Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…77

Anonymous Level 4100 Login10 Stories100 Comments
April 5, 2025 10 Mins Read
10 Comments

ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ލައިނީ ހަލޯ އޭ ބުނެލި އެވެ. “ލައީ ވަރަށް އަވަހަށް ލައިޝާ ދައްތަ ގޮވައިގެން އައި.ޖީ.އެމް.އެޗް އަށް އާދެބަ. މި އުޅެނީ އަލީނާ ދައްތަޔާ މިއުވާން ބެ ނިޔާވެގެން” މިޝްޔާގެ ވާހަކަ އެހާ ހިސާބަށް ދިއުމާއި އެކު އޭނާ އެބަ ދަން ކަމުގައި ލައިނީ ބުނެލި އެވެ. “އޭ އަދި މަޑު ކޮށްބަލަ. އައި.ޖީ.އެމް.އެޗް ގަ ލީކާ ވެސް އެޑްމިޓް ކޮށްގެންނޭ މި އުޅެނީ” މިޝްޔާ ބުނެލީ ލައިނީ ފޯނު ކަނޑާލަން އުޅުނު ވަގުތުގައި އެވެ. “އަޅެ ދެން ތި ވަރު ވީ އިރު ވެސް އަންގާނުލާ. ނޫނޭ ވާ ރަނގަޅު ތި މީހުން. ލައި މި ދަނީ” ލައިނީ އެހެން ބުނެލުމާއި އެކު މިޝްޔާ އަލީކާ އޮތް ރޫމް ނަމްބަރު ލައިނީ އަށް ކިޔާލަ ދިނެވެ.

*******************

ފޯނު ބޭއްވި ގޮތަށް ލައިނީ އެނދުގައި އެ އޮތް ގޮތަށް ލައިނީ އޮށޯވެލި އެވެ. ދެލޯ މަރާ ތަގުޅި ކޮށްލި ލައިނީގެ ދެލޯ ފުރި ބާރުވެގެން އައި ކަރުނަތައް ލޮލުގެ ހިމަ ކޮޅުން ފައިބައި ގަތެވެ. ރަޔާންގެ ހިޔާލުތަކާއި ދުރަށް ދާން އުޅޭ ވަރަކަށް އެ ހިޔާލު ތަކާއި ކައިރި ވެވޭ ކަމުގެ އިހުސާސް އެއް ލައިނީ އަށް ކުރެވުނެވެ. ދެންމެ ވެސް ހިނދުކޮޅަކަށް ނަމަވެސް ރަޔާންގެ ހިޔާލުތަކާއި ދުރަށް ދެވުނީ މިޝްޔާ ގުޅާލުމުން ނެވެ. ނޫން ނަމަ އެ ރޭ އެއްކޮށް ހެން އޭނާ ހޭދަ ކުރީހީ އެ ހިޔާލުތަކުގައި އެވެ.

 

ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ލައިނީ އެނދުގައި އިށީނދެލި އެވެ. ފޯނު ހުޅުވާފައި ލައިނީ ގަޑި ބަލާލި އިރު ތިން ގަޑި ބައިވެ ބޮޑުވެފައި ހުރި ތަން ފެނުމާއި އެކު ހަވާލުވެފައިވާ އޭނާގެ އިސްތަށިގަނޑު ރީތިކޮށް ފަހަތަށް އައްސާލި އެވެ. އެނދުން ތެދުވެގެން ގޮސް ލައިނީ ޑްރެސިންގް ޓޭބަލް ގެ ކައިރީގައި ހުއްޓިލީ ލައިޝާ އަށް ގޮވަން ދާ އިރު އޭނާގެ މޫނު މަތިން ރުއިމުގެ އެއްވެސް އަސަރެއް ފެނޭތޯ ބަލާލާށެވެ.

 

ކިތަންމެ ވަރަަކަށް ލައިނީ ފޮރުވަން އުޅުނު ނަމަވެސް ލައިނީ ގެ ދެލޯ ވަނީ ރަތް ވެފައި އެވެ. ލައިޝާ ރަނގަޅަށް ބަލައިލައިފި ނަމަ ލައިނީ ގެ މޫނުމަތިން ރުއިމުގެ އަސަރުތައް އެއްވެސް ހުރަހަކާއި ނުލާ ފެނިގެން ދާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ލޯގަނޑު ގެ ކުރިމަތީގައި އެ ހުރި ގޮތަށް ހުރެލަމުން ލައިނީ ފުން ނޭވާ އެއް ދޫކޮށްލި އެވެ. ކޮންމެ ގޮތަކަށް އޭނާ ހުރި ކަމުގައި ވީ ނަމަވެސް ލައިޝާ އަށް ގޮވަން އޭނާ އަށް ދާން އެބަ ޖެހެ އެވެ. ނޫން ނަމަ ވިޔަސް ވާނީ ހައްތަހާ ލަހެވެ.

 

މޫނު މަތި ޓިޝޫ އަކުން ފުހެލަމުން ލައިނީ އޭނާގެ ކޮޓަރިން ނިކުތެވެ. ކުރިމަތީގައި ހުރި ލައިޝާ ގެ ކޮޓަރި އާއި ދިމާލަށް ލައިނީ މިސްރާބު ޖަހާފައިވާ އިރު ގޭތެރެ އަށް ވެރިވެފައި އޮތް މަރުފަދަ ހަމަ ހިމޭން ކަން ފޫ އަޅުވާލީ ލައިނީގެ އަވަސް ފިޔަވަޅުތަކުގެ އަޑުން ނެވެ. ލައިޝާގެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ލައިނީ ދެ ފަހަރަކު ދޮރުގައި ޓަކި ޖަހާލި އެވެ. އިރުކޮޅެއް ނުވެ ލައިޝާ ނަމާދު ދޮޅި އާއި އެކު ދޮރު ހުޅުވާލި އެވެ. ލައިޝާ ދޮރު ހުޅުވާލުމާއި އެކު ލައިނީގެ ނަޒަރު ދަތުރު ކޮށްލީ ރަތްކަން ވެރިވެފައި ވާ ލައިޝާގެ ދެ ލޮލަށް ށެވެ. އޭނާ އެކޭ އެއްފަދައިން މި އަރާމު ރޭގެ ވަގުތުތައް ލައިޝާ އެ ހޭދަކުރަމުން ދަނީ ރުއިމާއި އަޅުކަމުގައި ކަން އެނގުމުން ލައިނީ ގެ ހިތަށް އުނދަގޫ ވެލި އެވެ. ހިތުގައި ސުވާލު މާކެއް ޖެހުނު ނަމަވެސް ލައިނީ ބެލީ ލައިޝާ އަށް އޭނާ ހިފައިގެން އައި ޚަބަރު ދޭށެވެ.

 

އެނދުގައި އޮށޯވެލައިގެން އޮތް ރަޔާންގެ އަތް ވަނީ އޭނާގެ ނިއްކުރި މަތީގައި ބާއްވާލެވިފައި އެވެ. ރަޔާންގެ ނަޒަރު ސީލިންގް އަށް ހުއްޓިފައި ވާ އިރު އޭނާ އެ އޮތީ ފުން ވިސްނުމެއްގައި ކަން އެނގޭހާ ވެ އެވެ. މޫނުމަތިން ހިތްދަތިކަން ފާޅުވަމުން ދިޔަ އިރު އެ ދެ ލޮލުން ފާޅުވަމުން ދިޔަ އަސަރުތަކެއްގެ ސަބަބުން މީހެއްގެ ހިތް ވިރޭހައި ވެ އެވެ. އެ ތަކެއް ހިޔާލުތަކެއް ރަޔާންގެ ސިކުނޑި ވަށާ ބުރު ޖަހަމުން ދިޔަ އިރު އޭނާގެ ހިތަށް ދިޔައީ ތަސައްލީ އެއް ނުލިބޭ ހައި ބޮޑަށް ވޭން ލިބެމުން ނެވެ. ބަލާލާ މީހަކަށް މާ ބޮޑު އެއްޗެއް ހީ ނުވި ނަމަވެސް އެ ހިތުން އެވަގުތު ދިޔައީ ލޭ ކަރުނަ ފައިބަމުން ނެވެ.

 

އިރުކޮޅެއް ވަންދެން އެހެން އޮވެ ލުމަށް ފަހު ރަޔާން ސައިޑް ޓޭބަލް ގެ މަތީގައި އޮތް އޭނާގެ ފޯނު ނަގާ ހުޅުވާލި އެވެ. ލޮކް ސްކްރީން އަށް ލާފައި ވީ އޭނާ އާއި ލައިނީގެ ފޮޓޯ އާއި ދިމާލަށް ބަލައިލި ރަޔާންގެ މޫނު މައްޗަށް ހިތި ހިނިތުންވުމެއް ވެރި ވި އެވެ. އަދި ވެސް އެ ފޮޓޯ ބަދަލު ނުކޮށް އޭނާ އެ އިންނަނީ އެ ހިތް އެކަމަށް ނޭދުމުން ނެވެ. ފައިހާ އާއި އެކީ ދިރިއުޅުމެއް ފެށި ނަމަވެސް އޭނާގެ އަތުގައި ހުރި ލައިނީ އާއި އޭނާގެ އުފާވެރި ހަނދާން ތަކެއް އޭނާ އަކަށް ކަފުނަށްލާ ވަޅެއް ނުލެވޭނެ އެވެ. އެއީ ދުވަހަކު ވެސް ވާނޭ ކަމެއް ހެނެއް ހިޔެއް ނުވެ އެވެ.

 

ފޯނު ގެ ފިންގާ ޕްރިންޓް ޖަހާލަމުން ރަޔާން އޭނާ އާއި ލައިނީ ގެ ހަނދާންތައް ފޯނުގައި ރައްކާ ކުރެވިފައި ވާ ފޯލްޑާ ހުޅުވާލި އެވެ. އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ފަހު ދުވަހާއި ޖެހެން ދެން އޭނާ ލައިނީ އާއި އެކު ނަގާފައި ހުރި ފޮޓޯތައް ބަލަމުން ދިޔަ ރަޔާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ. ރަޔާންގެ ހިތަށް ވަގުތީ އުފަލެއް ނަމަވެސް އެވަގުތު ލިބިގެން ދިޔަ އެވެ.

 

ހުރިހާ ފޮޓޯތަކެއް ރަޔާން ބަލާ ނިންމާލި ވަގުތު ވީ ނުކްޝާން ގެ މެސެޖެއް އިންސްޓަގްރާމް އިން އޭނާ އަށް ލިބުނު ވަގުތަށް ށެވެ. ވަގުތުން ރަޔާން އެ މެސެޖު ހުޅުވާލި އެވެ. އެއްވެސް ވަރަކަށް ވަސްނާލުމެއް ނެތި ރަޔާން އެ މެސެޖު ހުޅުވާލި ވަގުތު ވީ ނުކްޝާން އޭނާ އަަށް ގުޅި ވަގުތަށް ވުމުން ރަޔާން ފޯނު ކޯލަށް ޖަވާބު ދިނެވެ. “ހަލޯ” ރަޔާން އަށް ކިރިޔާ ބުނެވުނީ އެހާ ހިސާބަށް ށެވެ. ނުކްޝާން ވާހަކަ ދައްކަން ފެށި އެވެ. “ހޭލާ ދޯ. އިންސްޓާ ބަލާލައްޗޭ. އިންނާނެ މެސެޖެއް ކޮށްފަ” ނުކްޝާން އޭނާގެ ވާހަކަ ނިންމާލުމަށް ފަހު ފޯނު ކަނޑާލި އެވެ. ވަގުތުން ރަޔާން އަށް ޗުސް ތަޅާލެވުނެވެ. މެސެޖުގައި އޮތް އެއްޗެއް ދެން ގުޅާފައި ނުބުނެ ބޭއްވުމުން ދެން ކޮންމެ މީހަކަށް ވެސް ވާނީ އެ ކަހަލަ ގޮތެއް ތާ އެވެ. އެހެން ނޫނަސް އެއީ ނުކްޝާން ގެ އާދަ އެކެވެ.

