Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

….ވަގުތު ފާއިތުނުވަނީސް

Aysherr Level 1100 Login10 Stories
July 26, 2025 3 Mins Read
2 Comments

ކުރިމަތިން ފެންނަން ހުރި ވީރާނާވެފައިވާ ގޭގެ ހާލަތު އަހަރެންނަށް މާޒީގެ އެތައް ހަނދާންތަކެއް އައު ކޮށްދިނެވެ. އެ އުފާވެރި ދުވަސްތަކެވެ. މަންމަގެ އެ ލޯބިވެތި ނަސޭޙަތްތަކެވެ. ކުލުނުން ފުރިފައިވާ އޯގާތެރި ދެލޮލުން މަންމަ އަހަރެންނަށް ބަލައިލާ ގޮތެވެ.

އަހަރެން އެންމެ ތުއްތު އިރުން ފެށިގެން ދިރިއުޅުނީ މަންމަ ގާތުގައެވެ. މިގޭގައެވެ. ދުވަހަކުވެސް ބައްޕައެއް ނުދެކެމެވެ. މީހުން ކިޔާތީ އަޑުއިވެއެވެ. އަހަރެން މީ މަންމަ ކުރި ފާފައެއްގެ ނަތީޖާ އެވެ. މަންމަ ރަށް މެދަށް ބަލިވެއިން ހިސާބުން އެފިރިހެނާ މިރަށުން ދިޔައީޔޯލައެވެ. އެހެން ނަމަވެސް އަހަރެން މަންމަގާތު ދުވަހަކުވެސް ބައްޕަ ކޮބާތޯ ސުވާލުކުރި ހަނދާނެއް ނުވެއެވެ. ހަލާލު ކުއްޖަކަސް ނަހަލާލު ކުއްޖަކަސް އަހަރެންގެ ވެސް ބައްޕައެއް ހުންނާނެތާއެވެ.

އެންމެ ކުޑައިރުން ސުރެވެސް މަންމަ އަހަރެން ގެންގުޅެމުން އައީ ރަސްކަލެއް ފަދައިންނެވެ. ބޮލުގައި އަދި ތާޖެއް ނެތްކަމުގައި ވިޔަސް އަހަރެންގެ ބޮލުގައި އެތާޖު ނެތްކަމުގެ އިޙުސާސް އެ މަންމަ ދުވަހަކުވެސް އަހަރެންނަށް ކުރިޔަކަ ނުދެއެވެ. މަންމަ އަށް ވެގެން ވަންޏާ އަހަރެންގެ ބޮލުގައި އެތާޖު ވެސް އެޅުވީސްކަން ގައިމެވެ.

މަދަރުސާގައި އަހަރެންނަކީ ކިޔެވުމަށް މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަވެގެން ދިޔައެވެ. އަހަރެންގެ ތޫނުފިލި ވިސްނުމާއި، ލިބިފައި ހުރި ހުނަރުތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ، މަދަރުސާގެ ކިޔެވުން ނިންމާލިއިރު މަންމަ ފަޚުރުވެރިވާނޭ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމެވެ.

ކިޔެވުން ނިންމާލި ހިސާބުން އަހަރެން ބޭނުންވީ ސިފައިންގެ މީހެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުންނާށެވެ. އެހެން ނަމަވެސް މަންމަގެ ކިބައިގައި އަހަރެންނަށް އެވަރަށް ކިޔަވާދޭނެ ޤާބިލުކަން ނެތުމުން އެޚިޔާލު ދޫކޮއްލާ ރަށުގައި ވަޑާން ކުރުމުގެ މަސައްކަތެއް ފެއްޓީމެވެ. އެމަސައްކަތުން ފުދޭވަރެއްގެ އާމްދަނީއެއް ވެސް ލިބޭތީއާއި އެކުއެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ވަޑާން ކުރުމުގެ މަސައްކަތެއްގައި ކައިރި ރަށަކަށް އަހަރެން ދިޔައީ ހަފްތާއެއްހާ ދުވަހަށެވެ. އަހިވަކާއި ޖެހި އަހިވަށް ފާވާނޭ ބުނާ އުސޫލުން އަހަރެންނަށް ވެސް އެރަށުން ލިބުނު ރައްޓެހިންގެ ވައްޓަފާޅި ކަމުދާން ފެށިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖައްސާ އެ ރައްޓެހިން ފަދައިން ކަންފަތް ތޮރުފައި ބޮޅު ވެސް އެލުވިއްޖެއެވެ. ސިނގިރޭޓު ގަނެގަނެ އެއްކުރި ލާރިކޮޅު ހުސްވާނެ ފެށިއެވެ. އެންމެފަހުން ރޭގަނޑު ދަންވަރަށް އެމީހުންނާއި އެކު މީހުން ނޫޅޭ ސަރަހަށްދައް ގޮސްގެން މަސްތުވާތަކެތި ވެސް ރަހަބެލިއްޖެއެވެ.

