ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރު ދީފާ-(ޓްރެއިލާރް)
ރެއިލިންމަތީ އިން ރާނިޔާގެ ލޮލުން ހޯސް ލައިފައި ކަރުނަ އާދެއެވެ. ހިތުގައި އަޅަމުން ދިޔަވޭނަށް ކެއްކުރަމުން އޭނާ ތިރި ބަލައިލިއެވެ. 20 ބުރީގެ އިމާރާތެއް ކަމުން ތިރިފެންނަން އޮތީ ބިރުވެރި ގޮތަކަށެވެ. ސިކުނޑި ރޮއިއާދޭސް ކުރަމުން މިކަންތަށް ނުކުރުމަށް ބުންޔަސް ހިތް އެދި ގޮވަނީ މިނޫން ގޮތެއް ނެތް ކަމަށެވެ. ދެލޯ މަރާލުމަށް ފަހުގައި ރާނިޔާ ފުންނޭވާއެއް ލުމައްފަހު އަނެއްކާވެސް ތިރި ބަލައިލި އެވެ. ހިތަތް އެވަގުތު ނެއިންގޭ ބިރުވެރި ކަމެއް ވަނެވެ. ނަމަވެސް އެހިޔާލުތަތް ދުރުކޮށްލައިފައި އޭނާ ބެލި އެތަނުން ފުންމައިލެވޭތޮ އެވެ. ނަމަވެސް ހަމައެވަގުތު ނަސީބަކުން އޭނާގެ އަތުގައި މީހަކު ހިފޭއްޓި އެވެ. ރާނިޔާ ބަލައިލި އިރު އެއީ އެނާއަށް ހަމައެކަނި މިދުނިޔެއިންވެސް ހެޔޮއެދޭ އެކަކެވެ. ނަމަވެސް އެމިހާގެ ބުރައަކަށް އޭނާ ވެދާނެތީ ރާނިޔާ އުޅުނީ އެމީހާގެ އަތް ފޮޅު ވަލާ ށެވެ.
މިއީވެސް އަޅުގަނޑު ތިޔަ ކިޔުންތެރިންނަށް ކިޔާލަން މި ސައިޓަށް ލާ ވާހަކަ އެކެވެ.