 

އިންސްޓަގްރާމް އިން އޭނާ އަށް ލިބިފައި ވާ ނުކްޝާން ގެ މެސެޖު ކިޔާލި ރަޔާން ގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނި ޖެހިގެން ދިޔަ އެވެ. ހަމަ އެކަނި އައި.ޖީ.އެމް.އެޗް އަށް ވަރަށް އަވަހަށް އައިސް ދިނުމަށް އެދިފައި ވީ އިރު ރޫމް ނަމްބަރެއް ދީފައި އިނެވެ. ހިތުގައި ކިތަންމެ ބައިވަރު ސުވާލެއް އުފެދުނު ނަމަވެސް އެ ސުވާލު ތަކުގެ ޖަވާބު ހޯދުމަށްޓަކައި ވެސް އޮތީ އޭނާ އަށް ނުކްޝާން އެދުނު ގޮތަށް ކަންތައްތައް ކޮށް ދިނުމެވެ.

 

ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ރަޔާން ބެލީ އަަވަހަށް ތައްޔާރު ވެލައިގެން އައި.ޖީ.އެމް.އެޗް އަށް ދެވޭތޯއެވެ. އަލަމާރި ތެރެއިން ޕީޗް ކުލައިގެ ޓީޝާޓެއް ނެގުމަށް ފަހު ހުދު ކުލައިގެ ސޯޓެއް އެ އާއި އެކު ލުމަށް ރަޔާން ނެގި އެވެ.

 

ފެންވަރައިގެން ޓީޝާޓާއި އެކު ސޯޓު ލުމަށް ފަހު ރަޔާން ހުއްޓިލީ ޑްރެސިންގް ޓޭބަލް ގެ ކުރިމަތީގައި އެވެ. އިސްތަށިގަނޑުގައި ޖެލް ލުމަށް ފަހު އޭނާ އަަބަދު ވެސް އިސްތަށިގަނޑު ސްޓައިލް ކޮށްލާ ގޮތަށް ރަޔާން އޭނާގެ އިސްތަށިގަނޑު ސްޓައިލް ކޮށްލި އެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ކޮޅެއް ޖަހާލަމުން ރަޔާން އެނދު މަތީގައި އޮތް އޭނާގެ ފޯނު ނަގާ ޖީބަށް ލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ރަޔާން އޭނާގެ ސައިކަލް ތަޅުދަނޑި ހިފައިގެން ނުކުންނަން ދިޔަ އެވެ.

 

ރަޔާން ކޮޓަރިން ނިކުން އިރު އައިރާ އާއި ރިޔާން ވެސް ކޮޓަރިން ނިކުނަނީ އެވެ. އޭނާ ގެ ގާތުގައި އައި.ޖީ.އެމް.އެޗް އަށް އައުމަށް އެދުނު ފަދައިން އެ ދެ މީހުންގެ ގާތުގައި ވެސް އެދުނު ކަން ރަޔާން އަށް އެނގުނީ އެހެންވެ އެވެ. “ނުކް ބުނެގެން؟” ރަޔާން ފެންނަން ވާ އިރަށް މަޑުމައިތިރި ރާގަކަށް ރިޔާން އަހާލީ ޔަގީން ކޮށްލުމުގެ ގޮތުން ނެވެ. ވަގުތުން ރަޔާން ހްމްމް އަޅުވާލީ ރިޔާން ގެ ސުވާލަށް ޖަވާބު ދެމުން ނެވެ.

 

ލޯގަނޑު ކުރިމަތީ ހުރި ލައިނީ އޭނާގެ އިސްތަށިގަނޑާއި އެކު ކަރު ނިވާ ކުރެވިފައި ވީ ޗޮކްލެޓް ކުލައިގެ ޝޯލުގައި އެންމެ ފަހު ޕިން ޖަހާލި އެވެ. އަވަސް ހަރަކާތަކާއި އެކު ލައިނީ ޑްރެސިންގް ޓޭބަލް ގެ މަތީގައި ހުރި އޭނާގެ ސެންޓު ފުޅިން ސެންޓު ކޮޅެއް ގަޔަށް ބުރުވާލި އެވެ. ވަގުތުން ކޮޓަރި ތެރެ އެއް ވަސް ކޮށްލީ އެ ސެންޓުގެ މީރު ވަހުންނެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ލައިނީ އެންމެ ފަހު ފަހަރަށް ލޯގަނޑުން އޭނާގެ ސޫރަ ބަލާލި އެވެ.

 

ޕީޗް ކުލައިގެ ގަމީސް މަތިކޮޅަކާއި އެކު ހުދުކުލައިގެ ޖީންސް އެއް ލައިގެން ހުރި ލައިނީގެ އިސްތަށިގަނޑާއި އެކު ކަރު ނިވާ ކޮށްލެވިފއި ވަނީ ޗޮކްލެޓް ކުލައިގެ ޝޯލަކުން ނެވެ. އެ ޝޯލުގެ ތެރެއިން ލައިނީގެ ހަނދެއް ފަދަ ރީތި މޫނު މަތީގައި ހަމަ އެކަނި ކޮށްފައިވާ މޭކަޕް އަކަށް ވީ ތުންފަތުގައި ޖައްސާލެވިފައިވީ މަޑު ފިޔާތޮށިކުލައިގެ ލިޕްގްލޮސް އެވެ. އެ ނޫން އިތުރު މޭކަޕް އެއް ލައިނީ ކޮށްފައި ނުވި ނަމަވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. އެ ރީތި މޫނު މަތިން ހަމަ އެކަނި އެ ވަގުތު މަދުވި އެއްޗަކަށް ވީ އަބަދު ވެސް އެ މޫނު މަތިން ފެނިގެން ދާ ފުރިހަމަ ހިނިތުންވުމެވެ. އެ ހިނިތުންވުން އެ ވަގުތު މޫނު މައްޗަށް ވެރި ވެއްޖެ ނަމަ ހަނދާއި ތަރިތައް ވެސް އެ ރީތި ކަމުގެ ސަބަބުން ފަހަތަށް ޖައްސާލާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

 

ލޯގަނޑުން އަމިއްލަ ސޫރަ އާއި ދިމާލަށް ބަލައިލުމަށް ފަހު ލައިނީ ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. ނަސީބު ކަން ދިމާ ކުރި ގޮތުން އެވަގުތު ވެގެން ދިޔައީ ލައިޝާ ވެސް ކޮޓަރިން ނިކުން ވަގުތަށް ވުމުން އިތުރަށް މަޑު ކުރުމެއްނެތި ލައިނީ ބޫޓު ހަރުގަނޑުން ސްނިކާޒް އަކަށް އެރުމަށް ފަހު ލައިޝާ އާއި އެކު ގެއިން ނިކުނަން ހިނގައިގަތެވެ.

