އެކުގައިވާނަން (ޓްރެއިލަރ)
މަޑުމަޑުން ހިގައިފައި އައި އަންހެން ކުއްޖާގެ މޫނުމަތި ވަނީ މިލާ މޯޅި ވެފައެވެ. އޭނާ ހިތަށް އަރަމުން ދިޔައެވެ. މިހިނގި ކަންތަ މައިންބަފައިންނަށް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ. އޭނާގެ އަތުގައި ސޫޓްކޭސް އެއް އޮތެވެ. ހިސާބަކަށް އައިސް އޭނާ ވަނީ ކައިރީ ހުރި ފިހާރެއަކަށެވެ. ކައިލާނެ އެއްޗެއް ހިފައިގެން އައިސް ކައުންޓަރު ކައިރީ ހުއްޓިލިއިރުވެސް އޭނާ އިނީ ހިޔާލަކަށް ގެއްލިފަ އެވެ. ކައުންޓަރު ކައިރީ ހުރި ކުއްޖާ، އެރިވަރު ބުނުމުން އޭނާ ބަލައިލީ ޝައްކެއް މަތީ ހުރެއެވެ. ފިރިހެން ކުއްޖާގެ މޫނުމަތިންވެސް ފެންނަނީ ހައިރާން ކަމެވެ. މިއީ ކާކު ހެއްޔެވެ؟ އަންހެންކުއްޖާ ހައިރާންވީ ކީއްވެ ހެއްޔެވެ؟ އޭނާ މައިންބަފައިން ކައިރީ ބުނަން އުޅެނީ ކޮންވާހަކަ އެއް ހެއްޔެވެ؟ މި އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާގެ ގުޅުމެއް އޮވޭ ހެއްޔެވެ؟
މިހުރިހާ ސުވާލު ތަކެއްގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ ހަތަރު ވަނަ ދިގުވާހަކަ “އެކުގައިވާނަން” އަށް އިންތިޒާރު ކޮށްލައްވާ! މިވާހަކައިގެ ފުރަތަމަ ޕާރޓް މިމަހު 16 ގައި ނިކުންނާނީ އެވެ. ހުރިހާ ކުދިން ވެސް އިންތިޒާރު ކޮށްލައްވާ!






