Skip to content
އެސްފިޔަ

އަހަންނަށް އަޅާލާ ( ފަހު ބައި )

އަހަރެން ދެކެ އިންތިހާ އަށް ނަފުރަތު ކުރި މީހުން ވެސް ގިނަ ވެގެން ދިޔައެވެ . އެތަކެއް މަލާމާތެއް ކުރަމުން ގެންދިޔައެވެ . އަހަރެން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދިޔައީ އަހަރެންގެ ލޮލުގެ ނޫރު ، އަހަރެންގެ ލޮލުގެ ކޮއެއް ފަދަ ދަރިންގެ ހައްޤުގައެވެ .

އަހަރެންނަށް ބައެއްފަހަރު ރޮވޭ ފަހަރު ވެސް އާދެއެވެ . ނަމަވެސް އަހަރެންގެ ރުޔުމުގެ އަޑު އިވޭނީ ވަކި ކާކައް ހެއްޔެވެ . އަޑު އަހަން އުރީ ވަކި ކާކު ހެއްޔެވެ ؟

އަހަރެން ލޯބިން ހިތް ފުރާލާނީ ވަކިން ކާކު ހެއްޔެވެ . މީގެ ޖަވާބު އަހަރެން އިންތިހާ އަށް ބޭނުމެއެވެ .  އަހަރެން އެންމެ ލޯބިވާ 2 ދަރިން ކުރިމަތީ އަހަރެން ދައްކުވާނީ ކޮން މޫނެއް ހެއްޔެވެ . ބައެއް ފަހަރު އަހަރެންގެ ދަރިން އަހަރެން ކައިރީ ގައި މަންމާ ކިހިނެއް ވެފާ / ކަމަކާ ވިސްނަނީ ؟ އެ ސުވާލު ގެ ޖަވާބު އަހަރެން ދޭނީ ކިހިނެއް ހެއްޔެވެ ؟

ނޯޓް : މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިގެން ދިޔަ ވާހަކައެވެ . މި ވާހަކައިން އެތަކެއް އިބުރަތް ތަކެއް ހާސިލް ވެގެން ދިޔަ ކަމަށް އުއްމީދު ކުރަމެއެވެ . އަހަރުމެން ގެ ތެރޭގައި އާއްމު ކޮށް ފެންނަ މަންޒަރު ތަކުން މި ކަހަލަ ކުދިންނަށް އެކަހަރި ކޮށްލައެވެ .   ” ނިމުނީ “