 

އައި.ޖީ.އެމް.އެޗް ގެ ތެރެ އަށް ލައިނީ އާއި ލައިޝާ ވަން ވަގުތު ވެގެން ދިޔައީ ރަޔާން އަށް ވެސް އައި.ޖީ.އެމް.އެޗް ގެ ތެރެ އަށް ވަން ވަގުތަށް ށެވެ. އެ ސަބަބާއި ހުރެ މިޝްޔާ އާއި ނުކްޝާން ބުނެފައި ވީ ރޫމް އާއި ދިމާލަށް ދެ ޒުވާނުންނަށް ދެވުނީ އެއް ވަރަކަށް ށެވެ.

 

އަލީކާ ބޭއްވިފައި އޮތް ކޮޓަރީގެ ދޮރު ކުރިމަތީގައި މަޑު ކޮށްލި ލައިނީ އާއި ރަޔާން އަށް ދޮރު ހުޅުވާލަން ތަޅުގައި ހިފުނީ އެއްފަހަރާ އެވެ. ލައިނީ ގެ އަތުގައި އާއި އެކު ތަޅުގައި ހިފާލެވުމާއި އެކު ބޭއިޚްތިޔާރުގައި ނަަމަވެސް ރަޔާން އަށް ލައިނީ އާއި ދިމާލަށް ބަލައިލެވުނެވެ. ލައިނީ އަށް ވެސް ވީ އެވަގުތު ރަޔާން އަށް ވީ ވަރެވެ. ކައިރީގައި ލައިޝާ ހުރިކަން ލައިނީގެ ހަނދާނުން އެވަގުތު ކައްސާލައިގެން ދިޔައީ ރަޔާންގެ އަތުގެ ބީހުން އޭނާ އަށް އިހުސާސް ކުރެވުމުން ނެވެ. ލައިނީ އާއި ރަޔާން ގެ ނަޒަރު ސިކުންތު ކޮޅަކަށް ސީދާ ވެގެން ދިޔަ ހިނދު ދެ ޒުވާނުންނަށް ދެ ޒުވާނުން ގެ ދެ ލޮލުން ފެނުނީ އެއް ކަހަލަ އަސަރުތަކެކެވެ.

 

ލައިނީ އަށް ހަމަހޭވެރިކަމެއް ވެގެން ދިޔައީ ރަޔާން އޭނާގެ އަތުން ދޫކޮށްލަމުން އެހެން ދިމާލަކަށް ރަޔާން ގެ ނަޒަރު ބަދަލު ކޮށްލުމުން ނެވެ. އަވަސް ހަރަކާތަކާއި އެކު ލައިނީ ދޮރު ހުޅުވާލި އިރު ލައިނީގެ ހިތަށް އެވަގުތު ކިތަންމެހާ ވެސް އުނދަގޫ ވި އެވެ. އޭނާ ވެސް ރަޔާން ދެކިލަން ބޭނުންވެ އެވެ. ރަޔާން ފެނިއްޖެ ނަމަ އެ ހިތް ރަޔާން އާއި އެކު ވުމަށް އެދެ އެވެ. ނަމަވެސް އެކަން ވުމަށް ވުރެ ގާތީ ނުވުމެވެ. އެ ސަބަބާއި ހުރެ ރަޔާން ފެނުލުމުން ނޭނގޭ އުނދަގުލެއް އޭނާގެ ހިތް ވަށާލަ އެވެ.

 

ލައިނީ އާއި ރަޔާންގެ އިތުރުން ލައިޝާ ކޮޓަރީގެ ތެރެ އަށް ވަން އިރު އަލީކާ އާއި މިޝްޔާ ނޫން އިތުރު މީހަކު އެވަގުތު އެ ކޮޓަރީގެ ތެރެ އަކު ނެތެވެ. ދެން ތިބި ހަތަރު ޒުވާނުން އެވަގުތު އެރީ ހަވަ އަށް ކަމެއް ނޫނީ ބިން ފަޅާފައި ދިޔައީ އަޑި އަށް ކަމެއް ނޭނގެ އެވެ.

 

އާދައިގެ ގޮތަކަށް ކޮޓަރީ ގެ ތެރެ އަށް ވަދެލުމަށް ފަހު ރަޔާން ވަކިން ހުރި ގޮނޑި އެއް ގައި އިށީނދެލި އެވެ. އެވަގުތު ވީ ކޮޓަރީ ގެ ތެރެއަށް އަލީކް އާއި ޒީކާންގެ އިތުރުން ނުކްޝާން އާއި ޔާއިން ވަދެގެން އައި ވަގުތަށް ށެވެ. “އިރުކޮޅަކުން މޫނު ބެލުން ފެށޭނެ އިނގޭ. ފަތިސް ނަމާދަށް ފަހު ދެން އަދި ކަށު ނަމާދުކުރާނީ” ކޮޓަރީގެ ތެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ޔާއިން ބުނެލި އެވެ.

