އަރޭންޖް މެރިޖު 5 ވަނަ ބައި
“ތިކައިވެންޏަށް ހަމަ މިހާރު އިންކާރު ކުރޭ އެހެން ނޫނީ ކަލޭ އެންމެ ލޯބިވާ މީހުންގެ ލޯބިން ކަލޭ މަޙްރޫމް ކުރާނަން” އިރަމްގެ ފޯނަށް ނުދަންނަ މީހެއްގެ ނަންބަރުން އައި މެސެޖް ފެނުމުން ޝެލީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިއަޔެވެ.
******
އިރަމް އައުމުގެ ކުރިން ޝެލީން އަވަސް އަވަހަށް އެ މެސެޖް ހައިޑް ކޮއްލިއެވެ. އަދި ކޯޑެއް ނުޖަހާ އެ މެސެޖް ނުކިޔޭނެހެން ހެދިއެވެ.
އަނެއް ދުވަސް:
“ނަހްްޔަން އަޅެ ތީ އިމޯޝަންލެސް މީހެއްތަ އަހަރެންގެ ރަންކިޔުމުގެ ރަސްމިއްޔާތޭ އޮތީ މިރޭ . ކުޑަކޮއް ވިޔަސް ހިނިތުންވެލަބަ.. ބަލަ އިނގޭތަ އިރަމް އާ އަހަންނާ ބައްދަލް ވި ވަގުތުން ފެށިގެން ޝެލީން އެއުޅެނީ އަހަރެމެން ހަނީމޫންއަށް ދާ ތަނާ, އަހަރެމެންގެ ކުދިންގެ އުފަންދުވަސް ފާހަގަ ކުރާ ތަނާ, އެކުދިން ދާނީ ކޮން ސްކޫލަކަށް ކަމާ ހުރިހައި އެއްޗެއް ޕްލޭން ކުރަމުންނޭ ޔޫ ޝުލްޑް ލާ ން ސަމްތިންގް ފްރޮމް ހާ” ކަޔާން ބުނީ ސަމާސާގެ ރާގަށެވެ. ކަޔާންގެ ދުލުން އިރަމްގެ ނަން އަޑުއިވުނު ކޮންމެ ފަހަރަކަށް ހީވަނީ ނަހްޔަންްގެ ހިތަައް މީހަކު ކަންޖަރު ކޮއްޕިހެންނެވެ. ވެގެން ދިޔައީ ބުނަންހާ ދަތި އުނދަގޫ އިހްސާސް ތަކެކެވެ. “އަދި އެހާވެސް ދެެރަ ދުވަސްތަކެއް ނާދެއޭ މެންޓަލީ އިލް މީހުން ކައިރިން އެއްޗެހި ދަސްކުރާހާ” ނަހްޔަން ދިން ޖަވާބުން ކަޔާންގެ ހިނިތުންވުން އިންތިހާއައް އިތުރުވިއެވެ. “ހުމްމްމް އިނގޭތަ މީހުންބުނެޔޭ ނަފްރަތަކީ ލޯބީގެ ފެށުމޭ އެންމެ ފަހުން ގޮސް ނޭނގެ ނަހްޔަން އިންނާނީވެސް ޝެލީން އާ ނޫންކަން. އަދި މާ ރަނަގަޅެއްނު އަހަރުމެން ދެމީހުންވެސް ބެސްޓްފްރައިންޑްސް އަަދި އެ ދެމީހުންވެސް. އަަޅެ ހާދަ ވަޓްޕެޑް ކޯޑެޑް އޭ ދޯ” ކަޔާން މަޖާވެގެން ބުނެލިއެވެ. “ކަޔާން ހިޔާލީ ދުނިޔެއިން ނުކުންނަަން ވެއްޖެއެއްނު މިއީ ވާހަކައެއް ނޫނޭ މިއީ ހަގީގީ ދިރިއުޅުން ” ނަހްޔަން ވާހަކަ ފުރިހަމަ ކޮއްލީ އެއްވެސް އިޙްސާސެއް ނެތް މޫނަކާއެކީއެވެ.” މީނަގެ އިޙްސާސް ތައް ބޭރައް ނެރެން އެނގޭނީ ހަމަ ޝެލީންއަށް މަ ވިއްޔާ ސަލާމް” ދެއައް މައުސޫމް ކުއްޖެއް ހެން ޖޯޑު ކޮއްލައިގެން ބުނުމަށްފަހު ކަޔާން ދިޔައީ މަންމަ ޝަރީފާގެ އަޑުއިވުމުން އެއައް އިޖާބަ ދޭށެވެ
މިއީ ނަހްޔަން ކަޔާންގެ ގެއައް އައި ފުރަތަމަ ދުވަހައް ވުމުން ޝަރީފާ އާއި ސަމީރު ދިޔައީ ވަރަށް ރަނގަޅަށް މެހުމާންދާރީ އަދާކުރަމުންނެެ. “ނަހުުުޔަން މަންމަަމެން ވީ އެމެރިކާގައެއްނުން އެހެންވީމަ އެކޮޅައް އަނެއްކާ ދަންދެން ޖެހޭނެ މިގޭގަ މަޑުކޮއްލަން ސަމީރު ބުނެލީ އާދޭހުގެ ރާގަށެވެ. ސަމީރު އެހާ ލޯބިން ބުނެލީތީ ނަހްޔަން އަށްވެސް ޖެހުނީ ބޭނުން ނުވިކަމުގައި ވިޔަސް އާއެކޭ ބުނާށެވެ.