ހަފްތާއެއްހާ ދުވަސް ނިމުމުން އަހަރެން ރަށަށް އައީވެސް އެމީހުން ދިން ސާމާނު ބޮނޑި ދަބަހަށްލާ ފޮރުވައިގެން އެހިފައިގެނެވެ. ރަށަށް އައިސްވެސް ރަށުގައި އުޅޭ މީހުނާއިއެކު ދަންވަރަށް ބޭރަށް ނުކުތުން އާދައަކަށް ހެދީމެވެ.

ޙަޔާތުގައި އަހަރެންނަށް މި ނެގުނު ފިޔަވަޅުގެ ހިތިރަހަ އަރުގައިލީ ހަބަރަށް ވުރެވެސް ހިތިކޮނެވެ. އެހަބަރު މަންމަގެ ކަންފަތާއި ހަމައަށް ފޯރުމާއި އެކު މަންމައަށް ހާޓްއެޓޭކެއް ނުލިބުނީ ކިރިޔާއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި މަސްތުވާތަކެތީގެ އަވައިގައި ބަނދެވި މަސްތުގެ ދުނިޔެއަށް އަހަރެންނަށް ލޯ ހުޅުވައިދިނީ އަލަށް ލިބުނު އެކުވެރިންތަކެވެ. ސިނގިރޭޓަކުން ފެށުނު މި ކަންތައްގަނޑު އެންމެ ފަހުން ބަދަލުވީ މީހާގެ ހަމަބުއްދި ފިލާދާ ވަރުގެ އެއްޗަކަށެވެ.

އަހަރެން މަސްތުވާތަކެތި ބޭނުންކުރާކަން އިނގުނު ހިސާބުން، މަންމަ އަހަރެންނަށް އެއާއި ދުރުވާށޭ ބުނެ އެތަކެއް ނަސޭޙަތެއް ދިނެވެ. ހުއްޓާލަން ބުނެ ރޮއެ އާދޭސް ކުރިއެވެ. އެހެންނަމަވެސް، ލިބިފައި ހުރި އެކުވެރިންތަކެއްގެ ބަހަށް ހެއްލިގެން އަހަރެން ދިޔައިރު، އަހަރެންނާއި މެދު ވިސްނާ ހިތާމަކޮށްކޮށް މަންމަ ދުނިޔޭގައި ކިރިޔާ އޮތްކަމެވެ.

އެކަންތައްގަނޑު ޕޮލިހުނަށް ފަޅާއަރައިގެ އަހަރެން ގެންގޮސް ޖަލަށްލީ ދުވަހު މަންމަ ދިން ނަޞޭޙަތުގެ މަތިން ހަނދާން ވިއެވެ. އެދުވަހު އަހަރެން ވަރަށް ހިތާމަކުރީމެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނޭކަން އަހަރެންގެ ހިތަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރީމެވެ.

ހަތްއަހަރު ޖަލުގައި ހޭދަކުރުމަށްފަހު އިޞްލާޙުވެގެން އަހަރެން އެންމެ ފުރަތަމަ ވެސް އައީ މަންމަ ގާތަށެވެ. ޖަލުގައި ހޭދަކުރި ހަތްއަހަރު ދުވަހު އަހަރެން އިސްލާމްދީން އަލުން އުނގެނުނީމެވެ. ތަޢުބާވީމެވެ. ރަށަށް މިއައީ މަންމައާއި ބައްދަލުވުމުގެ ފޮނި އުންމީދުގައެވެ. ގޭގެ ދޮރުގައި ތަޅަމުން މަންމައަށް ގޮވަންފެށުނީ އަހަރެން ފެނުމުން އެމަންމަ އުފާވެފައި ހުންނާނޭ ގޮތް ސިފަކުރެވޭ ހާލުގައެވެ.

” އެސޮރު.. މަންމައެއް މިހާރަކު ނެތް ” އަވަށްޓެރި ބޭބޭއަކު އައިސް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލި ޖުމުލައިން އަހަރެންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް ނަމަވެސް މަޑު ޖެހިލިހެން ހީވިއެވެ.