 

“ކާކު ގެ ކަށު ނަމާދެކޯ” ރަޔާން ގެ ސުވާލުން ނުކްޝާން ބޯ ކަހާލަމުން އަލީކް އާއި ދިމާލަށް ބަލައިލި އެވެ. “ނުބުނެ ގެނައީ ދޯ” ސިއްރު ސިއްރުން އަލީކް ނުކްޝާން ގެ ކަންފަތް ބުޑުގައި އަހާލި އެވެ. ވަގުތުން ފާޑަކަށް ހުރެފައި ނުކްޝާން ބޯ ޖަހާލައިފި އެވެ. “ހީވިއޭ އޭރު ވެސް” ނުކްޝާން ބޯ ޖަހާލުމާއި އެކު އަލީކް ބުނެލީ ކުރިން ވެސް އޭނާ ބުނެލި ރާގުގައި އެވެ. އޭރު އެ ދެ ޒުވާނުން ގެ ހަރަކާތްތަކަށް ސުވާލުގެ ނަޒަރަކުން ބަލަން ރަޔާން އިނެވެ. އެންމެ ފަހުން ރަޔާން އަށް ވީ ގޮތް އަކުރެއް ފިއްޔެއް ވައްޓާ ނުލާ ކިޔާ ދޭން ޖެހުނީ ޔާއިން އަށް ށެވެ.

 

މޫނު ބެލުން ފެށުމުގެ ކުރިން ނުކްޝާންމެން ނާއިޝްމެން ހުރިހާ އެންމެން ގެ ސަމާލުކަމަށް އެކަން ގެނެ އެވެ. އެ ޚަބަރު ނުދޭ އެންމެން ނަށް ޚަބަރު ދިނުމަށް ފަހު ހޮސްޕިޓަލަށް ގެނެސް ވެއްދި އެވެ. ދަންވަރުގެ އެ ވަގުތުގައި ނިދާފައި ތިބި ބަޔަކަސް ނުވަތަ ހޭލާ ތިބި ބަޔަކަސް އެވަގުތު ނުކްޝާންމެން ހޮސްޕިޓަލަށް ވެއްދި އެވެ. އަނެއް ކޮޅުން އެ ޚަބަރު ލިބުމާއި އެކު ނިދާފައި ތިބި މީހުންގެ ނިދިގަނޑު ވެސް ވަގުތުން ފިލައިގެން ދިޔަ އެވެ. އެހެން ކަމުން ގަދަކަމުން ގެނެސް އެކަކު ވެސް ވައްދާ ކަށް ނުޖެހުނެވެ.

 

މޫނު ބަލާ ކޮޓަރި އަށް ފަހަރަކު ބަޔަކު ވަދެ ނިކުމެގެން ދެ އެވެ. އޭރު ވެސް އަލީކާ އާއި އަލީކް އެއް ފަރާތުގައި ވަދެ ނިކުމެގެން ދާ ކޮންމެ މީހަކާއި ދިމާލަށް ބަލަން ތިބީ އެވެ. މަންމަ އާއި ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ބަލާނެ ހާ ހިތްވަރެއް އެ ދެ ޒުވާނުން ގެ އެއް ނެތެވެ. އެ ކޮޓަރީގެ ތެރެ އަށް ނުވަދެ ދެ ޒުވާނުންނަށް ވެސް ތިބެވުނީ އެ ސަބަބާއި ހުރެ އެވެ.

 

“ނުވަންނާނަން ތަ؟” އަލީކާ އާއި އަލީކްގެ ހަރަކާތްތަކަށް ބަލަން ހުރުމަށް ފަހު ދެ ޒުވާނުންނާއި ގާތް ވެލަމުން މިޝްޔާ އަހާލި އެވެ. ވަގުތުން އަލީކް އާއި އަލީކާ ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. “ދެން ވަދެބަ” މިޝްޔާ ބުނެލި އެވެ. މިޝްޔާގެ މޫނަށް އަވަސް ނަޒަރެއް ދިނުމަށް ފަހު އަލީކް އާއި އަލީކާ އެކުއެކީގައި ވަންނަން ހިިނގައިގަތުމާއި އެކު އެވަގުތު އެ ތަނުގައި ތިބި އެންމެންގެ ހަމްދަރުދީގެ ނަޒަރު އެ ދެ ޒުވާނުންނަށް ހުއްޓިގެން ދިޔަ އެވެ.

 

އަލީކް އާއި އަލީކާ އެކު އެކީގައި ހެން އަލީނާ ގެ ފުރާނަ ނެތް މަސްގަނޑު ގެ ކައިރީގައި ހުއްޓިލި އެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް މަންމަ ގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއި އެކު އަލީކާގެ ދެލޮލުން ކަރުނަތައް ކޯތާފަތުގެ މަތިން ފައިބައި ގަތެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަލީކާ ފުހެމުން ދިޔަ ނަމަވެސް އެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އޭގެ ބަދަލުގައި ކަރުނަތައް ވީ ހައްތަހާ ގިނަ އެވެ. އަދި ވެސް އެއް ފަހަރު އެ މަންމަގެ އަނގައިން އޭނާ އަށް ދަރިފުޅާ އޭ ކިޔާފައި ގޮވާލާނެ ނަމަ އޭ އަލީކާގެ ހިތަށް އަރަމުން ދިޔަ ނަމަވެސް އެއީ ނުވާނޭ ކަމެއްް ކަން އޭނާ އަށް އެނގެ އެެވެ.

 

އަލީކާ ގެ ބޮޑު ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމާއި އެކު އަލީކް ގެ ހިތަށް ވާން ވެލި އެވެ. އިސާހިތަކު އަލީކް ގެ ދެ ލޯ ވެސް ފެންކަޅި ކުރުވައިފި އެވެ. ނުރޮއުނު ކަމުގައި ވީ ނަމަވެސް އޭނާގެ ހިތުގައި ދިޔައީ އިންތިހާ އަށް ވޭން އަޅަމުން ނެވެ. ހިތުން ދިޔައީ ލޭ ކަރުނަ ފައިބަމުން ނެވެ.

