އަރޭންޖް މެރިޖް
ގޭގެ ފުރަގަހުގަ ހުރި ބަގީޗާގެ ސްވިމިންގް ޕޫލްގެ ތެރެއަަށް ދެ ފަިއިތިލަ ކޮށްޕައިިިލައިގެން އިން އިރަމްގެ ދެލޯ ހުރީ ރަތްވެ ދުޅަވެފަައެވެ.ކަރުނަތަައް ދިޔައީ ކޯރެއް ހެން ކޯތާފަތް މަަތިން އޮހޮރެމުންނެވެ. ރޭގަަނޑުގެ އެއްްވެސް މީހެއްގެ ހިލަމެއް ނުވައި އެ ހަމަހިމޭން ވަގުތުކޮޅުގައި ވެސް ހިތުގެ ތެރޭގަ އެ ހިނގަމުންް ދާ ބޮޑު ތޫފާނުގެ ހަގީގަަތްް އެގެނީ ހަަމަައެކަނި އެ މައުސޫމް ހިތަށެވެ. އިރާ… ކޮންތާކުތަ ވީ؟އިރަމް ނުފެނުމުން ބާރުބާރަށް ގޮވަމުން ދިޔަ ޝެލީން އަށް ހުއްޓުން އަރައަގެން ދިޔައީ އިރަމް ހުރި ހާލު ފެނުމުންނެވެ. ހުއްޓާލާ އިރާ… ކީއްވެތަ ތި ކަރުނަަތައް ބޭކާރު ތިކުރަނީ އެ މަކަރުވެރި ބޭވަފާތެރިޔާއަށް ޓަކައި! އިރަަމްގެ ގައިގައި ބައްްދާލައިގެން ހުރި ޝެލީންގެ ވާހަކަ ހުރީ ލާނެތި ކޮށެވެ. ހަމަ ހުވާ މިބުނަނީ އެ ނަހްޔަން މަށަށް ފެންނަ ދުވަސް ވެގެން ދާނީ އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަހަށް ޝެލީން ވާހަކަ ނިންމާލި އިރު މުޅި މޫނަށް ހުރީ ރުޅިވެރިކަން ވެރިވެފައެވެ. ނަހްޔަން ގެ ނަންް އިވުމުން އިރަަމް އަށް އިތުރަަށް ރޮވުނެވެ. ނަހްޔަން އާއި އިރަމް އަކީ އުމުރުން އެންމެ 16 އަހަރު ވިއިރު ރަައްޓެހި ވެގެން އެހާމެ ލޯބިން 5 އަހަރަށް އެއްކޮށް އުޅުނު ދެ ލޯބިވެރިންނެވެ. ދެ މީހުންގެ ލޯބީގެ ފުރިހަމަ ކަމުން ކްލާސްމޭޓްސް އަދި ރައްޓެހިން ގޮވަަނީ ހީރް، ރާންޖާގެ ނަމުންނެވެ. ހަޔާތައް އިތުރު ފުރިހަމަ ކަމެއް އައީ ނަހްޔަން އިރަމް އާއި އިންނަންް އެހުމުންނެވެ. އެ ދުވަހު އިރަމް އަަށް ކުރެވުނީ ދުވަހަކުވެސް ނުވާާ ކަހަލަ އިހުސާސް ތަކެކެވެ. ހީވީ ދިރިއުޅުމުގެ ހުރިހައި ހުވަފެނެއް ފުރިހަަމަ ވީހެންނެވެ. އާއިލާގެ މީހުން ނަހްޔަން އަަަށް ނުގަަބޫލު ނަމަވެސް އިރަމް ދެކެވާ ލޯބީގެ ބޮޑުކަަމުން ކައިވެންޏަށް އެއްބަސް ވިއެވެ. ނަމަވެސް އިރަމްގެ މި އުފާވެރި ދުވަސްތައް ހިތާމައަށްް ބަދަލުވާން މާ ގިނަ ދުވަސްތަކެއް ނުނަގައެވެ. އެއީ ނަހްޔަން އެހެން އަންހެން ކުއްޖަކާ އެކީ ގައިގޯޅި ވެފަހުރަ ތަސްވީރުތަކެއް ފެނުމުންނެވެ. އަންހެންކުއްޖާގެ މޫނު ފެންނަން ނެތަސް ނަހްޔަންގެ މޫނު ހުރީ ރީތިކޮށް ފެންނާށެވެ. ހަމަ އެދުވަހުން އެދުވަހަށް އިރަމް ނަހްޔަން އާއި އެކީ އޮއް ގުޅުން ކެނޑިއެވެ. ބްރޭކަޕަށް އެއް އަހަރު ވެދާނެއެވެ. ނަމަވެސް އެ ހިތް މިއަދުވެސް އެދެނީ ނަހްޔަން އަށެވެ. ޝެލީން…. ކީއްވެތަ އޭނަ އަހަންނަށް ބޭވަފާތެރަަވީ؟.. އަހަންނަށް އޭނަ އެ ފަސް އަަހަރު ވަންދެން ދެެއްކީ ދަޅަތަ؟ ލޯބި ނޫންތަ އެއީ؟އަދި ވެސް ނުހުއްޓާ ރޯން ހުރި އިރަމް އަށް ބުނެވުނީ ތުރުތުުރު އަރަމުން ދިޔަ އަޑަކުންނެވެ. އިރާ ދެން މަ ބޭނުން ނޫން އިރާ އެ ބޭވަފާތެރި މީހާާގެ ވާހަަކަޔެއް ދައްކާކަށް. އިރަމް ދެއްކި ވާހަކަ އަށް ރަައްދު ދިން ޝެލީންގެ ދެ ލޮލުން ފެންނަން ހުރީ އިންތިހާ އަށް ނަފްރަަތެވެ. ވާނީވެސް އެހެންތާ. އިރަމްގެ އެންމެ ގާތް ރަހުމަތްތެރިޔާ އަަށް ވުމުން އެ ފަކީރު އިރަމް އަަށް ނަހްޔަން ހަދާލި ގޮތް އެންމެ ގާތުންވެސް ފެންނަން ހުރީ އޭނަ އަށެވެ. ދެން ހިނގާ އެތެރެއަށް އެއޮތް ވިއްސާރަ ނަގަނީ އަދިވެސް އިރަމް ގައިގަ ބައްދާލައިގެން އިން ޝެލީން މިހެންބުނުމުން އަވަސްވެގަތީ އިރަމް ގޮވައިގެން އެތެރެއަށް ވަންނާށެވެ.
އިރާ ބަލަ އެއޮއް 10 އެއް ޖަހަނީ ތެދުވާކަށް ނުވޭތަ؟ ކޮޓަރި ތެރެއަަށް ވަން އިރާޝާ އިރަމް މިއަދު މާބޮޑަށް ވެސް ލަސްވުުމުން ބުނެލިއެވެ. ހުމްމް މައިދައިތަ ވެސް ޖެހޭނީ ދަރިފުޅަށް ގޮވަން ކޮޓަރި އަށް ވަންނަން ދޯ އިރާޝާ ބުނީ ސަމާސަައިގެ ރާގަަށެވެ. ދެން މަންމަ ވެސް ދޯ. އެހެންވިއްޔާ އިރާ އިންނާނީ މަނމް ލޯބި ވާ ވަރަށް އިރާ ދެކެ ލޯބިވާ މައިދައިތައެއް ހުންނަަ ކުއްޖަކާ އިރަމް ހެމުން ބުނެލިއެވެ. ކީކޭ މަންމަ ގޮތައް ލޯބިވާ މީހެކޭ….. އާން ތިހެން ހުންނާނީ އެންމެ މީހެއް އިރާޝާ އަށް ބުނެވުނު އެތި ވިސްނުނީ މާ ފަހުންނެވެ. އަަަަވަހަށް ތުންފަތް ހެފުނެވެ. މަންމަ ތި ދައްކަނީ ކާކުގެ ވާހަަކަތަ ؟ ހައިރާންކަމާއެކީ އިރަމް އަަށް އެހުނެވެ. އެއީ މަންމަ މަޖާ…. ދެން މިހިރަ އިރާކޮޅު ދޭބަ ރެޑީ ވާން ޝަރީފާތްތަ އާއި ކަަޔާންމެން އަންނާނެ މިއަދު އިރާޝާ ބުނެލީ އަނގައިގެ ހުރިހައި ދަތެއް ފެންނަވަރުގެ ހިނިތުންވުމަކާ އެކީއެވެ.