” ކޮބާ އަހަރެންގެ މަންމަ..؟ ”

އަހަރެން ސުވާލުކުރުމާއި އެކު އެބޭބެ އަހަރެން ގޮވައިގެން ގޮސް ހުއްޓުނީ ސަހަރާ ތެރޭގައި ހުރި މަހާނައެއް ކައިރީގައެވެ. އެމަހާނައަށް އިޝާރާތްކޮށް އެއީ އަހަރެންގެ މަންމަގެ މަހާނަ ކަމުގައި ބުނެދިނެވެ. އެއާއި އެކު ހުރިތަނަށް ތިރިވެ އަޑުންއަޑުނަގާ އަހަރެންނަށް ރޮވެން ފެށުނެވެ.

” މާޔޫސް ނުވޭ.. ތައުބާގެ ދޮރު އަދި ބަންދެއް ނުވޭ.. ފުރުސަތު އަދި އެބައޮތް ” އެބޭބެ އަހަރެންނާއި އެއްވަރަށް ތިރިވެލަމުން ބުނެލިއެވެ. އެވަގުތު އަހަރެންގެ ހިތަށް އައީ މަންމަ އަހަރެންނަށް ކުޑައިރު އަބަދުވެސް ކިޔާދޭ ނާނާގަ ކިޔާ ވާހައެކެވެ.

އޭ ހިނގާށޭ ތަޢުބާ ވަމާ، އެންމެހާ ކުށްފާފަ ފޮހޮވޭ

އޭ ކުރާށޭ ހިތްވަރު އަލުން، ހެޔޮމަގަށް އެނބުރެން ހިނގާށޭ

އެދުވަހުގެ ފަހުން އަހަރެންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކުރީ ރަށުގައި އުޅޭނެހައި ހިތްވަރު އަހަރެންގެ ގައިގައި ނެތުމުންނެވެ. އަމިއްލަ މަސައްކަތުން އަހަރެންގެ ދިރިއުޅުން ކޮޅަށް ޖަހައި އައު ދިރިއުޅުމެއް ފެށީމެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން އަހަރެން ރަށަށް އައިސްލަމެވެ. މަންމައާއި އެކު ދިރިއުޅުނު ގަނޑުވަރަށް ޒިޔާރަތްކުރަމެވެ. އެތަން ބަލާލުމުން ހިތްހަމަ ޖެހޭތީއެވެ. މަންމަގެ ނަޞޭޙަތުގެ ބަސްތައް އަހަރެންގެ ކަންފަތަށް އަދިވެސް އެއްރާގަކަށް އިވިއިވި ހުރެއެވެ. މަންމަ އަބަދުވެސް އަހަރެންނަށް ކިޔާދޭ ނާނާ ތާޒާ ކަންމަތީ ހިތުގައި ހަރުލާފައި އެބަހުއްޓެވެ.

މަސްތުގާ މުޅިދުވަހު އުޅުނީ، އަސްތާ އަސްތާ ހާދަ ދެރައޭ

އޭ ނުދާށޭ ތިޔަހެން ނުދާށޭ، ތީ ނުބައި މަގެކޭ ނުދާށޭ

އޭ މިދުނިޔޭން ވަކިވާން ޖެހޭނޭ، ފުރުޞަތުގެ ބޭނުން ހިފާށޭ

އޭ ނިކަން ވިސްނާށެވީ، މީއޭ ބުނާ ހެޔޮ ބަސް އަހާށޭ

ހޭއަރާ މިކަމާށްޓަކާ، މީދޭ ނަސޭޙަތެކޭ ވިސްނާށޭ

 

< ނިމުނީ >

Share Article

Follow Me Written By

Aysherr

Level 1100 Login10 Stories

Other Articles

Previous

މަޢާފް އެދެމުން 37

Next

އިޢުލާން

Next
July 26, 2025

އިޢުލާން

Previews
July 26, 2025

މަޢާފް އެދެމުން 37

2 Comments!

  1. darkqueen38 darkqueen38 says:
    July 28, 2025 at 11:16 pm

    Varah reethi ibraih theri vaahake eh .
    Keep on writing

    1. Aysherr says:
      July 30, 2025 at 8:13 am

      Shukran dear 💗
      Varah ufaa vehjje dear ah vaahaka kamydhiya kan ingunyma adhi comment eh kohllyma maa bodah ves ufaa vehjje 😊
      Allahumma barik

Comments are closed.



All Right Reserved!