Skip to content
އެސްފިޔަ

މިހިތަށް ވަރަށް ތަދުވެއެވެ.

އައުޅެން

މިހިތަށް ވަރަށް ތަދުވެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މަންމަގެ ކަރުނައިން ދަރިފުޅަށް އަސަރު ނުކުރި ހިނދެވެ.

މަންމަ ދަރިފުޅަށް ގޮވާލީމާ ފަސްއެނބުރި ދިޔަ ހިނދެވެ.

މިއަދު ދަރިފުޅަށް މަންމަ މުހިންމެއް ނުވިއެވެ.

މަންމަ ފެންނަން އޮންނާތީ އުނދަގޫވާކަން އެނގެއެވެ.

މިތަނުން ލިބޭ އުފަލަކީ ދަރިފުޅު ފެނުމެވެ.

ދަރިފުޅު އުފަލުގައި އުޅޭތީ ﷲއަށް ޝުކުރު ވެރިވަމެވެ.

ދަރިފުޅު އުފަންކުރުމަށް މަންމަ އުފުލިވޭން ހިތަކުނެތެވެ.

އެވޭނުގައި ވެސް މަންމަ ދަރިފުޅު ދެކެ ރުޅިއެއް ނާންނަމެވެ.

ދަރިފުޅު ލިބުނީތީ ﷲއަށް ޝުކުރު ކުރީމެވެ.

ދަރިފުޅުގެ ލޮލުން ކަރުނަ އޮހޮރުނަ ނުދޭން ގަދައެޅީމެވެ.

ދަރިފުޅުގެ ކޮންމެ ސުވާލަކަށް ޖަވާބުދިނީ އުފަލާއެކުގައެވެ.

ދަރިފުޅަށް ހުރިހާ ކަމެއް ބަރާބަރަށް ކޮށްދިނީމެވެ.

ދަރިފުޅު ދެކެ އެއްވެސް ވަރަކަށް ފޫއްސެއް ނުވަމެވެ.