Skip to content
އެސްފިޔަ

ﷲ

ﷲ

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ ﷲ ސުބްޙާނަހޫ ވަތައާލާގެ މަތިވެރިކަން ވިސްނި އީމާންކަން އިތުރުކުރުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެކެވެ.

 

ﷲ ސުބްހާނަހޫ ވަތަޢާލާ އުޑާއިބިން ހެއްދެވިއެވެ. އެދެމެދުގައި އެތަކެއް ބައިވަރު ތަކެތި ލެއްވިއެވެ.އެތަކެތި ރަމްޒުކޮށްދެނީ ﷲގެ މަތިވެރިކަމާއި،ހައިބަވަންތަކަމެވެ. އެކަލާނގެއީ ޢާލަމްތަކުގެ ވެރިއިލާހެވެ.ﷲގެ އޯގާވަންތަކަން ވަނީ ހުރިހާ އެއްޗަކަށް ފެތުރިފައެވެ.

ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އިރުއެރުމުން ދުނިޔެއަށް އަލިކަން ފެތުރިގެން ދެއެވެ.މީސްތަކުން ލޯހުޅުވި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި ހެލިފެލިވެ އުޅެތެވެ.އިރު އޮއްސުމާއިއެކު އަނދިރިކަން ފެތުރިގެން ދެއެވެ. ދުވާލުގެ ބުރަމަސައްކަތުން ލިބުނުވަރުބަލިކަން ފިލުވައިލާ އަރާމުކުރަން ފަށައެވެ.

ދުނިޔަވީ އުސޫލުތައްވަނީ ވަރަށް ރަގަޅަށް ރޭވި ހަމަޖެހިފައެވެ. މި އުސޫލުތަކާއި އެއްގޮތަށް އިންސާނާގެ ޢަމަލުތައް ބައްޓަން ކުރުމަކީ ވަރަށް  މުހިއްމުކަމެކެވެ. އިންސާނާ ޚަލްޤު ކުރެއްވީ ﷲ އެވެ.އިންސާނާއަށް ބޭނުންވާ ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރެއްވިއެވެ.ﷲ އިންސާނާއަށް މަގުދެއްކެވިއެވެ.ރަސޫލުން މެދުވެރިކުރައްވައި އިންސާނުންނަށް ހެވާއިނުބައި އޮޅުންފިލުވައިދެއްވިއެވެ.