Skip to content
އެސްފިޔަ

ވާރޭގެ ތެރެއިން

ދުވަހަކީ އެހާ ހިތްފަސޭހަ ދުވަހެއް ނޫނެވެ. ވާރޭ ހުއްޓާލީ ދާދި ދެންމެއަކުއެވެ. އަނެެއް ވިލާގަނޑު އުދަރެހުން އަރައިގެން އައިސް ބޯމައްޗަށް ފެތުރެނީ އެވެ. ލޫނާ ފަންސޫރު ނެގުމަަށްފަހު، ވަރަށް ފަރުވާތެރިކަމާއެކުގައި ތުންފަތުގައި ލިޕްލައިނާ އަޅާލިއެވެ. އަދި ރަތް ލޭ ކުލައިގެ ލިޕްސްޓިކުން ތުންފަތުގައި ކުލަޖައްސަންފެށިއެވެ.ކުރިން ލޫނާ ޖައްސަނީ މެރުން ކުލައިގެ ޝޭޑެކެވެ.މި ފަހަރު ލޫނާ އަތުގައި އޮތީ ރަތް ލޭ ކުލައެވެ. އެ ކުލައިން ވިހާވެސް ދުރަކަށް ތުންފަތް ދިއްލާލަން ލޫނާ ބޭނުންވެއެވެ. ކީއްވެ ހެއްޔެވެ؟މި ރެއަކީ، ވަރަށް ގިނަ ދުވަހަށް ފަހު ލޫނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނު ރެއަކަށް ވާތީއެވެ. ހަޔާތުގެ ބާކީބައި ވެއެތުކުރަން ދެން ލޫނާ އަކަށް އުނދަގުލެއް ނުވާނެއެވެ.ނަމަވެސް ލޫނާގެ ހަރަކާތް ތަކަށް ހުއްޓުންއެރިއެވެ. މީގެ 1 އަހަރުކުރީގެ ހަނދާންތައް އާވެގެންދިއައެވެ……………………………………..

**************************************

އިންތިޒާރު ކޮށްލާ!!! އަންނަނީ…

Comments (2)

  1. Aishath Limsha

    Heyyyy gurll when mi story nukunnanyy heevey vrh reethi vaanehen trailer in vx hiy dhamaiganefi hama rangalhah vx …. Curiously waiting.. lysm tc ❤️

    1. shynyx inax
      Aishath Limsha

      Thank u so much lim.. insha allah 25th ga first ep.

Comments are closed.