Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ހިތަންމަ އާރު

Lathufaan Level 1
March 26, 2025 One Min Read
9 Comments

މިޒުނާއަށް ހޭލެވުނީ ފަތިސް ނަމާދަށް ހޭލުމަށް އޭނާކުރި އެލާމުގެ އަޑަށެވެ. އޭނާ ނަމާދަށް ތެދުވެ، ނަމާދު ނިންމާލުމަށްފަހު ކޮޓަރީގެ ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އިރުއަރަމުން އަންނަ މަންޒަރު ފެނުނެވެ. ރަށުގެ ގަސްތަކުގެ މަތިން އިރުގެ ރަން ދޯދި ފެތުރެމުން ދިޔައެވެ.

މިޒުނާ ގެއިން ނުކުމެ، ރަށުގެ ގޮނޑުދޮށުގެ މަތިން ހިނގާލިއެވެ. ހިތަންމަ އާރުގެ ފިނިކަމާއި ރީތިކަން އޭނާއަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވުނެވެ. މޫދުގެ ރާޅުތައް ގޮނޑުދޮށަށް އަރަމުންދިޔަ އަޑު އިވެމުންދިޔައެވެ. ވައި ޖެހުމާއެކު ރުއްތަކުގެ ފަތްތައް ތެޅެމުންދިޔައެވެ.

މިޒުނާ ގޮނޑުދޮށުގައި ހުރެ ހަނދާންވީ ކުޑައިރުއްސުރެ މިތަނަށް އައިސް ކުޅެން އުޅުނު ދުވަސްތަކެވެ. އޭރު އޭނާގެ ރަޙްމަތްތެރިންނާއެކު މިތަނުގައި ވެލިކޮށްޓާއި، ކުޅިވަރު ކުޅެ އުޅުނު ގޮތް ހަނދާންވިއެވެ. އެ ހަނދާންތަކާއެކު އޭނާގެ ދެލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ.

ކުއްލިއަކަށް މިޒުނާގެ ފަހަތުން އަޑެއް އިވުނެވެ. “މިޒުނާ! ކިހިނެއް ވެގެންތަ ތިރޮނީ؟” އެއީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފާޠިމަތުގެ އަޑެވެ. މިޒުނާ ފަހަތަށް އެނބުރި ބަލާލިއިރު ފާޠިމަތު ހިނިތުންވެލައިގެން ހުއްޓެވެ.

“އަހަރެން ހަމަ ހިތަންމަ އާރުގެ ރީތިކަމާއި މާޒީގެ ހަނދާންތަކަށް ވިސްނާލީ,” މިޒުނާ ޖަވާބު ދިނެވެ.

ދެ ރަޙްމަތްތެރިން އެކުގައި ގޮނޑުދޮށުގައި އިށީނދެ، ހިތަންމަ އާރުގެ ރީތިކަމާއި މެދު ވާހަކަދައްކަން ފެށިއެވެ. އެ ދެމީހުންނަށް އިހުސާސްކުރެވުނީ މި ރީތި ތަނަކީ އަގުހުރި ނިޢުމަތެއްކަމެވެ. އަދި މިފަދަ ތަންތަން ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭކަމެވެ.

އިރު މައްޗަށް އަރަމުންދިޔަވަރަކަށް ރަށުގެ މީހުން ހޭލާ ނުކުންނަމުން ދިޔައެވެ. މިޒުނާއާއި ފާޠިމަތު ގެއަށް ދިއުމަށް ތެދުވިއެވެ. ނަމަވެސް އެ ދެމީހުންގެ ހިތުގައި ހިތަންމަ އާރުގެ ފިނިކަމާއި ރީތިކަން ދެމިހުންނާނެކަން ކަށަވަރެވެ.

Share Article

Follow Me Written By

Lathufaan

Level 1

Other Articles

Previous

ހިތް ބޭނުމޭ ދުލުން 16

Next

ތިޔަ ލޯތްބަށް އެދެވޭތީ… 41

Next
March 26, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 41

Previews
March 25, 2025

ހިތް ބޭނުމޭ ދުލުން 16

9 Comments!

  1. Just curious says:
    March 26, 2025 at 2:36 am

    Vaahaka ehthw? Nooni just hama kuda liyun kolhehthw?
    Nimuniithw noonii adhi kuriyah othii thw aneh bai?

    1. Lathufaan says:
      March 27, 2025 at 12:31 am

      Mi’ee aharen school iruga vaahaka ehgothah liyefa in liyunkolheh. Alun liyelaafa. Anenhen dhn kuda liyunkolheh dhw. Baeh mistake huredhaane.

  2. Just curious again says:
    March 26, 2025 at 2:37 am

    Hithama aaru… Nice name…
    Aslu thanehthw? Khiyaali thaneh thw?

    1. Lathufaan says:
      March 27, 2025 at 12:31 am

      khiyaalee thaneh.

  3. Your fav bab says:
    March 26, 2025 at 2:43 am

    Nice!!

    1. Lathufaan says:
      March 27, 2025 at 12:30 am

      Thanks

  4. Zulaikha Kareem says:
    March 26, 2025 at 5:37 am

    Rukuga faiy huretha

    1. leeshaa says:
      March 26, 2025 at 11:30 am

      insaanakah vehjjiyyaa mistake hedheyne
      it doesn’t mean that you have to just point out wjwt ever you find…
      rukuga faiy noonkan hunnanee engey iru amihlla ah rangalhah kiyan v nu..
      konme hen maa bodu kamakah nuhadhaa..

    2. Lathufaan says:
      March 27, 2025 at 12:29 am

      Eii hedhunu kuda mistake eh. Mi’ee aharen kuda iru schoolga liyefa in vaahakeh. Vaahaka alun liyunu iru e mistake nufenifa.

Comments are closed.



All Right Reserved!