Skip to content
އެސްފިޔަ

ސާފުތާހިރުކަން

ސާފުތާހިރުކަން

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މިއީ  ސާފުތާހިރުކަމާއި ބެހޭ ގޮތުން، ސްކޫލް ދަރިވަރަކު އެސެމްބްލީގައި ވާހަކަ ދެއްކުމަށް އަޅުގަޑު ލިޔުނު ވާހަކަ ކޮޅެކެވެ.

 

ހުރިހާ އެއްޗަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވާ ކަމަށްޓަކައި ﷲ  އަށް ހަމްދާއި ޝުކުރު ކުރަން ( .) ޢާލަމަށް ރަޙުމަތެއްކަމުގައި ފޮނުއްވި މިއުއްމަތުގެ މާތް ނަބިއްޔާއަށް ސަލަވަތާއި ސަލާމް ލެއްވުން އެދި ދުއާ ކުރަން ( .)

މި ސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލް އަސްޙާބުން ޝާމިލް ކުރަން ( .)

ޢިއްޒަތްތެރި ޕްރިންސިޕަލް ލިޑިން ޓީޗަރުން އެންމެހައި ލޮބުވެތި މުދައްރިސުން އެކުވެރި ކިޔަވާކުދިން ( .)

އައްސަލާމް އަލައިކުމްވަރަހުމަތުއް ﷲވަބަރަކާތު ( .)

މިއަދު އަޅުގަޑު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ އެކަމަކަށްޓަކައި ހުރިހާ އެންމެންވެސް ބެނުންވާ އަދިއެކަމައި ނުލައި ދިރިއުޅޭން އުނދަގޫވާނެ ކަމަކާއި ބެހޭގޮތުން. އާދެ އެއީ ސާފުތާހިރުކަން( .)

ލޯބިވެ ވޮޑިގެންވޭ .

އެހެންކަމުން އަހަރެމެން މުސްލިމުން ވާންޖެހޭނީ ވަރަށް ސާފުތާހިރު ބަޔަކަށް .ހަށިގަޑާއި ފޭރަމާއި

އަދި އަޅުގަނދުމެން ވަށައިގެންވާ މާ ހައުލު ސާފުތާހިރުކޮށް ބޭއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ  ( .)   ބަލިތަކުން ސަލާމަތް ވުމަށްވެސް ސާފުތާހިރު ކަމަކީ ވަރަށް މުހިއްމު ކަމެއް  ( .)

ސާފުތާހިރުވުމުގެ ގޮތުން އަތްދޮވުމާއި،ފެންވެރުމާއި، ދަތްއުގުޅުމާއި،ނިޔަފަތި ކެނޑުންފަދަ ކަންތައް އަޅުގަނޑުމެންނަށް ކުރެވިދާނެ ( .)

އަޅުގަޑުމެން އެންމެންނަކީ ސާފުތާހިރުކޮށް ތިބުމަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާށި ( .) އާމީން

ވައްސަލާމް އަލައިކުމްވަރަހުމަތުއް ﷲވަބަރަކާތު ( .)

ސްޕީޗް ދިގުކޮށްލަން ބޭނުން ނަމަ ހަޑިގިއްލާ ވާހަކަ އިތުރުކޮށްލުން ރަގަޅު.