ގެ ހޯލްގެ ތިބި އިރާޝާ އާއި އަކުމަލްގެ ނަޒަރު ހުއްޓިފަ ހުރީ ދޮރާށިދިމާލަށެވެ. މީިިހަކު އަންނަން ދެން އިންތިޒާރު ކުރާ ހެންނެވެ. ކުއްލިއަކަށް ބެލް ރިންގުވުމުން އަކުމަލް އަވަސްވެގަތީ ދޮރުހުޅުވާށެވެ. ދޮރުހުޅުވުމުން އަކުމަލްގެ ދެ ލޯ އަލިވެގެން ދިޔައެވެ. އަވަހަށް ގޮސް ކުރިމަތީ ހުރި ޝަރީފާގެ ގައިގައި ބައްދާލެވުނެވެ. ދޮންބޭ އަހަރެމެން މިހާތަނަށް އިންތިާރު ކުރި ދުވަސް މިއައީ ހެވިފަ ހުރި ޝަރީފާ ބުނެލިއެވެ. މައިންބަފައިން ނިޔާ ވުމަށް ފަހު ހުރި ހަމައެކަނި އާއިލާ ޝަރީފާ އަށް ވުމުން އަކުމަލް ޝަރީފާ ދެކެ ވަނީ ބަފައެއް ދަރިއެއް ދެކެ ވާހާ ލޯއްބެވެ. އެހެމް އެހެމް….. އަހަރެމެންނާ ބައްދާލާނެ މީހެއް ވެސް ނެންތާ ދޯ ސަމީރު ބުނެލި ގޮތަކުން އެއްމެންނަށް ވެސްް އައީ ހިންޏެވެ. ނޫނޭ މަ މިހިރީ އެންނު. ސަމީރު އަށް ޖެހެނީ ކެތްތެރިކަމުގެ އެވޯޑެއް ދެން. މަގޭ މި ހަންޑިފުރޭތަ އާ އެކީ މިހާ ގިނަ އަހަރު ކިހިނެތްތަ ކެތް ކުރީ…. ކޮބާތަ ސިއްރަަކީ؟ އަކުމަލް ސަމާސައިގެ ރާގަކުން ބުނެލިގޮތުން ސަމީރު ހެމުން ހެމުން ގޮސް ކިރިޔާ ހަލާކު ނުވީ. ކަޔާން، ރީނާ އަދި އިރާޝާ ވެސް ހުރީ ހެވިފައެވެ. އާން އެ ފެޝީ އަހަންނާއި ދެކޮޅަށް ޓީމް އަޕް ކުރަން. އަދި މި ޔާޏް އާ ރީން ވެސް ހެނީއެންނު.ބަލަ މި މީހުން މަންމަ ބޭޒާރުކުރަނީ އޭ! މަގޭ ކޮޅު ނަގާކަށް އެއްވެސް މީހަކު ނުހުންނާނެ ..ދޮންބެދައްތަ ވެސް ނަގާނީ ދޮންބެގެ ކޮޅު ޝަރީފާ ފޫހިވާ ރާގައަަކަށް ބުނެލިއެވެ. އަޅޭ! މި ޝަރީވެސް ދޯ…އިރާ ހުންނާނެ އެންނުން ޝަަރީގެ ކޮޅު ނަގަން ޝަރީފާއަށް އެއް ލޯ މަރާފަ އިރާޝާ ބުނިގޮތަކުން ޝަރީފާގެ މޫނަށް ބޮޑު ހިނިތުންގަނޑެއް ވެރިވިއެވެ. މީ އަހަރެމެންގެ ޔާންތަ އެހާ ގިނަ އަހަރު ފަހުން ކަޔާން ފެނުމުން ލޮލުން ކަރުނަތައް ފައިބަމުން ދިޔަ އަކުމަލް އަށް ބުނެވުނެވެ. އުމުރުން އެންމެ 5 އަހަރުން ފެށިގެން ސަމީރުގެ އެއްބަނޑު އެއްބަފާ ދައްތަ ސަމާހަތު އާއެކީ އެމެރިކާގަ އުޅެން ޖެހުމުން އެއްވެސް މީހަކަތް ކަޔާން ބޮޑު ވަމުން ދިޔަ ތަނެއް ނެފެނެއެވެ.