މާޒީވެ ދިޔަ ހަޔާތުން ސޮފްހާއެއް
އާދުވަހަކަށް އިރުއެރީ ނޫ އުޑު ބަނަ ވިލާތަކުން ކަޝްފުއްކޮށްލަމުންނެވެ.ޖެހިލާ ބާރުވައިރޯޅިއާއެކު ވިދައި ގުގުރާއިރު ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ.ޖަހާލާ ބާރު ގުގުރީގެ އަޑާއެކުހިމަފޮދު ވާރޭ އޮއްސާލި އެވެ.ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ބޮސްދީފައި މުތީތަކެއް ފަދައިން ފައިބައިގެންދާ ފެންތިކިތަކަށް ގެއްލިފައި އައިނީ ހުއްޓެވެ.އޭނާގެ ހިޔާލުގައި ވަނީ އޭނާގެ މަންމައާ ބައްޕައެވެ.މީގެ އެއް އަހަރު ދުވަސް ކުރިން އައިނީގެ މައިންބަފައިން ވަނީ މި ކެހިވެރި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.އަހަންނައް ސިހުން ގެނުވީ ގެނުވީ ފޯނު އެލާމްވި އަޑަށެވެ.ބަލާލިއިރު ކޮލެޖަށް ދާން ބާކީ އިނީ ސާޅީސް މިނެޓެވެ.އަވަސް އަރުވާލައިފައި ރީތިވެގެން ބަސްޓޮޕާ ހަމައަށް ދެވުނީ ކިރިޔާއޭ އަހަރެންގެ ހިތަށްއެރިއެވެ.ނަމަވެސް ބަހައް އެރިއިރު ހުސްކޮށް ހުރި އެންމެ ގޮނޑިއެއް ވެސް ނެތެވެ.ހިތާއި ހިތުން އަމިއްލަ ނަފްސައް ކުދި ކިޔަމުން ގޮސް ހުސްކޮށް އޮތް ކުޑަ ޖާގައިގައި ހުއްޓެލީމެވެ.ބަސް އައިސް ކޮލެޖު ކުރިމައްޗައް ހުއްޓުމުން އަވަހައް ފައިބައިގެން ކްލާހަށް ދެވޭތޯ އަހަރެން ބެލީމެވެ.ކްލާހައް ގޮސް ވައިން އިރު އާކުއްޖެއް އައިސް އިންތަން ފެނުމުން އެކުއްޖާއައް ހިނިތުން ވުމެއް ދީފައި އެކުއްޖާއާއި ޖެހިގެން ހުރި އަހަރެންގެ ޖާގައިގައި އިށީދެލީމެވެ.”ހާއި..ޓްރާންސްފާ ސްޓޫޑެންޓެއްތަ.އަހަންނަކީ އައިނީ ބ.ދަރަވަންދޫ.ދެން ތިކުއްޖާގެ ތަޢާރަފެއް ދޭންވީނު.”އަހަރެން ބުނެލީމެވެ.”އާން މިއަދު ޓްރާންސްފާވީ.އަހަންނަކީ ހަޔާ.. ށ.ފޯކައިދޫ.” ހަޔާ އަހަންނާ ދިމާލައް ބަލާލަމުން ބުނެލި އެވެ.”އެހެންނާ ފްރެންޑްސް.” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ބުނީމެވެ.”ފްރެންޑްސް” ހަޔާ އަހަރެންގެ އަތުގައި ހިފާ ލަމުން ބުންޏެވެ.ނަމަވެސް އަހަންނަށް ނެގުނު ކަމަކީ މި ވެއްޓެނީ ކިހާ ބޮޑު އަނދަވަޅަކަށް ކަމެވެ.ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަ އެވެ.އަހަންނާއި ހަޔާގެ ގުޅުންވެސް ދިޔައީ ކުރިލާ ހެދެމުންނެވެ.މަޑުމަޑުން އަހަރެންގެ މިޒާޖައް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ އެވެ.ކުރިން ކިޔެވުމުގައި އަަބަދުވެސް ރަންވަނަ ތަކެއް ހާސިލް ކުރަމުން އައި މަޑުމައިތިރި އަހަރެންނަކީ މިހާރު ކިޔެވުން މަތިން ފޫހިވެ އަބަދު ބޭރުގައި އުޅުން ގިނަވަމުން ދާކަން ހުދު އަހަންނަށް ވެސް ފާހަގަކުރެވެއެވެ.