެ ކަންބޮޑުވުމުން އަމަލު ކުރަންވީ ޓެކްނިކުތަށް ދަސްކުރިއެވެ. ކައުންސިލަރުންގެ ވާހަކަ ތަކުން ބްލީކުރާ ގިނަ ކުދިންނަކީ އެކުދިންގެ ގޭތެރެއިންނާއި ބެލެނިވެރިންނާއި އާއިލާގެ ފަރާތުން އެކުދިންނަށް ނުލިބޭ ސަމާލުކަން ރައްޓެހިންގެ ތެރެއިން ހޯދަން މަސައްކަތްކުރާ ކުދިންކަމާއި އެފަދަ ކުދިންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ބްލީގެ ޝިކާރައަކަށް ވެފައި ވާކުދިންކަމާއި އެހެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ކުދިންކަން އެނގިގެން ދިޔައެވެ.
ތިން މަސްދުވަހުގެ ތެރަޕީ ސެސަންތަކާއި އެކު ދަސްކުރި ފިލާވަޅުތަކުގެ އެހީގައި ނީޝާއަކީ މިހާރު އަމިއްލަ ނަފްސަށް އޯގާތެރިވާ އަމިއްލަ ނަފްސުގެ އިތުބާރު ދަމަހައްޓާ ކުރިއެކޭ އެއްގޮތަށް ހިންމަތާއިއެކު ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރާ ބްލީކުރުމާއި ދެކޮޅަށް ސްކޫލުގައި ވަކާލާތުކުރަމުންގެންދާ ހިތްވަރުގަދަ މޮޅު ދަރިވަރެކެވެ.
7 Comments!
Comments are closed.

Cool story💜💜
Hope to see more stories from you💜
Insha allah
Mi vhk vrh reethi
How old are you?
cool stories
good
hi
nice story hope you write many story’s like this one
thank you