Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

އިރީނާ ސުލައިމާން

Sumaaa
Sumaaa Level 1
May 8, 2025 2 Mins Read
0 Comments

އާދައިގަ މަތިން މިއަދުވެސް އަހަންނަަށް ތެދުވުނީ ފަތސް ނަމާދަށް ބަންގި ގޮވުމުންނެވެ. ނަމާދު ކޮށްލައިގެން ގުރުއާން ކިޔަވާ ނިމުނު އިރު ހުރީ ހަތެއް ޖަހާ ބޮޑުވެެފައެވެ. ދެން އަހަރެން އަވަސް ވެގަތީ ސުކޫލަށް ދާން ތައްޔާރު ވާށެވެ. “ދަރިފުޅާ އިރީނާ ސައިބޮވެގެން ދޭބަލަ… މިިހާރު ތިއުޅެނީ ގްރޭޑް ބާރާގައިިއެންނު..ރަނގަޅަށް ކާހެދީމައޭ ކިޔެވޭނީ” އަވަސް އަވަހަށް ގެއިން ނުކުންނަން އުޅުމުން އަހަންނަށް ހުއްޓުން އެރުނީ މަންމަ ޒުލައިކާ ވާހަކަ ދައްކަން ފެށުމުންނެވެ. “ދެން މަންމާ އަހަރެން އިންޓަވަލް ގަނޑީގަ ކާނަމޭ … މިދަނީ އިނގޭ” ބުނުމަށްފަހު އަހަރެން ސުކޫލަށް ދާން މިސްރާބު ޖެހީމެވެ.

ކޮންމެ ދުވަހެކޭ އެއްފަދައިން މިއަދުވެސް އަހަރެން އިނީ އެެންމެ ފަހަތު ބަރީގަ ހުންނަ މޭޒު ކައިރީގައެވެ. ކުލާސް ފުރިގެން ދިޔައިރު ވެސް އަހަރެން ހުރި މޭޒު ބަރިއަށް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މިއީ އަަބަދުގެ ހާލެވެ. އިންޓްރޮވާޓް އަކަށް ވުމީ ފަސޭހަ ކަމެއް ނޫނެވެ. އަހަންނަށް ކުދިންނާއި ވާހަކަ ދެއްކެވެނީ ވަރަށް އުނދަގުލުންނެވެ. ކްލާސް ހުރިހައި ކުދިން އެކަކު އަނެކަކާ އެކީ އޮންނަ ގާތް ރަޚްމަތްތެރި ކަމުގެ ގުޅުން ބަލަން އަހަންނަކަށް ކެތެއް ނުވެއެވެ. މުޅި ކުލާހުގަ ގްރޫޕް ހަދައިލައިގެން ހީ ސަމާސާ ކުރާއިރު އަހަރެން ހުންނަނީ ބާކީވެފައެވެ. ހިތާހިތާ އަހަރެން ވެސް އެފަދަ ރަޙްމަތްތެރިކަމަކަށް އެދެމެވެ. ކުދިން ޕިކްނިކަށް ދާންވިޔަސް ނުވަތަ ގްރޫޕް ސްޓަަޑީ އަކަށް ދާން ވިޔަސް އަހަރެން ކިތަންމެ ކައިރީގައި އިނަސް ދުވަހަކުވެސް ދައުވަތެއް ނާރުވައެވެ. އަހަރެން އިންތިހާއަށް ދެރަވެއެވެ.

ގެޔަށް ވަދެވުމުން މިހާތަނަށް އަހަރެން ކެއްކޮށްގެން ފޮރުވި ކަރުނަތައް ކޯތާފަތް މަތިން އޮހޮރެން ފެށިއެވެ. އަވަހަށް ހިޔްހަމަ ޖައްސަން ހުރިހައިކަމެއް ބަހައްޓާފަ ދިިޔައީ މެންދުރު ނަމާދު ކުރާށެވެ. ކުރިން ހޭ އެއްގޮތަށް މިއަދުވެސް މާތް ﷲ އަަށް އަހަރެންގެ ހިތްދަތިކަން ހާމަކޮށްދެވުނެވެ. ދެން ދިޔައީ އެއްޗެހި ބަދަލުކޮށްލައިން ކާށެވެ