އަވަހަށް ގޮސް ކަޔާން ގައިގަ ބައްދާލެވުނެވެ. ހޫން ތި މީހުންގެ ފެމިލީ ޑްރާމާ ނިމިއްޖެއްޔާ ހިގާާބަލަ ކާން ހުންނާނެ ވަރަށް މީރު އެއްްޗެހި ތަކެެއް ހަދާލާފަ އިރާޝާ ދެއްކި ވާހަކައަަށް ހިނިގނޑެއް ދިނުމައްފަހު އެންމެން ހުއްޓުނީ ކާމޭޒު ކައިރިއަށެވެ.
ރީން ކީއްވެތަ ތިހާ ވަރަށް ތިބަަލަނީ؟ ފުރޭތައެއް ފެނުނީތަ… ނޫނޭ ޕަރީ އެއް ހަމަ ލޮލަށް ފެނިގެން މި އުޅެނީ.. ދޮންތަ ހާދަ ރީއްޗޭ .. ހާދަ ޕްރިޓީ އޭދޯ ރީނާ ހިނިތުންވުމަކާ އެކީ ބުނެލިއެވެ. ލައިޓް ބްރައުން ކުލައިގެ ދެ ލޮލާއި ހުދުކަން ބޮޑު އޮމާން ހަންގަނޑަކާއި ޗޮކްލެޓްް ބްރައުން ފަން ސިލްކީ ދިގު އިސްތަށިގަނޑަށް ބަލައިލުމުން ހީވަނީ ހަމަ ޕަރީ އެއް ހެންނެވެ. ލައިގެން ހުރީ ހުދު ޕާކިސްތާނީ ހެދުމަކާއި ދޫ ޖީންސް އެކެވެ. އެއްވެސް މޭކްއަަޕެއް ނެއްނަމަ ވެސް ޖައްސައިގެން ހުރި ނޫޑް ޝޭޑުގެ ލިޕްގްލޮސް ދިނީ އިތުރު ފުރިހަމަ ކަމެކެވެ. ރީނާ މިގެއަށް އޯލްމޮސްޓް ކޮންމެ ދުވަހަކު އާދޭ އެކަމަކު ދުވަަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނޭ…އަސްލު ބުނެބަލަ ކޯންޗެއްތަ ތި ސަައްރު ކުރަނީ އިރަމް ޝައްކުވެފަ އިން ރާގަކުމް ބުނެލިއެވެ.އިރަމްގެ ސުވާލު އަޑުއިވުމުން ރީނާ އަށް ތުންފިއްތާލެވުނެވެ. މިހިރަ ދޮންތާ ވެސް ދޯ…. އަޅެ މީހަކަށް ތައުރީފް ކުރުމަކީ ގޯސްކަމެއްތަ؟ ތިހާވަރަކަށް ޝައްކު ކުރާކަންނުވާނެ ދެރަވެފައިންހެން ހީވާ ކަހަލަ ރާގަކުން ރީނާ ބުނެިއެވެ. ޝައްކު ކުރަނީ އެއް ނޫނޭ. މިއަދު އެންމެން އުޅުނީ ފާޑެއްގެ ގޮތަކައް ވީމަ ދެން ހަމަ އެއްޗެއް ހީވީ އިރަމް އަށް ބުނެވުނެވެ. އޭ އޯކޭއޭ ދެން ދޮންތާ. ސިއްރު ވާހަކައެއް ބުނަންތަ.. ދޮންތަ ހާދަހާ ރީއްޗޭ ޔަގީން 100 އައްވުރެ ގިނަ ފިރިހެނުން ދޮންތަ އާ ހެދީ ދީވާނާ ވެގެން އުޅޭނެކަން ރީނާ ސަމާސާގެ ރާގަކުން ބުނުމުން އިރަމް ސޯފާ ގޮނޑީގެ އެނމެ ކައިރި އޮތް ކުޝަން ނަގާފަ އެ ދިމާއަށް އެއްލައިލިއެވެ. ދެ މީހުުނަށް ވެސް ހެވުނެވެ. އޯފޯ ދޮންތާ އަހަރެން ގަޔަކު ނުޖެހޭ. ކެޗް މީ އިފް ޔޫ ކޭން ބުނެފަ ރީނާ ދުވަން ފެށިއެވެ. އިރަމް ރީނާގެ ފަހަތުން ދާން އުޅުނު ތަނުން ބިން މަތީގަ އޮއް މާބަލް އަަކަށް އަރައި ކަައްސާލާފަ ގޮސް ޖެހުނީ ކުރިމަތިން އަންނަމުން ދިޔަ ކަޔާންގެ މޭ މަތީގައެވެ. ދެ މީހުންގެ ދެލޯ ބައްދަލުވިއިރު އިރަމް ގެ މުުޅި މޫނު މައްޗަށް ހުރީ ޖަންބު ކުލަ ވެރިވެފައެވެ. އިރަމް އަވަހަށް ނަޒަރު ތިރިކުރިއެވެ. ކަޔާންގެ ހުންނަނީ ޑާރކް ބްރައުން ދެ ލޮލާ އަލި ހަންގަނޑަކާއަ ބާނެޓް ކުލައިގެ މެސީ އިސްތށިގަނޑަކާއި ފިިިރިހެންވަންތަ ހަށިގަނޑެކެވެ. ފެންނަ ފެނުމުން ހީވަނީ ހޮލީވުޑް ހީރޯއެއް ހެެނެވެ. އަންހެންކުއްޖަކަށް ފެނިއްޖެއްއާ ޢާޝޯހު ވެދާނޭހާ ރީތި ސިފަތަކެއް ހުރެއެވެ. އެހާވެސް ފުރިހަމަ އެވެ. މިހާތަނަށް ފެނުނު ކޮންމެ އަންހެން ކުއްޖެއް ވެސް ކަޔާން އާއި ދިމާއައް ބަލައިގެން ހުންނަނީ ލޯ ނުމަރައެވެ. ނަމަސް އިރަމް ކުރީ ބެލުން ތިރިއެވެ. ޝައުގްވެރި ނަޒަރަކުން އިރަމް އާ ދިމާއަށް ބަލަމުން ހިތާހިތާ ކަޔާން ވިސްނަމުން ދިޔައެވެ. ލަދުވެތި ކަމަކީ ކޮންމެ އަންހެނެއްގެ ކިބައިގަވާ އެނމެ ރިވެތި ފަރުދާ ކަމަށް ވާާއިރަށް އިރަމް ގެ ގައިގަ އެ ސިފަ ހުރުމުން ކަޔާން އިތުރަށް ގަޔާވިއެވެ. ދެ މީހުން ތިބި ކައިރި ކަމުން ޔަގީން އެ ވަގުތު ކަޔާންގެ ހިތް ތެޅެމުން ދިޔަ ބާރުމިނުގެ އަޑު އިރަމް އަށް ވެސް އިވޭނެ ކަން. އެހެމް އެހެމް………ރީނާ ބުނި އަޑު އިވުމުން އަވަހަށް ދެމީހުން ދުރަށް ދިއައެވެ.އައި….އައި އެމް ސޮރީ އިރަމް ބުނެލީ މައުސޫމް ރާގަކުންނެވެ. އިޓްސް އޯކޭ ކަޔާން ބުނެލީ ފިރިހެންވަންތަ އަޑަކުންނެވެ. ކަޒިންސް އަށް ވި ނަމަވެސް މިއީ ކަޔާން އަށް އިރަމް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. މިހާ އަހަަރަށް އެމެރިކާގަ އުޅެން ޖެހުމުން ކަޒިން އެއް ހުރި ކަމެއްވެސް ކަޔާން އަކަށް ކުރިން ނޭގެ އެވެ. ސޯ ލަވް އެޓް ފަސްޓް ސައިޓް ދޯ؟ ރީނާ ހެވިފަހުރެ އަހައިލީ އިރަމް ދިޔަ ކަން ޔަގީންވުމުންނެވެ. އެ އަންހެނަކުއްޖާ އަށް ކިޔަނީ އިރަމް ދޯ……އިރަމް އަަށް ނުކުރެވުނު ކަންތައް އަހަރެން ކުރަން ވީދޯ. އެކަމަކު މަ ކުރާއިރު އެއްލާނީ ކުޝަން އެއް ނޫން މިހިރަ ބޮޑު ސޯފާ ކަޔާން ކި އެއްޗަކުން ރީނާ އަށް ނުހޭން ކުރެވުނީ ނާކާމިޔާބު މަަސައްކަތެވެ. ރިލެކްސް ދޮންބޭ…ދޮންބެ ތި ހައިޕާ ވާ ވަރުން ހީވަނީ ދޮންބެ ކުރަމުން ދިޔަ ކަމެއް ރީން އަަށް ފާހަގަ ވީހެން ބޮޑު ހިނިތުންވުމަކާއި އެކީ ރީނާ ބުނެލި އެއްޗަކަށް ކަޔާން ރައްދު ދޭން އުޅުމުން އަވަހަށް ދުވެ ފިިލިއެވެ. ހާހްހް…. ވައި އާ އެވްރީބަޑީ ބިހޭވިންގް ސޯ ވިއަޑް ޓުޑޭ….ކާއަތުން އެ މެސީ އިސްތަށިކޮޅު ކަހާލަމުން އަމިއްލަ އަށް އަޑު އިވޭ ވަރަށް ކަޔާން އަށް ބުނެލެވުނެވެ.
(ނުނިމޭ)
6 Comments!
Comments are closed.

heyy sumaa
mi part vx vrh reethi Masha Allah ❤️
dialogue thakuga komaa koalhi beynun kureema readers ah faseyha vaane kiyaa iru…
keep it up darl 💖
take care
lysssm sumaaa 💗
Tysm. Glad you liked it. Varah ufaavehje. This is my first story ehenveema mistakes takeh ebahuri. Insha Allah next time will try ranghalhu kohlan💗🎀. Love you too ❣️
Vaahaka heevey reethi vaane hen
Ekm Quotation mark benun nukuraathy hama kiyaa kah neyngunu🤦
Thank you for sharing your opinion. First story Verma mistakes thakeh ebahuri insha Allah next time ranghalhu kohlanan❣️
Woww, love this story.. It’s quite interesting and lovelyy can’t wait for the 2nd part 😻
Thank you for sharing your opinion glad you liked it dear💗