ކުރިން އަހަންނަކީ ކަންފަތް ތޮރުފައި އަތުގައާއި ކަރުގައި ޗޭނުފަދަ ގަހަނާ އަޅައިގެން އުޅޭ ފިރިހެނުން ދެކެ ފޫހިވާ މީހެކެވެ.ނަމަވެސް އެދުވަސްތައް ވަނީ މާޒީވެ ގޮސްފައެވެ.” އޭ ކޮބާ.މިރޭވެސް ދާން ވާނެ އެއްނު އެތަނަށް.” ހަޔާ އޭނާގެ އަތުގައި އޮތް ސިނގިރޭޓް ރޯކޮށްލަމުން ބުނެލި އެވެ.”ޔަގީނެއްނު އެތަނަށް ނުގޮސް އަހަރެމެންގެ ދުވަސް ފުރިހަމަ ވާނެތަ.ދޯ ޒެކް.”އާސިން ލާނެތް ހިނިތުންވުމެއް ދެމުން ޒައިކްއަށް ދޯ އެއްލިއެވެ.އެއާއިއެޖު އެތަނުގައި ގުގުމާލި އެންމެންގެ ހުނުމުގެ އަޑެވެ.ލަންޑަންގެ ގަޑިން ދަންވަރު ބާރަ ޖެހުމާއިއެކު އަހަރެން ޒައިކް އާދިން ހިޔާން އަދި ހަޔާ ސިއްރު ފިޔަވަޅު ތަކެއްގައި ކޮލެޖުން ބޭރަށް ހިނގައިގަތީމެވެ. އަހަރެމެން އައިސް ވަނީ މިހާރު އަހަރެމެން އާންމުކޮށް އަންނަ ތަން ކަމަށްވާ ބިއާ ކްލަބަށެވެ.އެތަނުގައި އޭރުވަނީ ލަވަ ޖަހާފައެވެ.ލަވައާއި އެއްވަރަށް ދެ ޖިންސުގެ މީހުން މަސްހުނިވެ ނަށަމުން ދިޔަ އެވެ.އަހަރެމެން މަސްތުގެ ހާލުގައި ތިބެގެން ދިޔައީކާރު ދެއްވާށެވެ.ދުއްވަން އިނީ އަހަންނެވެ.އަހަރެމެން ހިޔާލެއް ފިކުރެއް ނެތި މަޖާ ނަގަމުން ކާރު ދުއްވަމުން ދިޔައިރު ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އަހަރެމެންނަށް ލިބިފައި ވާހެންނެވެ.އެވަގުތު ކުއްލިއަކަށް އިވުނީ ޕޮލިސް ކާރުގެ ސައިރެންގެ އަޑެވެ.ހަމައެއާއެކު ކާރަކާ ކާރެއް ދޫކޮށް އަހަރެމެން ފިލަން މަސައްކަތް ކުރީމެވެ.ނަމަވެސް އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ.އޭގެ އަނެއް ދުވަހު އިރުއެރީ އަހަރެން ޖަލުގެ ތޭރި ތަކުގެ ތެރޭގައި ވަނިކޮށެވެ.މަޑުމަޑުން އަހަންނަށް ހޭވެރިކަންވެ ލަސްލަހުން ރޭގައިވި ހުރިހާ ކަމެއް ހަނދާނަށް އަންނަމުން ދިޔަ އެވެ.އަހަންނަށް އުޅެވުނު ގޮތް ރޭކާލުމުން ރޮވުނެވެ.ނަމަވެސް ވަގުތު ވަނީ ފާއިތުވެފަ އެވެ.ދެން ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.އެވަގުތު ޖަލު ބަލަހައްޓާ މީހާ އައިސް މީހަކު ބައްދަލު ކުރަން އައިސް ހުރި ވާހަކަ ބުނުމުން އަހަރެން އެއީ ކާކުތޯ ބެލުމަށް އެމީހާ ފަހަތުން ދިޔައީމެވެ.އަހަރެން ގޮސް ބައްދަލު ކުރާ ކޮޓަރިއަށް ވަން ހިނދު ފެނުނު މޫނަކުން ކުށްވެރިކަމުގެ އިހުސާސް ކުރެވި އިސްޖެހުނެވެ.އަހަންނަށް އިސްއުފުލަަންް މަޖުބޫރުވީ ދޮންބެ އަހަންނަށް ގޮވާލުމުންނެވެ.”އައިނީ..މިއަދު ދޮންބެ ވަރަށް ލަދުގަނެއްޖެ އައިނީ މިހާރު ތިއުޅޭ ގޮތް އިނގުމުން..މީ ދުވަހަކު ވެސް ދޮންބެ އައިނީގެ ފަރާތުން ފެންނާނެ ކަމަށް އުންމީދު ކުރި ކަމެއް ނޫން…މިއަދު މަންމަ ހުރިނަމަ މަންމަ އަށް ވާނެ ގޮތް އައިނީ އެންމެެ ފަހަރަކުވެސް ވިސްނާލިންތަ..