ނަހްޔަން އައް ބާރަށް ދުއްވައިގަނެވުނީ ސިޑިމަތިން އަންނަމުން ދިޔަ ރީނާގެ ފައިގަ އެއްޗެއް އަޅައިގެން ވެއްޓެން އުޅޭ ތަން ފެނުމުންނެވެ. ނަހްޔަން އަށް އަވަހައް ގޮސް ރީނާގެ އަތުގަ ހިފާލެވުނެވެ. އަތުގަ ހިފާލެވުނު އިރު ހީވީ އަތައް ކަރަންޓެއް އެރިހެނެވެ. ނަހްޔަން އައް ރީނާ އާ ދިމާލައް ލޯއަޅުވާލެވުނު އިރު ރީނާ ހުރީ ތޫނު ނަޒަރަކުން ނަހްޔަން އާ ދިމާއައް ބަލާށެވެ. ދެމީހުންގެވެސް ހަތަރު ކަޅި ބައްދަލްވިއެވެ. ރީނާގެ ހުރީ އަލި އޮމާން ހަންގަނޑެކެވެ. އަޅިކުލައިގެ ދޫކޮށް ހުރި ހޫޑީއެއް ލައިގެން ހުރިއިރު މޫނު މަތީގަ ކޮއްފަ ހުރި ލުއި މޭކަޕް ދިނީ އިތުރު ފުރިހަމަަމެކެވެ . އެހާމެ ލޯތްބެވެ. އިސްތަށިގަނޑު ހުރީ ލޫސް ބަން އަކައް ހަދާފައެވެ. ކުއްލިއަކައް ނަހްޔަންގެ ކުރިމައްޗައް މަންޒަރު ތަކެއް އަންނަން ފެށިއެވެ. އެއީ ޒުވާން އަންހެންކުއްޖެކެވެ. އޭނަގެ ހުރީ ދިގު ފަން އިސްތަށިގަނޑެކެވެ. ފެން ތިކިތަކެެއް ދިޔައީ އިސްތަށިގަނޑުގެ ތެރެއިން ފާބަމުންނެވެ. “ހެލޯޯ އަހަރެންގެ އަތްތިލަ ހަމަ ތިހާ ލޯބީތަ އަދިވެސް ދޫނުވެގެން ތިިއުޅެނީ” ހިޔާލީ ދުނިޔެއައް ގެއްލިފަ ހުރި ނަހްޔަން އައް ހަމައަކައް އެޅުނީ ރީނާ ވާހަކަ ދައްކަން ފެށުމުންނެވެ. އަވަހައްް ނަހްޔަން އަށް ރީނާގެ އަތް ދޫކުރެވުނެވެ. “ތީ އެއްކަލަ ދޮންބެގެ އިމޯޝަންލެސް ފްރައިންޑު ދޯ” ރީނާ ވާހަކަ ދެއްކުމުން ވެސް ނަހްޔަން އެއްޗެކޭ ނުބުނެ ދިއުމުން ރީނާއައް “ހައު ރޫޑް” އޭ ހިތާހިތާ ބުނެވުނެވެ. “އާ މަގޭ ލޮބުވެތި ސޭމް ގޭންގުގެ މީހުން މިއަންނަނީ އޭ” ތަންކޮޅެއް ދުރުގަ ހުރި ނަމަވެސް ދެންމެ ރީނާ ދެއްކި ވާހަކަ ނަހްޔަން އައް ރަނަގަޅައް އަޑުއިވުނެވެ. އަނެއްކާ ގޭންގެއްގެ ބައެއް ރީނާގެ ފަހަތުގަ އަޅުވައިގެން އުޅެނީ ހޭ ނަހްޔަންގެ ހިތައް އެރިއެެވެ. ރީނާ އާއި ގާތް ގުޅުމެއް ނެއްނަމަ ވެސް އެއީ ކަޔާންގެ ކޮއްކޮއެވެ. އޭނަ އުޅޭ ނޫޅޭ ގޮތް ބަލާ ރަައްކާތެރިކުރުުން ވާނީ ނަހްޔަންގެ ވެސް ޒިންމާއެއް ކަމަށް ނަހްޔަން ދެކުނެވެ. ނަހްޔަން ދިޔައީ ރީނާއައް ފާރަލަމުން އޭނަގެ ފަހަތުންނެވެ. ނަހްޔަން އަށް ހައިރާން