ފޯނު ކުޅެލަން ސޯފާ ގޮނޑީގައި އިންދާ ކުއްލިއކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގަތީ ފޯނަށް އައި ނޮޓިިފިކޭށަނެއް ފެނުމުންނެވެ. އަރްކާން އަލީ އޭ ކިޔާ ކުއްޖެއް އަހަންނަށް އޮތީ އިންސްޓަރގްރާމުން ފޮލޯ ރިކުއެސްޓެއް ފޮނުވާފައެވެ. ދުވަަހަކުވެސް ފިރިހެންކުއްޖަކާާ އަހަރެން ވާހަކަ ދައްކާފައި ނުވިޔަސް މި ފޮލޯ ރިކުއެސްޓް އެކްސެޕްޓް ކުރާ ހިތްވިއެވެ. އަދި ކުއްޖާގެ އައިޑީގައި އެއްވެސް މީހަކަށް ފޮލޯކޮއްފަ ނެތި ހަމައެކަނި އަހަންނަށް ފޮލޯކުރީތީ ހިތުގަ އޮއް ޝައުގުވެރިކަން އިތުރުވެގެން ދިއައެވެ. ފާހަނާ އަށް ވަދެ ތާޒާވެލައިން އަހަރެން ނުކުން އިރު އެކުއްޖާ އޮތީ “ހައި” ޖަހާލައިފައެވެ. އަހަންނަށް މެސެޖު ފެނުނު ގޮތައް ހާސްވެފަ އިންވަރުން ފޯނު ނުވެއްޓުނީ ކިރިޔާ އެވެ. ހިތުގެ ތެޅުން އަވަސްވެ ބިރުގަނެވުނެވެ. އެކަމަކު މިފަހަރު ހިތްވަރު ކޮއްލާފަ އަހަރެން ވެސް “ހެލޯ” އޭ ބުނެލީމެވެ. އަހަންނާއި އަރްކާން އާ ދެމީހުންގެ ވާހަކަ ފެށުނީ މިހެންނެވެ.

ދެ މަސް ފަހުން:

“އަރްކާންން…. އިނގޭތަ މިއަނދުވި ގޮތެއް. އަހަރެންގެ އެގާރައިގެ އޭ އެސް ނަތީޖާ ލިބުނީ…. ހުރިހައި މާއްދާ އަކުންވެސް ފާސްވި” ހިނިތުންވުމަކާއި އެކީ އަހަރެން އޭނަ އަށް މެސެޖް ކުރީމެވެ. އަސްލުވެސްތަ.. މަ ބުނީމެންނުން އަަހަރެންގެ މި ކުޑަކުޑަ އިރީނާކޮޅަށް ނުވާނެ އެއްވެސް ކަމެއް ނޯންނާނެއޭ.. ޕްރައުޑް އޮފް ޔޫ އިރީނާ ސުލައިމާން “ވަރަށް އުފާވެފަ ހުރި ރާގަކުން އަރްކާން އަހަރެންގެ މެސެޖަށް ޖަވާބުދާރީވިއެވެ. މި ކުޑަ ދުވަސްކޮޅު ތެރޭގައި އަހަންނާއި އަރްކާން ވަަރަށް ގާތް ރައްޓެހިންނަށްވީމެެވެ . އަހަރެންގެ އެހެން އެއްވެސް ރަތްޓެއްސެއް ނެތުމުން ގިނައިރަށް ވާހަކަދައްކަން ހުރެވެނީވެސް އަރްކާން ކައިރީގައެވެ. އަހަންނަށް ވުރެން ދެ އަހަރު ދޮށީ ވީމަ އަހަރެން ދައްކާ ވާހަކަ ކަނުލާ އަޑުއަހާ އެއަށް ރައްދުދޭންއެނގެއެވެ. އަނެއްހެން ބުނަަންޏާ އެއީ ވަރަށް “މެޗުއާ” މީހެކެވެ.

އަރްކާން އަށް އަހަރެން ނުފެނުނަސް އޭނަ ލާފައި ހުރި ޕްރޮފައިލް ފޮޓޯއިން އަހަންނަށް އޭނަ ފެނުނެވެ. ކަޅުކަން ގަދަ އިސްތަށިކޮޅަަކާއި އަލި ހަންހަނޑަކާއި ފިރިހެންވަންތަ ހަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. ބަލާބެލުމަށް ވަރަށް ވެސް ލޯތްބެވެ.

Share Article

Sumaaa
Follow Me Written By

Sumaaa

Level 1

"Hey everyone! This is my first time writing a story, and I know there are many areas where I can improve. I would really appreciate any constructive criticism you have, so please feel free to share your thoughts😊❤️

Other Articles

Previous

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 1

Next

އެއް ގޯހުގެ އަގު

Next
May 8, 2025

އެއް ގޯހުގެ އަގު

Previews
May 7, 2025

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 1


All Right Reserved!