ހުއްދަ ދޭނެބާ މަށަށް…
ހުއްދަދިން އިމުގެ ތެރޭ ހުރެވިދާނެ ބާ؟ މަށަށް
ހައްދުތައް ގިރާނުކޮށް ހަމަޖެހޭނެ ބާ؟ މަށަށް
ހަތަރުދަމު މިހިތް ވަނީ މަސްތު ފާޑަކަށް ވެފައި
ހަތަރު ފަސް ދުވަހު މިހެން ކެތްވެދާނެބާ؟ މަށަށް
ކާހިތެއްނެތޭ އަބަދު ފުރިފަ ހުންނަ ކަހަލަ އޭ
ބޯހިތެއް ނުވާތި ފެން ނުބޮއި ވާނެބާ؟ މަށަށް
ނިދި ލޮލާއި ދުރުވެގޮސް ލޮލު ކޮޅަށް އޮބައިފިއޭ
ގަދަކަމުން ދެލޯމަރައިގެން ނިދޭނެބާ؟ މަށަށް
ހިތް ތެޅޭ ބައެއްފަހަރު ކޮންޓރޯލު ގެއްލިގޮސް
ހިތް ތެޅޭ ސަބަބު ބަލަން ހުއްދަދޭނެބާ؟ މަށަށް