ކަމެއް ލިބުނީ ރީނާ 7-6 އަހަރުގެ ކުޑަކުދިންގެ ކައިރީގަ މަޑުކުރިތަން ފެނުމުންނެވެ. ރީނާ ހުރީ އެކުދިންނާ އެކީ ފައިގަތަޅާ ކުޅޭށެވެ. އެންމެ އެސްފިޔައެއް ވެސް ނުޖަހާ ނަހްޔަން އައް ހުުރެވުނީ އެތަން ބަލާށެވެ. ރީނާވެސް ހީވަނީ އެކުންދިންނާއި އެއްފަދަ ކުޑަކުއްޖެއް ހެނެވެ. ކުޅިވަރުގެ މެދުތެރެއިން ރީނާ އެކުޑަކުދިން އުރާލާ އިރު ހީވަނީ އެއީ އެކުދިންގަނޑުގެ އަސްލުމަންމަ ހެންނެވެ. އެ މަންޒަރު އެހައިމެ ހިއްގައިމެވެ. ނަހްޔަަން ހުރީ ހަމަ ރަނަގަޅައް ވެސް ރީނާގެ އަންދާޒުން އާޝޯޚްވެވިފައެވެ. މި މަންޒަރު ބަލަމުންދިޔަ ނަހްޔަން ސިއްސައިގެން ދިޔައީ އެ ތަނުން އެއް ކުއްޖަކު ނަހްޔަންގެ އަތްތިލައިގައި ހިފާ އެންމެންގެ ތެރެއައް ވެއްދުމުންނެވެ. ނަހްޔަން ފެނުމުން ރީނާ އައް ހައިރާން ކަމައް ވުރެ ބޮނޑަށް ލިބުނީ އުފަލެވެ. އަވަހައް ނަހްޔަންގެ އަތްތިލައިގަައި ހިފާ ކުދިންގެ ތެރެއައް ވެއްދިއެވެ. ” އަހަރެން ނުދާނަން ރީނާ” “އަހަރެން ނަހްޔަން ކައިރީ ނާހަމެއްނު އަހަރެން އޯޑަރު މިދެނީ އާދޭ” ނަހްޔަން ދެއްކި ވާހަކަ އެއްގޮތަކައް ވެސް އަޑުނީވޭ ކަމައް ހެދި ރީނާ ނަހްޔަން އައް ރައްދު ދިިނެވެ. މިފަހަރު ކުދިން ކުޅުނީ އަލީ ބުނީ އެވެެ. “މަންްމަ ބުނީ އިށީންނާށެވެ” ނަހްޔަން ބުނި ގޮތައް ރީނާއައް އިށީންނެވުނެެވެ. “ޔެސް ރީން ދައްތަ އައުޓު ވީ” ކިޔާ ހުރިހައި ކުދިން ގޮވަން ފެށުމުން ނަހްޔަން އައް އައީ ހިންޏެވެ. “މީނަ ވެސް ދޯ ޔަގީން ނަހްޔަން ޗީޓް ކުރީކަން ” ރީނާ ތުންކޮޅު އޫ ކޮއްލައިގެން ބުނުމުން ނަހްޔަން އައް އައީ އިތުރައް ހިންޏެވެ. މިއީ ނަހްޔަން މުޅި އެއް އަހަރު ފަހުން ހެވުނު ފުރަތަމަ ފަހަރެވެ. އަމިއްލަ ނަފްސާ ދޭތެރޭ ނަހްޔަން ހުރީ ހައިރާން ވެފައެވެ. ކުއްލިއަކައް ބޮޑު ވާރޭ ގަނޑެއް ވިއްސަން ފެށިއެވެ. އަދިވެސް އެންމެން ތިބީ ކުޅިވަރުގެ ތެރެއައް ގެއްލި ހުސްވެފައެވެ. ވާރޭތިކިތަކުގެ ސަބަބުން ރީނާބޮލުގަ އައްސާފަ ހުރި ވޫލްކޮޅު ބިންމައްޗައް ވެއްޓުނެެވެ. އެ ފަން ދިގު އިސްތަށިގަނޑުގެ ރީތިކަން ރަނގަޅައް ވެސް ހާމަވާން ފެށިއެވެ. ނަހްޔަން ރީނާ އާއި ހަތަރު ކަޅި ބައްދަލްވުމުން އަނެއްކާވެސް މަންޒަރު ތަކެއް ފެންނަން ފެށިއެވެ. ހަމަ އެ އަންހެން ކުއްޖާއެވެ . ފެންނަ ފެނުމުން ހީވަނީ 13-12 އަހަރުގެ ކުއްޖެއްހެނެވެ. އިވެނީ ބާރު ބާރަށް އާދިލް އޭ ކިޔާ އަޑެވެ. ނުސާފު ކަމުން މިފަހަރު ވެސް މޫނެއް ނުފެނެއެވެ. އެެކަމަކު އެއީ އިރަމް ނޫންކަން ޔަގީނެވެ. ސަބަބަކީ އިރަމް އާއި ބައްދަލް ވުމުގެ މާ ކުރިންވެސް މި ހުވަފެން ފެނުމުންނެވެ. މިއީ ނަހްޔަންގެ އުމުރުން އެންމެ 20 އަހަރުން ފެށިގެން ފެންނަމުން އަންނަ ހުވަފެނެކެވެ. އެކަމަކު ރީނާ ފެނުމުން ދުވާލުގެ ވަގުތުގައި ވެސް އެ މަންޒަރު ފެންނަން ފަށައިފިއެވެ. ހުވަފެނުގަ އެ ފެންނަ އަންހެން ކުއްޖާއާ ރީނާ އާ ގުޅުމެއް ވާކަން ޔަގީނޭ ހިތާހިތާ ނަހްޔަން އައް ވިސްނެވުނެވެ. މާ ވަރަކައް ބޮލުގަ ރިއްސަަން ފެށުމުން ނަހްޔަން ގެއައް ދާން މިސްރާބު ޖެހިއެވެ.
“ހައި ވައިޓް ރޯސް ހިނގާ އައިސް ކްރީމް ބޯން ދާން” ފޯނައް އައި މެސެޖު ފެނުމުން އިރަމްގެ މޫނައް ފިޔާތޮށި ފިނިފެންމަލުގެ ކުލައެރިއެވެ. އާއެކޭ ބުނުމައް ފަހު ބޭރައް ނުކުއް އިރު ކަޔާން ހުރީ ސައިކަލުގަ ތައްޔާރަށެވެ. “ހިނގާ އަވަހައް ދަމާ 3 ގަނޑިއިރު ފަހުން އެ އޮތީ ރަންކިޔުމުުގެ ރަސްމިއްޔާތު ފިއޮންސީ އައް ވުމުގެ ކުރިން ވާނެ ދޯ ކުޑަކޮއް މަޖާ ކޮއްލަން” ކަޔާން ދެއްކި ވާހަަކަ އައް އިރަމް ބޯޖަހާލުމުން ދެމީހުން މިސްރާބު ޖެހީ ޖެލީއަށެވެ. ސައިކަލު ދުއްވާލި އިރު ކުއްލި ކުއްލިއައް ބްރޭކް ޖައްސާލުމުން އިރަމް ޖެހެނީ ގޮސް ކަޔާންގެ ގަައިގައެވެ. އެ ކުޑަ ހިނދުކޮޅުގަ ހީވީ މުޅި ދުނިޔޭޭގެ ދައުރުވުން ހުއްޓުން ހެނެވެ. ދެމީހުންގެ ހިތުގެ ތެޅުން އިންތިހާއައް އަވަސް ވެގެން ދިޔައެވެ. ކިތަންމެ އުނދަގުލެއް މައްސަލަތަކެއް ދިރިއުޅުމުގެ ތެރޭގަ ހުރި ނަމަވެސް ދެމީހުން އެކީގަ ތިބޭއިރު ހީވަނީ މިއައްވުރެ ޕީސްފުލް ވަގުތުކޮޅެއް ނުވާނެހެނެވެ.
“ބޮސް އެ ދެމީހުން އެތިބީ ޖެލީގަ އަދި ކުޑަ އިރުކޮޅެއް ފަހުން ރަންކިޔުން އެބައޮއް. ޝީ ވިލް ހޭވް ޓޫ ޕޭ ފޯ އިޓް” ޒިހާން މީހަކާ ފޯނުން ވާހަކަ ދައްކަމުން ބުނެލިއެވެ.
ނުނިމޭ