 

އަލީނާގެ ކައިރިން ދުރަށް ޖެހިލުމަށް ފަހު މިއުވާން ގެ ފުރާނަ ނެތް މަސްގަނޑު ގެ ކައިރީގައި ހުއްޓިލި އަލީކް އަށް ދެލޯ މަރާލެވުނެވެ. މޫނު މައްޗަށް ލިބިފައިވީ ޒަޚަމް ތަކުގެ ސަބަބުން މިއުވާން ގެ ސިފަ ވަކި ކުރަން ވެސް ޚުދު އޭނާ އަށް ނޭނގުނެވެ. މިއުވާން ގެ މަސްގަނޑު ފެނުމާއި އެކު އަލީކް އަލީކް ކުރަމުން ދިޔަ ހިތްވަރަށް ނިމުމެއް އައެވެ. އޭގެ މަގާމުގައި ހިފެހެއްޓިފައިވީ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައި ގަތެވެ. ވަގުތުން އަލީކް އޭނާގެ ދެލޮލުން ކަރުނަ ތިކި ވެއްޓުމުގެ ކުރިން ފުހެލި އެވެ.

 

އިތުރަށް މިއުވާން އާއި ދިމާލަށް ބަލަހައްޓައިލައިގެން ހުރުމުގެ ހިތްވަރު އޭނާ ގެ ނެތުމުން އަލީކް އެ ތަނުން ނުކުނަން ހިނގައިގަތެވެ. އަލީކް ގެ ފަހަތުން އަލީކާ ނިކުން އިރު އެ ބޮޑު ދެ ލޮލުން ކަރުނަ މުތީ ތަކެއް ފަދައިން ބަބުޅަމުން ދިޔަ އެވެ. އަލީކާ އަށް އަޑެއް ނުލައްވާ ކެތް ކޮށްލެވުނީ އެ ކޮޓަރިން ނިކުނަން ދެނެވެ. އެ ކޮޓަރިން ނިކުމެވުނު ކަމެއް ނޭނގި ގިސްލަ ގިސްލާފައި އަލީކާ އަށް ރޯން ފެށުނެވެ. އެ ވަގުތު އެ ތަނުގައި ތިބި އެންމެން ގެ ހިތްތަކަށް އަސަރު ކުރުވި އެއްޗަކަށް އަލީކާގެ މަޑު ގިސްލުން ވެގެން ދިޔަ އެވެ.

 

ފަތިސް ނަމާދަށް ފަހު އާ ސަހަރާގައި ހުރި ގޮނޑި ތަކުގައި އިށީނދެލައިގެން އިން އަލީކާ ގެ ދެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔަ އެވެ. ކައިރީގައި ތިބި އެންމެންގެ ފަރާތުން ހިތްވަރު ގެ ބަސްތައް ލިބުނު ނަމަވެސް އަލީކާ އަށް ހިތްވަރު ކުރުންވީ އުނދަގޫ ކަމަކަށް ށެވެ. އަލީކާގެ ނަޒަރު އާސަހަރާ ގެ މީހުން ވަޅުލަން ގެންދާ ދިމާލަށް ހުއްޓިފައި ވި އިރު އެ ހިތުގައި އުފެދިފައިވާ ޒަޚަމްތައް އިތުރު ވެގެން ދިޔަ ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވުނެވެ.

 

މިއުވާން އާއި އަލީނާ ވަޅުލުމަށް ފަހު މީހުންތައް ނިކުމެގެން އައި ދިމާލަށް ބަލައިލި އަލީކާގެ ލޮލުގައި އޭނާގެ ލޯބިވާ ކޮއްކޮ އަޅައިގަތުމާއި އެކު ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކަށް ކުޑަ ނަމަވެސް ހުއްޓުމެއް އައެވެ. އަލީކް އައިސް އޭނާގެ ކައިރީގައި ހުއްޓުމާއި އެކު ކަރުނައިގެ ތެރެއިން ވެސް އަލީކާ އޭނާގެ މޫނު މައްޗަށް ހިތި ހިނިތުންވުމެއް ވެރި ކޮށްލި އެވެ. އެ ހިނިތުންވުމާއި އެކު ހުރި އަލީކާ އަށް ސިހުމެއް ލިބުނީ އަލީކް އޭނާގެ ގައިގައި އޮޅުލައިގަތުމުން ނެވެ. އިސާހިތަކު އިވިގެން ދިޔަ ވޭނީ ރުއިމުގެ އަޑުން މުޅި ތަނުގެ ހިމޭންކަން ނަގާލި އެވެ. އެ ވޭނީ އަޑު ވެގެން ދިޔައީ ބަލި ހިތްތަކަށް އަސަރު ކުރުވި އަޑަކަށް ށެވެ. އެތައް ބައެއްގެ ދެ ލޯ ފެންކަޅި ކުރުވި އަޑަކަށް ށެވެ. އެހެން ނަމަވެސް އަލީކް ހަމައަކަށް އެޅުވުމުގެ ގޮތުން ބުނާނެ ބަހެއް ނުވަތަ ހިތްވަރު ދިނުމުގެ ގޮތުން ނަމަވެސް ބުނެލާނެ ޖުމުލަ އެއް އެތަނުގައި އެވަގުތު ތިބި އެއްވެސް މީހެއްގެ ދުލަކަށް ނައެވެ.

 

އާސަހަރާ އިން ނިކުމެގެން އައި މީހުންތަކުގެ ތެރެއިން އެންމެ ފަހަތުން އަލީކް އާއި އަލީކާ ނުކުމެގެން އައި އެވެ. އެ ދެ ޒުވާނުންގެ ކުރީގައި ހިނގަމުން ދިޔަ ނުކްޝާންމެން އެންމެންގެ ނަޒަރު ކުރިމަތިން ފެންނަމުން ދިޔަ މަގަށް ހުއްޓިފައި ވި އެއް ކަމަކު އެ އެންމެން ގެ ސަމާލުކަން ހުއްޓިފައި ވީ އެ މީހުންގެ ފަހަތުން ހިނގަމުން ދިޔަ އަލީކާ އާއި އަލީކް އަށް ށެވެ.

