Skip to content
އެސްފިޔަ

ޝަކުވާ ( ޓްރެއިލަރ )

ދިރިއުޅުމުގައި އެތަކެއް ކަމަކާ ކުރިމަތި ލާން ޖެހެއެވެ . އެތަކެއް ވޭނެއް ތަހައްމަލް ކުރަން ޖެހެއެވެ . އެކުވެރިން  ހަސަދަ ވެރިންނަށް ވެ ހަސަދަ ވެރިން އެކުވެރިކަމަށް ބަދަލު ވެގެން ދެއެވެ . މިއީ ދުނިޔޭގެ އާދައެވެ. އެތަކެއް ފަހަރު ރޯން ޖެހޭ ފަހަރު ވެސް އާދެއެވެ . އަނެއް ބައިފަހަރު އުފާވެރި ކަމުގެ ކުލަ ވަރު ފެނިގެން ދެއެވެ . ނަމަވެސް  ކުޑަ ވަގުތުކޮޅެއް ތެރޭގައި އެ އުފާވެރި ކަން ބަދަލު ވެގެން ދެއެވެ .  އެ ހިތާމަ ތައް އެކަން އުފާވެރަމަށް ބަދަލު ވެގެން ދެއެވެ . މިއިން ކޮންމެ ކަމަކީ ވެސް އަހަރުމެންނަށް އިމްތިހާނެކެވެ .

އެންމެ ލޯބިވާ މީހުން ދުރަށް ޖެހިގެން ދެއެވެ . އެންމެ ލޯބިވާ މީހާ ނުލިބޭ ފަހަރު ވެސް އާދެއެވެ .  ލޯބިން އުޅޭ 2 މަފިރި އަކު ވަރިވެގެން ދެއެވެ . އުފަލާއި ދެރައެވެ .

މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައިވާ ވާހަކައެކެވެ . މި ވާހަކަ ބިނާ ކުރެވިފައި ވަނީ މި މުޖުތަމައު އަށް ހާއްސަ ކޮށް ފައި ލިޔެފައިވާ ވާހަކައެކެވެ . ނަމަވެސް މީހުންގެ ނަން ތައް ވަނީ  ސިއްރު ކުރެވިފައެވެ…

އެއީ އަހަރެން ގެ އުމުރުން އެންމެ 19 އަހަރެއެވެ . އެންމެން ގެ އޯގާތެރި ކަން ބޭނުންވާާ އެއް ދުވަސް ވަރެއެވެ . ގޯސް އަމަލު ތަކަށް ދެވޭނެ އުމެރެއެވެ .

ލޮއިއްބައްޓަކައި އެތަކެއް ހަގުރާމައެއް ކުރަން އަހަންނަށް ޖެހިއްޖެއެވެ . އޯގާވެރި ވާނޭ މީހެއް ނެތް ކަހަލައެވެ.އަބަދު ވެސް މީހުން މަސައްކަތް ކުރުވަމުން ދަނީ އަހަރެން ފައްތާލުމަށެއެވެ .

ދުވަސް ކޮޅެއް ފަސް އަހަރެން ގެ އެންމެ ލޯބިވާ މީހުން މި ދުނިޔެ އާ އަލްވަދާއު ކިޔާފިއެވެ . އެ މީޙުން ނިޔާވުމުން އަހަންނާ ދޭތެރޭ ކަންތައް ވީ އިންތިހާ އަށެއެވެ . ވާނީ ވެސް އެހެން ތާއެވެ .

.