އިނގޭތަ އައިނީ ހައްޔަރު ކުރި ހަބަރު ބައްޕައަށް ލިބުމުން ބައްޕައަށް ހާރޓް އެޓޭކެއް ޖެހި ބައްޕަ ވެސް ރޭގެ ވަގުތެއްގައި ނިޔާވެއްޖެ…”ދޮންބެ އެންމެ ފަހަށް ބުނެލި ޖުމްލައިން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ. “އަހަންނަށް މާފުކުރޭ ދޮންބޭ…އަހަންނަށް މިހާރު ވިސްނިއްޖެ އަހަރެން ބޭނުން ތައުބާވާން…ދެން އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނެ.”އަހަރެންގެ ވާހަަކަ ނިމުމާއެކު ދޮންބެ އަހަރެންގެ ބޮލުގައި ފިރުމާލަމުން ތީ ދޮންބެ ދަންނަ އައިނީއޭ ބުނެލި އެވެ.އަހަންނަށް މާޒީގެ ހިޔާލުތަކުން ބޭރުވެވުނީ އަހަރެންގެ ކުޑަދަރިފުޅު އައިސް ފައިގައި ބައްދާލުމުންނެވެ.މިއަދު އަހަރެން ވަނީ ތައުބާވެ އަހަރެންގެ ހުވަފެން ތަކުގައި ކުލަޖައްސާފައެވެ.އަހަންނަކީ މިއަދު ހިތުގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ލޯބި ލޯބި ދެކުދިންގެ މަންމައަކާއި ހެޔޮލަފާ ފިރިއެއްގެ އަންބެކެވެ.
ނިމުނީ!!
މިއީ އަޅުގަނޑު ސްކޫލުގައި ލިޔުނު ކުރު ވާހަކައެއް.އަޅުގަނޑު ބަލިވެ އުޅުމުގެ ސަބަބުން ވާހަކަ ނުލިޔެވި ލަސްވި ކަމަށްޓަކާ ހުރިހާ ކިޔުންތެރިންގެ އަރިހުން މާފަށް އެދެން.އަިރާދަކުރެއްވިއްޔާ ހިނިތުންވެލާށޭ ކަލާގެ 10 ވަނަ ބައި ވަރަށް އަވަހަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ހުރިހާ ކިޔުންތެރިންނަށް ދެމެވެ.
4 Comments!
Comments are closed.

wait mi feshi iru it said she was reminiscing about when her parents died a year ago but her dad dies when she was jailed mi story feshi iru ves if she was maybe recapping her past they would have died years ago for it to make sense at all and like i noticed space dhookuran jehey thanthanuga dhoo nukoh grammar mistakes pls try to improve these things and double check when you upload there should be some effort from ur side too
Ekm alhugandakah notice eyh nuvey space dheyn jehey thanthanah nudhee hunna Kameh?? Ekm grammar mistakes ebahuri kudakoh…..Anyways story vrh reethi.. curiously waiting for hinithun velaashey kalaage 10 vana bayah
Thankyou for Ur comment and I will try my best to improve the mistakes 😊
Well every author tries their best!!
And I appreciate your work
Mi story varah reethi maasha Allah