 

“ނާއިޝް” އެންމެންނަށް ވުރެ ކުރިން ހިނގަމުން ދިޔަ ޒީވާ އޭނާގެ ކައިރީގައި ހުރި ނާއިޝް އަށް ގޮވާލި އެވެ. ވަގުތުން ނާއިޝް ޒީވާ އަށް ޖަވާބު ދިނުމުގެ ގޮތުން ހްމްމް އަޅުވާލަމުން އޭނާގެ ހުރިހާ ސަމާލުކަމެއް އޭނާގެ ގާތުގައި ހުރި އޭނާގެ ލޯބިވާ އަނބިމީހާ އަށް ދިނެވެ. “އަލީކް އާ އަލީކާ އެ ގޮތަށް ދޫކޮށްލާކަށް ޒީވާ އަކަށް ނުފެނޭ. ޒީވާމެނާ އެއްކޮށް ޒީވާމެންގެ ގެޔަށް ގެންދަންވީނު. އެދެކުދިން ހަމަޖެހިލެވެން ދެން” އަލީކް އާއި އަލީކާގެ ހާލަތު ފެނުމުން ޒީވާ އަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަލީކް އާއި އަލީކާ އެގެ އަށް ގެންދަން އޭނާ ބޭނުންވީ އެ ސަބަބާއި ހުރެ އެވެ. ޒީވާގެ އެދުމަށް ނާއިޝް އެއްބަސްވުމުން ޒީވާ ވަގުތުން އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްނުލާ އަލީކް އާއި އަލީކާ ގެ ކިބައިން އެ ގެ އަށް އައުމަށް އެދުނެވެ.އެހެން ނަމަވެސް ހަތިޔާރު ބަހައްޓަން އޭނާ އަށް މަޖުބޫރުވީ އަލީކާ ޒީވާގެ އެދުމަށް އާނބަސް ދިނުމުން ނެވެ.

 

ގޭތެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ޒީވާ އަވަސްވެ ގަތީ އަލީކްގެ އިތުރުން އަލީކާ އަށް ދެ ޒުވާނުން ތިބެން ހަމަޖެހިފައިވި ކޮޓަރި ދެއްކުމަށް ށެވެ. ނުކްޝާން ގެ ކޮޓަރި އާއި ޖެހިގެން އިން ދެ ގެސްޓް ރޫމް އަލީކާ އަށްށާއި އަލީކް އަށް ޒީވާ ހަމަޖެއްސި އެވެ. “ދެ ކުދިން އެއްވެސް ކަމެއް ބޭނުން ވަންޏާ ބުނައްޗެ އިނގޭ. އެހަށް ދައްތަ ރޫމް ރެޑީ ކޮށްލަން ދެން ސޯފާގަ މަޑު ކޮށްލާ އިނގޭ” އޯގާތެރި ރާގަކަށް ޒީވާ ބުނެލުމާއި އެކު އަލީކް އާއި އަލީކާ ބޯ ޖަހާލަމުން ސޯފާގައި އިށީނެވެ.

 

އެވަގުތު ވީ ނަވްޔާ އާއި ނުކްޝާން ވެސް ސޯފާގައި ޓީވީ އަޅުވައިގެން އޮތް ވަގުތަށް ށެވެ. ޓީވީ އަޅުވާފައި ހުއްޓެއް ކަމަކު ނަވްޔާ ގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް އޮތް ފޯނަށް ށެވެ. އަލީކާ އާއި އަލީކް ސޯފާގައި އިށީންނަން އައުމާއި އެކު ނަވްޔާ އާއި ނުކްޝާން އެ ދެ ޒުވާނުންނަށް އިށީނދެވޭނޭ ހެން އިށީނދެލި އެވެ.

 

އަލީކާ އާއި އަލީކް ސޯފާގައި އިށީނގޮތަށް ޓީވީ އަށް ނަޒަރު ހުއްޓާލައިގެން އިނެއް ކަމަކު އެ ދެ ޒުވާނުންގެ ހިޔާލާއި ފިކުރުވީ މާ ދުރުގައި އެވެ. އަލީކާ ސޯފާގައި އިށީނުމާއި އެކު ނުކްޝާން ގެ ނަޒަރު އަލީކާ އަށް ހުއްޓުނެވެ. އަލީކާ އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ނުކްޝާން ގެ ދެލޮލުން އަލީކާ އަށް ޓަކައި އެ ހިތުގައި އޮތް ލޯބި ހާމަވަމުން ދިޔަ އެވެ. އެ ވަގުތު ނުކްޝާން ނުބުންޏެއް ކަމަކު ބަލާލާ މީހަކަށް ނުކްޝާން ގެ ހިތް އޮތީ ހާމަ އަށް ފެންނާށެވެ.

 

ސޯފާ ގައި ފޯނު ހިފައިގެން އިން ނަވްޔާ ގެ ނަޒަރު އިރު އިރު ކޮޅާ ނުކްޝާން އާއި އަލީކާ އަށް ހުއްޓެމުން ދިޔަ އެވެ. ނުކްޝާން ގެ ނަޒަރު އަލީކާ އިށީން ފަހުން ޓީވީ އަށް ވުރެ ގިނައިން އަލީކާ އަށް ހުއްޓެމުން ދިޔަ މަންޒަރު ފެނުމާއި އެކު ނަވްޔާ އަށް ކުޑަ ކޮށް އެއް ބުމަ އަރުވާލެވުނެވެ. ނުކްޝާން ހޮސްޕިޓަލުގެ ތެރެއިންނާއި އާސަހަރާ ގެ ތެރެއިން ވެސް އަލީކާ އާއި މެދު ތަފާތު ގޮތެއް ބަހައްޓަމުން ދިޔަ ކަން އޭނާ އަށް ވަނީ ފާހަގަ ކުރެވިފައި އެވެ. އެ ވަގުތު އެ ދެ ތަނުން ކޮންމެ ތަނެއްގައި ހުރި އަލީކާ ގެ ގާތް ތިމާގެ މީހުންނަށް ވުރެ ބޮޑަށް ނުކްޝާން އަލީކާ އަށް އަޅާލި އެވެ. ޚުދު އޭނާ އަށް އެކަން ފާހަގަވެގެން މީ ކޮން ކަމެއް ހެއްޔޭ ޒީކާންގެ ގާތުގައި އަހާ ވެސް ލެވުނެވެ. ނަވްޔާ ސުވާލަށް ޒީކާން ހަމައެކަނި ނޭނގެ އަކުން ފުއްދާލީ އެވެ. އެހެން ނަމަވެސް ޔަގީނެވެ. ޒީކާން އަށް ނުކްޝާން ގެ ހުރިހާ ކަމެއް އިނގޭނެ އެވެ. ދެން ހަމަ އޭނާގެ ކައިރީގައި ނުބުނާން ނޭނގެ އޭ ބުނެލީ އެވެ. ދެ ތިން ގަޑިއިރުގެ ތެރޭގައި ހިނގާ ދިޔަ ހުރިހާ ކަމެއް ގުޅުވާލެވުމާއި އެކު ނަވްޔާ ގެ ހިތް ނުކްޝާން އާއި އަލީކާގެ ދެމެދުގައި ގުޅުމެއް ވާ ކަމަށް ބުނެލި އެވެ. އެހެން ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އޭނާ އިސްކުރީ ހިމޭންކަމެވެ.

ނުނިމޭ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ސަލާމް އަލްވަދާއު

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 29

Next
April 6, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 29

Previews
April 5, 2025

ސަލާމް އަލްވަދާއު

10 Comments!

  1. Cutie girl says:
    April 5, 2025 at 10:48 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Nuk have feelings for aleeka
    Nuk and aleeka gulhuvachey
    Lainy and rayaan ves
    Zaa and kiyaan ves
    Milaan and navya
    Aleek and aika
    They all are made for each other
    I appreciate your hard work
    Your my fav author ❤️
    Tc ❤️
    Haadha curious kohlaafa thi nimaaly
    Ly rifoo ❤️😚

  2. Dhooni says:
    April 6, 2025 at 9:05 am

    Varah Reethi Mi part ves Masha Allah
    Kon irakun next part kiyaalan libeynee

  3. Eyna says:
    April 6, 2025 at 10:04 am

    Omg omgg
    Mi part ge inthizaaruga hunna taa kon dhuvaheh. Hama kiyaalaa hithun kei nuvegen. Your stories are my favourite ❤️ love your stories hama vr big koh.
    Naya ah enme last part ga vaanee omg omgg it’s finnnnaalyyy happpennninggggg 🤣
    Varah habeys hama story. Al ah haadha dhera gothekey vanee e dhw 😭
    Btw kon irakun next? Inthizaaru ga vaguthu hama gunen fashaifin
    Love you N keep it up

  4. Vampire girl says:
    April 6, 2025 at 10:23 am

    Maashaa Allah mi part vx varah varah reethi….
    Alhey aleek and aleeka ah v goii dhw 😭😭
    Dhn manje kon dhuvahakun thw next part submit kohlaany…..
    Avahah up kohdhehchey…
    Ehaa gina dhuvas vandhen mashakah ketheh nuvaane ingey 😉😅
    Kihineii thr kamanaa faanuge haalu kolhu??
    Ey vrh vaahaka dhahkan onnaane ingey… ehkala vaahaka vx kiyaadheynan…. maadhan gadi ah dhaathi 😉😉 eyrakahnu kairyga thibeveyny lol🤣🤣
    Madhaanan gadiah….. iraadha kurehvihyaa….
    Bye bye
    Loabiveyyyyyy varahhhhh…

  5. unknown gurll says:
    April 6, 2025 at 7:00 pm

    mi part ves vrh reethi when nexr part

  6. Laura says:
    April 7, 2025 at 6:12 am

    Heyyy Rifooooo loabi gandaaaa
    Dhuvas thakeh vejje dho lau ah comment gandeh haa hisaabu nu kohlevey thaa. Busy kamunney ingey dhoonyy. Ekam hama baraabarah kiyan ingey. Rifooooo story liye nimijje thaa? IGCSE exam ah Rifoo break eh nagan thaa? Hama suvaalu ingey kohlan beynun vaa eii IGCSE ga ves lau ah inthizaaru kureveny eyrun nehnun dho. Ehen nooni dhe min in beleyne kanneynge vhk upload vejje tho.
    Anyways story hama perfect. Nuk ves kuri ah jassaali fahun dho comment eh kohlevey varu mi v 🤣. E soru vaa gadha kaleyney. Lau mee naya nama dhulah aihaa heyo ehcheh kiyaanan hama shakku vaan vaa irah. Dhen ehen noonas nuk ge kameh zeek ah neyngi nuhunnaane dho. E varu naya ah vx ingeyne ehnun dhen. Dhen enme inthizaaru kureveyny naya nuk aa dhimaa kohlaane irakah eyrun hunnaane ladhun viri viri 😊😊.
    Alhey Rifooooo Aleek and al ah kihineh thi hadhanyy. Lau ah dhera vegen kiriyaa nu rovuny 😭😭. And lai and rayaan ah ves. E dhekudhin avahah gulhuvaba. Pls pls pls.
    Comment maa dhigu vejje dho mihaaru ves. Hehe 😆.
    Good luck in your IGCSE exam
    Love you Rifoo loabyy 🫰

    1. 😏😏 says:
      April 7, 2025 at 11:50 am

      Haadha galhi comment eh

  7. 😏😏 says:
    April 7, 2025 at 11:49 am

    Dhuvahaku nunimey vaahaka eh
    Mihaaru dhigu kuran hadhaagen plot ves gellihje
    Hus haasaru

    1. Kokkkkky says:
      April 7, 2025 at 4:59 pm

      Asluvexxx, mi vhk veehaa ves avahakah nimmaafa ehen story eh feshiyya reethi vaane kanne.
      Maa gina characters thakuge vhk ah eki hisaabu hisaabun focus kuran hadhaigen mi othy reethikan gehlifa.
      Rifoo, plsplspls just start another story. Mihen dhigu dhanmaigen dhiyulhi dhigu kureema kiyuntherin ves fooohi vaane.

  8. Ramm says:
    July 4, 2025 at 4:32 pm

    Hey whn vhk up kuranee?😭

Comments are closed.



All Right Reserved!